ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
21 މެއި 2021 - 23:19
މާލޭގެ ގެތަކުގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ހޯދައިދިނުމަށް އެދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިިފި އެވެ.
މުއިއްޒު މިގޮތަށް ގޮވާލެއްވީ ކޮވިޑް-19 އާ ގުޅިގެން މާލޭ ސިޓީގައި ގިނަ ވަގުތު ކާފިއު އިއުލާންކޮށްފައި އޮންނާތީ ގިނަ ބައެއްގެ އާމްދަނީ އަށް އަސަރުކޮށްފައިވާތީ އެވެ.
އެކަމާ ގުޅޭ ގޮތުން މުއިއްޒު "މިހާރު" އަށް ވިދާޅުވީ މޭޔަރުކަމާ ހަވާލުވެވަޑައިގަތް ފަހުން، އެކަމުގެ ޝަކުވާ ގިނަ ބައެއްގެ ފަރާތުން އަހަން ޖެހިވަޑައިގަތް ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލްގެ އިތުރު ބައެއް މެމްބަރުންނަށް ވެސް މި ޝަކުވާތައް ލިބެމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލޭގައި ގިނަ ވަގުތު ކާފިއު އިއުލާންކޮށްފައިވާތީ ވިޔަފާރިވެރިންނަށް ވެސް ގެއްލުން ލިބެމުން އެބަދެ އެވެ. އަދި ބައެއް ވަޒީފާތަކުގައި އުޅޭ މީހުންގެ އާމްދަނީ އަށް ވެސް އެކަމުގެ ނުރަނގަޅު އަސަރެއްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ ބެހޭ އިދާރާތަކަށް އޭނާ ގޮވާލެއްވީ މާލޭގައި އުޅޭ މީހުންނަށް ކަރަންޓު ބިލާއި ފެން ބިލުން ލުޔެއް ދެއްވުމަށެވެ.
މުއިއްޒު ވިދާޅުވީ ހުވާ ކުރެއްވުމަށް ފަހު މާލޭ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއަށާއި ސްޓެލްކޯއަށް އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ވެރިންނާ ބައްދަލުކުރެއްވުމަށް އެދި ސިޓީއެއް ފޮނުއްވި އެވެ. އެކަމަކު މިހާތަނަށް ބައްދަލުކުރެއްވުމަށް ފުރުސަތެއް ދެއްވާފައި ނުވާތީ އެ ބޭފުޅުންނާ ބަައްދަލުކުރައްވައި، އެ މަޝްވަރާތައް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.
މާލޭގެ މޭޔަރު ކަމާއި މުއިއްޒު ހަވާލުވެވަޑައިގެންނެވިތާ މިވީ ފަސް ވަރަކަށް ދުވަހުގެ ތެރޭގައި، އޭނާ ވަނީ ރައްޔިތުންނަށް ބައެއް ލުއިތައް ދިނުމަށް ނިންްމަވައިފަ އެވެ. އޭގެ ތެރޭގައި މާލޭގެ ޓެކްސީ ޕާކިން ފީ 3000 ރުފިޔާ އިން 750 ރުފިޔާއަށް ކުޑަކޮށްދޭން ނިންމުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޭރަނގަޅު ވާހަކަ
23 May 2021
ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރީމާ ސަރުކާރުން ދައްކަން ޖެހޭ ކަރަންޓު ބިލް ކުޑަވާނެ. ގޭގަ ތިބެގެން މަސައްކަތް ކުރަން ޖެހުނީމަ ކަރަންޓު ބިލް ބޮޑުވުމުގެ އިތުރަށް އިންޓަރނެޓް ވެސް ހުސްވެފައި އޮންނަނީ. މެންދުރު މިވާ ހޫނުން އޭސީ ނުޖައްސާ ކިހިނެތް އުޅޭނީ؟ އަނެއްކާ ކާފިއު އަކާ ހެދި ފިނި ކޮށްލަން ބޭރަށް ވެސް ނުދެވެ.
