ޚަބަރު / ހިމާޔަތްކޮށްފައިވާ ދޫނި

ފިޔަ ކޮށައި ވިއްކަން އުޅުނު ފްލެމިންގޯ އުޅެން ހާއްސަ ރަށެއް!

ހއ. ފިއްލަދޫގެ އަތިރިމަތިން ފެނުނު ފްލެމިންގޯ އައިނު.-- ފޮޓޯ: އަބްދުﷲ އިހުވާން

ހިޖުރަ ކުރުމުގެ ތެރޭގައި ރާއްޖެ އައި ފްލެމިންގޯތަކުގެ ތެރެއިން ބަޔަކު މީހުން ހިފައި ފިޔަ ކޮށައި ވިއްކަން މަސައްކަތް ކުރި ފްލެމިންގޯ އުޅެން ރަށެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

ހއ. ފިއްލަދޫން އެ އަތޮޅު ބާރަށަށް ދިޔަ ފްލެމިންގޯތަކެއް ހިފައި ވިއްކަން އުޅުނު މައްސަލަ އީޕީއޭ އާއި ފުލުހުން ގުޅިގެން ދަނީ ބަލަމުންނެވެ. ފްލެމިންގޯއެއް ވިއްކަން އުޅުނު މީހަކު ހޯދައި އެ ފްލެމިންގޯ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މިއަދު އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވަނީ "މިހާރު" އަށް ވިދާޅުވެފަ އެވެ.

އެ ފްލެމިންގޯއާ ބެހޭ އިތުރު ތަފްސީލުތައް ދެމުން އީޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ފްލެމިންގޯ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެ ފްލެމިންގޯ އިނީ ފިޔަ ކޮށާލާފައި ކަމަށާއި އެހެންކަމުން، އެއަށް އެހެން ދޫނިތަކާ އެކު ހިޖުރަ ކުރުމުގެ ދަތުރުގައި ބައިވެރިނުވެވޭނެ ކަމަށް އީޕީއޭއިން ބުންޏެވެ.

އެހެންވެ، އީޕީއޭއިން މިހާރު މަސައްކަތް ކުރަމުން ދަނީ އެ ފްލެމިންގޯ ރިހެބިލިޓޭޓު ކުރަން ޅ. މާކޯ އަށް ފޮނުވާލުމަށެވެ. މާކޯ އަކީ ބޮޑު ކުޅިއެއް އޮންނަ ރަށެކެވެ. ފްލެމިންގޯތަކަކީ މިފަދަ ތަންތަނުގައި އުޅޭ ދޫނިތަކެކެވެ.

އީޕީއޭއިން މިއަދު ކުރި ޓްވީޓު --

އެ އެޖެންސީ އިން ބުނީ މާކޯގައި އެ ދޫނި ރިހެބިލިޓޭޓް ކުރަމުންދާއިރު، އެޓޯލް ވޮލެންޓިއާސް ޖަމިއްޔާގެ ޖަނާވާރާ ބެހޭ ޑޮކްޓަރެއް މެދުވެރިކޮށް އެ ދޫނީގެ ސިއްހަތު ރަނގަޅުތޯ ބަލަމުންދާނެ ކަމަށެވެ.

ފިޔަ ކޮށައި ވިއްކަން މަސައްކަތް ކުރި ފްލެމިންގޯ ރިހެބިލިޓޭޓް ކުރަން ފޮނުވާލަން ހަމަޖެހިފައިވާ ޅ. މާކޯ: އެ ރަށަކީ ފްލެމިންގޯ ދިރިއުޅޭ ފަދަ ކުޅިއެއް އޮންނަ ރަށެއް --

މާކޯ އަކީ ސިފައިންގެ ބެލުމުގެ ދަށުގައިވާ މާފިލާފުއްޓާ އެއް ފަޅެއްގައި ވަރަށް ކައިރީގައި އޮންނަ ރަށެކެވެ. ތިމާވެށިގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެ ރަށަކީ ވެސް ސިފައިންގެ ބެލުމުގެ ދަށުގައިވާ ރަށެކެވެ.

ފްލެމިންގޯ ހިފި މައްސަލަ ހޫނުވީ، ހިޖުރަ ކުރުމުގެ ތެރޭގައި އެ ދޫނީގެ އައިނެއް އައުމުން އެ ދޫނިތައް ހިފައި ވިއްކަން ބަޔަކު މަސައްކަތް ކުރުމުންނެވެ. ތިރީސް ހާސް ރުފިޔާ އަށް އޭގެ ދޫންޏެއް ވިއްކަން ވައިބާގައި ވެސް މީހަކު ޕޯސްޓު ކުރި އެވެ.

