ގިލި ލަންކަންފުށީގެ ޖީއެމް: އޭނާ ވަނީ މަގާމުން ވަކިކޮށްފައި
02 ފެބުރުއަރީ 2021 - 11:02
ގިލި ލަންކަންފުށި ކައިރީގައި އޮންނަ ފިނޮޅެއް ނައްތައިލަން މަސައްކަތްކުރި މައްސަލައާ ގުޅިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް މަގާމުން ވަކިކޮށްފި އެވެ.
އޭނާ މަގާމުން ވަކިކުރިކަން "މިހާރު" އަށް ގިލި ލަންކަންފުށި ރިސޯޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ފިނޮޅު ނައްތައިލަން މަސައްކަތްކުރި މައްސަލައިގައި، މިދިޔަ ހަފުތާގައި އެ ރިސޯޓުގެ އެޗްޕީއެލް ހޮޓެލްސް އެންޑް ރިސޯޓުގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ބްރައުން ނެރުއްވި ބަޔާނުގައި ވިދާޅުވީ އެ ރިސޯޓު ކައިރީ އޮތް ފިނޮޅެއް ނައްތާލަން އުޅުނު ހިތާމަވެރި ހާދިސާ ހިނގައިދިޔަ ގޮތް އޭނާ އޮޅުންފިލުއްވާފައިވާ ކަމަށެވެ.
މިކަން މިހާރު ފުލުހުންނާއި ސަރުކާރުގެ އިދާރާތަކުން ތަހުގީގު ކުރަމުންދާ އިރު އެ އިދާރާތަކުން ނިންމާ ގޮތަކަށް އަމަލު ކުރާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ގިލި ލަންކަންފުށީގެ ޖެނެރަލް މެނޭޖަރު އިސްވެ އެ ރިސޯޓުގެ މުވައްޒަފުންތަކެއް ވަނީ ހިންމަފުށްޓާއި އެ ރިސޯޓާ ދެމެދު އޮތް ފިނޮޅަކަށް އަރައި އެތަން ނައްތާލުމަށް ކޯރު ކަނޑަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ހިންމަފުށީ ރައްޔިތުން ވަނީ ފުލުހުންނާ އެކު އެ ފިނޮޅަށް އަރައި އެކަން ހުއްޓުވައިފަ އެވެ.
މި މައްސަލާގައި ރިސޯޓަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު ރިސޯޓަށް ފިޔަވަޅު ނާޅާ ކަމަށް ބުނެ ސަރުކާރަށް ވެސް އަންނަނީ ފާޑުކިޔަމުންނެވެ. ފުލުހުން މިހާރު ވަނީ މައްސަލަ ތަހުގީގުކުރަން ފަށައި ގިލި ލަންކަންފުށި ރިސޯޓުގެ ޖެނަރަލް މެނޭޖަރު ރާއްޖެއިން ފުރުން މަނާކޮށްފަ އެވެ. މި މައްސަލަ އީޕީއޭ އިން ވެސް އަންނަނީ ބަލަމުންނެވެ.
ފިނޮޅު ނައްތާލަން އުޅުނު ކަމަށް ހިންމަފުށީ ބައެއް މީހުން ގަބޫލުކުރަނީ އެ ތަނަށް އެ ރަށު މީހުން ދާތީ ރިސޯޓްގެ މެނޭޖްމަންޓުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު 1
03 February 2021
ސަން ނޫހުގައި އޮތީ އިސްތިއުފާ ދިން ކަމަށް. ކޮބާ ރަނގަޅު ގޮތަކީ؟
ޝަފީރު
02 February 2021
އޭނާ މަޤާމުން ވަކިކުރީމާ ފިނޮޅު ހަލާކުނުވާކަމަށް ފުލުހުން ބަޔާނެއް ނެރެ އަސްލަމް އިންޓަވިއުއެއް ދިނީމާ ތިކަން އޯކޭވާނެ. ނަމުގައި މަޤާމް ވަކިކުރީ. އަމުރުތައް އޭނާގެ ބާރުގެ ދަށުގައި.
