ޚަބަރު / ސީ ލައިފް ގްލޯބަލް

އަންމަޓީ ދޫކޮށްލުމުން އިސްތިއުނާފަށް، ގާޒީއަށް ޕީޖީގެ ބަހުގެ ހަމަލާއެއް

21 އޮކްޓޯބަރ 2021 - 10:48

15 comments

ހުޅުމާލޭގައި ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލި މައްސަލާގައި ހިޔާނާތުގެ އެތައް ދައުވާއެއް ލިބޭ އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފްކުރަން ނިންމައިފި އެވެ.

ކަފާލާތު ދޭން ނިންމުމުން އެކަން އިސްތިއުނާފުކުރަން ނިންމާފައި ވާއިރު ޕްރޮސެކިއުޓާ ޖެނަރަލް ހުސެން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އަންމަޓީގެ މައްސަލަ ކްރިމިނަލް ކޯޓުން ބައްލަވާ ގާޒީއަށް ވެސް ބަހުގެ ހަމަލާއެއް ދެއްވައިފަ އެވެ. ޖިންސީ ކުށުގެ ސީރިއަސް ދައުވާތަކެއް އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް މީހަކު ޖާމިނުކޮށް އޭނާ ރާއްޖޭން ބޭރަށް ދާން ވެސް ހުއްދަ ދެއްވީ ވެސް އަންމަޓީގެ މައްސަލަ ބައްލަވާ ގާޒީ އެވެ.

ޝަމީމްގެ ޓްވީޓްގައި ވަނީ "ދަށު ކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް" ޖާމިނުކުރެވޭނެ ގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމަކަށް ވެއްޖެ ކަމަށެވެ. އެ ޓްވީޓްގައި ޝަމީމް ވިދާޅުވީ ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލާއިރު ޖާމިނުކުރާނެ ވަކި ގޮތްތަކެއް ގާނޫނުގައި އޮއްވައި އެ ނޫން ގޮތް ގޮތަށް ދަށުކޯޓުން މައްސަލަ ނިންމާފައި އޮތުމުން ހައިކޯޓަށް ދާނެ ކަމަށެވެ.

ޖާމިނުވުމުގެ މަފްހޫމް ފަނޑިޔާރަށް ކިޔައިދެވޭތޯ ދައުލަތުން ތަފާތު ދެ މައްސަލައެއްގައި ލައްކަ މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި މިހާތަނަށް އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ޝަމީމްގެ އެހެން ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ޕީޖީ އޮފީހުން ވަނީ އަންމަޓީ ދޫކޮށްލި މައްސަލަ އަންނަ ހަފްތާގައި އިސްތިއުނާފުކުރާނެ ކަމަށް ބުނެފަ އެވެ.

ތަހުގީގަށް ހާޒިރު ނުވެ، "ފިލައިގެން" ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުނު އަންމަޓީ އިއްޔެ ދޫކޮށްލާފައި ވަނީ ރަށުން ބޭރަށް ނުދިއުމަށާއި، ކޮންމެ ދުވަހަކު ހެނދުނު 9:30 އަށް ކަރެކްޝަންސަށް ހާޒިރުވުމާއި އަދި ހެކިންނަށް ނުފޫޒު ނުފޯރުވަން އޭނާ އަށް ޝަރުތުކޮށްފަ އެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި ފައިސާ ނެގުމަށް ފަހު، ފައިސާ އަނބުރާ ނުދީ އަންމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް އުފުލައި އޭނާ ބަންދުކުރީ އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެންނެވެ. އެކަމަކު އިއްޔެ އަންމަޓީ ދޫކޮށްލީ އަންހެން ކޮއްކޮއަކާއި ދައްތައެއް ޖާމިނުކޮށްފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނުނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާކުރަން ޖެހޭތީ އެންމެ ފަހުން ބޭއްވި އަންމަޓީގެ ބަންދު އަޑުއެހުމުގައި އޭނާ އެދިފައި ވަނީ ނުފިލާނެކަން ކަށަވަރު ކުރެވޭ ފިޔަވަޅުތަކެއް އަޅާފައި ދޫކޮށްލާށެވެ. ނަމަވެސް، އޭނާ ފިލާފާނެ ކަމަށް ގަބޫލު ކުރެވޭތީ އެކަމަށް ދައުލަތުން ދެކޮޅު ހެދި އެވެ.

