ޚަބަރު / ހައުސިން، ލޭންޑް އެންޑް އާބަން މިނިސްޓްރީ

މާލޭ އުތުރު ފަރާތް ރީތިކޮށްލަން މި ސަރުކާރުގެ ޕްލޭނަކީ މިއީ!

ގުޅިފަޅުގައި ޕޯޓު އެޅުމުން މާލޭގެ އުތުރު ފަރާތް ބަދަލުކޮށްލަން ސަރުކާރުން ރާވާފައިވާ ގޮތުގެ ކުރެހުމެއް --

އެމްޕީއެލް އާއި މާރުކޭޓު ސަރަހައްދުގެ އިތުރުން މާލޭގެ އެހެން ބައެއް ސަރަހައްދުތައް ރީޑިވެލޮޕް ނުވަތަ އަލުން ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން ދައްކާލައިފި އެވެ.

މާލެ ރީތިކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ދައްކާލީ މާލޭ ސިޓީ ކައުންސިލުން ބޭއްވި، މާލޭ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް ރޭ ބޭއްވި ބައްދަލުވުމުގަ އެވެ. ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދަން ބައްދަލުވުމެއް ބޭއްވުމަކީ ގާނޫނުން ސިޓީ ކައުންސިލަށް މަތިކޮށްފައިވާ ކަމެކެެވެ.

އެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީން ދައްކާލި ޕްރެޒެންޓޭޝަންގައި ވަނީ މާލޭގައި ރީޑިވެލޮޕް ކުރެވޭނެ ބިންތައް ދައްކާލައި އެ ސަރަހައްދުތަކާ ބެހޭގޮތުން ގެންގުޅޭ ވިސްްނުން ކިޔައިދީފަ އެވެ.

އެ ޕްރެޒެންޓޭޝަނުގައިވާ ގޮތުން ގުޅީފަޅުގައި ޕޯޓު އެޅުމުން މިހާރު މާލޭގެ އެމްޕީއެލް އާއި މާރުކޭޓު ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެންނައުމުގެ ވިސްނުން ސަރުކާރުގެ އެބަ ހުއްޓެވެ. ޕްލޭނިންއިން ދައްކާލި ކޮންސެޕްޓުގައިވާ ގޮތުން އެ ސަރަހައްދު ތަރައްގީ ކުރާނީ އާންމުން ހިތްފަސޭހަކޮށްލަން ދެވޭ، ފެހި ތަނެއްގެ ގޮތުގަ އެވެ.

ގުޅިފަޅުގައި ޕޯޓު އެޅުމުން މާލޭގެ އުތުރު ފަރާތް ބަދަލުކޮށްލަން ސަރުކާރުން ރާވާފައިވާ ގޮތުގެ ކުރެހުމެއް --

މަސް މާރުކޭޓު ބަދަލު ކުރާނީ ވަޅޯމަަސް މާރުކޭޓު ހުރި ތަނަށެވެ. އެތަން ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ވިިސްނާފައިވެ އެވެ. އާ ޒަމާނީ ފެންވަރުގެ ލޯކަލް މާރުކޭޓު ބަދަލު ކުރާނީ ވެސްޓް ޕާކު ކައިރި އަށެވެ.

މިހާރު ޕޯޓު ހުރިތަން މުނިފޫހިފިލުވުމުގެ ސަރަހައްދަކަށް ހަދަން އެތަނުގައި ވޯޓާ ޕާކަކާއި ސިނަމާ އަޅަން ވިސްނާފައިވެ އެވެ. އަދި މުޅި އެ ސަރަހައްދު ފެހިކޮށްލަން ވެސް ރާވާފައިވެ އެވެ.

އޭގެ އިތުރުން އެ ކޮންސެޕްޓުގައިވާ ގޮތުން އެ ސަރަހައްދުގައި ކްރޫޒް ޝިޕް ޓާމިނަލެއްގެ އިތުރުން، މާލޭގެ މައި ފެރީ ޓާމިނަލް ވެސް ގާއިމް ކުރާނެ އެވެ.

