ޚަބަރު / ރާއްޖެ-ފަލަސްތީން

ރައީސްގެ ވާހަކަފުޅާ ގުޅިގެން ފަލަސްތީނުގެ ޝުކުރު ރާއްޖެ އަށް

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައިވެރިވެވަޑައިގަންނަވަނީ.

މިހާރު ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި، ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް ބާރު އަޅުއްވައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަށް އެ ގައުމުން ތައުރީފުކޮށް، ޝުކުރު އަދާކޮށްފި އެވެ.

ފަލަސްތީނުން އދ. އަށް ކަނޑައަޅާފައިވާ މިޝަނުން މިއަދު ކުރި ޓްވީޓެއްގަ ބުނީ، ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ގާނޫނާ ހިލާފަށް ބޭއިންސާފުން ވެރިވެގަންނަމުންދާ މައްސަލައިގައި ރާއްޖޭގެ ރައީސް މުޅި ދުނިޔެ އަށް ވަރުގަދަ މެސެޖެއް ދެއްވާފައިވާތީ ޝުކުރު އަދާކުރާ ކަމަށެވެ.

ފަލަސްތީނުގެ މިޝަނުން ދިވެހި ސަރުކާރަށް ޝުކުރު އަދާކޮށް ކުރި ޓުވީޓް

އދ.ގެ އާއްމު މަޖިލީހުގެ 76 ވަަނަ ސެޝަނުގައި ދިވެހި ބަހުން ތަގުރީރު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަަތުމުން "ދުނިޔެ އަށް މަދުވަނީ ކޮންއެއްޗެއްތޯ" ސުވާލު ކުރައްވައިފަ އެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި އދ. ގެ އާންމު މަޖިލީހުން ފަލަސްތީނު މީހުންގެ ހައްގުގައި ނެރުނު ގަރާރުތަކާއި ނިންމި ނިންމުންތައް ގިނަ އެވެ. ނަމަވެސް މަދުވާ އަދި ނުވެސް ލިބި އޮތް އެއްޗަކީ ފަލަސްތީނު މީހުންގެ ހައްގު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އޭއެފްޕީ

"އެ ބަޔަކު އަޅުގަނޑު މިތާ ހުރެ ތަމްސީލުކުރާ ދިވެހިން ބޭނުން ވަނީ އދ. އިންނާއި މުޅި ދުނިޔެއިން މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުން. އެ މީހުންނަށް އެ މީހުންގެ މިނިވަން ކަމާއި ހައްގުތަކާއި އިމްތިޔާޒާއި އިހުތިޔާރުތައް ދޫކޮށްލުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އދ. ގެ އެތައް އަހަރެއްގެ މަސައްކަތުން ވެސް ފަލަސްތީނުގެ މީހުންގެ ހައްގުތައް ކަށަވަރު ކޮށް ނުދެވުނު ކަމަށެވެ.

"އިޒްރޭލުން ފަލަސްތީނުގެ އަންހެން، ފިރިހެން، ކުދިބޮޑު އެތައް ބައެއްގެ ހައްގު ތަކުރާރުކޮށް އެބަ ނިގުޅައިގަނޭ. އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައް ބަޔަކު އެތައް ގައުމަކުން ފަލަސްތީނުގެ ހައްގުގައި އެ ނުކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުން،" ރައީސް ވިދާޅުވި އެވެ.

"އދ. ގެ އާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގުގައި ނެރުނު ގަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ. މަދު އެއްޗަކީ، އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު."

އދ.ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަނުގައި 2019 ވަނަ އަހަރު ކުރެއްވި ތަގުރީރުގައި ވެސް ރައީސް ވަނީ ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލައްވައިފަ އެވެ. އެ ފަހަރު އެ މަނިކުފާނު ވިދާޅުވީ މެދުއިރުމައްޗަށް ހަމަޖެހުން ގެނެވޭނެ ހަމައެކަނި ގޮތަކީ އިޒްރޭލު ވެސް އޮތުމާ އެކު ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް ގާއިމު ކޮށްދިނުން ކަމަށެވެ. އެގޮތުން ގާއިމުކުރާ ދައުލަތުގެ ވެރިރަށަކަށް ވާން ޖެހޭނީ އިރުމަތީ ގުދުސް ކަމަށް ވެސް ރައީސް އޭރު ވިދާޅުވި އެވެ. އެކަމަކު "ޓޫ ސްޓޭޓް ސޮލިއުޝަން"ގެ ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައުން ގެންގުޅޭ އެ ސިޔާސަތުގެ ވާހަކަ މި ފަހަރު ނުދައްކަަވަ އެވެ.

