ޚަބަރު / އަހުމަދު ޝިޔާމް (ފިޝަރީޒް މިނިސްޓަރު)

ލީކުވި އޯޑިއޯގެ މައްސަލަ އިދިކޮޅު ކޯލިޝަނުން ރައީސަށް

ލީކުވި އޯޑިއޯއާ ގުޅޭ ކަންބޮޑުވުންތައް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއާ ހިއްސާކުރެއްވުމަށްފަހު، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް ޝިޔާމް ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކުވި މައްސަލަ، އިދިކޮޅު ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަު ހުށަހަޅައިފި އެވެ.

ނޮވެމްބަރު 28، 2019 ގައި ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަތީ ރިޔާސަތު ބެލެހެއްޓެވި، ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަލީ ރަޝީދާއި ގާޒީ ހުސައިން ފާއިޒު ރަޝާދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގައި މިހާރު ހުންނެވި ގާޒީ މުހައްމަދު ސަމީރެވެ. އޭގެ ތެރެއިން ލީކުވެފައިވަނީ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު އަލީ އާދަމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަމީރު، ޔާމީންގެ ޝަރީއަތާ ބެހޭގޮތުން ވާހަކަ ދައްކަވާ އޯޑިއޯތަކެކެވެ.

އެ އޯޑިއޯތަކުގައި ފަނޑިޔާރުން ވަނީ ޔާމީންގެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ.

އެކަމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހުތިޖާޖު ކުރައްވައި އަޑުގަދަ ކުރެއްވުމަށް ފަހު، ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން ވަނީ ރައީސްއާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންފަ އެވެ.

ރައީސް އޮފީހުން ނުކުމެވަޑައިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ޗީފް އޮފް ސްޓާފް އަލީ ޒާހިރުއާ ބައްދަލުކުރައްވައި، ލީކުވި އޯޑިއޯއާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެ އޯޑިއޯތަކުން، އެ ފަނޑިޔާރުން ތިއްބެވީ މަޖުބޫރީ ހާލަތުގައިކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭރު އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމަށް ނުފޫޒު ފޯރުވި ކަމަށް އޭނާ ނެރުއްވި ބަޔާނުގައި ވިދާޅުވާ ކަމަށާއި ނަމަވެސް އެ މައްސަލަ ތަހުގީގުކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު، މިހާރު އޯޑިއޯތަކުގެ މައްސަލައަކީ ގައުމީ ކަމަކަށްވާތީ ރައީސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށާއި އަމިއްލަފުޅަށް އެކަން ކުރައްވަން ކެރިވަޑައިނުގަންނަވާނަމަ މަޖިލިސް ތެރެއިން ވެސް އެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ކޯޓުތައް އިސްލާހުކުރަން އައި ބަޔަކު ކޯޓުތަކަށް މި ވަރަށް ނުފޫޒު ފޯރުވީމަ މިއީ ދެން ވަރަށް ހަޑި ހުތުރު ކަމެކޭ. ޗީފް އޮފް ސްޓާފް ވިދާޅުވީ ތިމަންނަމެން ރައީސް ޔާމީންގެ ޝަރީއަތަށް މިހާރު ނުފޫޒެއް ނުފޯރުވަމޭ. ކުރީގައި ދެން އެކަހަލަ ކަންތައްތަކެއް ހިނގާފައި ހުރެދާނެއޭ، އެކަމަކު މިހާރު ތިމަންނަމެން ނުފޫޒެއް ނުފޯރުވަމޭ،" ޝިޔާމް ވިދާޅުވި އެވެ.

"އޭގެ މާނައަކީ ކޮންމެ ވެސް ވަރެއްގެ ނުފޫޒެއް ފޯރުވި ވާހަކަތާ އެ ވިދާޅުވީ. އަޅުގަނޑުމެން ނުދަންނަވަން ސުޕްރީމް ކޯޓު މައްސަލައިގައި ނުފޫޒު ފޯރާ ވާހަކައެއް،" ޝިޔާމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތަކީ ވަކިން ހާއްސަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން ބަލާނެ މައްސަލައެއް ކަމަށެވެ. އެއީ ފަނޑިޔާރުގޭގެ އިތުބާރު ނެގެހެއްޓުމާއި ފަނޑިޔާރުގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކަައި ކަމަށް ޖޭއެސްސީން ބުންޏެވެ.

