22 ޖެނުއަރީ 2021 - 10:56
ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިލްމީ ތަރި އަހުމަދު ޒިޔާއު ރޭ އެންގޭޖްވެއްޖެ އެވެ.
މި އަހަރު އަންނާނެ އެންމެ ރީތި އެއް ތާރިހު، 21-1-21 ގައި އެންގޭޖްވިކަން އިއުލާނުކޮށް، އަދާލަތު ޕާޓީގެ މެމްބަރު ޝިދާތާ ފޮޓޯއަކާއެކު ފޭސްބުކްގައި ކުުރެއްވި ޕޯސްޓުގައި ވިދާޅުވިގޮތުގައި މިއީ ދިރިއުޅުމުގެ އާ ފެށުމެކެވެ. ލޯބިން ހިތްފުރިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ ޖޯޑު މިހާރު އަންނަނީ ކައިވެނި ޕާޓީއަށް ތައްޔާރުވަމުންނެވެ. ވަރަށް އަވަހަށް ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ވެ އެވެ.
ޝިދާތާގެ އިތުރުން ޒިޔާ ވެސް މީގެ ކުރީގެ ކައިވެންޏަށް ކުއްޖެއް ލިބިފައި ވެ އެވެ.
މިނިސްޓަރުގެ މަގާމުން ފެބްރުއަރީ 6، 2020 ގައި ޝިދާތާ އިސްތިއުފާ ދެއްވިފަހުން ސިޔާސީ ކަންކަމުގައި އެހާ ހަރަކާތްތެރިކޮށް ނޫޅުއްވަ އެވެ.
ދާއިރާއިން ބްރޭކެއް ނެގުމަށްފަހު ޒިޔާ އަންނަނީ ފިލްމީ މަސައްކަތުގައި އަލުން ބައިވެރިވަމުންނެވެ. މީގެ މަހެއްވަރު ކުރިން އޭނާގެ ލަވައެއް ނެރެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިގުއިދައިތާ
23 January 2021
އުފާވެރި ދުވަސްތަކަކަށް އެދެން
.murdoch.
23 January 2021
ލޯއްބަކީ މޮޔަ އެއްޗެއް. ލޯބި އެއީ ޝައިތާނާގެ އުފެއްދުމެއް.
އަހުމަދުއަލޯ
22 January 2021
ވަރަށް ލޯބި. ބާެއްޖަވެރި ހަޔާތަަކަށް އެދެން.
ޑރ. ޒަންޖަބީލު
22 January 2021
މިކަމުން ދޭހަވާއެއްޗަކީ ލޯތްބަކީ ވަކި ފަންތިއަކަށް ވަކި ގިންތިއަކަށް ވަކި ދާއިރާއަކަށް ޚާއްސަވާކަމެއްނޫންކަން. ހަމަ ކޮންމެ މީހަކާ ކޮންމެވަގުތަކުވެސް ލޯބިވެވިދާނެ.
ޟްފާނާ
22 January 2021
ޥަރަށް ގުޅޭ.
ޖޯޑު
22 January 2021
ކޮންމެ މީހަކަށް ވަކިންތަ ޖޯޑު ކިޔަނީ. އެ ދެ ޖޯޑޭ ލިޔެފަ އޮތީމަ.
ބަބުރަންޖީ ހާޖީ
22 January 2021
އަދާލަތުގެ ރައީސްކަމަށް ޝިދާތާ މިހާރުވަރަށް ގުޅޭ. މިހާރު އަލަށްގެނައި އަސާސީގަވާއިދުގެ ބަދަލާއެކު އެކަމަކަށް މިހާރު ހުރަހެއްނެތް. އޭރުން ޒިޔާވެސް ފިލްމީދުނިޔެއިން އަދާލަތުގެ ދުނިއެއަށް ގެންނަށް ފަސޭހަވެގެންދާނެ. މިޚިޔާލު ކިހިނެއްތޯ؟
ލޯބިރު
22 January 2021
ވަރަށް ދެކޭ ހިތްވޭ ޝިދާތާޔާ ،ޒިޔާ އެކު ފިލުމަކުން. ނަމަކަށް ކިޔާނީ " ކެހިވެރި ބެޑުސީޓު "
ރިޗާޑްސްމަސްޓޭޝް
22 January 2021
އަދާލަތު ޕާޓީ ގެ އަންހެން ކަނބަލެއް މި ކައިވެނި ކުރަނީ ފިލްމީ މަސައްކަތުގައި އުޅޭ މީހަކާ ، މީގެ ދިހަވަރަކަށް އަހަރު ކުރިއާ ބަލާފައި މީހުން ހޭލުންވެރި ވެއްޖެކަން މި އެނގެނީ މަރުހަބާ ޝިދާތާ އަދި ޒިޔާ.
ފޫހޮ
22 January 2021
ޢެއީ އެދެމީހުންގެ އަމިއްލަކަމެއް. ޢެ މީހުންގެ މަސް ކެއުން ރަނގަޅެއްނޫން. ބާއްޖަވެރި ކައިވެންޏަކަށް އެދެން.