10 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 0%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ށަވިޔަނި

22 September 2021

ކޮރޯނާ އަށް ތިއޮތީ ތާރީޚު އެނގިފަ. އެބިމުގައި ފުރަތަމަ ވަޒަންވެރިވީ ކަންޢާނީން. އެބިމުގައި އިބްރާހީމު މޫސާ އީސާ އަށް އީމާންވި މީހުން އުޅުނު. މިހާރުވެސް އުޅޭ. މައްސަލައަކީ އެކިއެކި ގައުމުތަކުން ޒައިނިސްޓުންގެނަސް ބިމުން ވަޒަންވެރިން ބޭރުކޮށް ވަޒަންވެރިންގެ ރުހުމާ ދެކޮޅަށް އިޒްރޭލެއް އުފެއްދުން. އެކްސްޕޯޓުކުރިމީހުން އިމްޕޯޓް ކޮށް އިމްޕޯޓުކުރިމީހުން އެކްސްޕޯޓުކޮށް މިނިވަން އިންތިޚާބެއްބާއްވާ. މުސްލިމުންނަށް މުޅިބިންލިބި މައްސަލަ ހައްލުވީ.

The name is already taken The name is available. Register?

ބޯގޮވާފަ

22 September 2021

އެމްއާރްއޭ ވެކްސިންގެ ނަމުގަ ކޮމެންޓް ކޮށްފައޮތް ބޭފުޅާއަށް ވެދުން ސަލާމް. ދިވެހިރާއްޖޭގެ ރަށްރަށް ކޮންނައިރު ވެސް ފެންނާނީ ބުދުދީނުގެ އާސާރުތަކާ ތަކެތި. ދިވެހިންނާ ގުޅުންހުރި އެއްވެސް އެއްޗެއް ނުފެނޭ. މިހެންވީއިރު ދިވެހި ބިމަކީވެސް ބުދުދީނަށް އަޅުކަންކުރި އުތުރުކަަރަޔާ އޮޅުދޫކަރައިގެ މީހުންގެ ތަނަކަށް ދޯ ވާނީ؟

The name is already taken The name is available. Register?

ތަންޑާ

22 September 2021

އުސްމާނީ ޚިލާފަތުގެ އެންމެފަހު ދުވަސްކޮޅުގަވެސް އެބިމުގަތިބީ އަރަބި މުސްލިމުން. އެބިމަކީ އެއްވެސް އިރެއްގަ ޔަހޫދީންނާ ނަސާރާއިންގެ ހައްގެއް އޮތްތަނެއްނޫން. އުސްމާނީ ޚިލާފަތު ނިމުނުތަނުން ދުނިޔޭގެ އެކިތަންތަނުގަތިބި ޒަޔަނިސްޓުން އެތަނަށް ގެންގޮސް ވަޒަންވެރި ކުރުވީ. އެބިމަށް އުފަންވެވަޑައިގެންނެވި އެއްވެސް ރަސޫލުބޭކަލަކީ ޔަހޫދީ ނުވަތަ ނަސާރާ ނުވަތަ މަޖޫސީ ދީނާއިގެން ވަޑައިގެންނެވި ބޭކަލުންނެއްނޫން. ހުރިހާ ބޭކަލުންވެސް ވަޑައިގަތީ އިސްލާމްދީނާއިގެން.

The name is already taken The name is available. Register?

ގުދުރަތު

22 September 2021

ޔޫއެންގައި މިހެންބުނެލަންވެސް ކެރުނީ މި ރައީސްއަށް ދޯ.

The name is already taken The name is available. Register?

1828

22 September 2021

ފަލަސްތީން ބިމުގައި އިޒްރާއީލް އޮންނަން ޖެހޭ އެއްވެސް ސަބަބެއް ނޯނާނެ. ފަލަސްތީން ބިމުގައި އިސްރާއީލް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ސީދާ ފަލަސްތީން ރައްޔިތުންގެ ބިން. އެތަނަށް އިސްރާއީލް ވެރިވެގަތީ ގަދަކަމުން.

