11 މާޗް

March 11, 2019 33
އުޅަނދުތައް ރަޖިސްޓްރީ ކުރެވޭނީ ގެތަކުގެ ވެރިންނަށް

ހުޅުމާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ރަޖިސްޓްރީ ކުރެވޭނީ ފްލެޓުތަކާއި ރޯހައުސް ނުވަތަ ބިންތަކުގެ ވެރިފަރާތަށް އެކަނި ކަމަށް ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

25 ފެބުރުއަރީ

February 25, 2019 23
ގައުމީ މަރުކަޒު ކުރިން ހިންގި ތަން ޕާކިން ޒޯނަކަށް

ދިވެހި ބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު ކުރިން ހިންގި ބިމުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

February 25, 2019 61
ވެހިކަލްތަކުގައި ސްޓިކާ ޖަހަން އަލުން ފަށައިފި

ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ވަޔަލޭޝަން ސްޓިކާ ޖަހަން މިއަދު އަލުން ފަށައިފި އެވެ.

27 ޖެނުއަރީ

January 27, 2019 13
އެމްއެމްއޭ ކައިރީ އޮތް ބިން ވަގުތީ ޕާކިން އޭރިއާއަކަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރީގައި ކުރިން ހިންގި އެމްޓީސީސީ ހެޑް އޮފީސް ހުރި ބިން ޕާކިން ސަރަހައްދަކަށް ބަދަލުކޮށް ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

23 ޖެނުއަރީ

January 23, 2019 47
ނުގަވައިދުން ޕާކްކުރުން ހުއްޓުވުމަށް ޓޯ ކުރަން ފަށައިފި

ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ޖޫރިމަނާ ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވީ ނަމަވެސް އެފަދަ އުޅަނދުތައް ޓޯ ކުރަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

22 ޖެނުއަރީ

January 22, 2019 75
ސްޓިކާ ޖެހުން ހުއްޓާލުމުން ހަމައެއް ލަމައެއް ނެތް!

ތޮއްޖެހިފައިވާ މާލޭގައި ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ޖޫރިމަނާ ސްޓިކާ ޖެހުން ވަގުތީ ގޮތުން ފުލުހުން ހުއްޓާލުމާ އެކު ނުގަވައިދުން ޕާކްކުރުން އިންތިހާއަށް އިތުރުވެ، އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

16 ޖެނުއަރީ

January 16, 2019 18
ޕާކިން ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި

ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

14 ޖެނުއަރީ

January 14, 2019 112
އަޖުމަބަލަން ހެދި ރޭމްޕް މަތީގައި ވެސް ޕާކްކުރަނީ!

ދުވާރުން މަގަށް ނުކުމެވޭ ގޮތަށް ސިޓީ ކައުންސިލުން ހެދި ފުރަތަމަ ރޭމްޕް މަތީގައި ވެސް ސައިކަލް ޕާކްކުރަން ފެށުމުން އޭގެ ޑިޒައިނަށް ބަދަލު ގެންނަން ނިންމައިފި އެވެ.

January 14, 2019 11
އާޓިފިޝަލް ބީޗު ސަރަހަައްދުން ބައެއް ހުސްކޮށްފި

ޕާކިން ޒޯނަކަށް ވެފައި އޮތް އާޓިފިޝަލް ބީޗް ސަރަހައްދުން ބައެއް ވެހިކަލްތައް ނަގައި އެ ތަން މާލޭ ސިޓީ ކައުންސިލުން ހުސްކޮށްފި އެވެ.

17 ޑިސެމްބަރ

December 17, 2018 7
އުޅަނދުތަކަށް ހުއްދަ ދިނުން އެޗްޑީސީން މަޑުޖައްސާލައިފި

ގަރާޖު ނެތި ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރަމުން އައި ޕާކްކުރުމުގެ ހުއްދަ ދިނުން ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.

10 ޑިސެމްބަރ

December 10, 2018 14
ސަހަރާގައި، މަދިރި އުފެދޭ ވަޅުގަނޑަށް ފަސް އަޅައިފި

މެކޭނިކަލް ޕާކިން ސިސްޓަމެއް ބެހެއްޓުމަށް މާފަންނު ސަހަރާގައި ކޮނެފައިވާ ވަޅުގަނޑުގައި ފެން ހެދި މަދިރި އުފެދޭ ކަމުގެ ޝަކުވާ ބޮޑުވުމުން އެ ތަނަށް މިއަދު ފަސް އަޅައިފި އެވެ.

December 10, 2018 31
އެއާޕޯޓްގައި މުވައްޒަފުންނަށް މިހާރު ހިލޭ ޕާކް ކުރެވޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިލޭ ޕާކް ކުރެވޭނެ ޕާކިން އޭރިޔާއެއް މިއަދު ހުޅުވައިފި އެވެ.

