ގާސިމް އިބްރާހީމް--
20 މެއި 2021 - 15:37
އަންހެނުން އަދި ފިރިހެނުން ވެސް ކޮންމެ ފަދަ ދޮގެއް ވެސް ހަދައިފާނެ ކަމަށް ވިދާޅުވެ، ގެވެށި އަނިޔާގެ ތުހުމަތު އޮތް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ދިފާއުގައި، މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވާހަކަ ދައްކަވައިފި އެވެ.
އީސައާ ދެކޮޅަށް ހުށަހެޅި ގެވެށިއަނިޔާގެ މައްސަލައިގެ ތުހުމަތަށް އޭނާ ހައްޔަރުކުރުމަށް ފުލުހުން އެދިގެން ޕީޖީން މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
އީސަ ހައްޔަރުކޮށް ފިޔަވަޅު އަޅަން ގޮވަމުން ދަނިކޮށް މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ގާސިމް ވިދާޅުވީ މީހަކު ބުނާ ބުނުމެއްގެ މައްޗަށް އެހެން މީހަކު ހައްޔަރުކޮށްގެން ނުވާނެ ކަމަށެވެ.
އެ ގްރޫޕަށް ގާސިމް ފޮނުވި މެސެޖްތަކުގެ ސްކްރީންޝޮޓްތަކެއް ލިބިފައިވާއިރު އީސަ އޭނާގެ ދަރިފުޅު އުރައިގެން އިން ފޮޓޯއަކަށް އިޝާރާތްކުރައްވަމުން ގާސިމް ވަނީ ކުއްޖާ ބެލްކަނިން ވައްޓާލަން އުޅުން ކަމަށް ތުހުމަތުކުރިޔަސް އީސަ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވެފަ އެވެ.
"އަންހެނަކު ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ (ފިރިހެނުން ވެސް)،" ގާސިމް ލިޔުއްވާފައިވެ އެވެ.
އަދި ގާސިމް ވަނީ ގެވެށި އަނިޔާގެ ގާނޫނު ވަނީ ހައްދެއް ނެތް މިންވަރަށް އަންހެނުން ހިޔާމަތްކުރާ ގޮތަށް ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފަ އެވެ.
"ތަހުގީގުކުރުމަށް މީހަކު ހައްޔަރުކުރުމަށްޓަކައި ހަތަރު ސަބަބެއް ފުލުހުން ސާބިތުކޮށް ދެވިގެން. ނޫންނަމަ ގާނޫނާ ހިލާފުވާނެ. މީހަކު ބުނާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެ،" އެ މައްސަލަ އިންސާފުވެރިކަމާ އެކު ތަހުގީގުކުރަން ޖެހޭކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.
އީސައަށް ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމުން ހިމެނެ އެވެ.
އީސަ އާއި އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމް ދިރިއުޅުއްވި އެޕާޓްމަންޓް ތެރެއިން އަނިޔާގެ އަޑު އަވައްޓެރިންނަށް ވެސް އިވިފައި ވާއިރު އެ ހާދިސާ އަށް ފަހު، އަސްރާ ޑޮކްޓަަރަށް ވެސް ދައްކަން ދިޔަ ކަމަށްވެ އެެވެ. އެކަން ހިނގި ވަގުތު އެ ބޭފުޅުންގެ ދަރިފުޅު ވެސް އެތަނުގައި ހުރިއިރު އެ ކުއްޖާއަށް ވެސް އޭގެ ސަބަބުން ވަރަށް ބޮޑަށް ނަފްސާނީ އަސަރުކޮށްފައިވާ ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިލީ
21 May 2021
ތިމާއަށް ލިބިފައިހުރި ތަޖުރިބާއެއްގެ އަލީގައި އެޖިންސްގެ މީހުން ކޮށްފަ ނުކުރާނެ ކަމެއް މާމޮޅަށް އެނގޭކަމަށް ނިންމާކަށް އަސްލު ނޭނގޭނެ. އިންތިހާއަށް ދޮގުހަދާ މީހުންނާ ތިމާއަށް ދިމާވެފައިވީ ނަމަވެސް އެކަން އެހެން އެންމެންނަށް އެޕްލައިކުރެވިގެންނުވާނެ. ރަގަޅު އަންހެނުންވެސް އެހާ ގިނައިން އުޅޭއިރު އަންހެނުން މިހެންނޭ ކިޔައި އާއްމުކޮށް އެމީހުންނަށް ނިސްބަތްކޮށް އެހެން ނުބުނެވޭނެ.
