"ކުރިމަގު" މަސް ދޯނީގައި އަލިފާން ރޯވެފައި: އެކަކު ވަނީ ފިހިފައި -- ފޮޓޯ: "އޭކާކު"/ ދިވެހި މަސްވެރިން
27 ފެބުރުއަރީ 2021 - 15:17
ގދ. އަތޮޅުގައި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކަކު ފިހި، ކޯސްޓް ގާޑުގައި އޭނާ ތިނަދުއަށް މިއަދު ގެންގޮސްފި އެވެ.
އެމްއެންޑީއެފުން ބުނީ މަޑަވެލި ކައިރީގައި އޮތް ކަނދުފައްޗެއް ދޮށުގައި މަސްވެރިކަން ކުރަމުން ދިޔަ "ކުރިމަގު" ދޯނީގައި ހިނގި އަލިފާނުގެ އެ ހާދިސާގައި އުމުރުން 53 އަހަރުގެ މަސްވެރިއެއްގެ އަތް ފިހުނު ކަމަށެވެ. ކޯސްޓް ގާޑުން އެ ސަރަހައްދަށް ދިޔައީ އޭނާގެ "ހާލު ދެރަވެގެން" ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް، އޭނާއަށް ލިބުނު ގެއްލުންތަކުގެ ތަފުސީލެއް ނުދެ އެވެ.
ޒަހަމްވި މީހާއަށް ސިއްހީ އެހީތެރިން އެހީތެރިވެދެނީ
އޭނާއަށް ފަރުވާދެމުން އަންނަނީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގަ އެވެ.
އެމްއެންޑީއެފަށް ހާދިސާގެ ރިޕޯޓް ލިބުނީ، މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މެންދުރު 1233 ހާއިރު އެވެ. ފިހުނު މީހާ ތިނަދުއަށް ގެންދެވުނީ 1316 ގަ އެވެ.
ދޯންޏާ ހަމައަށް ކޯސްޓް ގާޑަށް ދެވުނު އިރު އަލިފާން ނިއްވާލާފައިވާ ކަމަށް، އެމްއެންޑީއެފުން ބުނެ އެވެ. އެކަމަކު އަލިފާން ރޯވީ ކިހިނެއް ކަމެއް ބުނެފައެއް ނުވެ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބދުﷲ ޢ.ބ.މ.ސ
28 February 2021
ތި ދަޯނީގެ ސަލާމަތީ ގޮތުން ހުންނަންޖެހޭ އަލިފާން ނިވުމުގެ ނިޒާމު ހުރީ ރަގަޅަށްތޮ ކަމާއި ބެހޭ ފަރާތުން ޗެކުކުރުން ވަރަށް މުހިންމު
އަހުމަދުއަލޯ
27 February 2021
ޒަޚަމްވުމަކީ ތަނެއް ކަފައިގެން ދިޔުން. އަލިފާނުން އަނދާނީ.
ހުރުބާ
27 February 2021
އަލިފާން ނިވާލަން އެހިސާބަށް ދިޔަ ދޯނިތަ ކުގެ މީހުން ދެއް ކީ ލާމަސީލު މިސާލެއް..މަސްވެރި ކަން ހުއްޓާލުމަށްފަހު އަވސްވެގަތީ އެހީ ފޯރުވަން