ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

މަހުލޫފު ރައީސަށް ފޮނުއްވި ސިޓީ: އަދީބަށް ކުރި މެސެޖެއް ޗެޓްލޮގްތަކުގައި ނޯންނާނެ

ޔޫތު މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރެއްވި އެއްވެސް މެސެޖެއް، އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅޭ ގޮތުން ދައުލަތުން ހޯދާފައިވާ ޗެޓްލޮގްތަކުގެ ތެރޭގައި ނޯންނާނެ ކަމަށާއި އެ ޗެޓްލޮގްތަކަކީ ގާނޫނީ ބުރަދަނެއް ނެތް އެއްޗެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހުލޫފަށް ލިބުނު ކަމަށް އޭސީސީން ތުހުމަތު ކުރަނީ 33،000 ޑޮލަރެވެ. އޭސީސީން ބުނެފައި ވަނީ އެ ފައިސާ އަކީ މަހުލޫފު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި އަދީބު ދެއްވި ފައިސާ ކަމަށެވެ.

އެ މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިތާ ގިނަ ދުވަސްތަކެއް ވިޔަސް އަދިވެސް ގޮތެއް ނުނިންމާތީ މަހުލޫފު ވަނީ ރައީސަށް އެކަމާ ގުޅޭ ޝަކުވާގެ ސިޓީއެއް ފޮނުއްވައިފަ އެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ މަހުލޫފުގެ ސިޓީ ލިބިފައިވާ ކަމަށާއި، އެކަން ބައްލަވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ސިޓީގެ ތަފްސީލް ދެއްވަވަމުން މަހްލޫފް "މިހާރު" އަށް ވިދާޅުވީ އެ ސިޓީގައި އޭނާ ފާހަގަކުރައްވާފައި ވަނީ އޭނާގެ ކުށެއް ނެތްކަން ދޭހަވާ ކަމަށް ގަބޫލުކުރައްވާ ސަބަބުތައް ކަމަށެވެ. އަދި ތަހުގީގުގައި ހަދާފައިވާ ކަމަށް ބުނާ ގޯސްތަކާއި ސީދާ އޭނާގެ މައްސަލަ ވަކި ގޮތަކަށް ނިންމަން އުޅޭ ކަމަށް ގަބޫލު ކުރައްވާ ސަބަބުތައް ބަޔާންކުރައްވާފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަހުލޫފުގެ މައްސަލައާ ގުޅޭ ފޯނެއްގެ ޗެޓްލޮގްތަކެއް ކޯޓުގައި ބޭނުންކުރުމުގެ ސައްހަކަމާ މެދު ސިޓީގައި އޭނާ ސުވާލު އުފެއްދެވި އެވެ. އެއީ ކުރީގެ ނައިބު ރައީސް އަދީބުގެ ފޯނެވެ. އެ ފޯނުން ޗެޓްލޮގްތައް ހޯދީ އެކަމަށް ހާއްސަ ފަރަޑޭ ފޮރެންސިކްސް ކިޔާ އިނގިރޭސިވިލާތުގެ ކުންފުންޏެއް މެދުވެރިކޮށެވެ.

މަހްލޫފް ވިދާޅުވީ ފަރެޑޭ ފޮރެންސިކްގެ ރިޕޯޓު އޭނާގެ އަތުގައި ވެސް އެބަ އޮތް ކަމަށާއި އޭގައި އޭނާ އަދީބާ ދައްކާފައިވާ އެއްވެސް ވާހަކައެއް އަދި މައްސަލައާ ގުޅޭ ގޮތުން ކޮށްފައިވާ އެއްވެސް މެސެޖެއް ނޯންނާނެ ކަމަށް ސިޓީގައި އޮންނާނެ ކަމަށެވެ.

"ޗެޓްލޮގްގެ ތެރޭގައި އަޅުގަނޑާއި އަހްމަދު އަދީބާއި ސީދާ ދައްކާފައިވާ އެއްވެސް ވާހަކައެއް އަދި އަޅުގަނޑާއި މި މައްސަލައާ ގުޅޭގޮތުން ކޮށްފައިވާ ކަމަށް ބުނާ އެއްވެސް މެސެޖެއް ވެސް ނެތް،" މަހުލޫފު ވިދާޅުވި އެވެ.