މާލޭ ސިޓީގެ އެމްޕީއެލް ސަރަހައްދާއި ބާޒާރު މަތި ބަދަލުކޮށްލަން ރާވާފައިވާ ގޮތުގެ ކުރެހުމެއް --

މާލޭގެ ހުޅަނގު ފަރާތު ރަސްފަންނު ކައިރިން ވެސް ވޯޓާ ފްރަންޓް ސަރަހައްދު އިޖުތިމާއީ އެކި ބޭނުންތަކަށް ފެހި ތަނެއްގެ ގޮތުގައި ތަރައްގީ ކުރާ ގޮތަށް އޮތީ ވިސްނައިފަ އެވެ. އެގޮތުން، މާކެޓް ހޯލަކާއި ކޮމިއުނިޓީ ސެންޓަރަކާ އެކު ރަސްފައްނު ތަރައްގީ ކުރަން ނިންމާފައި ވަނީ ގާޑަން ޕްލާޒާއެއްގެ ގޮތުގަ އެވެ.

ވިލިމާލޭ ފެރީ ޓާމިނަލް ހިމޭނޭހެން ޓީ ޖެޓީ ސަރަހައްދު ވެސް ތަރައްގީކުރަން ރާވާފައި ވަނީ ހިތްހަމަޖައްސާލަން ދާ ފަދަ ފެހި ވޯޓާ ފްރަންޓް މާހައުލެއްގެ ގޮތުގަ އެވެ.

މާލޭގެ ބާޒާރު މަތި ސަރަހައްދު ފެހިކޮށްލައި ބަދަލުކޮށްލަން ރާވާފައިވާ ގޮތުގެ ކުރެހުމެއް --

އޭގެ އިތުރުން، ރާއްޖޭގެ އަޑާ އިންވެގެން އޮންނަ ދައުލަތުގެ ބިމެއް މީހުން ދިރިއުޅޭ ރެޒިޑެންޝަލް ތަނެއްގެ ގޮތުގައި ތަރައްގީ ކުރަން ރާވާފައިވެ އެވެ.

މާލޭގެ ދެކުނު ފަރާތުގައި ކުޑަކުދިންގެ ބަގީޖާ ހިމެނޭހެން އެ ސަރަހައްދުން ބޮޑު ބިމެއްގައި ނެއިބާހުޑް ޑިވޮލޮޕްމެންޓެއް ހިންގަން ރާވާފައިވެ އެވެ. އެތަނުގައި އޮފީސް އަދި ރެޒިޑެންޝަލް އިމާރާތްތަކާއި ފިހާރަ ތަކާއި ހަމައެކަނި ހިނގާ ބިނގާ އުޅެވޭ މަގުތައް ހުންނާނެ ކަމަށް ޕެލޭނިން މިނިސްޓްރީން ބުންޏެވެ.

ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ޒޫމް މެދުވެރިކޮށް ކޮމެންޓު ކުރަމުން ދިޔަ މާލޭގެ ބައެއް ރައްޔިތުން ބުނަމުން ދިޔައީ ބޭނުންވަނީ ފެހި ތަންތަން ނޫން ކަމަށާއި ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި ވެސް ޕާކު، ކައުންސިލުން އެއްބަހެއް ނޫން

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި އިންޑަސްޓްރިއަލް ވިލެޖު ވެސް ތަރައްގީ ކުރަން ނިންމާފައި ވަނީ ފެހި ތަނެއްގެ ގޮތުގަ އެވެ. އަދި އެތަނުގައި ބަސް ޓާމިނަލާއި ފެހި ސަރަހައްދުތަކާއި، ޕާކިން އޭރިއާތައް ވެސް ހުންނާނެ އެވެ.

މިއީ މާލޭ ސިޓީ ކައުންސިލުން ބޭނުންވާ ގޮތާ ހިލާފު ކަމެކެވެ. އެ ކައުންސިލުން ފާސް ކޮށްފައި ވަނީ އެތަނަށް އިންޑަސްޓްރިއަލް މަސައްކަތް ކުރާ ފަރާތްތަަށް ބަދަލު ކުރާށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެތަން ހިއްކީ ވެސް އެ ވިސްނުމުގަ އެވެ. ނަމަވެސް، ސަރުކާރުން ބޭނުންވަނީ އެފަދަ ތަންތަން ތިލަފުއްޓަށް ބަދަލު ކުރާށެވެ.

