މިރޭގެ ރަސްމިއްޔާތުގައި ޒަމީރު ވާހަކަ ދައްކަވަނީ: ރާއްޖޭގައި އަލުން ހެލިކޮޕްޓަރު ދަތުރުތައް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވި-- ފޮޓޯޯ: ނިޝާން އަލީ
07 ޑިސެމްބަރ 2016 - 23:11
ރާއްޖޭގައި ކޮމާޝަލް ހެލިކޮޕްޓަރު ދަތުރުތައް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރުތައް ކުރި ނަމަވެސް މިހާރު އެ އުޅަނދު ދުއްވަނީ ހަމައެކަނި އެމްއެންޑީއެފުގެ އެކި އޮޕަރޭޝަންތަކުގަ އެވެ. އާއްމުކޮށް ސިފައިން ހެލިކޮޕްޓަރު ބޭނުން ކުރަނީ ރެސްކިއު އޮޕަރޭޝަންތަކަށާއި ބަލި މީހުން އުފުލުމަށެވެ.
ބައިނަލްއަގްވާމީ އަދި މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ސިވިލް އޭވިއޭޝަން އޮތޯރިޓީ އާ ހަވާލުވެ ހުންނެވި މިނިސްޓަރު ވިދާޅުވީ ވިޔަފާރީގެ ގޮތުން، ހެލިކޮޕްޓަރު ދަތުރުތައް ކުރުމަށް ހުއްދަ ދޭން ނިންމާފައިވާއިރު މިހާރު މަސައްކަތް ކުރަނީ އޭގެ ގަވައިދުތައް އިސްލާހު ކުރުމުގެ މަސައްކަތް ކަމަށެވެ.
އަދި މިދާ ބާރުމިނުގައި މި މަސައްކަތް ދާނަމަ، ހެލިކޮޕްޓަރުގެ ދަތުރުގެ ހިދުމަތް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބައެއް ބޭފުޅުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން ހިންގުމަށް މިހާރު ވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް އަންނަނީ ލިބެމުންނެވެ.
"ހެލިކޮޕްޓަރުގެ ދަތުރުތައް ރާއްޖެއަށް އަލެއް ނުވާނެ. އެމްއެންޑީއެފުން ވެސް އަންނަނީ، ހެލިކޮޕްޓަރު ބޭނުންކޮށްގެން އެމީހުންގެ އޮޕަރޭޝަންތައް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދަމުން،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފަދަ ބޮޑު ކަމެއް ރާއްޖޭގައި ފެށުމުގެ ކުރިން ސަލާމަތީ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށާއި މި ކަމަށް ހުއްދަ ދިނުމުގެ ކުރިން، ކުރީގެ ހެލިކޮޕްޓާ އޮޕަރޭޝަންތަކުގެ ޑޭޓާތަކާއި ސަލާމާތީ ކަންކަން ހުރިނެތް ގޮތް ބަލާނެ ކަމަށެވެ.
އަދި މިނިވަން އެސެސްމެންޓްތަކެއް ހަދައި، ސަލާމަތީގޮތުން އެކަމަށް އެންމެ މަތީ ފެންވަރުގެ ހުއްދަތައް ހޯދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހެލިކޮޕްޓަރުގެ އިތުރުން، ވައިގެ ދަތުުރުފަތުރާ ގުޅޭ ތަފާތު އެހެން ވައްތަރުގެ ހިދުމަތްތައް ވެސް ވަރަށް އަވަހަށް ދޭން ފަށާނެ ކަމަށް ޒަމީރު މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މަންފާ އިތުރު ކުރުމަށް ރެކްރިއޭޝަނަލް ހަރަކާތްތައް ފަދަ، ޖެނެރަލް އޭވިއޭޝަން އޮޕަރޭޝަންތަކާއި "ރޮޓަރީވިންގް" އެއާކްރާފްޓްތަކަށް ހުއްދަ ދެވޭނެ ގޮތަށް އޮޕަރޭޝަންސް ގަވައިދުތައް މިހާރު އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނޮނީމާ
08 December 2016
ތިވީގޮތުން އަހުރެމެންގެ ގޭގެ ކުރެހުން އަވަހަށް ބަދަލުކުރަންވީތާދޯ ޓެރަސް މަތީގަ ހެލިޕެޑެއް ހަދާގޮތަށް .
ޢަބްދުﷲނާފިޒު
08 December 2016
ލިޓްލްސިންގަޕޫރަށް ރާއްޖެ ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ދެއްތޮ..........ހީހީހީ
ޝަހާމު އިދްރީސް
08 December 2016
ދެން ހެލިކޮޕްޓަރ ދަތުރު ތަކަކީ ރާއްޖޭގައި މީގެ ކުރިން ވަރަށް ހިތި ތަޖްރިބާއެއް ކޮށްފައިވާ އެއްޗަކަށްވީއިރު، މިކަން އަލުން ފަށަން މިއުޅޭ ސަބަބެއް ނުވިސްނުނު. ކޮންމެ އަތޮޅެއްގައި ހެން އެބަ އެއަރޕޯޓެއް ހުޅުވާ. އަދި، ކޮންމެ އަތޮޅަކަށް ސީޕްލޭން އެބަ ދަތުރުކުރޭ. އެހެނެއްނޫން، ހެލިކޮޕްޓަރ ސަރވިސް އެއް ފެށިދާނެ ތަންކޮޅެއް މަތީފެންވަރުގެ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް. އެއީކީ ޢާންމުން ދަތުރުކުރަން ހުންނަ އެއްޗެއްނޫން. މިދެންނެވި ފެންވަރުގެ ފަތުރުވެރިން، ސީދާ އެއަރޕޯޓުން ދާނީ އެމީހުން ދާން ބޭނުންވާ ރިޒޯޓަށް. އެއީ ލަގްޒަރީ ހިދުމަތެއްގެ ގޮތުގައި ދެވޭހިދުމަތެއް. ސަލާމަތީ ކަންކަން ވަރަށް މަތީ ލެވެލް އެއަގައި ބަލަހައްޓަން ޖެހޭނެ.
