ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

ނަން އޮތީ ސިޔާސީ ލިސްޓެއްގައި، ދައުވާކޮށްފިއްޔާ އިިސްތިއުފާ ދޭނަން: މަހްލޫފް

ޔޫތު މިިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މަހުލޫފް ވާހަކަދައްކަވަނީ-- މިހާރު ފައިލް ފޮޓޯ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުރިން ތިއްބެވި ބޭފުޅުންގެ ނަން ހިމެނޭ ގޮތަށް އާންމުކުރީ "ސިޔާސީ" ލިސްޓެއް ކަމަށް، އެ ލިސްޓުގައި ނަން އޮތް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އާންމުކުރި ލިސްޓުގައި މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން ނަން އޮތީ މަހްލޫފްގެ އެކަންޏެވެ. އެ މައްސަލައިގައި ދައުވާކުރެވޭ ހިސާބަށް މަހްލޫފްގެ މައްސަލަ ނިމިފައި އޮތް ކަމަށް ދައްކަ އެވެ.

އެކަމާ ގުޅޭގޮތުން މަހްލޫފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފްގެ ޗެކުގެ މައްސަލައިގައި 2019 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، އޭނާ މަގާމުން ކުރިން ސަސްޕެންޑްކޮށްފައި ކަމަށެވެ. އަދި ތަހުގީގީ އިދާރާތަކުން އޭނާގެ މައްސަލައެއް ބަލަމުންނުދާތީ އަލުން މަގާމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެއްވި ކަމަށް މަހްލޫފްގެ ޕޯސްޓްގައިވެ އެވެ.

މަހްލޫފް ވިދާޅުވީ ސިޔާސީ ބަޔަކު އެކުލަވާލެއްވި، އެ ލިސްޓުގައި ސީދާ ގުޅުން ނެތް އެތައް ބައެއްގެ ނަން ހިމެނުމަކީ ހިޔާނާތުގައި ބައިވެރިވުން ނޫން ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާއެއް ކޮށްފި ނަމަ، މިނިސްޓަރުކަމުގެ މަގާމުގައި އެންމެ ދުވަހަކު ވެސް ނުހުންނަވާނެ ކަމަށް މަހްލޫފް ވިދާޅުވެ އެވެ.

"ސިޔާސީ ބަޔަކު އެކުލަވާލި، އަދި އެ މައްސަލައާ ސީދާ ގުޅުން ނެތް އެތައް ބައެއްގެ ވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި ނަން އޮތުމަކީ ކުށްވެރިވުމެއް ނޫން އަދި އެކަމުގައި ބައިވެރިވުމެއް ވެސް ނޫން. އެހެންނަމަވެސް އަޅުގަނޑުގެ މައްޗަށް ދައުވާއެއް ކޮށްފިނަމަ މި މަގާމުގަ އެންމެ ދުވަހަކު ވެސް ނުހުންނާނަން،" މަހްލޫފް ވިދާޅުވި އެވެ.

އެސްއޯއެފްްއާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގުމުން، މަހްލޫފްް ސަސްޕެންޑް ކުރީ ފެބްރުއަރީ 14، 2019 ގަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަހްލޫފްގެ މައްސަލައެއް ނެތުމާއި ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު، މަހްލޫފްގެ ސަސްޕެންޝަން އުވާލީ، އޭގެ ދެ މަސް ފަހުން، 16 އޭޕްރީލްގަ އެވެ.

މަހްލޫފް ސަސްޕެންޑްކުރީ އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް އޭސީސީން ނެރުމުން، މަހުލޫފްގެ މުއާމަލާތެއް ވެސް އޭގައި ހިމެނުމުންނެވެ. އެކަމުގައި މަހުލޫފް ވިދާޅުވީ އޭނާގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައި ވަނީ، ޑޮލަރު ގަތުމަށް ހިންގެވި ސައްހަ މުއާމަލާތެއްގެ ތެރެއިން ކަމަށެވެ. އަދި އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. މަހުލޫފުގެ އެދިވަޑައިގަތުމަކަށް އޭނާގެ މައްސަލަ ބެލުމަށް ފަހު އޭސީސީން ވަނީ އެކަމުގައި އޭނާގެ ހިޔާނާތުގެ ކަމެއް ނެތް ކަމަށް ނިންމައިފަ އެވެ.

19 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖާބެ

18 May 2021

މިއީ ސިއްދީގެއްތަ

The name is already taken The name is available. Register?