މި މައްސަލަ ފެންމަތިވީ ދޫނިތައް ހިޖުރަކުރާ މޫސުން އަންނާތީ ހިޖުރަ ކުރާ ދޫނިތައް ހިފާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ އީޕީއޭއިން މި މަހުގެ ނުވަ ވަނަ ދުވަހު ބަޔާނެއް ވެސް ނެރެފައި ވަނިކޮށެވެ.

40 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 19%
icon angry icon angry 22%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހގގޔ

25 October 2021

މޮޔަ ދިވެހިނ

The name is already taken The name is available. Register?

ހުސެން

22 October 2021

ކަންނުވެ ނަންވާންކަމަށް އީޕީއޭ އިން ބަޔާނެއްނެރުމާއެކު ހުރިހާއެންމެންހެން ކޮމެންޓުކޮށްފައިވަނީ އީޕީއޭ އާއި އިދިކޮޅަށް އެހެންވެ ވީ ބޭޒާރުފޮރުވޭތޯ ގޮތްދެއްކެނީ!! މިޔަށްވުރެން މާސީރިއަސްމައްސަލަތައް ނުބެލި ފުލުހުންފެއިލްވެފައިވާއިރު ހިޖުރަކުރި ދޫންޏަކާހެދި ކޮންވަރެއް އަރުވާކަށް!!

The name is already taken The name is available. Register?

ކޮމެންޓްކުރުން

22 October 2021

ކޮމެންޓްތަށް ކިޔާލުމުން ދިވެހިންގެ ހޭލުންތެރިލަން ނެތްވަރު ވަރަށް ސާފު. މިގައުމުގައި އެއްދުވަހުން އުފެދުނު މަސަލަތަކެކަކޭ ސިފަވަނީ. ކުރިން އެތަކެއްބަޔަކު ވެރިކަން ކުރި އިރު ރަގަޅު ނުވެހުރީމަދޯ މިއަދާ ހަމައަށް މައްސަލަގަނޑު އޮތީ. ދެން އެއްދުވަހުން ރަނގަޅުވޭތަ؟ ވާގޮތަކީ ޕާޓީ ޕާޓި އެބޭފުޅާ މިބޭފުޅާއަށް ވެގެން ގޮސް ގައުމުގަ ހުރި މައްސަލަތަކަށް ރައްޔިތުންވެސް އަޅާނުލަނީ. ކަމެއް ދިމާވީމާ ކަންބަޅިތަކެއްހެން ފެލެނީ. ވާނުވާއެއް ނޭގޭ، ގޭސްގަނޑުގެ އަވާގަ

The name is already taken The name is available. Register?

ޕިޖަން

22 October 2021

ކޮތަރާ ހެދި މާލޭގަ މިހާރު އުޅެވޭ ވަރެއްނޫން. ކޮތަރު އުޅެން ވަކި ރަށެއް ހަމަޖައްސާކަށް ނުވޭތަ އަދިވެސް…

The name is already taken The name is available. Register?

އެލެކޮސް އޮބި

22 October 2021

ފެންނަ މަންޒަރާއި އިވޭ އަޑުތަކުން ދޭހަވަނީ ނިކަމެތި ރައްޔިތުންނަށްވުރެއް ގުޑުގުޑާ ދޫނި ދިވެހި ދައުލަތައް މުހިންމުކަން. އިހުމާލުން ކުޑަކުއްޖަކުނިޔާވެ، އަނިޔާވެރި މަރަކުން ރަށްފުށުގެ ވިޔަފާރިވެރިއަކު މަރާލީ މިދާކަށްދުވަހު އެކަން ވެސް މިއޮތް ފޮރުވެނީ. ކީއްވެތޯ މިކަންކަން ސައިބޯނި ބޮތްކަށްވެ ނިމެނީ. ދިވެހިނިކަމެތި މީހާގެ ފުރާނަޔާ ދިރިހުރުމުގެ ހައްގު ހަމަ ނެތީތޯއެވެ. ތިމާވެށީގެ އައްޕަޔަށްވެސް ގުޑުގުޑާ ދޫނި ރިހަ މައްސަލަޔަކަވެ މަޖިލިސް ހޫނުވީތާއެވެ.

