06 ޖޫން 2021 - 16:06
ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުވާތާ ގިނަ ދުވަސްތަކަކަށް ފަހު، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަޑައިގެން، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ 241 ކޮމިޓީ) ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން މައްސަލައިގެ އިންކުއަރީއެއް ހަދަމުންދާ 241 ކޮމިޓީގެ ޖަލްސާގައި ސިޔާމް ބައިވެރިވެވަޑައިގެންނެވިއިރު، މަޖިލީހުގެ ހާޒިރީ ރިޕޯޓުތަކުން އެނގޭ ގޮތުގައި އޭނާ އެންމެ ފަހުން މަޖިލީހަށް ވަޑައިގަތީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެންމެ ދުވަހެއްގަ އެވެ. އޭނާ އެ ދުވަހު ވަޑައިގަތީ މި އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓް ބަހުސްގެ ޖަލްސާއަކަށެވެ.
އޭގެ ކުރިން އެ އަހަރުގެ ޖޫން މަހު ދެ ޖަލްސާއެއްގައި އަދި މާޗު މަހު ތިން ޖަލްސާއެއްގައި ސިޔާމް ބައިވެރިވެވަޑައިގަތެވެ. އެމްޑީއޭގެ ލީޑަރު ސިޔާމް އަބަދުވެސް ފާހަގަކުރެވިފައި ވަނީ މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގަ އެވެ. މަޖިލީހުގެ މެމްބަރުންގެ ހާޒިރީ ލިސްޓުގެ އެންމެ ފުލުގައި ސިޔާމްގެ ނަން ނުހިމެނޭ ފަހަރެއް މަދުވާނެ އެވެ.
ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި މައްސަލައިގެ އިންކުއަރީއެއް ހަދާ ކޮމިޓީގައި އެތައް ދުވަހެއް ފަހުން ސިޔާމް ބައިވެރިވެވަޑައިގެންނެވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު.
07 June 2021
ވާނުވާ ބަލަންތަ؟
މީދޫ މީހާ
06 June 2021
މީއޭ ތިޔަބުނާ ރައްޔަތުންގެ މެންބަރުންނަކީ ރައްޔަތުންގެ ޙައްގުގަ ވަކާ ލާތު ކުރާ މެންބަރު ހަމަ އެއްވެސް އަމިއްލަ އެދުމެއްނެތި ނުކައި ނުބޮއި ދިއްލާހާ އަތްވަކަށް ވެހޭހާވާރޭއަކަސް ކިހާލޯބިވޭ އަހަރެމެން ދެކެ މަޖިލީހަށް ހާޒިރު ނުވެވެނީ މީދޫ ދާއިރާގެ ހުރިހާ ރައްތަކަށް ވަޑައިގެން ރައްޔަތުންގެ ހާލުބަލާތީ
މުސާރަސިޔާމް
06 June 2021
ލަދުގެ ކަންފުޅެއްވެސް ނެތީއެއްނުން. ދައުލަތުގެ ބަޖެޓުން މިލިޔަނުން މުސާރަކައިގެން އަމިއްލަ ވިޔަފާރިކުރަން މުޅިދުނިޔޭގައި ތެޅޭއިރު ހިތަކަށްނާރާ އެކައްޗެކޭވެސް. ސަންސިޔާމަކީ ހަމައެކަނި މުސާރަ ކާންދޭން އެ ދާއިރާ ރައްޔިތުން ހޮވާފައި ހުންނަ މީހުން. ދާއިރާގެ މީހުންވެސް ލަދުގަންނަންޖެހޭނެ އެކަހަލަ މީހަކަށް ވޯޓް ދިނަތީ
ޝި ޔާމި
06 June 2021
ކޮވިޑާއި ޖެހިގެން އަތްމަތި ތާށި ކަމުން ކަމުން ނިކުތީ@
ބޮޑުމީހާ
06 June 2021
މިވެސް ޑިމޮކްރަސީ. އަހަރެއްގެ އެއްދުވަސް ހާޒިރުވީ. މުސާރަ -/85000. ސިވިލްސާވަންޓު އެންމެ ދުވަހަކު ހާޒިރުނުވިޔަސް ލިބޭ އެންމެ -/5000 އިން -/200 ކަޑާނެ
އިބްރާ1
06 June 2021
މީ އެމީހާތަ؟
ބަބުޗީ
06 June 2021
މީނާ ހޮވާ ދ.މީދޫ ދާއިރާ މީހުންގެ މައްސަލައެއް މީ ... އެމީހުންގެ އަމިއްލަ އެދުން ބޮޑީ. ހިސާބަށް ވުރެއް ގަމާރީ. ލާރި ފޮށްޗެއް ދިއްކޮށްލާއިރަށް ވިކެނީ.
ހަނުހުންނަ މީހާ1
06 June 2021
ސަޔާމް މަޖިލީހަށް ކުރިމަތިލުމުގެ ބޭނުމަކީ ކޮބާބާ؟
ވާނުވާގައި
06 June 2021
ހެޔޮކަމެއް ކޮށްދޭން އުޅުނަސް އެމްޑީޕީ މީހުންނަށް ކަމަކުނުދާނެ. ދެފުށްފެންނާނީ ހުރިހާ ޕާޓީއެއްގެ މީހުން ތިބެގެން ނޫންތަ. އޭރުން ރައްޔިތުންނަށް އެނގޭނެ ދެފުށް ފެންނަގޮތަށް ރީތިކޮށް ކުރިކަމެއްކަން. އެކަމަކު މިހާރު ތިއުޅެގަތްގޮތުން ޔަގީނާ ގާތްވަނީ ވަކިބަޔަކު ބައިތިއްބައިގެން ވަކިކަހަލަ ގޮތަކަށް ކަމެއް ނިންމަން އުޅެނިކޮށް މީހަކު އެތަނަށް ވަނީމާ ތުރާވެގެން އުޅޭހެން. އިންތި އެތަނަށް ކުއްލިއަކަށް ލީމާ ނުވާކަމެއް އެހެން މީހަކު ވަނީމާ ވާނެތަ!
ބޯބުރާންތިތަކުރު
06 June 2021
ޝިޔާމުޖެހޭނެ މިއަދު ހުރިހާމެންބަރުންނަށް ސައިދޭން.