ވަކީލެއް ކަމަށް ހެދިގެން އުޅުނު އަންހެން މީހާ.
21 އޯގަސްޓް 2025 - 19:15
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ވަކާލާތުކުރުމުގެ ހުއްދައެއް އަމިއްލައަށް ހަދައިގެން އުޅުނު މީހެއްގެ މައްސަލަ ބާ ކައުންސިލުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި އެމްޕީއެލުގައި ކުރިން ވަކީލެއްގެ ގޮތުގައި އުޅުނު ލ. ފޮނަދޫ، ހަވޭލި، ފާތިމަތު ތޫބާ އަބްދުﷲގެ ގާނޫނީ ވަކީލުގެ ކަމުގެ ހުއްދައަކީ ސައްހަ އެއްޗެއް ނޫންކަން އެނގުނީ އެމްޕީއެލް އިން އޭނާއަށް އެލަވަންސް ދިނުމަށް ބެލިއިރު އޭނާގެ ނަން ގާނޫނީ ވަކީލުންގެ ދަފްތަރުގައި ނެތުމުންނެވެ.
އެކަން އިތުރަށް ޔަގީންކުރަން އެމްޕީއެލުން ބާ ކައުންސިލަށް ހުށަހެޅީ އެވެ.
އެނގިފައިވާ ގޮތުގައި މައްސަލަ ފެންމަތިވި ފަހުން އޭނާ ވަނީ އެ ކުންފުނިން ވަކިވެފަ އެވެ.
އެކަން ބެލިއިރު އޭނާއަކީ ބާ ކައުންސިލުން އެެއްވެސް އިރެއްގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ މީހެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ. އަދި އޭނާއަށް ދޫކޮށްފައިވާ ކަމަށް ބުނާ ވަކާލާތުކުރުމުގެ ހުއްދައަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށް، ވަކާލާތު ކުރުމުގެ ހުއްދައާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއްކަން ވެސް ފާހަގަކުރެވޭ ކަމަށް ބާ ކައުންސިލުން ބުންޏެވެ.
ބާ ކައުންސިލުން ބުނީ އެ ލިޔުމުގައި އޮތް ސޮޔަކީ، ލިޔުން ހެދި ތާރީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއެއް ވެސް ނޫން ކަމަށެވެ.
ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޖޫން 27، 2019 ގައި ބާ ކައުންސިލް ވުޖޫދުވުމަށް ފަހު، އެ ގާނޫނުގައިވާ ގޮތުގެ މަތިން ވަކާލާތުކުރުމުގެ ހުއްދަ ދިނުމުގެ ބާރާއި ޒިންމާ އޮންނަނީ ބާ ކައުންސިލަށް އެކަންޏެވެ.
އެ ކައުންސިލުން ބުނީ ބާ ކައުންސިލިގެ ވަކީލުންގެ ދަފްތަރުގައި ތޫބާގެ ނަން ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ރިޓަޔާކުރައްވާފައިވާ ފަނޑިޔާރެއްގެ ސޮއި ބޭނުންކޮށް، ސެޕްޓެމްބަރު 20، 2020 ގައި ތައްޔާރުކޮށްފައިވާ ލިޔުމުގެ މައްސަލަ އިތުރަށް ބެލިބެލުމުން ތޫބާއަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދޫކޮށްފައިވާ މީހެއް ނޫންކަން އެ ކައުންސިލަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.
ހުއްދަ ލިބިފައިވާ ފަރާތެއް ފިޔަވައި އެހެން ފަރާތަކުން އޭނާއަކީ ގާނޫނީ ވަކީލެއްކަމުގައި އާންމުންނަަށް ގަބޫލުކުރެވޭނެ ފަދައަކުން ދެއްކުމާއި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ މަސައްކަތްކޮށް ގާނޫނީ ހިދުމަތް ދިނުމަކީ ގާނޫނުން މަނާކަމެކެވެ.