The name is already taken The name is available. Register?

ބޭގަރާރު ބޭއިންސާފު

22 October 2021

ތިޔައީ އެއްވެސް އިންސާރފެއްނޫން! އިހައްދުވަހު މިތަނަށް ރެފިއުޖީއެއްގެ ގޮތުގައި އައި ފުލެމިންގޯ އަކަށް އުޅޭނެ ވަކި ރަށަކާއި ވެޓް ޑޮކްޓަރުންނާއި އެމްއެންދީއެފްގެ ސެކިއުރިޓީ ތިދެނީ، އަހަރެމެން މިއުޅެނީ ބޯހިޔަލެއް ޖަހަން ގޯއްޗެއް ނުލިބިގެން . އުމުރުން ސާޅީސް އަށް އަހަރާއި ހަތް މަސް. ވޯޓު ހޯދަން ނާންނާތި މަ ކައިރިއަށް

The name is already taken The name is available. Register?

ޒިންމާދާރުނޫސްވެރިޔާ

21 October 2021

ކުލިކު ބެއިޓްހަދަން ނޫސް ވެރިން މާނަ އާއި މަގުސަދު އޮޅޭގިތަށް އާޓިކަލް ލިޔުނީމާ އެކަމުން ނުކުންނަނީ ނޭދެވޭ ނަތީޖާ. އެމްއެންޑީއެފް ބެލުމުގެ ދަށުގަ އޮތް ރަށަކަށް ގެންދިޔަައީ ހޭބޯނާރައިގެން ދޫނިހިފާ ވިއްކާ މީހުންގެ ކިބައިން ސަލާމަތްކޮށް އެދޫނި ފިޔަފަޅަންދެން ރަގަޅު މާހައުލެއްގައި ބެހެއްޓުމަށް. ޕުރައިވެޓް އައިލެންޑް ދޭކަށްނޫން

The name is already taken The name is available. Register?

ގސހދ

21 October 2021

މަވެސް ފްލެމިންގޯ އަކަށްވި ނަމަ ކޮންފަދަ. ދިރި އުޅޭނެ ތަނެއް ލިބުނީސް ތޯއްޗެ.

The name is already taken The name is available. Register?

ލެމަންގޯ

21 October 2021

އޭތީގެ ފިޔަކޮށާލާފައިވާތީ އެގޮތަށް ރަށެއްގަ ހުންނަން އެ ލިބުނީ. ހިޖުރަކުރުމުގެ ފުރުސަތުން މަހުރޫމުވެ އެ ދޫންޏަށް އަގުބޮޑު އެއްޗެއް ގެއްލިގެން އެހެން އެއްޗެއް އެ ލިބުނީ.

The name is already taken The name is available. Register?

ގުޑުގުޑާގުޑަސްޓު

22 October 2021

އަހަރުމެން އުޅޭނަން ދެއްކި ތަނަކު. ކޮންމެހެން މާލެ ނޫނީ ހުޅުމާލެ ނޫން ތަނަކު ނޫޅެވިގެނެއް ނޫޅޭނަން

The name is already taken The name is available. Register?

ދަހަނާ

21 October 2021

ތިދޫނި ފިޔަކޮށި ގޮލަޔަށް ބޮޑު ޖޫރިމަނަޔެއް ދީބަލަ. އިންޒާރު ނެރެފަ ފިޔަވަޅު ނޭޅެންނާ ދެންވެސް ދޫނި ހިފައި ފިޔަ ކޮށާނެ

The name is already taken The name is available. Register?

ޙެސްތ8

22 October 2021

ނިކަމެތި މީހާއަށް ލިބޭނީ ބޮޑު ޖޫރިމަނާއެއް. ޔުނިވާސަލުން ރއަތޮޅުގައި ތަރައްގީކުރި ރިސޯޓުން އީއައިއޭ ހިލާފުވީމާ ޖޫރިމަނާ ކުރީ 18000 ޑޮލަރު. އެއީ އެންމެ ކޮޓަރިއެއް ރެއަކަށް ވިއްކާ އަގު

The name is already taken The name is available. Register?

ބަފާ ގުޑު ގުޑާއި ބޭ

21 October 2021

ސަރުކާރު ބެލުމުގެ ދަށުގައި ހުރީ ކިތަކެއް ގުޑު ގުޑާ އތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454