އުމަރުބެ
22 May 2021
7 އަހަރު މިނިސްޓަރުކަމުގަ ހުރެގެން ނުގޮވާހާ އެއްޗެހި ގޮވައިފި 2 ދުވަހުން. މޮޔަވީ ނޫންބާ.
މިވަރެއްނެތް
22 May 2021
ފޮނިވާހަކަ ދައްކަވާ! މުއީޒުމެން ސަރުކާރުގައި ތިބިއިރު މާލޭގެ މަގުމަތީ ފެންބޮޑުވުމެއް ނުހުއްޓުވުނު. ކަރަންޓު/ފެން ބިލެއް ކުޑައެއްނުކުރި. ހުޅުމާލޭ 2ވަނަ ފިޔަވަހީގެ ގެއެއްގެ ވަގުތީ ކަރަންޓުލާދޭންވެސް 90ހާސްރުފިޔާ ނެގި! މުއީޒު އިސްވެހުރެ އިސްލާމީ މަރުކަޒުގެ ބޭރުގައި ޖެހި ހިލަ، ހެދި ގަޑިބުރު، ފެންވަރުވާ، ތާރީޚީ މިސްކިތްނަގާ ހެދި ވިންޓަރޕާކް މަތިން މަމެން އަދިވެސް ހަނދާންއެބަހުރި. ޝިފާއާއި އެމްޑީޕީދެކެ ރުޅިން މުއީޒުހޮވިއަސް ތިއީ ބޮޑު ފެއިލިއަރެއްދޯ؟
ރަދީފުއޮފިސަލް
22 May 2021
ސިޓީކައުންސިލްގެ މޭޔަރުކަމަށް ހޮވިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅެއް މުއިއްޒަކީ. އެކަމަކު ހަގީގަތުގައި މީނާ ކުރަންޖެހޭކަމަކީ ކުނިގޮނޑު ސާފުކުރުމާ، މަގުތަކުން ކުނިނެގުން. ކީކޭދެންބުނާނީ. ގޮނޑުގެ ވެރިކަންދިނީމަ ކުރަންމިއުޅެނީ ރައީސުލްޖުމްހޫރިއްޔާކަން. ލަދުކޮބާ. ވ. ވެދުން
އަންއޮފިޝަލް
22 May 2021
ވެމްކޯ އޮންނާނެ ތިކަމަށް ރަދީފޫ. މާލޭ ރައްޔިތުން ވޯޓުދީ 45000 ރިފިޔާގެ މުސާރަދޭނެ މޭޔަރަކު ހޮވީ ތިހާ ކުޑަކުޑަ ކަމަކުކަމަށް ރަދީފަށް ހީވަނީ ރައްޔިތުންނަކީ ބައެއްނޫންކަމަށް ރަދީފު ގަބޫލުކުރާތީ. ލޯކަލް ގަވަރުމެންޓް ގާނޫނުގަ އޮންނާނެ މޭޔަރު ކުރަންޖެހޭ ކަންކަން. މާލޭ މީހުން މޭޔަރަކު ހޮވީ މާލޭގެ ރައްޔިތުންގެ ހުރި މުހުތާދުތައް ސަރުކާރަށް ހުށަހަޅާ އެކަންކަން ރަނގަޅުކުރަން ސަރުކާރާއެކީ މަސައްކަތްކުރުމަށް. އެކަން މުއިއްޒު އެކުރަނީ. ކުރިއަށް މޭޔަރު!