ސީ ލައިފުން ފައިސާ އަނބުރާ ނުދިނުމުގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް ބަދަލުދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން، ފައިސާގެ ބަދަލުގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ކޯޓުން ބޭރުގައި މައްސަލަ ވަނީ ނިންމައިފަ އެވެ.

15 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސައިން

21 October 2021

އައްމަޓީ އެޗްޑީސީގައި ސިކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި އެތަށްމިލިއަން ޑޮލަރެއް ބެހެއްޓި. އެފައިސާއިން ތިމީހުންނަށް ފައިސާދެއްކެންނެތީތޯ?

The name is already taken The name is available. Register?

އަހްމެތް އަލްޕް

21 October 2021

ތިޔަ ބުނާމީހަކު ޖަލުގައި ހުރެގެން އޭނަޔަށް ކާންދީ ބަލަހައްޓަން ކުރާ ހޭދަ ކުރަނީ ރައްޔިތުންގެ ބަޖެޓުން. މުޖުތަމައަށް އޮތް ބިރަކީ ކޮބައި؟ މިނޫނީ ނޯންނާނެ ދަށު ކޯޓު ފަނޑިޔާރާ ދިމާލަށް ބޭނުން އެއްޗެއް ކިޔޭ ގައުމެއް. މަތީ ކޯޓަށް އެއްޗެހި ކިޔަން ނުކެރީ ކީއްވެކަން ނޫސްވެރިން ބަލަންވީނު. އަނެއްކާ މިކަހަލަ ހަބަރެއްގަ ދެކޮޅެއްވެސް ނޯވޭ! އޮންނަނީ އެއްކޮޅު. އެއީ ޓުވީޓު ކުރާ މީހާ ބުނާއެތި، ދެން ރައްދު ދިނީމަ ހަދާނީ ރައްދު ޓުވީޓު. ޓުވީޓުން ހަބަރު!

The name is already taken The name is available. Register?

ނަޑި

23 October 2021

ހާއި ގާޟީ ! ?

The name is already taken The name is available. Register?

2012

21 October 2021

ކޯޓުތަކުން ކަންކުރާ ގޮތުން 2012 އަލުން ރިޕީޓްވާހެން ހީވަނީ، އަންނިގެ ވެރިކަން ވެއްޓެންވެސް ދިމާވީ ކޯޓުން، އޭރު ބޮޑަތި އޮޕަރޭޝަން ތަކުގައި ފުލުހުން ހޯދާހާ ޑްރަގު ބޮޑުންތައް ކޯޓުތަކުން ދިޔައީ ދޫކުރަމުން، އެންމެފަހުން ކެތްތެރިކަން ކޮޅުންލައި، ގާނޫނުގެ ބޭރުން ޢަބްދުﷲ ޤާޟީ ހައްޔަރުކުރެވުން. އިދިކޮޅުސިޔާސީޕާޓީތައް އޭރުމަސައްކަތް ކުރަމުންދިޔައީ (ސަރުކާރުން މަސްތުވާއެއްޗިސްއެތެރެވާ ދޮރުތައް ބަންދުކުރަން މަސައްކަތް ކުރާތީ ރުޅިއައިއްސަތިބި) ގޭންގްތަކާއެކު.

The name is already taken The name is available. Register?

ކަތްދައްތަ

21 October 2021

އައްމަޓީ ހުރީ "ވާނުވާޖަހާފަ" ކަން ޕީޖީ ހަދުމަފުޅު ނެތީތޯ؟ ޑްރަގް ލޯޑެއްގެ ނުވަތަ މީހަކު މަރައިފި ގޭންގަކަށް ނިސްބަތްވާ ނޭބަހޫޑް ކުއްޖެ ވާނުވާޖަހައިފިއްޔާ ޕީޖީވެސް މަޖލިސްވެސް ހީވާނީ ފަޔަށް ލޮލޮށް ކަށިހިނި އަރާތީ އުޅޭހެން. ވާނުވާއަކީ އޮންނަ އެއްޗެއްނޫނޭ އެކަން ނައްތާލަންޖެހެއޭ ކޯޓުތަކުގެ ފަނޑިޔާރުން ތަނެއް ދޮރެއް ނުދަނެއޭ ކިޔައި ހީވާނީ ރަށް ފަޅާލަފަާނެހެން. ކޮބާ މިއަދު ވާނުވާ؟؟ ގާނޫނުގަ އޮތް އެއްޗެއް އޮޅުވާލަން އުޅޭތީ ލިބޭ ކެހި.