The name is already taken The name is available. Register?

Coronavirus

22 September 2021

ފަލަސްތީނު ކިޔާ ގައުމެއް ނޯވޭ. މޫސާގެ ފާނުން ފެށިގެންވެސް އިޒްރޭލަކީ ޔަހޫދީންގެ ބިމެއް. އެތަނުން ޔަހޫދީން ބޭލީ ރޯމަނުން. އޭގެ ފަހުން އެތަނަށް ހިޖުރަ ކުރި އަރަބިންނަ ތިކިޔަނީ ފަލަސްތީނޭ. ތާރީހު އޮޅުވާ ނުލާ

The name is already taken The name is available. Register?

ބޮކަ

22 September 2021

ފަލަސްތީނަކީ ކޮބ؟ މުސްލިމުން ފަލަސްތީން ހިފި އިރު އެތާ އުޅެމުން އައީ ކޮން ދީނެއްގެ ބައެއް ބާ؟

The name is already taken The name is available. Register?

ނަން

22 September 2021

ކޮރޯނާއަށް ވެދުން ފުރަތަމަ ހިސްޓްރީ ދަސްކުރޭ އިޒްރޭލް ދަރި ފަސްކޮޅުވެސް އެތާ އާބާދު ވީ ހިޖުރަ ކޮއްގެން. إِنْ شَاءَ ٱللَّٰهُ ދެން ގިނަ ދުވަހެއް ނުވާނެ އިސްރާއީލު ދެފަހަރެއް ގެމަތިން ބިމުގައި ފަސާދަ ކުރާވާހަކަ އެބައޮތް. ފުރަތަމަ ފަސާދަ އަށް ފަހު މި ހާރު އަލުން އެއާބަދު ވަނީ. އަދި ދެވަނަ ފަހަރުވެސް ބޮޑު ވެގެންވާ ބޮޑާ ކަމަކުން ބޮޑާވާނެކަމަށްވެސް. އޭގެ މަންޒަރު މި ފެންނަނީ. ވަގުތު ޖެހުމުން އިސްރާއިލުން ވެރިވި ތަން ސުންނާ ފަތި ކޮއް ހަލާކުވެސް ވާނެވެ

The name is already taken The name is available. Register?

mRNA vaccines

22 September 2021

އިޒުރޭލު ބިމުގެ ކޮންމެ ތަނެއް ކޮނުނަސް ފެންނަނީ ޔަހުދީ ދީނާއި ގުޅުން ހުރި ތަންތަން. އެއްވެސް ހިސާބަކުން މުސްލިމުންނާއި ގުޅުން ހުރި ތަނެއްވެސް އެއްޗެއްވެސް ނުފެނޭ. އެހެންމީހުންގެ ބިންތަކަށް ނައަރާ ތިމާމެންގެ އަމިއްލަ ބިމަށް ހިޖުރަ ކުރުން މުހިއްމު. އިންޑިޔާވެސް އޮއޮތީ ތިންފަޅި ކޮއްފަ ތިކަހަލަ މީހުންނާ ހެދީ.

The name is already taken The name is available. Register?

ތަންޑާ

22 September 2021

މޫސާގެފާނު ކަނޑު ހުރަސްކުރައްވާ އެބިމަށް ވަޑައިގެންނެވިއިރު އެތަނުގަތިބީ ކަންއާނުންނޭ ކިޔާ އަރަބި ގަބީލާއެއްގެ ބައެއް. އެމީހުންނަކީ އަހުލުކިތާބީންގެ ތެރޭ ހިމެނޭބައެއްނޫން. މުސާގެފާނު އަރިހުގަ އައިމީހުން ކައިރީ އެރަށަށް ވަންނަން ވިދާޅުވުމުން ބޮޑާކަމާ ކިބުރުވެރިކަން ދެއްކީ. ނަތީޖާއަކީ އެމީހުންނަކީ ވަޒަނެއްނެތް ބައެއްގެގޮތުގަ ބިމުގެ އެތަންމިތަނުގަ އުޅެންޖެހުން. މިހެންވީއިރު ފަލަސްތީނުގެ ބިމަކީ ޔަހޫދީންގެ ބިމަކަށް ވާނެގޮތެއް ކޮބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454