"އެއީ ގާނޫނީ ކުށެކެވެ. އެއްވެސް ފަރާތަކުން މިފަދަ އަމަލުތައް ނުހިންގުމަށް މި ކައުންސިލުގެ ފަރާތުން އިލްތިމާސްކުރަމެވެ." ބާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
އެތަނުން ބުނި ގޮތުގައި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ ވަކީލުންގެ ދަފްތަރު ބާ ކައުންސިލުގެ ވެބްސައިޓުން ފެންނާނެ އެވެ. އެހެންވެ، ހިދުމަތްދޭ ނުވަތަ ދޭން ހުށަހަޅާ ފަރާތަކީ ހުއްދަ އޮތް ފަރާތެއްތޯ ކަށަވަރުކުރުމަށް ވެސް ބާ ކައުންސިލުން އިލްތިމާސްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
22 August 2025
ހުވާނުކުރާ ފުލުހުންނާ ފޭކުލޯޔަރުން ފަޅާމިއަރަނީ އެތައްޒަމާނެއްފަހުންދޯ، ލިޔެކިޔުންތައް ރަނގަޅަށް ވެރިފައިނުކުރެވޭތީ ތިހެންތިދިމާވަނީ، ހުރިހާބޭފުޅުންނަށްބުނެލަންއޮތީ ކުރާވައްކަމަކުން ހަދާ މަކަރާހީލަތަކުން ރަނގަޅުނަތީޖާއެއް ނުލިބޭނެ، އެންމެންވެސް ފައިސާއާ މުއްސަނދިކަން އެދޭނެ ނަމަވެސް އެކަންކަމަށް މަސައްކަތްކުރަންއޮންނަމަގުން މަސައްކަތްކޮށްގެން ތަނަވަސްކަމާ ފައިސާލިބުނީމާ ހިތްހަމަޖެހުންލިބޭނީ، އެހެންނޫނީ އުޅެންޖެހޭނީ މައްސަލަގަނޑެއްގަ
ގަންހިންގުނުވަޒީރު
22 August 2025
ލާމު ގަން ވެއްޖިއްޔާ މިކަހަލަ މީހުން ހައްތާވެސް.
raajje
22 August 2025
ގަންހިންގުނުވަޒީރު: ލ.ގަމެކޭނޫންއޮތީ، ފޮނަދޫކަމަށްއޮތީދޯ! ލ.ގަމަކީ ރާއްޖޭގައިއޮތް އެންމެބޮޑުރަށް، ކުރިޔަށްއޮތްތަނުގައިވިޔަފާރީގައާ އެހެނިހެންކަންކަމުގައިވެސް ލ.ގަންވެގެންދާނީ ރާއްޖޭގެ މައި ހަބަކަށް، މިހާރުވެސްވަރަށްގިނަމުދާ މާލެއަށްވުރެން މާބޮޑަށް އަގުހެޔޮކޮށް ލ.ގަމުން ގަންނަންލިބޭ، އެއީ ގަމުގައި ބިންއޮތީމާ ގަމުގައިހިންގާ ތަންތަނަކީ މާލޭގަހެން ކުށްޔަށްހިފައިގެން ހިންގާތަންތަންނޫންވީމާ، ވިސްނޭމީހުންދަނީ ލ.ގަމުން ގޯތިހޯދަމުން އަދި ބިންގަންނަމުން
ވަކިގަަމެއްނޫން
23 August 2025
ވަކި ތަނެއް ވަކި ރަށެއް ވަކި މީހެއް ވަކި ނަސަބެއް ވީމަ ވާކަމެއް ނޫން. މުޅި ޤައުމުގެ ވަކި ދިމާލެއް ވަކި ޕްރޮފެޝަނެއް ނަޒާހަތްތެރި އެބައޮތްތަ؟
ޢަލްޓިކޯ
22 August 2025
ކޯޓް ތަކަށް ވަކާލާތު ކުރަން ވަނުމުގެ ކުރިން ބާކައުންސިލިން ދީފަ އޮންނަ ހުއްދަ ހުށަހަޅަންޖެހޭ ގޮތަށް ހަދަންވީ
ސޗށޑޝޑށޗ
23 August 2025
ހަދާފައި އޮތް އޭގެ ހުއްދައެއް ގެންގުޅުނު ވަހަކަ ނޫންތަ ޚަބަރުގައި އޮތީ
ޟިހުން
22 August 2025
އޯކޭ ވާނެ ރީތި މަންޖެ އެންނު ދެން މާބޮޑުކަމަކައް ނުހަދަ ދޫކޮއްލާ ، އަނެއްކާވެސް އެހެންތަނަކުން ކަމެއްކުރާނެ
ސިސިލީސު
22 August 2025
އެ މަންޖެ ރީއްޗެއް ނޫނޭ. ކުޑަކޮށް ކައިރިން ފޮޓޯ ބަލާލަބަ. އަނެއްހެން ހެދުމަށް ބަލާލިޔަސް އެނގޭ ވަކީލުކަމުގެ ކަމެއް ނެތްކަން.
