04 މެއި 2021 - 12:57
ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭގައި ދެމުން އަންނަ ވެކްސިންތަކުގެ ތެރެއިން ކޮވިޝީލްޑް ވެކްސިން އާންމުކޮށް ޖަހައިދިނުން މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ.
މި ފިޔަވަޅު އެޅި ސަބަބެއް އެޗްޕީއޭ އިން އަދި ނުބުނެ އެވެ. ނަމަވެސް ރާއްޖޭގައި ވެކްސިންގެ ސްޓޮކް މަދުވެފައިވާ ކަމަށް އެޗްއީއޯސީގެ ރޭގެ ޕްރެސްގައި ވަނީ ބުނެފަ އެވެ. އަދި މީގެ ކުރިން ވަނީ މިދިޔަ ފެބްރުއަރީ މަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ދެ ވަނަ ޑޯޒް ނުޖަހާ ތިބި މީހުންނަށް އެކަނި ކޮވިޝީލްޑް ވެކްސިން ޖަހައިދޭ ގޮތަށް ވެސް އުސޫލު ބަދަލުކޮށްފަ އެވެ.
ކޮވިޝީލްޑް ވެކްސިން ޖެހުން މާލޭގައި ހުއްޓާލި އިރު ސައިނޮފާމް އާއި ފައިޒާ ވެކްސިން ޖެހުމުގެ އުސޫލަށް ބަދަލެއް ގެނައި ކަމަކަށް ބުނެފައެއް ނުވެ އެވެ. އަދި ރަށްރަށުގައި ވެކްސިން ޖެހުމުގެ އުސޫލަށް ބަދަލެއް ގެނައި ކަމަކަށް ވެސް ނުބުނެ އެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން ފަށާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައި ވާއިރު ވެކްސިން ޖަހަންދާ މީހުން ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ވެކްސިން ޖަހަން ފެށުމުގެ އެތައް ގަޑިއިރެއް ކުރިން ވެކްސިން ސެންޓަރުތަކުގެ ބޭރުގައި ކިއޫ ހަދައި އެކަމުގައި އުފުލަންޖެހޭ ބުރަ ބޮޑުވެ އާންމުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ.
ރާއްޖެއަށް އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑްގެ ޑޯޒްތައް ހުސްވުމުން މިހާރު ޖަހަނީ އިންޑިއާ އިން ގަނެގެން ގެނެސްފައިވާ ވެކްސިނާއި ޑަބްލިޔު އެޗްއޯގެ ކޮވެކްސް ފެސިލިޓީން ދީފައިވާ ކޮވިޝީލްޑް އަދި ފައިޒާ ވެކްސިންގެ އިތުރުން ޗައިނާ އިން ހަދިޔާކޮށްފައިވާ ސައިނޮފާމް ވެކްސިނެވެ. މީގެ އިތުރުން އެސްޓްރަޒެނެކާ ކުންފުނިން ވެކްސިންގެ 700،000 ޑޯޒް ގަންނަން އެއްބަސްވުމެއް ހަދާފައި ވާއިރު މި ވެކްސިން އަންނަ މަހު ލިބެން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. ކޮވިޝީލްޑަކީ އެސްޓްރަޒެނެކާ ވެކްސިން އިންޑިއާގައި އުފައްދާ މާކެޓްކުރާ ނަމެވެ.
