ލިޓަސް އޮޓޯ ޝޮޕް: އެ ކުންފުނިން ވަނީ އާސިފްގެ ދަރަނި މައާފުކޮށްދީފައި--
03 ފެބުރުއަރީ 2021 - 16:01
އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނާއެއް ހުސްކުރަން ވަދެ އުޅެނިކޮށް އޭގެ ތެރޭ އޮތް ބިއްލޫރި ޕެލެޓް ފުރޮޅާލައި ތާށިވެގެން ލިބުނު އަނިޔާތަކަށް ފަރުވާ ދެނިކޮށް މިދިޔަ މަހު މަރުވި މީހާ ލިޓަސް އަށް ދައްކަން ޖެހިފައި އޮތް ދަރަންޏެއް އެތަނުން މާފުކޮށްދީފި އެވެ.
މަރުވި ނ. ލަންދޫ ފޭރުގަސްދޮށުގެ އަބްދުﷲ އާސިމް ލިޓަސް އަށް ފައިސާ ދައްކަންޖެހިފައި އޮތީ ނެގި ސައިކަލަކަށް ފައިސާ ނުދެއްކުމުން ސިވިލް ކޯޓުން ކުރި ކުރި ހުކުމަކާ ގުޅިގެންނެވެ.
ލިޓަސް އިން ވަނީ އަބްދުﷲގެ ދަރަނި މާފުކޮށްދިންކަން "މިހާރު" އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ފައިސާގެ އަދަދެއް ނުބުނެ އެވެ.
އެ ކުންފުނީގެ ސީނިއާ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވީ އެމްޕީއެލް ސަަރަހައްދުގައި ހިނގި އެކްސިޑެންޓުގެ ޚަބަރު ލިބުމާއެކު، ޒަޚަމްވި މީހާގެ އާއިލާ އަށް ގުޅައި ދަރަނި މާފުކޮށްދޭން ނިންމިކަން އަންގައި ދަރަނި މާފުކޮށްދީފައިވާކަން ކޯޓަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
އާސިމް މަރުވީ ބިއްލޫރި ޕެލެޓު ވެއްޓުމުގެ ސަބަބުން ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަލޮޅު މީހާ
05 February 2021
ކިތައްމެ ފިތުނަސް ހަމަ ލިޓަސް ވަރެއް ނެތް. ދެން ލަލަލާ.
އިހުގެކުލަ
04 February 2021
ލިޓަސްއިން މާފު ކޮށްދިން އިރު ސަރުކާރުގެ ބޭންކްތައް ޚާބރެއް ނެތް އަދި ޔާރުންނަށް ދާއިމީ އެހީ އެއް ދިނުމެއް މަރުގެ ދިޔަ ދިނުމެއްވެސް ނެތް އަދިވެސް މަރުކޮމިޝަނާ ހިއުމަންރައިޓސް ކޮމިޝަނާ ބޯޑުތައް ހެދޭލެއް މަދީއެވެ އެއީވެސް ބައިގެ މީހުންނަށް މުސާރަ ދިނުމަށް ހަދާފަ ހުންނަ ތަންތަނެވެ އެހެން އެއްވެސް ކަމަކު ނޫނެވެ
ރަށްފުށުމީހާ
04 February 2021
ލިޓަސްގެ ވަރަށް ރަނގަޅު މިސާލެއް މިފަދަ އެހެން ކުންފުނިތަކުންވެސް އަމަލުކުރުން ރަނގަޅު ވަކިން ޚާއްސަކޮށް ރާއްޖޭގައި ޤާއިމު ކުރެވިފައި މިވާ ބޭންކް ތަކުންވެސް މިކަމާ ވިސްނާނެކަމަށް އުންމީދު ކުރަން.
އަލީ
03 February 2021
ލިޓަސްގެ ނިޔަތް ރަނގަޅުވެއްޖިއްްޔާ ރަނގަޅުވާނެ,ހުރިހާވެސް އެއްޗަކީ ނިޔަތް ﷲ ބައްލަވާ ވޮޑިގެންވަނީ ވެސް ނިޔަތައް.
