އިމަޖެންސީ ހާލަތުގައި މި ވެކްސިން ބޭނުންކުރުމަށް ހުއްދަ ދިނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް. މާބަނޑު މީހުންނަށް ވެކްސިނެއް ނުދޭނެ.
ކޮވިޝީލްޑް ވެކްސިންގެ ޑޯޒެއް: މިއީ އޮކްސްފަޑް-އެސްޓްރަޒެނެކާ ވެކްސިންގެ ފޯމިއުލާ އަށް އިންޑިއާގައި އުފައްދާ ވެކްސިން.
28 ޖެނުއަރީ 2021 - 21:30
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނަށް ކަމަށްވާ "ކޮވިޝީލްޑް" އަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފި އެވެ.
އެމްއެފްޑީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ވެކްސިނަށް ހުއްދަ ދޭން ނިންމީ މިހާރުގެ ހާލަތަށް ބަލައި "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުންކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހުގައި ކަމަށެވެ.
ހުއްދަ ދޭން ނިންމީ މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުަމށް ފަހު، އެމްއެފްޑީއޭގެ ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑު ކަމަށްވާ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
ރާއްޖޭގައި މިހާރު ހުރީ އިންޑިއާގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" 100،000 ޑޯޒެވެ. އަދި އެސްޓްރަޒެނެކާގެ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏާ އެކު ވަނީ ރާއްޖޭން ސޮއިކޮށްފަ އެވެ.
ކޮވިޝީލްޑަކީ އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް، ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ކުންފުނި، ސީރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިނެވެ.
"ކޮވިޝީލްޑް އަކީ އިނގިރޭސި ވިލާތުގެ އޮކްފޯޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޯޑް-އެސްޓްރަޒެނިކާ ވެކްސިން، އެސްއައިއައި އިން މެނުފެކްޗާކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑް ނަމެކެވެ. އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިނަކީ އިނގިރޭސި ވިލާތުގެ ބްރިޓިޝް މެޑިސިން އެންޑް ހެލްތު ކެއާ ޕްެރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީން 2020 ޑިސެމްބަރު 30 ވަނަ ދުވަހު ހުއްދަ ދޫކޮށްފައިވާ ވެކްސިނެކެވެ." އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.
އެމްއެފްޑީއޭ އިން ބުނީ ބްރިޓިޝް މެޑިސިން އެންޑް ހެލްތު ކެއާ ޕްެރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ އަކީ ޑަބްލިޔުއެޗްއޯގެ ސްޓްރިންޖެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އެސްއާރްއޭ) ގައި ލިސްޓުކޮށްފައިވާ އާންމު ސިއްހަތުގެ ދާއިރާ އިން ފާހަގަކޮށްލެވޭ އިދާރާއެއް ކަމަށެވެ.
ރާއްޖޭގައި ބަލީގެ ހާލަތު އޮތް މިންވަރަށް ބަލައި، ކޮވިޝީލްޑަށް ހުއްދަ ދިނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް އެކަންޏެވެ. ނަމަވެސް މިއީ އަދި މާބަނޑު މީހުންނަށް ޓެސްޓުކޮށްފައިވާ ވެކްސިނަކަށް ނުވާތީ މާބަނޑު މީހުންނަށް ވެސް މި ވެކްސިނެއް ނުދޭނެ އެވެ.
ކޮންމެ ވެކްސިނަކީ ވެސް އޭގެ ސަބަބުން ކޮންމެވެސް ރިއެކްޝަންތަކެއް ކުރިމަތިވާ އެއްޗެއް ކަމަށާއި ކޮވިޝީލްޑް ވެކްސިނުން ވެސް ދިމާވެދާނެ މައްސަލަތައް އެޗްޕީއޭއާ ގުޅިގެން ބަލަމުންދާނެ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން އަންނަނީ ވެކްސިން ޖަހަން ބޭނުންވާ މީހުން ރަޖިސްޓްރީކުރުމުގެ މަސައްކަތްކުރަމުންނެވެ.
ވެކްސިން ދޭނީ ބަލީގެ ނުރައްކާ އެންމެ ބޮޑަށް އޮތް މީހުންނަށް އިސްކަން ދީގެން، ކަނޑައަޅާ އިންތިޒާމެއްގެ ތެރެއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
29 January 2021
ޕޯސްޓަރު ހަދައިގެން ލީޑަރުން ކުރީގައި ތިބެގެން ވެކްސިނާ ދެކޮޅަށް މުޒާހަރާ ކުރާ ސިޔާސީ ޕާޓީއެއްގެ ހަރުދަނާކަން ހުންނާނެ މިންވަރު ހިތަށް ގެންނަވާ!
ހޯރަބޭ
29 January 2021
އަދުރޭއަށް ފުރަތަމަ ޑޯޒް ދޭށްވީ. އެހާ ރިސްކު ބޮނޑް ބަލި މީހަކު ދަރިން ބުނާގޮތް އަބިން ބުނާގޮތް ނުހަދާ މަގުމަތީ އެ އުޅެނި ހަމައެއް ލަމައެއް ނެތި.
ހައުސްވީޓް
29 January 2021
އެއިރުން އަދުރޭ ފްރީވާނެ 24 ގަޑިއިރު މުޒާހަރާކުރަން. މިސަރުކާރަށް ތާއީދުކުރާ މީހުން ހާދަ ބޭނުމޭ އަދުރޭ މަގުމަތީ އުޅެން.
ޖހ
29 January 2021
ތީގެން ކިތައް ޕަސެންޓްތަ ކަވަރ ވަނީ
ނައު56
28 January 2021
ދެން ޖަހާނީ ދުވާލަކު މީހަކު ނޫން. ޝަރުތު ހަމަވާ ޖަހަން ބޭނުން އެންމެނައް އަވަހައް ފުރުސަތު ލިބެންޖެހޭނެ.
އަލީރާޖާ
28 January 2021
ވަރަށް އުފާވެރި ޚަބަރެއް. އަމިއްލައަށް އެދިގެން ވެކްސިން ބޭނުންވާ މީހުންނަށް އަވަހަށް ވެކްސިން ދޭން ފައްޓަވާ. އަނެއްބައި މީހުން އެއީ ޕީޕީއެމްގެ އޮފީހުން ވެކްސިނެއް ހަދަންދެން ތިބޭ ބައެއް.
ޕިކްސް
29 January 2021
ކޮންމެކަމެއް ސިޔާސީ ކޮއްލުމަކީ މާމޮޅުކަމެއް ނޫން.