ބިދޭސީންތަކެއް ހިޔާ ފްލެޓުތައް ކައިރީގައި މަސައްކަތްކުރަނީ: މިނިމަމް ވޭޖުގެ ދަށުން ބިދޭސީންނަށް މުސާރަ ދޭކަށް ނުޖެހޭ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
10 ނޮވެމްބަރ 2021 - 18:59
ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑަނޭޅުމަކީ ހިއުމަން ޓްރެފިކިންގެ މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް ބުނެ، މިހާރު އިއުލާނުކޮށްފައިވާ މިނިމަމް ވޭޖު އިސްލާހުކުރަން ޖަމިއްޔާތަކުން މިއަދު ގޮވާލައިފި އެވެ.
ހަތަރު ޖަމިއްޔާއެއް ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ގައުމެއްގައި ހުންނަ ގަވައިދުތަކާއި ގާނޫނުތަކަކީ އެންމެންނަށް ވެސް ހަމަހަމަކޮށް އެއްވަރަކަށް ތަންފީޒުކުރެވޭ އެއްޗަކަށް ވާންޖެހޭ ކަމަށެވެ. އެހެންވެ، ރާއްޖޭގައި ކަނޑައަޅާ މިނިމަމް ވޭޖުގެ ނިޒާމުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ އެންމެން ހިމެނެން ޖެހުނަސް، ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ނުލިބުމަކީ އެ މީހުންނާ ދޭތެރޭ އޮންނަ ތަފާތުކުރުންތައް އިތުރުވެގެންދާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
"އެ މަސައްކަތްތެރިންގެ ހައްގުތައް ގެއްލި، އެ މީހުންނަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. އަދި ބިދޭސީންނަށް މިނިމަމް ވޭޖު ނުދިނުމަކީ ދިވެހި ރާއްޖޭގައި މިހާރު ވެސް އޮތް އިންސާނީ ވަގުފާރީގެ މައްސަލަ އިތުރަށް ގޯސްވެދާނެ ކަމެކެވެ. ބިދޭސީ މަސައްތެރިން މިނިމަމް ވޭޖެއްގެ ތެރޭގައި ނުހިމެނުމަކީ އޭގެ ނުސީދާ ގެއްލުން ދިވެހި މަސައްކަތްތެރިންނަށް ވެސް ލިބޭނެ ކަމެކެވެ،" މިޝަން ފޯ މައިގްރެންޓް ވޯކާސް އާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން ގުޅިގެން ނެރުނު ބަޔާނުގައިވެ އެވެ.
"މީގެ ސަބަބުން ވަޒީފާދޭ ފަރާތްތަކުން، މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ނުދިނުމުގެ މަގުސަދުގައި ކުޑަ މުސާރައަކަށް ބިދޭސީ މަސައްކަތްތެރިން ލައްވާ މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ އެވެ،"
ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖުތަކެއް ކަނޑައަޅައި، އެކަން މިދިޔަ ހޯމަ ދުވަހު ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. އޭގައިވާ ގޮތުން، އަންނަ ޖެނުއަރީ މަހުން ފެށިގެން ދިވެހި މުވައްޒަފުންނަށް އެންމެ ދަށް މުސާރައިގެ ގޮތުގައި ދެވޭނީ 4،500ރ. އެވެ.
ހަތަރު ކެޓަގަރީއަކުން މިނިމަމް ވޭޖުތަކެއް ކަނޑައެޅި ނަމަވެސް، ބިދޭސީންނަށް މުސާރަ ދޭއިރު އެއިން އެއްވެސް ކަމަކަށް ބަލާކަށް ނުޖެހޭނެ އެވެ.
ހަތަރު ޖަމިއްޔާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ މިނިމަމް ވޭޖެއްގެ ބޭނުމަކީ މަސައްކަތްތެރިން، މަސައްކަތްކުރާ ގައުމުގައި އަބުރުވެރިކޮށް ދިރިއުޅުވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ނާޒުކުކަމުގެ ވާހަކަތައް ބާރަށް ދެކެވޭ ދުވަސްވަރެއްގައި، މަސައްކަތްތެރިންނަށް ދިރިއުޅެވޭ ވަރުގެ އުޖޫރައެއް ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ. ދެކޮޅު ނުޖެހޭ މުސާރައެއް ނުލިބޭ މީހުންނަށް ދުޅަހެޔޮ، ތިމާވެއްޓާ ރައްޓެހި ވެއްޓެއްގައި ދިރިއުޅުމުގެ ވައްޓަފާޅިއެއް ބައްޓަންކުރަން ދަތިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، މަސައްކަތްތެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މިނިމަމް ވޭޖު އިސްލާހުކުރުމަށް އެދިފައިވެ އެވެ.