26 ނޮވެމްބަރ

November 26, 2018 29
މީހުންނަށް އުނދަގޫވާތީ މަހުލޫފްގެ ޕާކިން ދޫކޮށްލައިފި

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ރަސްމީ ކާރުކޮޅު ޕާކް ކުރުމަށް، އޭނާ ދިރިއުޅުއްވާ ގޭ ކައިރިން ސަރުކާރުން ހަމަޖައްސައިދިން ޖާގައާ ހެދި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ވެހިކަލްތައް ޕާކް ކުރުމަށް ދަތިވެ ޝަކުވާތައް ލިބިވަޑައިގަތުމާ ގުޅިގެން، އޭނާގެ ޕާކިން ޒޯން އާއްމުންނަށް ހުޅުވައިލުމަށް މިއަދު ނިންމަވައިފި އެވެ.

22 ނޮވެމްބަރ

November 22, 2018 12
ޓެކްސީ ބޯޑުގެ ފީ އުވާލުމަށް މަޝްވަރާ ކޮށްފި

ޓެކްސީ ބޯޑުގެ ފީ އުވާލުމާ ގުޅޭ ގޮތުންނާއި މާލޭގެ މަގުތަކުގައި ޕާކުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ފުލުހުންނާ އެކު މަޝްވަރާ ކުރައްވައިފި އެވެ.

12 ޖުލައި

July 12, 2018 6
ހުޅުލޭގެ ޕާކިން އޭރިއާ ހަދަން މި މަހު ހިއްކަން ފަށަނީ

މާލެ-ހުޅުލެ ބްރިޖު ނުވަތަ ސިނަމާލެ ބްރިޖު ހުޅުވުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ވެހިކަލްތަކަށް ޕާކިން އޭރިއާ އެއް ޚާއްސަ ކުރުމަށްޓަކައި، ހުޅުލޭގެ ފަޅުން ބައެއް ހިއްކަން މި މަހު ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

24 މެއި

May 24, 2018 12
ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް

ކާރު ޕާކް ކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

26 މާޗް

March 26, 2018 36
ޕާކިން މައްސަލައަށް ސަރުކާރުން ހައްލު ހޯދާނެ: ނިހާން

މާލޭގައި ތޮއްޖެހިފައިވާ ޕާކިން މައްސަލައަށް ހައްލު ހޯދައި ދޭނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

07 މާޗް

March 07, 2018 46
މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުންނުކުރެވި!

ދުއްވާ އެއްޗެހި ގިނަވެ، ޕާކްކުރާނެ ޖާގަ ނެތުމުން އެކަމަށް ހައްލެއް ގެންނަން ހައުސިން މިނިސްޓްރީން މާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ބެހެއްޓި ނަމަވެސް އެ އެއްޗެހި ބޭނުންނުކުރެވި ދިގުލައިގެން ދާން ފަށައިފި އެވެ.

07 ސެޕްޓެމްބަރ

September 07, 2017 21
ސައިކަލް ޕާކިން ސިސްޓަމްގެ މަސައްކަތް ނިމިއްޖެ

މަޖީދީމަގު، ހީނާމާގެ ކައިރީގައި ހަދާ ސައިކަލް ޕާކިން ސިސްޓަމް އިންސްޓޯލްކޮށް ނިންމައި މިއަދު ޓެސްޓުކޮށްފި އެވެ.

03 އޯގަސްޓް

August 03, 2017 10
ސައިކަލު ޕާކިން ސިސްޓަމް ބަހައްޓަނީ

ސައިކަލު ޕާކު ކުރުމަށް މާލޭގައި ފުރަތަމަ ފަހަރަށް، މެކޭނިކަލް ޕާކިން ސިސްޓަމެއް މިއަދު ބަހައްޓަން ފަށައިފި އެވެ.

02 ފެބުރުއަރީ

February 02, 2017 9
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޕާކިންޒޯނެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޕާކިން ޒޯނެއް ފުރަތަމަ ފަހަރަށް ހައުސިން މިނިސްޓްރީން ހަދައިފި އެވެ.

05 ޖެނުއަރީ

January 05, 2017 27
"މެކޭނިކަލް ޕާކިން ސިސްޓަމް ޓެސްޓުކޮށްފި، ކާމިޔާބު"

ކާރު ޕާކް ކުރުމަށް ހާއްސަކޮށްގެން ވެލާނާގޭ ސަރަހައްދުގައި ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމް އިއްޔެ ޓެސްޓުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

21 ޑިސެމްބަރ

December 21, 2016 29
ފީ ދައްކައިގެން ޕާކުކުރާނެ ސަރަހައްދުތަކެއް ހަދަނީ

މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ބިލްޑިންގްތައް ހެދެންދެން ވެސް ޕާކުކުރުމުގެ މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި، ފީ ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.