ހއ. ހޯރަފުށީގައި ރުކަކުން ވެއްޓުނު މީހެއްގެ ފަޔަށް ލަކުޑިގަނޑެއް ވަދެފައި. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަަލްގައި އޭނާއަށް އަންނަނީ ފަރުވާ ދެމުން.
18 އެޕްރީލް 2021 - 20:01
ހއ. ހޯރަފުށީގައި މިއަދު މީހަކު ރުކަކުން ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
ހޯރަފުށިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް މިރޭ ބުނީ އެރަށު ސަން ރޭ، ހަސަން ރަޝީދު، 24، ދިގު ރުކަކަށް އަރައި އުޅެނިކޮށް ވެއްޓި ޖެހުނީ އެތާ ކައިރީގައި ހުރި ފުޅަފެއްގެ މައްޗަށް ކަަމަށެވެ. އެ ހާދިސާގައި އޭނާގެ ވައަތު ފަޔަށް، ވަރަށް ފުންކޮށް ލަކުޑިގަނޑެއް ވަދެފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ހަސަންގެ ފަޔަށް ވަދެފައި ހުރީ ދޮރުކަންޏެއްގެ ބައެކެވެ. މައުލޫމާތު ދިން މީހާ ބުނިގޮތުގައި އެއީ ފުޅަފުގައި މުޑިއެއްގެ ގޮތުގައި ބޭނުންކޮށްފައި ހުރި ދޮރުކަންޏެކެވެ.
ރުއްރުކުން މީހުން މީގެ ކުރިން ވެސް ވެއްޓި އެކި ވަރުގެ ހާނިއްކަތައް ލިބިފައި އެބަހުއްޓެވެ. އެކަމަކު މިހާ ބޮޑު، މިކަހަލަ ޒަހަމެއް ލިބުނުކަން މީގެ ކުރިން އެނގިފައެއް ނުވެ އެވެ.
ހަސަން ރަޝީދުގެ ހާލު އެހާ ސީރިއަސްއެއް ނޫނެވެ. އެކަމަކު އޭނާގެ ފަޔަށް ވަދެފައިވާ ލަކުޑިގަނޑު ނެގުމަށް ޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިިއޭޓަރަށް މިހާރު ވައްދާފައިވާ ކަަމަށް ވެސް ހޯރަފުށިިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ ހާދިސާއާ ބެހޭ މާ ގިނަ ތަަފްސީލުތަކެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
19 April 2021
އަވަސް ޝިފާއަކަށް އެދެން.
މޯޑް
18 April 2021
އަޅުގަނޑު މެން ގެ އަޙް ހއ.ހޯރަފުށީ ނޫހިރި ހަސަން ރަޝީދު އަށް މިއަދު މި ދިމާވި ހިތާމަވެރި ހާދިސާ ގައިލިބުނު ޒަޙަމް ތަކަށް މާތް ﷲ ގެ ހެޔޮ ރަހްމަތް ފުޅާއި އެކު އަވަސް ޝިފާއެއް މިންވަރު ކުރައްވާ ހެޔޮހާލުގައި ލަހައްޓަވާށި! އަދި އާއިލާ އަށް ކެތްތެރިކަން ދެއްވާށި! އާމީންު
ނައްނަ
18 April 2021
އަވަސް ޝިފާއަކަށް އެދެން.
ހޯރަބޭ
18 April 2021
ހަސަންރަސީދަށް އަވަސް ސިފާއެއް ދެށްވާ އާއިލާއަށް ކެއްތެރިކަން ދެށްވާށި. އާމީން