ލުގުމާން

18 May 2021

ޔާމީނުގެ ގެދޮރު ކުރިމަށްޗަށް ކަރުދާސް ޑޮލަރު އުކިއިރު ހިތަށް އެރިތަ މިދުވަސް އަތުބެދާނެއޭ؟ މިއަދު އަހަރުމެން ދަންތަ ކަލޭގެ ގެދޮރު ކުރިމަށްޗަށް ދޮލަރު ކުކަން؟ ޔާމީން ރަނގަޅުވީމަ ދޯ ދޮލަރު އުކަން ކުދިންކޮޅެއް ނުފޮނުވަނީ. އެދުވަހު ސިޔާސީއެއްޗަކަށް ނުވި. މިއަދު ވެއްޖެ ސިޔާސީ ކަމަކަ. ތާހިރުވެއްޖެ އެއްނުން

The name is already taken The name is available. Register?

456788

18 May 2021

މމމމމމމމމމމމމމމމމމމމމމމމމމމމމ މަހޭ ނެތިދާނޭ ވެ ލޯބިން ދިވާނާ. މަހްލޫފް/ މމ މަހޭ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 May 2021

ރައީސުލް ޖުމްހޫރިއްޔާއަށް ޤާނޫނުންލިބިދޭ ބާރުބޭނުންކުރައްވައިގެން އެމަނިކުފާނު އުފެއްދެވި ކޮމިޝަނަކުން އެކުލަވާލި ލިސްޓަކަށް ވަޒީރު ތިގޮތަށް ރައްދު ދެއްވުމަކީ "ރައީސަށާއި އެމަނިކުފާނުގެ ނިންމެވުންތަކަށް ތަބާވެވަޑައި ނުގަންނަވާނެކަމަށް" ބުނުން ފަދަ ކަމެއް. # ނޫން ވަޒީރުގެ މައްޗަށް ދައުވާ ނުއުފުލި ކަމުގައިވިޔަސް 21 ވަނަ ޤަރުނުގައި ކަންކުރާ ގޮތަށާއި ތަހުޒީބު ދައުލަތްތަކުގައި ފަރިތަ އުސޫލަކީ މިހާލަތުގައި މަޤާމް ދޫކުރައްވާ ގެއަށް ވަޑައިގަތުން އިގޭތޯ.

The name is already taken The name is available. Register?

މަހުލޫފް ގެ އަވާ

18 May 2021

ލަދެއް ހަޔާތެއް ނެތް!

The name is already taken The name is available. Register?

ސުނިލް ޝެޓީ

18 May 2021

ނަސީބެއްނު ބޮލީވުޑްގެ އޭ ލިސްޓް ތަރިންގެ ތެރޭގަ ނެތްކަން.

The name is already taken The name is available. Register?

އައްޔަ ބޮޑޭ

18 May 2021

އެންމެންވެސް ތިބީތިގޮތައް ތިހާސާފު ކޮއް ހުދުފޮތިކޮޅެއްހާ ސާފުކޮއް! މިއީ ދުނިޔޭގަ މިހާތަނައް ނެރުނު އެއްމެ ރީތި ވާހަކަ! މިފަދަ ރީތި މަޖާ ވާހަކަ އެއް އަދިއެއްވެސް ޝާއިިރަކައް ލިޔެވިފައެއް ނެތް!

The name is already taken The name is available. Register?

ޢިބޫ

18 May 2021

ދައުވާ ކޮއްފާނެތީ ބުރޯ ފަހަތަށް ވަދެ ތިހުންނަނީ. ގިނަރައްޔިތުން ބުނާގޮތުގަ މިސަރުކާރަކުން ދައުވާއެއްނުކުރާނެ އެއީ މިސަރުކާރު މިއޮތީ ފާޑެއްގެ ބުރޯ އެއްގެ ދަށުވެފަޔޯ.

The name is already taken The name is available. Register?

ބިލް ކުލިންޓަން

18 May 2021

މިހާރުވެސް އިސްތިއުފާންދޭން މާލަސްވެއްޖެ. ގަމިސްބަލައިގެން ފޮޓޯނަގައި މީސްމީޑިޔާގައި އެބެހީތީވެސް އިސްތިއުފާންދޭންޖެހޭ. މިހިރަމިހިރަ ހުރިހާކަމަކީވެސް ހަމަ އިސްތިއުފާންދޭންޖޭހޭ ކަންކަން.

The name is already taken The name is available. Register?

އަހުމަދުއަލޯ

18 May 2021

ކިތަންމެ ވަރަކަށް ޖިމަކަށް ދިޔަޔަސް އެތަނުން ފާފަ ނޮފެހެވޭނެ ކަން ހަނދާންކޮށްދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454