މަގުސަދު
03 February 2021
ބޭކާރު ކޮމެންޓުކުރާނެކަމެއްނެތް އަހަރެމެންގެ މަގުސަދަކީ އާއިލާ އަށް ކުއްލިއަކަށް ދިމާވި މިފަދަ ހިތާމަވެރި ހާލަތެއްގައި އެއާއިލާ އިން ދައްކަންޖެހޭ ދަރަންޏެއް މާފުކޮށް ދިނުން ހަމަ ގައިމުވެސް އަހަރެމެންގެ މަގުސަދު ހާސިލްވެ ނިމިއްޖެ މިހާރު އެދަރަނި ދައްކާކަށް އެމީހުންނަކަށް ނުޖެހޭނެ
ނަސީ
03 February 2021
މިވާހަކަ އާމުކިރީމާ މީގެން އިން ލިބޭ ސަވާބު ސުމަކައް ދާނެހެން ހީވަނީ
ސާފުވެއްޖެ
03 February 2021
ސާވާބު ދާނެތަނަކަށްދޭ ދަރަނި ދައްކާކަށް އާއިލާއަކަށް ނުޖެހޭނެ އަދި މިވާހަކަތަށް އާމުވުމުން މިފަދަ އެހެން ހާލަތްތަކުގަވެސް މިމަގުން ކަންކަން ކުރުމަށް ކިތެންމެ ބަޔަކަށް ހިއްވަރުލިބޭނެ
ހަސަނު1
03 February 2021
އެހެންވީއިރު މިހާރު ނޫހުގެ ތޯއްޗެއް ސަވާބު ސުމަކަށް ދާނީ.. ލިޓަސް އަކުން ނޫން މީތި އިސްތިހާރު ކުރީކީ.
މީހަކު
03 February 2021
ތީ ކުށް ހީއެއް
ވިސްނާލަ
04 February 2021
އާއްމުންނަށް ބޮޑެތި ވިޔަފާރިތަކުން ކުރާ މިކަހަލަ ޞަދަގާތް އެންގުމުން އެ ޞަދަގާތް ކުރިފަރާތަށް ލިބޭ ސަވާބުގެ އުނި އިތުރާ ބެހޭގޮތުން ވާހަކަ ދައްކަން އަހަރެމެން މީ ކޮންބައެއް ހެޔޮނުވާނެ އެންމެ މޮޅަށްދެނެވޮޑިގެންވަނީ މާތްﷲ
ޓޮކްސިސިޓީ
03 February 2021
ރަނގަޅު ކަމެއް...މިފަދަ އެހެން ކުންފުނިތަކަށް ހުރި ރަނގަޅު މިސާލެއް ލިޓަސް އަކީ...
އޭނަ
03 February 2021
މުޖްތަމަޢުގަ އުޅޭ ފުދުންތެރިން މިފަދަ ހާޖަތު ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިވެދީ، މިފަދަ އިޖްތިމާޢީ ޚިޔާ ލު އަށަގެންނެވުމަށްޓަކާވެސް މިފަދަ ކަންކަން ޢާންމު ކުރުން މުހިއްމު. ހެޔޮޖަޒާ ދެއްވާ ވިޔަފާރީގާ ބަރަކާތް ލައްވާށި.
ޫފޫޅު އަލިބޭބެ
03 February 2021
ރަނގަޅު ހެޔޮކަންކަން ކުރަން އޮންނަނީ ސިއްރުން ކަންނުދައްކާ ގޮތަށް. އެކަމަކު މިފާޑު ކަންކަން ހާމަކޮށްގެން އަތުވެދާނެ ހެޔޮވެސް އެބަހުރި. ރާއްޖޭގެ ގިނަ ވިޔަފާރިވެރިންނަކީ ނިކަން މަތިރީތި ކޮށްގެން އުޅޭ ބައެއް. ވީމާ އެއްބަޔަކު މިފާޑު ކަމެއް ކުރީތީ އަނެއް ބަޔަކުވެސް މާކެޓިން ޕޮލިސީއަކަށް މިފާޑު އަނެއްކަމެއް ކުރަން ހިތްވަރު ލިބިދާނެ. އެއީ މީގެން އާއްމު މީހާއަށް އަތުވެދާނެ ފައިދާ. ވިޔަފާރިވެރިން އަތުން މުޖުތަމައަށް ފައިދާއެއް ކުރާނީ މިގޮތަށް
ހިތަދޫ ހުސެން
03 February 2021
ވަރަށް ހަޑި ދެން މެޑަލް ޖެހުމުގަ އަބަދު.. ކަލޭމެން ތި ރައިޓްއޮފް ކޮއްލީ މާކެޓިނގް އެކްސްޕެންސް އެއް ގޮތުގަ ދޯ!