ޑައިވަރޭ
02 February 2021
ނައިސް ހެޑްލައިން
ޟީން
02 February 2021
މީނާ އަކީ ހިތުން ސުޕަޙީރޯއެއްދޯ. މާގިނަ ހޮލީވުޑް ފިލްމް ބެލިފަ އެހެރީ.
ވާފިރާ
02 February 2021
އެންމެ ފަހުން ގޯސް ވާނީ ފިނޮޅު. ގިލިލަންކަންފުށި ކައިރީ އޮންނާތީ. ތިމާވެށި ހަލާކުކޮށް، ސުންނާފަތިކޮށް، ބިމާ ހަމަކޮށްލީމަ، އަދަބެއް ނުދެވެނަމަ، ތިމާވެށީގެ ވާހަކަ ނުދައްކާ. ނިކަމެތި މީހަކު ފިނޮޅަކުން ވެލި ބާލިދީ އެއް ނެގިޔަސް ޖޫރިމަނާ، މަރުގެދިޔަ ހާވަރު ކޮށްލާނެ.
އަރުތަ
02 February 2021
މައިތިރިވެބަލަ، "ފުލުހުން މިހާރު ވަނީ މައްސަލަ ތަހުގީގުކުރަން ފަށައި ގިލި ލަންކަންފުށި ރިސޯޓުގެ ޖެނަރަލް މެނޭޖަރު ރާއްޖެއިން ފުރުން މަނާކޮށްފަ އެވެ".
ފާރިހަތު ޖަލީލު
02 February 2021
މިމައްސަލައާގުޅޭގޮތުން އިންސާފުވެރި ކޮމެންޓްއެއް ކޮށްލަން ފާރި ބޭނުން. މިދަންނަވާ ފިނޮޅަކީ ރިސޯޓާއި ވަރަށް ކައިރީގައި އޮންނަ ފިނޮޅެއް. އަހަރެމެން ދިވެހިންނަކީ ސާފުތާހިރުކަމުގައި ވަރަށް ދަށުދަރަޖައިގެ ބައެއް. ސައިހޮޓާތަކުގެ ބޭރުގައި މީހުން ރަތްކުޅުޖަހާ. މަގުމައްޗަށް ކުނިއުކާ ކުޅުޖަހާ. ފިކްނިކެއް ގޮއްސިއްޔާ ކުނިއަޅާ. މިބުނާ ފިނޮޅަށް ހިންމަފުށީގެ ރައްޔިތުންނާއި އެހެނިހެން މީހުންވެސް ދަތުރުގޮސް ހަޑިކޮށް ކުނިއަޅާތީ އަސްލު މިހެން މިވަނީ.
ޕަބްލޯ
02 February 2021
ދިވެހިންނަކީ ރޫމީންގެ ރަސްގެފާނުގެ އަރިހަށް ވެދުމާ ދިޔަ ބައެއް މީގެ އެތައް ސަތޭކަ އަހަރު ކުރިން. އެހެންވީމާ ދިވެހިންނަކީ ޔޫރަޕް ބައެއް މީހުންނަށް ވުރެ މާ ތަހުޒީބު ބައެއް. މައްސަލައަކީ ބޭރުމީހުން އައިސް ދިވެހިންގެ ފިނޮޅުތަކާއި ފަޅުރަށްތައް ޓޫރިޒަމަށް ހޯދާފައި ދިވެހިންނަށް މުކޮސް ވެސް ނުދިނުން. ރަތްކުޅު ޖެހުމަކީ ސަގާފަތުގެ ބައެއް.
ސަންތިމަރިޔަބު
02 February 2021
އާން ކަލޭގެ ކޮމެންޓް ވަރަށް އިންސާފުވެރި.
