ޒުންނަވާރު ސަލީމްް--
26 މެއި 2021 - 12:11
ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ނެތި، ބާ ކައުންސިލުން ގާނޫނީ ވަކީލް ޒުންނަވާރު ސަލީމްގެ އަނބިކަނބަލުން މެހެނާޒު ހުސެއިން އަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީގެ ހުއްދައިގެ ސިއްކަ ބޭނުންކޮށްގެން އުސޫލުތަކާއި ގަވައިދާ ހިލާފުވެފައި ވާތީ 100،000ރ. އިން ޖޫރިމަނާކޮށް މައްސަލަ ބަލަން ފަށައިފި އެވެ.
ފޭކް ސެޓްފިކެޓްތަކެއް ހުށަހަޅައިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދި މައްސަލަ ވެސް ކުރިން ޖެހުނު ޒުންނަވާރު ވަނީ މެހެނާޒުގެ ޕަބްލިކް ނޯޓަރީ ޕާމިޓްގެ ސިއްކަ ބޭނުންކޮށް، އަމިއްލަ ދެ ކުންފުންޏެއްގެ މެދުގައި ހެދި އެއްބަސްވުމެއް ނޯޓަރައިޒްކޮށްދީފައި ކަމަށް ބާ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުންޏެވެ. އަދި އެ ސިއްކާގައި މެހެނާޒު ސޮއިކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންވެ، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ޒުންނަވާރު، 50،000ރ. އިން ޖޫރިމަނާކުރަން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ބާ ކައުންސިލުން ބުނީ އެ އަމަލަކީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ގާނޫނީ ވަކީލުން އަމަލުކުރަން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފު، އާންމު މުޖުތަމައުގެ މެދުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުބާރު ގެއްލޭ ފަދަ އަމަލެއް ކަމަށެވެ. އަދި ނަޒާހާތްތެރިވުމުގެ އުސޫލާ ވެސް ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ އެ މައްސަލައަކީ ޖިނާއީ ކުށެއް ހިމެނޭ މައްސަލައެއް ކަމުން، އެ މައްސަލަތައް ކަމާބެހޭ އިޖުރާއަތުގެ ދަށުން ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ.
މެހެނާޒުގެ މައްސަލައާ ގުޅިގެން ނެރުނު ބަޔާނުގައި ބާ ކައުންސިލުން ބުނީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރާ ގާނޫނީ ވަކީލަކީ ނޯޓަރީގެ ހިދުމަތް ލިބިގަންނަ ފަރާތުގެ ގާނޫނީ ވަކީލަށް ވެގެން ނުވާނެކަމަށް އުސޫލުގައި ބަޔާން ކުރި ނަމަވެސް އޭނާ އެ އުސޫލާ ހިލާފުވެފައިވާ ކަމަށެވެ. އަދި ނޯޓަރައިޒްކޮށްދޭ ބާވަތާއި ސޮއިކުރި ފަރާތްތަކުގެ މައުލޫމާތު ވެސް ބަލަހައްޓާފައި ނުވާ ކަމަށެވެ.
ބާ ކައުންސިލުން ބުނީ، އެ ކައުންސިލުން މެހެނާޒަށް ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުމުގެ ކުރިން އެކި ފަރާތްތަކަށް ނޯޓަރައިޒް ކުރުމުގެ ހިދުމަތް ދީފައިވާ ކަމަށެވެ. އެއީ ގާނޫނީ ފަންނުގެ ގާނޫނާއި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ ހިލާފަށް ކަމަކަށް ވާތީ އޭނާ ވެސް ބައި ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، އޭނާއަށް ދޫކުރި ހުއްދަ އެއް އަހަރު ދުވަހުގެ މުއްދަތަށް ހިފަހައްޓައި މައްސަލަ ބަލަން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ ކުއްލި ޖަލްސާއެއްގައި ވަނީ ނިންމައިފަ އެވެ.
ޒުންނަވާރު ފޭކް ސެޓްފިކެޓްތަކެއް ހުށަހެޅި 2013 ވަނަ އަހަރު އޭސީސީން ކުރި ތަހުގީގަކުން އެކަން ފަޅާއެޅި އިރު އޭނާ ވަނީ ގާނޫނީ ވަކީލަކަށް ވުމަށް ސައްހަނޫން ބެޗެލާ އޮފް ލޯ ސެޓްފިކެޓެއް ހުށަހަޅައިފަ އެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ތެރޭގައި އޭނާ ވަނީ ގާނޫނީ ދާއިރާއިން ކިޔެވުމަށް ފަހު ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިހިތްހަމަނުޖެހޭ
29 May 2021
ޒުންނަވާރު އަށް ޖޫރިމަނާ ކުރި އަދަދު އަދި މަދު.