5 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަޓްޑޫޔޫ

30 August 2021

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ އެއީ އަދުލު އިންސާފުގެ ކަންފުޅެއް ވެސް ނެތް އެއްޗެއް ކަން މިހާރު ރައްޔިތުންނަށް މިދަނީ އެނގިފާޅުވަމުން ނޫންތޭ ވަޓް ޑޫ ޔޫ ސޭ އޮން ދިސް ވޮނާ ނޯ ވަޓް ޑޫ ޔޫ ސޭ އޮން ދިސް އޯއް އޯއް އޯއް ވަޓް ޑޫ ޔޫ ސޭ އޯއް އޯއް ވަޓް ޑޫ ޔޫ ސޭ...

The name is already taken The name is available. Register?

އައިއާސްކްޔޫ

30 August 2021

ލީކުވި އޯޑިއޯގެ މައްސަލަ އިދިކޮޅު ކޯލިޝަނުން ރައީސަށް ދަންނަވައިފިނަމަ ދެން ރައީސް އޮފީހުން ސްޕްރީމް ކޯޓަށް މިހުކުމްގައި ނުފޫޒު ފޯރުވައިގެން ނުވާނެއޭ އިންސާފުގެ ކަންފުޅެއް ވެސް ނެތީއޭ ދޯ ތަމެންގެ ވެރިކަމުގައި ކޮވިޑް އިން ވައްކަން ކުރި 200 ބިލިއަން ރުފިޔާގެ މައްސަލަ ތައް ޕީޖީ ލައްވާ އޮތްބާލާ އޭގެ ހެކި ތައް ނައްތާލި ނަމަވެސް އެއީ މިއަދު އެންމެން ދަންނަ ބޮޑު ސިއްރެކޭ ދޯ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރޭ އައި އާސްކް ޔޫ ދިސް އައި އާސްކް

The name is already taken The name is available. Register?

ނިރު

30 August 2021

ސަސްޕެކްޓް ނަމްބަރ 01 އާ ގޮސް ބައްދަލް ކުރަން މިޖެހުނީ ދެން ކިހިނެތް ކަމެއް ރަގަޅުވާނީ -- ދެން އަންނަ ފަހަރަކު ވޯޓް ދޭނީ ރައްޔެތުންގެ އަޑުއަހާ ރައީސެއް

The name is already taken The name is available. Register?

އެބައުޅޭއެބައުޅޭ

30 August 2021

އަހަރެމެންނަށް މިމަންޒަރު ފެންނަނީ ރަމަޞާންމަހު ދައްކާ ސީރީސްތަކުން. ނުލާހިކު ރީއްޗަށް ބުނެފަ އެއޮތީ ކުރިން އެކަހަލަކަމެއް ހިނގައިފައޮތަސް މިސަރުކާރުން އެކަމެއް ނުކުރަމޭ. އޭގެ މާނައަކީ ކުރީގެ ސަރުކާރުންކުރިގޮތަށް މިސަރުކާރުން ކަންތައް ނުކުރެއޭ. މިވާހަކަވެސް އޮޅުވާލައިގެން ނަފުރަތު އުފައްދަނީ. ދެން މަޖިލީހުން ރައީސް ވަކިކުރެވޭނީ އެފެންވަރު ހުރެގެން އަދި އެވަރުގެ ކަމެއް އޮވެގެންދޯ. ތިމީހުން ކިޔާ ހުރިހާ ބަންޖަކީ ގައުމީ މައްސަލައެއް ނޫން.

The name is already taken The name is available. Register?

ނާއިންސާފުދޯ

30 August 2021

ލީކުވި އޯޑިއޯގެ މައްސަލަ އިދިކޮޅު ކޯލިޝަނުން ރައީސަށް ދަންނަވައިފިނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ޕިންކީންގެ ވެރިކަން ތަމެން ވައްޓާލާ ވޯޓް އޮޅުވާލައިގެން ވެރިކަމަށް އައިސް މަމެން ހީކުރީ ތަމެން އަދުލު އިންސާފު އަބަދުވެސް ކިހިލީގައި ޖަހައިގެން އެމަގުން ކަމަށް ތަމެން ވެރިކަން ކުރާނީ އެކަމަކު ތަމެން ވެރިކަމަށް އައިސް ވަގުތުން ތިޔާ ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ލައްވާ އަދުލު އިންސާފު އޮޅާލާފައި ނޫންތޭ އޯއް ކާންޓް ބިލީވް އިޓްސް ސޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454