އަލަނާސި ގަންނައިރު އެއީ ދޮންވެ، ކާން ކެރޭ ވަރު އެއްޗެއްކަން ދެނެގަތުމަކީ ވަރަށް ފަސޭހަ ކަމެކެވެ.
ފުރަތަމަ ގޮތަކީ އަލަނާސީގެ ކޮޅުގައި ހުންނަ ފަތްތަކުން އެކަން ބެލުމެވެ. އަލަނާސިއެއްގައި ގާތްގަނޑަކަށް 30-40 ވަރަކަށް ފަތް އިންނާނެ އެވެ. އަލަސާނި ދޮންވެފައިތޯ ބަލައިލަން މިއިން ފަތެއް ނައްޓާށެވެ. މާ ބޮޑު ބާރަކާ ނުލައި ފަސޭއިން ނެއްޓިއްޖެ ނަމަ އެއީ ދޮން އަލަނާސިއެކެވެ.
އަލަނާސި ދޮންވެފައި އޮތްތޯ އޭގެ ވަހުން ވެސް ބެލޭނެ އެވެ. ރޯ ނަމަ މާ ގަދަ ވަހެއް ނުހުންނާނެ އެވެ. ވަސް ގަދަ ނަމަ އެ އޮތީ ދޮންވެފަ އެވެ. އަލަނާސި ރަނގަޅަށް ދޮންވެފައި އޮތް ނަމަ އޭގެ ވަހުން ސިއްރެއް ނުވާނެ އެވެ. އެހާ ވެސް ބޮޑަށް ވަސް ހުންނާނީ ފެތުރިފަ އެވެ. ދޮން ނަމަ ހާއްސަކޮށް އަލަނާސީގެ ފުލުން އެކަން ފާހަގަކުރެވޭނެ އެވެ.
އަލަނާސިން ދޮންވެފައިތޯ އޭގެ ކުލައިން ވެސް ދެނެގަނެވޭނެ އެވެ. އަލަނާސީގެ ބޮޑު ބައި ގަދަ ރީނދޫ ކުލައިގައި އޮތް ނަމަ އެއީ އެ ދޮންވެފައި އޮތްކަމުގެ ހެއްކެކެވެ.
އަލަނާސިން ސިއްހީ ފައިދާތައް ލިއްބައިދެ އެވެ. މިއީ އާންމުކޮށް ކާން ވަރަށް ރަނގަޅު މޭވާއެކެވެ.