ރާއްޖެ އިން މިހާތަނަށް 297،639 މީހަކު ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރެއިން 108،494 މީހުންނަކީ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
04 May 2021
މިއޮތީވާ ވެރިކަމެއް ގެނެވިފަ. މައުމޫނުވަރެއް އަދިވެސް ނެތް
އަ ބާރޑް އިންދަ ހޭންޑް ވާރތް ޓޫއިންދަ ބުޝް
04 May 2021
ކޮވިޝީލްޑްގެ ޖުމްލަ 300,000 ޑޯޒް ރާއްޖެއަށް ލިބުނު. އެހެންކަމުން 150,000 މީހުންނަށް ޖެހޭނެ. ފުރަތަމަ ޑޯޒް 150,000 މީހުންނަށްދީފައިވާނަމަ ބާކީހުރިއެއްޗަކުން ހަމަޖެހޭނެ. ކޮވިޝީލްޑް ފުރަތަމަޑޯޒް ދިނީވެސް އެއަދަދަށްވުރެ ދަށްކޮށް. އެހެންވީމާ ފުރަތަމަޑޯޒް ޖެހިތާ 8 ހަފްތާވުމުން އަދި ލާސްޓްޑޭގެކުރިން ދެވަނަ ޑޯޒްޖަހައިދޭންޖެހޭނެ. ވެކްސިންހުރެ ނުޖަހައިދިނުމަކީ ވަކިބަޔަކަށް އެބެހެއްޓުން. އަނެއްކާ ތިމާމެމްގެ އަތުގައި ނެތްއެއްޗެއް ލިބޭނެކަމަށް ހީކޮށްގެންތިބުމަކީ ތިމާމެންގެ ކަނޑުކޮސްކަން.
ކޮވިސީލް
04 May 2021
ގެއަށް ދޭބަަލަ. ނުވިއެއްނު. ކާކުތަ ބުނީ ތިކަމާ ޙަވާލުވާށޭ.
ނިރު
04 May 2021
ހުރިހާ ދިމާލަކުން ބަލާލިޔަސް ފެއިލް ވެފަވާ ސަރުކާރެއް... މިވެރިކަން ގެނައުމަށް ވޯޓު ދިންމީހުންނަށް ހައްސަރިބަހާ ސާބަސް ރައްދުކުރަން
ޕަބްލޯ
04 May 2021
އިގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ފަރާތުން ދިވެހި ސަރުކާރަށް އެސްޓްރާޒެނެކާ ވެކްސިންގެ ސްޓޮކެއް ހަދިޔާ ކުރޭތޯ އާދޭސް ދަންނަވަންވީނު
އަހުމަދު އަދުހަމް
04 May 2021
ދެން ކޯޗެކޯ މަ ގަޔަށް ޖަހާނީ.މިހާރު ދެވަނަ ޑޯޒް ޖަހަންވެފަ މި ހުރީ.ކުރުބާފެން ތަ ޖަހަންވީ.ބުނީމަތާ އެނގޭނީ ޖަހަންވާ އެއްޗެއްވެސް.ކޮބާތަ މިއޮށްހުރިހާ ދުވަހު ނޫސްވެރިން އެއްކޮށްގެން ކެނޑިހާ ބައިސާތައް.
އަސްރާރަށް
04 May 2021
ޗައިނާގަ ކޮންޓްރޯލްކުރީ ރިޕޯޓުކުރުން ހުއްޓާލައިގެން. އެކަން ކުރީ ވެކްސިންވެސް ނުއުފައްދަނީސް. ނޭނގޭ ވާހަކަ ނުދައްކާ.
ވަހާ ޒަހީދު
04 May 2021
ކޮވިޑާ ގުޅޭ ހުރިހާ ކަމެއް ގޯހުން ގޯހަށް، ކަރަފާ ނަސީމު އިސްތިއުފާ ދޭންޖެހޭ، ނޫނީ ކެބިނެޓުން ބޭރުކުރަން ޖެހޭ
ކްރޮކް
04 May 2021
ޗަރުކާރު އިސްތިއުފާ!
ބޮންބޮން
04 May 2021
ފެބުރުއަރީ ފަހު ދުވަހު ފުރަތަމަ ޑޯޒް ޖަހައިގެން ދެވަނަ ޑޯޒް ޖަހަން ކިޔުގައި ޖެހުނީމަ ނަންބަރު ހަމަވީއޭ ކިޔާފައި ފޮނުވާލީ... ދެން މިހާރު ތިކިޔަނީ އެއްކޮށް މެދުކަނޑާލި ވާހަކަ. ދެން އަހަރެމެން 12 ހަފްތާ ފާއިތުވުއޭ ކިޔާފައި ވެކްސިން ޖަހާ ނުދޭނީ ތޯއްޗެއް. ބޯ ހަލާކު!