އަރުތަ
02 February 2021
ފާރިހަތު ޖަލީލު ގެ ތިޔަ ކޮމެންޓް އިންސާފުވެރި ކޮމެންޓަކަށްވުރެ އަޅުގަނޑަށް ސިފަވަނީ، ހެއްރަބޭގެ ގޭގެ ބެރުގަ ސިމެންތި ވަރަށް ރީތިކޮށްހަދާފަ ހުރި އަށިމަތީ ޒުވާނުން އައިސްތިބެގެން މަގުހިނގާ މީހުނާބެހި ފޮށެ އަޑުގަދަ ކުރާތީ އެކަމާ ހިތްހަމަ ނުޖެހިގެން ހެއްރަބޭ ނުކުމެ އެޔޮއްނަލަ ރީތިއަށި ތަޅާ ތިރކޮށްލި މަންޒަރު، މައްސަލަހައްލުކުރަން..................
ޯޮިުރައްޔިތެއް
03 February 2021
ހާދަ ބޮޑަކަށް ތި އެނ ގުނީ ?
ސަލީމު އިދުރީސް
02 February 2021
ބޭރުގެ ބޯޓުފަހަރު ފަރައް އެރީމަ އެތައް މިލިއަން ޑޮލަރުން ޖޫރިމަނާކުރޭ! އެމަކު ބޯޓުފަރައް އަރުވާލަނީގަސްތަކުނޫން! ގަސްތުގަ ދަންރު ވަގައް އަރާ ފިނޮޅެއް ނާންތާލައް މަސައްކުރިބަޔަކު ޖޫރިމަނާކޮއް ވަގައްކަން ކުރީމަ އިތުރު އަބުނުދެނީ ކޮންހަޔަކުން ކަން އެގޭމީހަކު ހުރިބާ! އަޅުގަކީ ޔާމީނައް ދާއީކުރާ މީހަކައްނުވިއަސް ބުނަޖެހޭނީ މިވަސް ޔާމީނު ކުރިކަމެއްނަމަ ސަދޫމުގެ ކުމައްވެފަ އަރެމެން އެމްޑީޕީ ސަރުކާރު ވީމަ ތިލަފަތް ހަމަވަނީ ކޮން އުސޫލަކުންހޭ؟؟
މިއަދު
02 February 2021
މިއަދު މަޤާމުން ވަކިކުރީ މީހުންގެ ލޮލުގައި އަނދުން އަޅަން. އަންނަ އަހަރު މެދުތެރޭ ތިޔަ މީހާ ހުންނާނީ އަނެއްކާވެސް އެ މަޤާމަށް އައިސް.
ސަލީމު އިދުރީސް
02 February 2021
އަޅުގަނޑަކީ ތިމާވެއްޓައް ބަލައިގެން މީހުން މޫދައްކުނިއެޅު ރަށުން ވެލިނެގުން ފަދަ ކަންތަކުގަ ފަރުދީ ފެންވަރުގަ މީހުނާ ވާހަކަދައްކާ މީހުން ހޭލުތެރި ކުރަން މަސައްކަތް ކުރިމީހެއް އެކަމަކު ސަރުކާރުން ރާއްޖޭގެ ފިނޮޅެން ތާލައްމަސައްކަތް ކުރީމީހުނައް ފިއަވަޅެއް ނޭމުގެ ސަބަބުން މިކަލަ ނޭދެވޭކަންކުރާމީހުނާ ވާހަދެއްކުމުގެ ބޭނުމެއްނެކަން އެގިއްޖެ ހުރިހާ އެއްޗަކީ ފައީސާކަން އެގިއްޖެ! ދުވަހަކުވެސް ތިމާވެށީގެ ހަރަކާތަކު ބައިވެރި ދެއްނުވާނަން
އަހުމަދުއަލޯ
02 February 2021
ދޮން މީހުން ޑީޕޯޓު ކުރާކަށް ނުކެރޭނެ. ބަލާފަވެސް ހީވަނީ އިބުލީހެއްހެން.