އެ ފޯނަކީ ރާއްޖޭގެ އިހްތިސާސުން ބޭރުން އިގިރޭސިވިލާތުން ހޯދާފައިވާ، ޗެއިން އޮފް ކަސްޓަޑީ ވެސް ނެތް ފޯނެއް ކަމަށް މަހުލޫފު ވިދާޅުވި އެވެ. އޭގެ އެނަލެސިސް ހެދި ފަރަޑޭ ފޮރެންސިކްސްގެ ފަރާތުން ކޯޓުގައި ހެކިބަސްދޭނެ ފަރާތެއް ހޯދުމަށް ދައުލަތުން އެދުނަސް، ހެކިބަސް ނުދެވޭނެ ކަމަށް އެ މީހުން ބުނެފައިވާ ކަމަށް މަހުލޫފުގެ ސިޓީގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗެއިން އޮފް ކަސްޓަޑީ ނެތުމުން އެ މީހުން ހެކިބަސް ދިނަސް އެ ޗެޓްލޮގްތަކަކީ އެއްވެސް ގާނޫނީ ބުރަދަނެއް އޮތް އެއްޗެއް ނޫން ކަމަށެވެ.

"ޑޮލަރު ގަތުމުގެ ރިސީޓް ސައްހަ"

ތުހުމަތުތައް އިންކާރު ކުރައްވަމުން މީގެ ކުރިން މަހުލޫފު ވިދާޅުވެފައި ވަނީ އޭނާއަށް ލިބުނު 33،000 ޑޮލަރަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ފައިސާ ކަމަށެވެ.

ނަމަވެސް، މަހުލޫފު ވިދާޅުވެފައި ވަނީ، އެސްއޯއެފްގެ އައްލާމް ލަތީފު ތަހުގީގަށް ދީފައިވާ ބަޔާނުގައި މަހުލޫފުގެ ކޮއްކޮ އެސްއޯއެފްގެ އޮފީހުގައި ޑޮލަރު ގަތުމަށް ގޮސް އިން ކަމަށް ބުނެފައި އޮންނަ ކަމަށެވެ.

އޭގެ އިތުރުން، އެސްއޯއެފުން ދިން ރިސީޓް އައްލާމަށް ދެއްކި ކަމަށާއި، އޭގައި ޖަހާފައިވާ ސްޓޭމްޕަކީ އެސްއޯއެފްގެ ސްޓޭމްޕް ކަމަށް އޭނާ ބުނެފައިވާ ކަމަށް މަހުލޫފު ވިދާޅުވި އެވެ. ޑޮލަރު ގަތުމުގެ މުއާމަލާތައް އެސްއޯފުން ދިން ކަމަށް ބުނާ ރިސީޓަކީ ފޯޖްކޮށްފައިވާ ރިސީޓެއް ކަމަށް ތަހުގީގީ އިދާރާތަކުން ބުނެފައިވެ އެވެ.

ނަމަވެސް، އެސްއޯއެފުން، އެއީ ފޯޖްކޮށްފައިވާ ލިޔުމެއް ކަމަށް ނުބުނާހާ ހިނދަކު އެއީ ފޯޖްކޮށްފައިވާ ލިޔުމެއް ކަމަށް ބުނެވޭނީ ކިހިނެއްތޯ މަހުލޫފުގެ ސިޓީގައި ސުވާލު އުފެއްދެވި އެވެ. އަދި އެއީ ދައުލަތުގެ ލިޔުމެއް ނޫން ކަމާއި ބައެއްގެ އަމިއްލަ ކުންފުންޏެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ބޭރުގައި ހުރި ހެއްކެއްގެ ބަޔާން ނެގި ގޮތާ މެދު ކަންބޮޑުވުން

އެ މައްސަލައިގައި ލަންކާ މީހެއްގެ ބަޔާން އެ ގައުމުގައި ދިވެހި އެމްބަސީ މެދުވެރިކޮށް ނަގާފައި ވަނީ ގޯސްކޮށް ކަމަށް ވެސް މަހުލޫފުގެ ސިޓީގައިވެ އެވެ.

ބަޔާން ނެގީ އެސެޓް ރިކަވަރީ ކޮމިޝަނުން، ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ސީދާ ގުޅައިގެން ރާއްޖޭގެ ސަފީރު އުމަރު ރައްޒާގު މެދުވެރިކޮށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ޒޫމް މެދުވެރިކޮށް އެކަން ކުރި އިރު ސަފީރު ވީޑިއޯއިން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަފީރު އެކަން ކުރެއްވީ ވަކީލެއް ނެގުމުގެ ފުރުސަތު ވެސް ހެކިވެރިޔާ އަށް ނުދެއްވައި ކަމަށް ވިދާޅުވި އެވެ.

