ދުނިޔެ / ލީބިޔާ

ލީބިޔާގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

ލީބިޔާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަންގެ ވެރިޔާ އިމާދު އައްސައްޔާހް، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --އޭއެފްޕީ

08 ނޮވެމްބަރ 2021 - 11:51

2 comments

ލީބިޔާގައި ހިނގަމުން ދިޔަ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްހަ ގާއިމުކުރުމުގެ ގޮތުން އެ ގައުމުގައި އާ ސަރުކާރެއް އެކުލަވައިލުމުގެ ގޮތުން ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް، މިއަދު އިއުލާން ކޮށްފި އެވެ.

ލީބިޔާގައި ހަނގުރާމަ ކުރަމުން ދިޔަ ފަރާތްތަކާއި ލީބިޔާގެ ސިޔާސީ ޕާޓީތަކާ ދެމެދު، އދ.ގެ ބެލުމުގެ ދަށުން ބޭއްވި ބައްދަލުވުންތަކުގައި ނިންމާފައިވަނީ، ހަނގުރާމަ ހުއްޓާލައި، އާ ގާނޫނުއަސާސީއެއް އެކުލަވާލައި، މިއަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހު ރިއާސީ އިންތިހާބާއި އާންމު އިންތިހާބު ބޭއްވުމަށެވެ. ލީބިޔާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އިއްޔެ ބުނި ގޮތުގައި، ރިއާސީ އިންތިހާބާއި އާންމު އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވިފައި އޮންނާނެ އެވެ.

ލީބިޔާގެ އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވައިލުމާ އެކު، އެކަމަށް އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރެއްވީ، މިހާރު އޮތް ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު އަބްދުލް ހަމީދު އައްދުބައިބާ އެވެ. ނަމަވެސް، މިދިޔަ އަހަރު އޭނާ ވިދާޅުވެފައިވަނީ، މިއަހަރުގެ ޑިސެމްބަރު މަހު ބާއްވަން ހަމަޖެއްސި އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށެވެ.

ލީބިޔާގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު އަބްދުލް ހަމީދު އައްދުބައިބާ، އިނގިރޭސި ވިލާތުގެ ގެލަސްގޯގައި، މިމަހު 1 ގައި ފެށި އދ،ގެ ތިމާވެއްޓާ ބެހޭ މަހާސިންތާގައި

މިފަހަރުގެ އިންތިހާބުގައި، ރައީސް ކަމުގެ މަގާމަށް ވާދަކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ބޭފުޅުންނަކީ، އެ ގައުމުގެ އިރުމަތީ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުން އަންނަ ކުރީގެ ޖެނެރަލް ޚަލީފާ ހަފްތަރު އާއި، ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ އާއި، ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަގީލާ ސާލިހް އީސާ އާއި ކުރީގެ ދާހިލީ ވަޒީރު ފަތުހީ ބާޝްއާޣާ އެވެ.

ލީބިޔާގައި މިހާރު ވެރިކަން ކުރަމުން އަންނަނީ، އެގައުމުގައި ސުލްހަ ގާއިމުކުރުމަށް އދ. އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ލީބިޔާގެ ސިޔާސީ ފަރާތްތައް އެއްބަސްވެގެން އެކުލަވާލާފައި އޮތް އިންތިގާލީ ސަރުކާރަކުންނެވެ. ބޮޑުވަޒީރަކަށް ހުންނެވީ އަބްދުލްހަމީދު އައްދުބައިބާ އެވެ.

އިންތިގާލީ ސަރުކާރުގެ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް ލީބިޔާގެ ވެރިކަމާ ހަވާލުވީ، މިއަހަރުގެ ޑިސެމްބަރު މަހު އޮންނަ އިންތިހާބުގައި ވާދަ ނުކުރުމަށް ހުވައި ކުރައްވައިފަ އެވެ. ނަމަވެސް އިންތިގާލީ ބޮޑުވަޒީރުގެ ވިސްނުން މިހާރު ބަދަލުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ލީބިޔާގައި އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން ގާނޫނު ހަދާ މަޖިލީހުން، މިދިޔަ ސެޕްޓެމްބަރު މަހު އެކުލަވައިލި ގާނޫނުގެ ދެލިކޮޕީއަށް، ގިނަ ބަޔަކު ވަނީ ދެކޮޅު ހަދައިފަ އެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން އެ ގާނޫނަށް ދެކޮޅު ހެދީ، ލީބިޔާގައި އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން، އދ. އިން އިސްނަގައިގެން ބޭއްވި ބައްދަލުވުންތަކުގައި ކަނޑައެޅި ޝަރުތުތައް، އެގާނޫނުގައި ފުރިހަމަ ނުވާ ކަމަށް ބުނެ އެވެ.

އެ ބައްދަލުވުންތަކުގައި ކަނޑައަޅާފައި އޮތީ، ރިއާސީ އިންތިހާބާއި އާންމު އިންތިހާބުވެސް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބާއްވާށެވެ. ނަމަވެސް އެ ގާނޫނުގެ ފުރަތަމަ ދެލިކޮޕީގައި އޮތީ ޑިސެމްބަރު މަހުގެ ތެރޭގައި ރިއާސީ އިންތިހާބު ބާއްވާފައި، ޖެނުއަރީ މަހުގެ ފަހުކޮޅު އާންމު އިންތިހާބު ބޭއްވުމަށެވެ.

އިންތިހާބުތަކާ ބެހޭ ކޮމިޝަންގެ ރައީސް އިމާދު އައްސައްޔާހް ކުރިން ވިދާޅުވެފައިވަނީ، އާންމު އިންތިހާބު ބާއްވާނީ ރިއާސީ އިންތިހާބު ބާއްވާތާ 30 ދުވަސް ފަހުން ކަމަށެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވައިލި އިރު، ރިއާސީ އިންތިހާބަށް ކުރިމަތިލުމަށް ދީފައިވަނީ މިއަދުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އާންމު އިންތިހާބަށް ކުރިމަތިލުމަށް ދީފައިވަނީ، މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔަހުޔާ.

08 November 2021

ކޮންމެ މީހަކަށް ވެރިކަން ލިބުނަސް ތިއަތާގާ ހަނގުރާމައާ ލޭ އޮހޮރުވުންތައް ދެން ނުހުއްޓޭނެ. ގައްޒާފީ މަރާލާފަ ތިއޮތީ އިބިލީހުގެ ޑިމޮކްރަސީ ގެނެއްސަ. ލީބިޔާގެ ވެރިކަމަށް އެޖެންޓުން ތިބީ ނެރެފަ. މިސްރުގެ އެޖެންޓުން. ތުރުކީގެ އެޖެންޓުން. ސައުދީގެ އެޖެންޓުން. އިޒްރޭޅްގެ އެޖެންޓުން އެކަންވެސް ތިބީ. އުންމަތެއް ނެތް. ވަކިވަކިވެ ވިއްސި ވިހާލިވެއްޖެ.

The name is already taken The name is available. Register?

ގުލްޒާރު

08 November 2021

ތިޔަ އިންތިޚާބު ގެންދާނެކަމަށްބެލެވެނީ ޖެނެރަލް ޚަލީފާ ހަފްތަރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454