The name is already taken The name is available. Register?

ކުޗީ

21 October 2021

ޖާމީނު ވާގޮތް ނޭނގިގެނެއް ނޫން. ތިމީހުން ޖާމީނު ކުރުވާގޮތް އަހަރުމެން އެންމެންނަށް އެނގޭ.

The name is already taken The name is available. Register?

ނަސޭހަތް

21 October 2021

ފަތިސް ޕީޕަލްގެ ކަމަކީ ނުފޫޒްފޯރުވައި މީހުންނާއި ޖައްސާލާ ޒާތީވުން. އެ ވަރިހަމަ ތިމާގެ މައްސޫލިޔަތު އަދާނުކުރެވިގެން، ނާގާބިލްކަމުން އެތައްކަމެއް ގޯހުން ގޯހަށް ހިނގިޔަސް. ޝަރުއީދާއިރާގައި އުޅޭ މީހުމްނާއި ދިމާލައަށް އިނގިލި ދިއްކުރުމުގެކުރިން ފުރަތަމަ ތިމާ މީހާ އިސްލާހުވެބަލަ!

The name is already taken The name is available. Register?

އެމްސް

21 October 2021

ފައިސާ، ފައިސާ! ފަނޑިޔާރުން މަހުޖަނުންނަށް ވާ ފޯރމިއުލާ!

The name is already taken The name is available. Register?

މިއަދު

21 October 2021

ކަފާލާތު ނުދަންނަނީ ހަމައެކަނި ޔާމިނު މައްސަލަ ޖާމިނު ނުކުރެވެނީ ހަމައެކަނި ރ ޔާމިނަށް ކޮބާ ސޯލިހުގެ އިސްލާހުކުރި ފަޑިޔާރުގެ މިރާއްޖޭގެ ފަޑިޔާރުންނަށް ޤާނޫނު އަސާސީ އާއި ގާނޫނުތައް ކޮންޓިނިއުކޮށް ކިޔަވަދޭންޖެހޭ ސިފައިންގެ ބުންވަރު ޓެސްޓްފަދައިން ގާޞީންނަށް ޤާނޫނުގެ ޓެސްޓެއް ކޮން 6 މަހަކުން އެއްފަހަރުނަމަވެސް ދޭންފެނޭ

The name is already taken The name is available. Register?

އަންތަރީސް999

21 October 2021

ދިވެހިރާއްޖޭގެ ފަނޑިޔާރުގެ އިސްލާހު ކުރަން ކެރޭވަރު ސަރުކާރެއް ހަމަ ނެތީބާ؟ އިންސާފު ނުލިބި ކިތައް މީހުން ގަތުލުވެފާ ވެއްޖެ؟ ކޮބާ އަފްރާޝިމް ، ރިލްވާން، ޔާމިން، ގެ ގާތިލުން؟ މި އުޅެވެނީ ކޮންތާކު އަހަރެމެނަށް. މަތި ފަޑިގަ ތިބި އެންމެނާ ސުވާލުވެވޭނެ ދުވަހެއް އަދި އެބަ އޮތްކަން ހިތުގަ ބަހައްޓައިގެން އުޅެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

21 October 2021

މިއީ އާކަމެއްނޫން. ރާއްޖޭގައި އޮތީ ތިކަހަލަ ބޭއިންސާފު ސަޤާފަތެއް. ފައިސާފޮއްޗެއް ލިބިއްޖެނަމަ "ހަލާލެއް ޙަރާމެއް ބެލުމެއްނެތި" އޭގެ ބޭނުން ކުރުމަކީ އާދައެއް. # ފަހަކަށް އައިސް "ކޯޓް ތެރެއިން" މިފަދަ ވަގުންނަށް ފުރުސަތު ހަނިވެގެން ދިޔައިރު ދެން ފެންނާންފެށީ މިފަދަ ކަންކަން ތަޙްޤީގު ކުރުމުގައި "ފުލުހުން ހަދާފައިވާ ގޯސް ތަކުގެ ސަބަބުން" ކުށްވެރިޔާ ސަލާމަތް ވާތަން. ވިސްނާ ބަޔަކަށް މިކަންކަން ވަމުންދާގޮތް ވަޒަންކުރުމަކީ ދަތިކަމެއްނޫން.

The name is already taken The name is available. Register?

ޞިރި

23 October 2021

ތިކަން ކަން ހިންގާގޮތް ވަރަށް ސާފު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454