"އެ ކުއްޖާއަށް ބިރު ދެއްކިތޯ، ފައިސާ ހުށަހެޅިތޯ، މިއީ ހައްތަހާ ވެސް އަޅުގަނޑުގެ ހުރި ކަންބޮޑުވުންތައް،" މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ، ސަފީރު އުމަރު އަބްދުލްރައްޒާގު އެކަން ކުރެއްވީ ފޮރިން މިނިސްޓްރީއަށް ވެސް އެންގުމަކާ ނުލައި ކަމަށާއި އެކަމާ ހެދި އެ މިނިސްޓްރީން އޭނާގެ ތަހުގީގެއް ހިންގާ ކަމަށެވެ. އަދި އެކަން ކުރީ ލަންކާގެ ވެސް ގާނޫނުތަކާ ހިލާފަށް ކަމަށާއި އެ ގައުމުގެ އިދާރާތަކުން ވެސް އެ މައްސަލަ ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޖީ އޮފީހުގައި އެމްއެމްޕީއާރުސީ މައްސަލާގައި ދައުވާކުރަން ފޮނުވާ މައްސަލަތައް ދިރާސާކުރަން ކޮމިޓީއެއް ހަދާފައިވާ ކޮމިޓީން، އޭނާއަށް ދައުވާ ނުކުރެވޭނެ ކަމަށް ލަފާ ދިނުމުން އެ މައްސަލަ އެ އޮފީހުގެ އެހެން ދެ ބޭފުޅަކާ ހަވާލުކޮށްގެން ކުރިއަށްގެންދަން މަސައްކަތްކުރާ ކަމަށް ވެސް މަހުލޫފު ތުހުމަތުކުރެއްވި އެވެ. އަދި އޭނާގެ މައްސަލައިގައި ވަކި ގޮތެއް ނުނިންމައި، 60 ދުވަސްވެފައި ވެގެން ގޮސްފައި ވުމަކީ ވެސް އޭނާގެ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.

މައްސަލައިގެ ތެރެއަށް ނުފޫޒު ގަދަ ސިޔާސީ ބަޔަކު ވަދެފައިވާ ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ. އަދި އެއީ ޒާތީ ކަމެއް ކަމަށާއި އޭނާ އަކީ ސިޔާސީ ގޮތުން "ކަތިލާ ކަންބަޅިއެއް" ކަމަށް ވިދާޅުވެފައިވެ އެވެ.

އިއްޔެ ރައީސް ވިދާޅުވީ، ޕީޖީން ހުރިހާ ކަމަކަށް ބެލުމަށްފަހު، މައްސަލަ ނިންމާނީ އެންމެ އިންސާފުވެރި ގޮތަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މަހުލޫފު މީގެ ކުރިން ވިދާޅުވެފައި ވަނީ އޭނާއަށް ދައުވާ ކުރިޔަސް ދެން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. މަގާމުން ވަކިކުރުމަކީ ރައީސަށް ގާނޫނުއަސާސީން ލިބިފައިވާ ބާރެއް ކަމަށް ވާތީ، އޭނާ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަވާނީ ރައީސް ކަމަށް ވިދާޅުވި އެވެ.

17 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިކް

14 August 2021

އަދީބު އަތުގަހުރި ކަމަށް ބުނާ ހެކި ކަމަށް ބުނާ ތަކެއްޗަކީ އެތައް ދުވަހަކު އިނގިރޭސިވިލާތުގައި އެހެން ބައެއްގެ އަތުގައި ހުރި ތަކެތި. އެ ތަކެއްޗަކީ ބޭނުން ގޮތަކަށް އަނބުރާފަ ހެކި ނެރެވޭނެ ތަކެތި. އެ ތަކެއްޗާ އިނގިރޭސިވިލާތުގަ ހަވާލުވެގެން އޭރު ހުރީ ނަޝީދު.

The name is already taken The name is available. Register?