ފޮނިޓައްޕު ހަސަނު
27 May 2021
ނަސީބެއް ނުން ކުރީގެ ވެރިކަމުގައި ތި މީހާ ކޯޓެއްގެ ގާޒީއަކަށް ނެތްކަން. ތިކަހަލަ ނުރައްކާ ތެރި މީހުންނަށް އެކަށީގެން ވާ އަދަބު ދެވެން ޖެހޭނެ.
ޒީރޯ2
27 May 2021
ތީއަދި ލައްކައަކުން 1 އިހައްދުވަހު އެމްއެންޑީއެފްއިން ވެސް ވަކިކުރި ޑޮކްޓަރަކަށްވެގެން ވަގުލިއުން ހުށަހަޅައި 8 އަހަރު އޮފިސަރު ރޭންކުގައި ބޮޑުމުސާރަ ނެގިސޮރެއް ނޫސްތަަކަށް ނޭރުވީ ވެރިން ފަލީހަތްވެދާނެތީ
ފާތި56
27 May 2021
ކޮބާތަ އަންހެންމީހާ؟ ޙަމައެކަނި ފިރިހެންމީހާގެ ފޮޓޯ؟
ނަޖްވާ
27 May 2021
މީނާ ގެ ނޯންނަނީ ކޮން ހުއްދަ އެއް؟ ހުކުރު ކުރުމުގެ ހުއްދަ އޮވޭ، ކައިވެނި ކޮށްދިނުމުގެ ހުއްދަ އޮވޭ، ބޯކޮށާ ދިނުމުގެ ހުއްދަ އޮވޭ، ސައި ހޮޓާ ހިންގުމުގެ ހުއްދަ އޮވޭ، ކިޔަވާ ދިނުމުގެ ހުއްދަ އޮވޭ، ސައިކަލު ދުއްވުމުގެ ހުއްދަ އޮވޭ، ލާންޗު ދުއްވުމުގެ ހުއްދަ އޮވޭ، ދެން ބުނޭ މީނަ ކޮށްފަ ނުކުރާނެ ކަމެއް! މީނަ މީ މީނަގެ އަންހެނުން މޫނު ބުރުގާ އެޅައިގެން އިސްލާމިކު ޔުނިވަރުސިޓީގެ އެގްޒޭމް ހަދަން ހުއްދަ ނުދީނަމަ، ކޯޓަށް ގޮސް އެ ހުއްދަ ހޯދި މީހާނު!ފިސާރި މީހެއް!
ބާބާކައުންސިލު
26 May 2021
މީނަޔަށް ލޯޔަރުކަމުގެ ސަނަދު ދިން ބަޔަކަށްވެސް ވަރަށް ވެދުން ހަމަ. ކުފޫ ހަމަވާވަރުންވެސް ކަންނޭނގެދޯ.
ޖައްބެ
26 May 2021
މިީނަ މީ ވަރަށް މަކަރުވެރި މީހެއް
އަޙްސަން-އެމް.ކިއު.އޭ
26 May 2021
ދުނިޔެކެވޭނީ މަކަރާ ޖަހައިގެންކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ މީނަ..
ޕަބްލޯ
26 May 2021
ތިކަހަލަ މީހުންނެއް ނޫންތޯ މިގައުމަށް އެންމެ ބޭނުންވަނީ. މިޒަމާނަކީ ގެއަށް ގެންނަ ފައިސާއަކީ ކޮންތަނަކުން ހޯދި ފައިސާއެއްތޯ ޚުދު އަނބިމީހާވެސް ނާހާ ޒަމާން. ރައްޔިތުންގެ މަޖިލީހަށް ވެސް، ކައުންސިލަށް ވެސް، ކެބިނެޓަށް ވެސް ބޭނުންވަނީ ތިކަހަލަ ހުނަރުވެރި މީހުންނެއް ނޫންތޯ؟ ތިކަހަލަ މީހުން ގިނަވެގެންދާއިރު އޭގެތެރޭގައި ވެސް ތިބޭނެ އަދި އަރާއަރަފޯދިގެންވާ މީހުންކޮޅެއް
ޕަބްލޯ
26 May 2021
އިޓަލީގެ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ކަންނަވާރޯ އާއި ތިމާގެ މީހެއްތަ މިއީ؟