ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ހުރިހާ ޕެކޭޖަކުން ތިން ގުނަ ޑޭޓާ ލިބޭ ޕްރޮޝަނެއް މިއަދު ފަށައިފި އެވެ.
މި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި އިތުރު ޑޭޓާ ދޫކުރާނީ އިތުރު އަގަކާ ނުލަ އެވެ.
ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމްތަކުގެ ޕެކޭޖްތަކުގެ ތެރޭގައި މަހަކު 299ރ. އާއި 2،999ރ. އާ ދެމެދުގެ ޕެކޭޖްތައް ހިމެނެ އެވެ. މި ކޮންމެ ޕެކޭޖެއްގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހެވެ.
ދިރާގު ޕްރިޕެއިޑް ޕެކޭޖުތައް
- އެމްބީބީ 299: 12ޖީބީ
- އެމްބީބީ 399: 32ޖީބީ
- އެމްބީބީ 699: 65ޖީބީ
- އެމްބީބީ 899: 75ޖީބީ
- އެމްބީބީ 999: 100ޖީބީ
- އެމްބީބީ 1099: 200ޖީބީ
- އެމްބީބީ 2999: 600ޖީބީ
މި ޕެކޭޖްތައް އެކްޓިވޭޓް ކުރަން ބޭނުންވާ މީހުންނަށް ދިރާގު މޯބައިލް އެޕް ބޭނުންކޮށްގެން ނުވަތަ ޕެކޭޖްގެ ކީވޯޑު ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ފޮނުވުމުން ވެސް އެކްޓިވޭޓް ކުރެވޭނެ އެވެ.