ދިއްދޫމީހާ

13 August 2021

ހޫމް މިހާރު ވީގޮތް އެބައިންގޭ، ޔާމީންގެ ގޭދޮރުމައްޗަށް ފޭކް ޑޮލަރުތައް އުކާފަ އަސްލު ޑޮލަރު ބޭފުޅާގަށް ޖީބަށްލީ، ބަލަ މަޖިލިސްގެ މެމްބަރަކަށް ހުންނައިރު ނޭގޭބާ ބޭރުފައިސާ ގަނެ އަދި ވިއްކާ ހެދޭނީ އެމްއެމްއޭން ހުއްދަ ދޫކޮއްފައިވާ ފަރާތަަކަށް އެކަނިކަން؟؟ ތިޔަބުނާ ދުވަސްވަރު ތިޔަކިޔާ އެސްއޯފްއަކީ އެކަހަލަ އެއްވެސް ކަމެއްގެ ހުއްދަދީފައިވާ ފަރާތެއްނޫން

The name is already taken The name is available. Register?

އަޑަފި

13 August 2021

ރައީސް ޔާމީންގެ ތަހުގީގުގަ ކަންކޮއްފަވެސް އޮތީ ހަމަ މި ގޮތަށެވެ. އެކަންކަން ހުށަހެޅުމުން ފަނޑިޔާރުންނަށް އެއީ މާ ބޮޑުކަމަކަށް ނުވިއެވެ. ޔާމީންގެ ހުކުމް މަހުލޫފަށް ރަނގަޅުވެފަ، ޔާމީން ޖަލައްލާން ހުކުމް ކުރި ގާޒީންނަށް އެކަން ބޮޑުކަމަކަށް ނުވިއެވެ.

The name is already taken The name is available. Register?

ފ‫ެރެޑޭ ފޮރެންސިކު

13 August 2021

ހ‫ުސް ހިޔާނާތް ތެރިން ބައިތިލް މާލް ދަވާލުމުގައި އަވަދި ނެތި މަގެ ގައުމަށް ބޭނުންވަނީ ދީންވެރި ސާލިހުން

The name is already taken The name is available. Register?

މިއަދު

13 August 2021

އަމިއްލަ.އެދިމައިގެން ހަލާކުވެފަ ދެފަހަރު ދެގޮތަށް ވާހަކަ ދައްކަނީ ހަމަ ފިޑިކަމުން ކުރަންބުނި އެއްކަމެއްވެސް ނުކުރެވުނު. އަދިވެސް މިނިސްޓަރުގެ ލަގަބުގައި ދުވަހެއް ހޭދަކޮށްލެވޭތޯ ބަލަނީ

The name is already taken The name is available. Register?

އައަޑޭ

13 August 2021

އެހެންތަ. ތިމާމީހާއާއި ޖެހުނީމާ ފޯނުން ނެގިމައުލޫމާތު ކްރެޑިބްލްއެއް ނޫން ދޯ. ވަޓް އަ ޖޯކް.

The name is already taken The name is available. Register?

ޖާބެ

13 August 2021

މިހާރުވެސް އެބައިވޭ މިނިސްޓްރީމެދުވެރިކޮށް ގަންނަ ތަކެއްޗާ އަދި ހިންގާ ޕްރޮގްރާމްތަކުން ކަޓޫނެގުމައް ކުންފުނިތަކައް ސީދާ އަގު ދީ .. ކައިރި މީހުންލައްވާ ހިންގާކަމުގެ ވާހަކަ އަޑުއިވޭ މިއީ ކޮންކަމެއްތޯ..

The name is already taken The name is available. Register?

ހޭހޯ

12 August 2021

ތިޔަ ރިސިޓް ގޭމް އަޅުގަނޑުމެންނަށް އެނބަ އެނގޭ. މަހްލޫފް ހީފުޅުކުރައްވަނީ އެހެންމީހުން މޮޔަކަމަށް ދެއްތޯ. ނަގުދު ފައިސާ ދިންކަމަށް ހަދާފަ ރިސިޓް ހެދުން ތީ ވަރަށް ކުރީގެ ގޭމެއް. އިތުބާރެއް ނެތް. އިސްތިއުފާ. އިސްތިއުފާ.

The name is already taken The name is available. Register?

މާނަ

12 August 2021

ކުށްވެރިވަނީ މެސެޖެއް ކުރީމާތަ؟ ދިޔާ ނޫން ހިކިތަކެތި އުފުލީމާ؟

The name is already taken The name is available. Register?

ޙިނި

12 August 2021

އަދީބު ޔާމިނިވެސް އެތިބީ ހަމަ ލޯލާރިޔެއް ގައިވެސް ނުޖެހި އެކަމު އަމިއްލަ ގޭގަ ޖަލައްލާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454