"މި ސިޔާސަތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމަށް ފުރިހަމަކުރަންޖެހޭ ގާނޫނީ ކަންކަން ފުރިހަމަކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. އަދި މި ގޮތުް ކަނޑައަޅާ އަދަދަކީ ދިވެހިރާއްޖޭގައި ދިރިއުޅެވޭ ވަރުގެ އުޖޫރައެއް ނުވަތަ ލިވަބަލް ވޭޖެއްކަން ޔަގީންކޮށް އެންމެހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމަރިއްޔާ މާރިދު
11 November 2021
ބަލަ ބިދޭސީން މުސާރަ ކަނޑައަޅަނީ އެމީހުން މިތަނަށް އައުމުގެ ކުރީންނޭ. މިނިމަމް ވޭޖް އަށް ވުރެމަތިންނޭ އެމީހުން އަންނަން އެއްބަސް ވަނީ. ކީކޭ ކިޔަންތަ ތިއުޅެނީ؟ މިތާގަ އުޅޭތަ 100 ޑޮލަރަށް މަސައްކަތް ކުރާ ބަޔަކު. ޒިކުރާ މިސްކިތް ކާރިއަށްގޮސް ބަލާބަ މިތާ ވަގަށް އުޅޭ ބިދޭސީން ކިޔާ އަގު އަންދާޒާކޮށްލަން.
ދޮން ސަންޕާ
11 November 2021
އަސްލު ދިވެހީންނަކީ ކޮބާ؟؟؟މިނިވަން ވޭޖުގެ ދަށުން ބިދޭސީންނަށް މުސާރަދޭކަށް ނުޖެހޭ ކޮންދުވަހެއް އެބޭފުޅުންނަށް ވިސާ ވެސް ދޭކަށް ނުޖެހޭ. ޖީ އެސްޓީ އަދި މީރާ ބަޔަންތަށް ވެސް ހުށައަޅަކަށް ނުޖެހޭ. ސާބަސް ފައްޔާޒޒުޒު
ޓޫނާ އިފެކްޓް
11 November 2021
ކޮމެންޓްތަކުން ދިވެހިންގެ ވިސްނުމާ އުސޫލެއް ނެތްކަން ފެނޭ. ބިދޭސީންގެ މުސާރަ ދަށްކުރީމާ ދިވެހިންނަށް ވަޒީފާ ރަބގަޅުވާނެޔޮ!! ތިމާމެންބަށް ހައްގު މުސާރަ ދިނަސް އެހެން އިންސާނުންބަށް ދޭންވާނީ ކުޑަކޮށޯ!! މިހާރުވެސް ދިވެހިންނަށް ވުރެ ބޮޑު މުސާރަދީފާ ބޭރުމީހުން ގެނެސްގެން ފައިދާ ނަގަނީއޯ؟ ބޭރުމީހުނަށް ބޮޑު ޚަރަދުކުރަން ޖެހުމަކީ ދިވެހި މަސައްކަތު މީހުނަށް ފުރުސޮތު ކުޑަވުމޯ!!؟؟ އަމިއްލަ އެދުމާހުރެ އަޚްލާގާ އާމްދަނީވެސް ނުވިސްނޭ!!
ކެނެޑާ ބޮޑު ވަޒީރު
11 November 2021
އަދި ނުދެކެން ތިހާ ހަމަލަމަ ގެއްލިފަވާ ކޮމެންޓެއް ކުރި މީހަކު. ކޮންމެ ގައުމެއްގައި ވެސް އިސްކަންދެނީ އެގައުމެއްގެ ރައްޔިތުންނަށް. މިއީ ކެނެޑާއެއް ނޫން.
ބަންގާޅު
13 November 2021
މި ކޮމެންޓް ކުރީ ބަންގާޅީ އަކާ ހާދަ ވައްތަރު މީހެކެވެ. ދިވެހިންގެ ލޭ ބޮނީ ބަންގާޅު މީހުން. ހުރިހާ ވިޔަފާރި އަކަށް އަތް ގަދަކޮށް، ވޯރާ ވިޔަފާރި ވެރިން ނާއި ތަފާތެއް ނެތް. މިޤައުމުގެ ވެރިޔަކަށް އިބްރާހިމް ނާސިރެއް ބޭނުންވޭ
ޛބގ up ވތވ
11 November 2021
ކިހާބޮޑު ކަމެއް ދެން. ބިދޭސީންގެ ހިއުމަންޓްރެފިކިން ރަނގަޅު ކުރަންދިވެހިމީހާ ބަނޑަށްޖެހުނަސްހެޔޮދޯ
ދޮން ސަންޕާ
11 November 2021
އާން. ތީ އަސްލު ދިވެޙިން ނެއްނޫން. އެއީ ވވާ ގޮތަކީ
ހީލަތްތެރި މަކަރުވެރިޔާ
11 November 2021
މީވާ ހަދަހާ ތަނެއްދޮރެއް ނެނގޭ ޖަމިއްޔާތަކެކޭ! ބިދޭސީއަކު ލާހިކު ކުޅަދާނައެއް ނޫން 200 ޑޮލަރަށްވުރެ ދަށުން ހޯދާކަށް މިހާރު. ނުވެސް އަންނާނެ. 200 ޑޮލަރު އެއީ 3084 ރުފިޔާ ކޮއްތު 1500 ރުފިޔާ އެވީ 4584 ރުފިޔާ. ބޮޑުއެވީ މިނިމަމް ވޭޖަށްވުރެ! އަދި ކޮބާ ހުރުމުގެ ޚަރަދު، ވިސާ ފީ، ޑިޕޮސިޓް، ބޭސް ފަރުވާ، ޕޮކެޓްމަނީ، އޯޓީ ؟ ތިޔައީ ތެދު ނިޔަތެއް އޮވެ ދައްކާ ވާހަކައެއް ނޫން. މަޓީ ފަރާތުން ބޯޑުގައި ކުރީ އެމަސައްކަތޭ. ދެން ވިސްނާލާ.