ބައްދަލުވުމުގައި އާންމުންގެ ހިޔާލު ހޯދަން ހުޅުވާލި ފުރުސަތުގައި ހަސަން ޒަރީރު ކިޔާ މީހަކު ވެސް ވަނީ އެގޮތަށް އެކަން ކުރަން އެދިފަ އެވެ. އޭނާ ބުނީ، މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދަށް ވިހަ ދުންތައް ބޭރު ކުރާ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ފަރާތްތައް ބަދަލު ކުރަންވީ އިންޑަސްޓްރިއަލް ވިލެޖަށް ކަމަށެވެ.

ސަރުކާރުން އިންޑަސްޓްރިިއަލް ވިލެޖު ތަރައްގީ ކުރަން ވިސްނާފައިވާ ގޮތް: ސިޓީ ކައުންސިލުން ބޭނުންވަނީ އެތަނަށް އިންޑަސްޓްރިއަލް މަސައްކަތް ކުރާ ފަރާތްތައް ބަދަލު ކުރަން --

މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ޕްރެޒެންޓޭޝަނުގައި އެއްބަސްވާ ގިނަ ކަންތައްތަކެއް ހުއްޓަސް އޭގައި ދެބަސްވާ ބައެއް ކަންތައްތައް ހުރި ކަމަށެވެ. އޭގައިވާ އެއްވެސް ކަމަކީ ކުރަން މުޅިން ނިންމާފައިވާ ކަމެއް ނޫން ކަމަށާއި އެއްވެސް ކަމެއް ނިންމާނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހުށަހަޅާ ޕްރެޒެންޓޭޝަންގައިވާ ކަންތައްތަކަކީ ފައިނަލް ކަންތަކެއް ނޫން. އެއީ ހިޔާލުތަކެއް ނޫނިއްޔާ އޮޕްޝަންސްތަކެއް. އަޅުގަނޑުމެން ދެ މުއައްސަސާގެ މެދުގައި ވެސް އެއްބަސް ނުވެވޭ ކަންތައްތަކެއް ވޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މި ހުށަހަޅާ ޕްރެޒެންޓޭޝަންގައިވާ ކަންތައްތަކަކީ ފައިނަލް ކަންތަކެއް ނޫން. އެއީ ހިޔާލުތަކެއް ނޫނިއްޔާ އޮޕްޝަންސްތަކެއް. އަޅުގަނޑުމެން ދެ މުއައްސަސާގެ މެދުގައި ވެސް އެއްބަސް ނުވެވޭ ކަންތައްތަކެއް ވޭ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޒުވާނުންނަށާއި އަންހެނުންނަށް އަދި އުމުރުން ދުވަސްވީ މީހުން ފަދަ ވަކި ގްރޫޕުތަކާއި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބައްދަލުވުންތަކެއް ބާއްވާނެ ކަމަށެވެ.

އެކި ދާއިރާތަކުގެ މީހުންނާ ބައްދަލު ކުރާނީ ދެ ހަފްތާ ވަންދެން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ގެ ދެވަނަ ޑްރާފްޓް ޕްލޭނެއް ހެދޭނީ ފަސް ވަރަަކަށް ހަފްތާ ފަހުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއްވެސް ކަމެއް ނިމިގެންދާނީ ރައްޔިތުންގެ ހިޔާލާ އެކު ކަމަށް ވިދާޅުވި އެވެ.

ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި 200 އަށް ވުރެ ގިނަ މީހުން ބައިވަރިވި އިރު 100 އަށް ވުރެ ގިނަ މީހުން ވާހަކަ ދައްކަން ފުރުސަތަކަށް އެދުނެވެ. ނަމަވެސް، ވަގުތު ނެތުމުން ފުރުސަތު ދެވުނީ ދެ ތިން މީހުންނަށެވެ.