އަރާއިރު.
22 August 2025
މާތްކަލާނގެއާ ވަކީލު.
ލިވް
22 August 2025
ސޫޓްސް - ދިވެހި ކޮޕީ
ދެވަނަ އަނބި
22 August 2025
ނަންވާނީ ޒުންނަވާރު ދެމަފިރިން އެކަނި.
ހިތަދޫ މެދު ދާއިރާ
22 August 2025
މަކަރާހީލަތާ ހެއްދެވިހާނުބައިކަމެއް ކުރަނީ ވަކި އަތޮޅަކަށް ރަށަކަށް ނިސްބަތްވާމީހުންނެއްނޫންކަން މިކަމުންވެސްއެނގޭނެ، އެކަމަކު މިމީހާ އަކީވެސް ދެކުނުގެ އައްޑޫއަށް ނިސްބަތްވާ މީހަކަށްވީނަމަ ކުޅިވަރެއް ހުންނާނެ
ހައްދުންމަތި
22 August 2025
ލ.އަތޮޅަށް ހައްދުންމަތި ކިޔަނީ ކަމެއްވެގެން.
raajje
22 August 2025
ހިތަދޫ މެދު ދާއިރާ: ހަގީގަތަކީ އައްޑޫގަ އެހެންރައްތަކަށްވުރެން ތިޔަފަދަ ޖަރީމާތައް ހިންގާމީހުންގިނަކަން، މީ ހަމަބުނާއެއްޗެއްނޫން، ހާމަޔަށްފެންނަންހުރި ސުޓެޓިސްޓިކުސް ޑާޓާތަކުން ދަށްކާގޮތް،
ޖިންނަތުގާ
22 August 2025
އެމްޕީއެލުން މީނައަށް ވަޒީފާ ދިނީ ކާކު. އެމީހަކަށް ހައްޤު އަދަބު ދީބަލަ. މަސްއަލަ ކުރިއަށް އޮތްތަނަށް ހައްލުވީ!!
ޑިރާސާ
22 August 2025
ކިތައް މައްސަލައިގައި ކޯޓަށް ގޮސްފައި ހުރިތޯ؟ ލޯޔަރުކަން ލިޔެވި ތޯ.؟ ރާއްޖޭގައި އުޅޭ ބެޗްލަރ ޑިގްރީ ޝަރީއަރ އިން ލޯ ހަދާފައި ވަކާލާތު ކުރުމުގެ ހުއްދަ ނޯންނަ ވަރަށް ގިނަ މީހުން.. މި އެންމެންނަށްވެސް ކިޔަން ޖެހެނީ ވަކީލުންތޯ.؟ މި އެންމެންގެ ނަމުގެ ކުރިޔަށް އަލްއުސްތާޒު ލައިގެން ރަސްމީ ލިޔުންތަކުގައި ލިޔެވޭނެތޯ.؟ މިއީ ބާ ކައުންސިލުން ރައްޔިތުންނަށް ޖަވާބު ދޭންޖެހޭ ސުވާލުތަކެއް.
ގޮއްޑޯ
22 August 2025
ބާކައުންސިލްގެ ހުއްދަޔާއި، އިސްލާމީޝަރިއަތާއި ގާނޫނުން ޑިގުރީހާސިލް ކުރުމުން ދެވޭ ޝަރަފަކާއި މުޅިން ދެކަމެއް. އިސްލާމީ ޝަރިޔާ ނުކިޔަވާ ކިހިނެއްތޯ ހަގީގަތިގަތިގައި އިސްލާމީ ކޯޓެއްގަ ވަކާލާތު ކުރާނީ. މިސާލަކަށް ވައްކަމުގެ ހުކުމަކީ އިސްލާމީ ޝަރިއަތުގައި ވާހުކުމެއް.
ޕްރޮފެސަރު ފައިސަލް
22 August 2025
ޑރ އަދުރޭމެން އައިލޭންޑް ކުއްޖެއްދޯ؟