މަންޑޭލާ
20 May 2021
މަނިކުފާން ރަނގަޅު ވާނީ ސިޔާސީދާއިރާއިން ދުރައް ޖެހިލިއްޔާ
އަލް އުސްތާޒު
20 May 2021
ޤާސިމް އެބުނީ ރަނގަޅު ވާހަކައެއް. މީހަކު ބުނާ ބަހަކަށް ބަލާފައި އަދަބެއް ދީގެން ނުވާނެއެވެ. ތިކަން ވެދާނެ ދެމަފިރިންގެ ކަމަކަށްވެސް. އެކަހަލަ ކަންކަމުގައި އަންހެނުން ގޮތް އިނގޭނީ އެކަން ތަޖުރިބާ ކޮށްފައި ހުރި މީހަކަށް. މިކަމުގައި ޤާސިމްއަށް ޖޯކު ޖެހުމެއް ނެތް. އީސަގެ ވާހަކަވެސް އަޑުއަހަން ޖެހޭ..
ބޮޑުމީހާ
20 May 2021
ދޮގު ހެދިޔަސް ނުހެދިޔަސް އޭނަ ހައްޔަރުކުރެވިދާނެ ނުން. ތިގޮތަށް ކުށަކާ ނުލާ ކިތައް މީހުން ހައްޔަރުކުރަނީ. ގާސިމަކީ އަނެއްކާ އެ ކެޓަގަރީގެ މީހެއްބާ!
ޮޕޮގުގު ގުބާ
20 May 2021
ތީ މީހުން ބަލައި ގަންނަ މީހެއްނޫން
އާދަނު2
20 May 2021
އެބުނީކީ މުޅިއެކުން ދޮގެއްނޫން.
އުދުހޭ
20 May 2021
ގާސިމުވަރުގެ ތަޖުރިބާކާރަކު މިދާއިރާއިން މަދުވާނެ. އެހެންވީމާ ގާސިމްގެ ބަސް ގަބޫލުކުރަން.
1234
20 May 2021
އަސްލުވެސް ވ ރަނގަޅު ވާހަކައެއް އަންހެނަކުވެސް ފިރިހެނަކުވެސް ކޮންމެފަދަ ދޮގެއްވެސް ހަދައިފާނެ.
ކަރުކެހި
20 May 2021
ގާސިމް ތިވިދާޅުވި އިންސާފު ލިބިލައްވާތޯ ތިޔަބުނާ އިންސާފު ދެއްތޯ މި ނުލިބިގެން މިއުޅެނީ ތިޔަ އިންސާފު ހޯދަން ގާސިމް ވިދާޅުވެބަލަ ކޮންކަމެއް ކުރަންވީ ތިޔަ ބުނާ އީސަ ތީ ރަގަޅުމީހެއްނަމަ މިއަދު ތިޔަކަމެއް ނުހިގާނެ ގާސިމް ކޮސްކޮވަން ނޫޅޭ ކޮވިޑުތެރޭގަ
ހުސެން
20 May 2021
މިފެންނަނީ ގާސިމުގެ ތަޖުރިބާއާ ދުރުވިސްނުން އިނގޭތޯ! ހަގީގަތުގައި ބައެއް އަންހެނުންނަކީ ވަރަށް މަކަރުވެރިބައެއް، ވަރިވާންބޭނުންވެގެންވެސް ގެވެށިއަނިޔާލިބޭއޭ ކިޔައިގެން ލޯޔަރުބުނާ ޑުރާމާކުޅެފައެބަހުރި، މި ކޭސްގަ މިހެންވިޔެކޭނޫން އަދި މިބުނީ، ނަމަވެސް ކަމެއް ސާބިތުވެގެންނޫނީ ބުނާބުނުމެއްގެ މައްޗައް ކަންކަން ކޮށްގެންނުވާނެ، މައްސަލަބަލާ ތަހުގީގުކުރޭ، އެއައްފަހު ހައްޔަރުކުރަންޖެހޭ މީހަކު ހައްޔަރުކުރަންވީ!