51 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 3%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

17 June 2021

މި ޤައުމަށް މާސްޓަރ ޕްލޭން އެއް ބޭނުންވޭ!

The name is already taken The name is available. Register?

ސުޕަރކޫލް

18 June 2021

މާސްޓަ ޕްލޭން ހެދި ހުޅުމާލެއަށްވެސް. މައްސަލައަކީ މުއްސަނދިން ބިންގަނެފަ އެންމެހާ މައްޗަށް އިމާރާތް ނަގަން ޑިމާންޑްކުރަނީ. ދެން އެމީހުންގެ ޖީބުގަ އޮންނަ އެއްޗެއް މާސްޓަޕލޭނަކީ

The name is already taken The name is available. Register?

ސުޕަރކޫލް

17 June 2021

އޯވަރ ބްރިޖެއް ކަހަލަ އެއްޗެއް ނެތްތޯ މުއިއްޒު، ޓްރެފިކް ކުޑަކުރަން

The name is already taken The name is available. Register?

ރައްޔެތު.

17 June 2021

މި ޚިޔާލީ މަންޒަރުން މަދުވަނީ އަސްލަމް އުފައްދާ އުދުހޭ ކާރު އެކަނި. މިކަހަލަ ކުރެހުމެއް ފެނުނަސް ވާ އުފަލެއް ނެތް. ތީކީ ހަަޤީޤަތެއްވާ ކުރެހުންތަކެއްނޫން. ތިތަން ހަދަން އިންޑިޔާއަށް ވިއްކާނީ ކޮން ފަޅެއް އެއާޕޯޓެއްކަމެއްވެސް ނޭގޭ. ނުވާވަރުން މި ސަރުކާރު އުޅެނީ. ވާވަރުމީހުންނާ ގައުމު ހަވާލު ކޮށްފަ ގޮސް ގޭގަ ނޫނީ ޔޫކޭގަ ތިބެބަލަ ދީނީ މިނިވަންކަމޭ ކިޔަން.

The name is already taken The name is available. Register?

ވަހުތާން

17 June 2021

މީސްތަކުން ވެރިކަމަށް އަންނަންވީމާ ޖާޒީރާ ރާއްޖެ! ރަށްވެހިފަތިސް! އަނެއް ދިވެހިރާއްޖެ! ކަނަމަނަފުށީ ވެރިކަން! އައްޑޫ ނިއުޒިލެންޑް! މިކަހަލަ ރިވެތިހައި ނަންތަކުން ޖަރީކުރޭ! އެކަމަކު ލިބުނީމާ ކޮންމެ ބަޔަކުވެސް ހުރިހާކަމެއް މާލެ ސަރަޙައްދައް! އެހެން ތަނަކު ދެމެހެއްޓެނި ގޮތަކަށް ކަމެއްކުރެވޭތަނެއް ނާދޭ. ނޫންތަ؟

The name is already taken The name is available. Register?

ބޭއިންސާފު ދައުލަތް

17 June 2021

ދައުލަތުގެ ޚަޒާނާގެ ހަތަރުބައިކުޅަ ތިންބަޔަކީ މާލޭގެ ތަރައްގީއަށް ކުރެވޭ ހޭދަ އަށް ކަނޑައަޅާފައިވާ ބައެއް. ރާއްޖެތެރޭމީހުން ހުޅުމާލެއިން ފްލެޓް ހޯދަން އުޅުނީ މަ މާލެ މީހުން ބުނާނެ ރާއްޖެތެރޭ މީހުނަށް މާލެއިން ފުލެޓް ދޭކަށް ނުޖެހޭނެއޭ. ހިތަށް އަރާ މިމީހުން ލަދެއްވެސް ނުގަނޭ ބާވައޭ މިހެން ބުނަން. މާލެ ކައިރީ ހުންނަ ތިލަތަކާ ފަޅުތައް ހިއްކާފަ ތަރައްގީކޮށްފަ މާލޭގެ ބަޔަކަށް މިހަދަނީ. މާލެ މީހުންބުނާ ގޮތުން ރާއްޖޭގެ ހުރިހާ ތަރައްގީއެއް އެމީހުނަށް.