މައިދާން
08 December 2016
ދެން އަޑު ބާރުކަމުން ގޮސް ކަންފަތް ފަޅައިގެން ދާވަރުވާނެ !
އަލީ
08 December 2016
މީގެ ކުރިން ގެނައި ރަޝިޔާގެ ބާ ހެލިކޮޕްޓަރުތައްވެސް ތަންތަނަށް ވެއްޓި ހުސްވީ. އަނެއްކާވެސް ބައެއްގެ ފުރާނަ ނުދާ ފެންވަރުގައި ތިޔަކަން ކުރެއްވިއްޔާ ރަގަޅު.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
08 December 2016
މަގެ ރާއްޖެ މާ. ކުޑަ ވެފަ ޗާލޭ. * : މެގަ ސްޕީޑް. * : ހޯވާ ކްރާފްޓް * : ހެލިކޮޕްޓަރ މީ މިރާއްޖޭގެ ދަތުރުފަތުރުގެ ވިޔަފާރީގައި ހިތި މާޒީ އެވެ. މާލޭ އަތޮޅު ރެސޯޓް ތަކާއި ، ދުރު ރެސޯޓް ތަކާއި އަޅުވާ ބަލާއިރު، { ޖޭ.ކޭ.އެލް } ކުރި ދިރާސާއިން ފެނި ދިޔަ ހަގީގަތަކީ ދުރު ރެސޯޓް ތަކާ އަޅުވާ ބަލާ ދެނެގަތް ހިސާބު ތަށް ދައްކަނީ ދުރު ރެސޯޓް އެއްގެ 1 އަހަރުގެ ނަފާ އާއި މާލޭ އަތޮޅުން ފަޅެއްގައި ރެސޯޓް ހަދާ ހިންގުމުން އަހަރެއްގެ މައްޗަށް 500 މިލިއަން ޑރ ނަފާ އިތުރުކަމަށެވެ. މި ދިރާސާގެ ހަގީގަތަކީ މާލޭ އޮތޮޅު ގިނަފަޅުތަށް ގަނެފައި ވަނީ ލަންކާ ކުންފުނިތަކުންނެވެ. ނޯޓް : ނާޒުކު ހުތޫރަތްތެރި ވަސީލަތް ބޭނުންކޮށް ފެށޭ ޒަމާނީ ދަތުރު ފަތުރު ނުރައްކަލުން އެކަހެރި ވެ ކުރެވޭނީވެސް ރެގިއުލޭޓް މުއްސަސާ ތަކު ތެރެއަށް ސިޔާސީ ދަޑި ދިގު އުދުޅި ނުބާނާ ނަމައެވެ. ބާނާ ނަމަ: ޖީ . އެމް . އާރު ތަޖުރިބާއަށް ވުރެ ހިތި ވާނެއެވެ. ހަމިން ބަރޑް ހެލިކޮޕްޓަރ ހާދިސާއަށް ވުރެ ހިތާމަވެރި ވާނެއެވެ. ތަހުޒީބީ ގައުމުތަކުގައި ކަން ކުރާ ބީދައިން ކޮށްފިނަމަ އިންތިހާއަށް ނަފާ ވާނެއެވެ. ޒަމީރުގެ ލޮމީރު ގަބޫލް ކުރާ ފަދައިން ކާމިޔާބުވެސް ވާނެއެވެ.
ޢަލީ
08 December 2016
އަނގައެއް އޮތީއާ ވާހަކަ ދެއްކޭނެ. ދެއުޅިއެއް ނުވިއަސް
ޒަމީރު
08 December 2016
ޙެލިކޮޕުޓަރު ބަދަލުގަ ބޮއްކުރާ ގެނެސް ގެން ފަލިޖަހަން ވީނު
ސުވަދީބު
08 December 2016
ވަރަށް ރަނގަޅު ނިންމުމެއް ކަމުގަައި ދެކެން. މިއާ ވިދިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި މާލޭ އެެއާޕޯޓާއި އެއްފެންވަރަށް ދެ އެއާޕޯޓު ހަދައި ބެޑު އިތުރު ކޮށްފިއްޔާމު ވަރަށް ސަޅިވާނެ
އަޑީބް އެންޑް ބަދީއް
08 December 2016
މިއަންނައަހަރު ހެލިކޮޕްޓަރު ދަތުރު ފަށާފައި ޖެހިގެން އަންނަ އަހަރު ރޭލުދަތުރުތައްވެސް ފަށާނެކަމަށް އުންމީދުކުރަން.