ތެހެރާން (ސެޕްޓެމްބަރު 22) - އީރާނުގެ ހުޅަނގު ދެކުނުގެ އަހްވާޒް ސިޓީގައި އަސްކަރީ ޕެރޭޑެއް ކުރިއަށް ދަނިކޮށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ހަމަލާދީ 24 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ.
އީރާނުގައި އަސްކަރީ ޕެރޭޑް ބޭއްވީ އިރާގާ އެކު 1980-1988 އަށް ކުރި ހަނގުރާމަ ފެށުނު ދުވަސް ފާހަގަ ކުރުމަށެވެ. އަސްކަރީ ޕެރޭޑަށް ހަމަލާ ދިނީ ސިފައިންގެ ޔުނިފޯމް އަޅައިގެން ތިބި ހަތަރު ހަނގުރާމަވެރިން ކަމަށްވެ އެވެ. ޕެރޭޑުގައި ތިބި އާއްމުންނަށް ވެސް ހަމަލާދީފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ރިވޮލިއުޝަނަރީ ގާޑުގެ އަށް މީހުންނާއި ނޫސްވެރިއަކު ހިމެނެ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވެފައި ވަނީ ހަމަލާ ދީފައި ވަނީ ބޭރުގެ އެހީ ލިބޭ ޓެރަރިސްޓުން ކަމަށެވެ.