The name is already taken The name is available. Register?

ސުވާލުތައް

17 June 2021

ސުވާލަކީ، ދެން ރަށްރަށުން މާލެ އަންނަ ދޯނިތައް އޮންނާނީ ކޮން ދިމާލެއްގަހޭ؟ އަހަރުމެން ނިކަމެތި ރައްޔިތުންނަށް ރަށުން ފޮނުވާ ފޮށިގަނޑު ބަލައިވެސް ދާންޖެހޭނީ ގުޅީފަޅަށްހޭ؟ އަދި ބޯޓަށް އަރުވާ ފޮށިގަނޑު އަރުވަންވެސް ދާންޖެހޭނީ ގުޅީފަޅަށްހޭ؟ ބޯޓުފަހަރުން މާލެ އަންނަ މީހުންވެސް ދެން ފައިބާނީ ގުޅީފަޅަށްހޭ؟

The name is already taken The name is available. Register?

ޕޕމޑޕ

17 June 2021

މިމީހުން ނަކީ އެކައްޗެއް ރައްޔަތުން ލޫޓްވަން އައީ މިހާރު ރައްޔަތުން ލޫޓްވަނީ ގުޅިގެން .

The name is already taken The name is available. Register?

އަލް އުސްތާޒު

16 June 2021

މިހާރު ހީވެ އެންނު މާލޭގަ ކައުންސިލެއް އޮންނަހެން. ކުރިން އޮންނަތަނެއް ހެންވެސް ހީނުވޭ. މި ފެންނަނީ ޕޕމ އާއި މޑޕ ގެ ތަފާތު. ޕޕމ އަބަދުވެސް މަސައްކަތް ކުރާނީ ކުރިއެރުމަށް (ޕްރޮގުރެސް). މޑޕ އަކީ ގައުމީ ވަންތަކަން ނެތް މަގުމަތީ ކުދިންކޮޅަށް ވަޒީފާ ދޭން އައި ބައެއް. ވަގުތީ މަންފާއަކަށް އެމްއެންޑީއެފް އުވާލާފަ ގެނެސްފާނެ އިންޑިއާ ސިފައިންވެސް. ޕޕމ އާއި އެއްކޮޅަށް ބަސްބުންޔަސް ކޮރަޕްޝަނާއި އަހަރެން ދެކޮޅު....

The name is already taken The name is available. Register?

ބޮޑުމީހާ

16 June 2021

މި ސަރުކާރުގެ ނަމަކީ ޕްލޭނިންގ ސަރުކާރު. ޖަޒީރާރާއްޖެ، ރަށްވެހިފަތިސް، އެޖެންޑާ 19، ފަޅުން ގޯތި، ފްލޯޓިންގ ހައުސް، ކަންނެލިޖަގަހަ، މީ އަދި އަތްނުލާ ހުރި ޕްލޭންތައް

The name is already taken The name is available. Register?

1828

17 June 2021

އަތް ނުލާނެ ޕްލޭންތަށް. އަތްލަން ނޭނގޭ ޕްލޭންތަށް

The name is already taken The name is available. Register?

1828

16 June 2021

ލާރި ދިނީމައި ކުރަހާނެ މީހުންވާނެ. އެކަމަކު މިސަރުކާރަކަށް އަމަލީގޮތުން ތިކަންކޮށްފައި މާލޭ ރައްޔިތުންނަކަށް ނުދެއްކޭނެ. އެވަރުގެ ޤާބިލްކަމެއް މިސަރުކާރުގައި ނެތް. އެހެންނަމަވެސް އިންޑިއާ ކުންފުންޏަކުން ތިޔަ ކުރެހުން އަމަލީގޮތުން ކޮށް ނިންމައިފާނެ. އެކަމަކު އޭރުންވެސް ރާއްޖޭގައި އިންޑިއާ ސިފައިންގެ އިތުރު ފައުޖެއް ބައިތިއްބަން ޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454