މެސީ
26 May 2021
ރަދީފޫ ކަލޭ މުއީޒު ދެކެ ކިތަންމެ ރުޅިއަޔަސް މުއީޒު ހޮވީ އެރައްޔިތުން. ކަލޭ އެމީހުނަށް ވެސް ތިޖެއްސީ ކުނިގޮނޑު ކަހަން ދޯ. ކަލޭ ކަހަލަ މީހަކު މިފަދަ ލަދުވެތި ކޮމެންޓެއް ކޮށްފާނެކަމަށް މަހީވެސް ނުކުރަން
ޖާބެ
22 May 2021
ކަލޯ ސަރުކާރު ކޯލިޝަން ނާޤާބިލްމަ މުއީޒު އެހުރީ ހޮވާފަ ، ދެން ތިބޭ މާލޭ މޭޔަރަކީ މުއީޒު މާލޭ ރައްޔިތުން ހޮވާފަ އެހުރީ ، އިބޫ ނާޤާބިލް ކަމުން.
ގަބޭ
22 May 2021
އޮޅުމަކުން ވީކަމެއް.
ހށނ
22 May 2021
މާލޭގެ ރައްޔަތުންނަށް އެހީވުމާށް ރަށްރަށުގަ ފަންޑުފޮށިތައް ބަހައްޓަން ފެނޭ. ރާއްޖެތެރޭ މީހުން އަރާ ފައިބާ މިންވަރު މަދުވީމަ، އާމްދަނީ ލިބުން ދަށްވެ އެހީއަށް އެދެންޖެހިފަ މިވަނީ.
ގުދުގުދާބެއްޔާ
22 May 2021
ފުރަތަމަ ފެނަށް ނަގަމުންދާ ހަލާލުނޫން ފައިސާ 30ރ ކޮންމެ މީޓަރަކަށް ކަނޑާލަދީބަލަ!
ޒިންދަގީ
22 May 2021
މުއިއްޒު 2023
ތޭންކްސް މޭޔަ
22 May 2021
ކުރިއަށް މާލޭ މޭޔަރ ކުރިއަށް. ނިކަމެތިންހެ ހާލު މި ބަލިމަޑުކަމުގެ ތެރޭގަ އެނގިލައްވާ ބޭފުޅެއް ކަމުގަ ދެކެން. މަޖިލިސް މެމްބަރުން ދެލައްކައިން މުސާރަ ނަގްގެން ޖަރުމަނުގަ އަޗާތަޅަން ހުރި ވެރިއެއްގެ ވާހަކަ ޓްވީޓުކުރުން ނޫންކަމެއް ނުކުރާށޯ އެތިބެނީ ގައުމުގެ ރައްޔިތުން މިހާލުގަ ތިބިއިރުވެސް. ބުރިޖުވެސް ނޭޅެނޭ އެނޖިނިއަރިން މުޖެކޭވެސް ކީ ތާ އެބައިމީހުން. އެންމެފަހުން އެބުނާ ޖެޓަކަށް އަރަންވެސް ދިޔައީ ނޭޅޭނޭ ކީ ބުރިޖުމަތިން.
މުރީދު
22 May 2021
މުއިއްޒު މިހާރު ތިޔަ ސަކަރާތްވަނީ! އެންމެ ފުރަތަމައިނުން ތިޔަބޭފުޅާގެ މެންޑޭޓްގައި ހިމެނޭކަންތައްތަކަށް ފޯކަސްކޮށްގެން ކުރެވޭތޯ ބަލާބަލަ. މުއިއްޒުއަށް ވޯޓްދިން މީހުންދިނީ އެކަންކަން ކުރަން. ރައިއްޔަތުންގެ މަގްބޫލްކަންވެސް އިތުރުވާނީ އެއިރުން. މަގުތަށް ޑިސްއިންފެކްޓް ކުރުން ރަނގަޅު. ކަރަންޓްއާއި ފެނާއި ތެލާއި ބޭހާއި ކާޑުގެ ތަކެތި އަގުހެޔޮކުރަން ގޮވާނެ ކަމެއްނެތް. މުއިއްޒުމެންގެ ބާރު އޮތްއިރު ތިޔަކަހަލަ ވާހަކައެއް ގޮވާލާނެ ހިތްވަރެއްވެސް ނުފެނުނު..