ނުބައިބައި ޖަމިއްޔާތައް
11 November 2021
ދިވެހީންނަށް ވަޒީފާ ނުލިބޭ މައްސަލަތަކުގައި މި ޖަމިއްޔާތަކުން ތެދުނުވެވޭ ސަބަބެއް ވެސް ބުނެލަން ރަނގަޅު. ތިފެންނަނީ ހިއުމަން ޓްރެފިކިންގ ގެ ބޮޑެތި ފަލަ ޖީބުތައް ތެދުވާތަން.
ނިޔަތް ނުބައި ޖަމިއްޔާތައް
11 November 2021
ޖަމިއްޔާތަކުން ތިޔަ ދައްކަނީ ހާދަ ތާކުން ތާކުން ނުޖެހޭ ވާހަކައެކެ!. ޖަމިއްޔާތަކުން ތިއަށްވުރެ ރަނގަޅުވާނެ ބިދޭސީން މަދުކޮށް ދިވެހީން ވަޒީފާތަކަށް ބަދަލުކުރުމާއި ބެހޭގޮތުން ލަފާ ދޭނަމަ. ދިވެހީންގެ ހީވަގި މަސައްކަތުގެ ފައުޖެއް ބިނާކުރެވޭނެ ގޮތްތަކާއި ހުރި މައްސަލަތަކާއި ގޮންޖެހުންތައް ދިރާސާކޮށް ހާމަކޮށް އެކަންކަން ކުޑަކުރެވޭނެ ގޮތުގެ ލަފާދިނަސް. ހެޔޮ ނިޔަތަކާއި އެކު ޖެއްސުން ނޫން ބިނާކުރަނިވި ވާހަކަ ޖަމިއްޔާތަކުން ދައްކަން ޖެހޭ.
އަބުހަރީ
11 November 2021
ބިދޭސީން ބޭރުކުރޭ ގައުމުގެ މިނިވަންކަން ގެއްލެނީ
އަލީ
11 November 2021
ދުނިޔޭގައި އެންމެބާރަށް ކުރިއަރަމުންދާ ޤައުމުތައް ބަލާލާ, މިސާލަކަށް ޔޫ އޭ އީ, މިހާރުވެސް ބިދޭސީންނަށް ދޭންޖެހޭ މިނިމަމް އުޖޫރައެއް ތަންފީޒްކުރާކަށެއް ލާޒިމެއް ނޫން އަދި މިހާރުވެސް އެއް ވަޒީފާއެއް އަދާކުރާއިރުވެސް އަދި މީގެ އަހަރުތަކެއް ކުރިންވެސް ޤައުމުގެ އަހުލުވެރިންނަށް ދެވޭ މުސާރަ ވަރަށް ބޮޑުތަނުން ތަފާތު. މިފަދަ ޖަމްއިއްޔާތަކުގެ މީހުނަށް އެމީހުންގެ އާމްދަނީ ލިބެނީ (އާންމުގޮތެއްގައި ބޭރުގެ ޖަމްޢިއްޔާތަކުން ލިބޭ އެހީގެ ތެރެއިން ބޮޑުބައެއް މުސާރައިގެ ގޮތުގައި ނަގައިގެން ) މިފަދަ ރިޕޯޓްތައް ލިޔެގެން. ނުލިޔާނަމަ އާމްދަނީއެއް ނުލިބޭނެ. ދާއިމީ ވަޒީފާއެއް އަދާނުކޮށް ދިރިއުލަން ފަސޭހަގޮތެއްތާ
ބިލް ކުލިންޓަން.
10 November 2021
މީ ދިވެހިންކަރަށް އެއްލި މަޅިއެއް.