ރިޕޯޓް / ޖުމްހޫރީ ދުވަސް

ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްލީ 48 ގަޑިއިރުން

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ވޯޓެއް ނަގަން ބޭނުންވާ ކަމަށް ރައްޔިތުން ގާތު ބުނިތާ 48 ގަޑިއިރު ތެރޭ ވޯޓު ނަގައި ނަތީޖާ އިއުލާނުކޮށް ހުރިހާ ކަމެއް ނިންމި

މުހައްމަދު އަމީން ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތުގައި

ނާދީ ތަމައްދުން ފުރިބާރުވެއްޖެ އެވެ. ރާއްޖޭގެ ވެރިކަން ހިންގާނެ ނިޒާމެއް ނުވަތަ އުސޫލެއް ހަމަޖެއްސުމުގައި ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ވޯޓެއް ނަގަން ނިންމިކަން އެންގުމަށް އެއްކޮށްފައި ތިބީ އެ ވަގުތު މާލޭގައި ތިބި ރާއްޖޭގެ އެހެން ރަށްރަށުގެ އެންމެންނެވެ. މި ވޯޓު ނެގުން ދެ ދުވަހެއް ފަހުން އޮންނާނެކަން އެންގެވި އެވެ.

ހަމަ އެ ދުވަހު ހަވީރު 4:00 އަށް މާލޭ ހަތަރު އަވަށުގެ ފިރިހެނުން ހެންވޭރު ބޯޅަދަނޑަށް އެއްކުރައްވައި މި އެންގެވުން އެންގެވި އެވެ. އެއީ ރަޖަބް 19، 1371 އެވެ. މީލާދީ ތާރީހުން ނަމަ އޭޕްރީލް 14، 1952 އެވެ.

މި ވޯޓުގެ ވާހަކަ ދައްކަން ޖެހުނީ އޭރު "އިންތިގާލީ ވެރިޔަކަށް" ހުންނެވި އަމީން ދީދީ ރާއްޖޭގެ ރައީސް ކަމަށް ގެންނަން ފެށި މަސައްކަތާ އެކުގަ އެވެ.

ރަސްގެފާނު އައްސުލްތާން ހަސަން ނޫރައްދީން (ދެ ވަނަ) އާއި އޭރުގެ ބޮޑުވަޒީރު އަލް އަމީރު މުހައްމަދު ފަރީދު އޭޕްރީލް 7، 1943 ގައި އެއްފަހަރާ އިސްތިއުފާ ދެއްވުމުން ތަޚުތު ހުސްވެ ގާނޫނީ ހުސްކަމެއް އަ އެވެ. މި ހުސްކަން ނިމުމަކަށް ގެންނަން "ވަލީ ކޮމިޓީ" އެއް ހަދައި އޭޕްރީލް 11، 1943 ގައި ރަސްކަމަށް ސުމުއްވުލް އަމީރު އަލްހާއްޖަ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އިސްކުރި އެވެ. އޭރު އެ މަނިކުފާނު ހުންނެވީ ރާއްޖޭން ބޭރުގަ އެވެ. މި ސަބަބާ ހެދި ރަސްމީކޮށް ރަސްކަން ހުސްކޮށް އޮތީ އެވެ. ދެން މަސައްކަތްފެށީ ގައުމުގެ ކަންކަން ހިންގަވަމުން ގެންދެވި މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާ ވެރިކަން ހަވާލުކުރާށެވެ. އެކަމަކު އެ މަނިކުފާނުގެ ޝަރުތަކަށްވީ މިކަން ރައްޔިތުންގެ މަޖިލީހުން ނިންމައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމެއް ކަނޑައަޅާށެވެ.

ޖުމްހޫރީ ދުވަހު ރައީސް މުހައްމަދު އަމީން މުލީއާގެއަށް ވަޑައިގަންނަވަނީ. އަމީންގެ ފަހަތްޕުޅުގައި އެ ހުންނެވީ އިނގިރޭސި ހައި ކޮމިޝަނަރު ހެނކިންސަން. -- ފޮޓޯ: ނެޝަނަލް އާކައިވް

ހުށަހެޅުމަކަށް އޮތީ ވިރާސީ ރަސްކަމެއްތޯ، އިންތިހާބީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރިއްޔަތެއްތޯ އެވެ. ރައީސް ކަމަށް މުހައްމަދު އަމީން އަދި ނައިބަކަށް އިބްރާހިމް މުހައްމަދު ދީދީ ހުންނަން ފެނޭތޯ އެވެ.

އަމީން ވިދާޅުވީ ރަސްކަމެކޭ!

"އެކި ކަންކަން ހިނގާ ގޮތް" ޔައުމިއްޔާކޮށްފައިވާ ލިޔުންތަކުގައި، ބޯޅަދަނޑަށް ރައްޔިތުން އެއްކުރައްވައި ޖުމްހޫރީ ވެރިކަން މުހިންމު ކަމުގެ ވާހަކަ ދެއްކެވި ގޮތް ހުލާސާކޮށްފައިވެ އެވެ.

"އެންމެ ފުރަތަމަ ވާހަކަދެއްކެވީ ސުމުއްވުލްއަމީރް މުހައްމަދު އަމީން އެވެ. ރައްޔިތުންނަށް އޭނާ އަނެއްކާވެސް ބަޔާންކޮށްދެއްވީ މިކަމުގައި އޭނާގެ އެދުންފުޅު އޮތް ގޮތާއި، ކުރިން ހަމަޖެހިވަޑައިގެން ހުންނެވި ގޮތެވެ. އާދެ! އޭނާގެ ގޮތަކީ ރަސްކަމެކެވެ. ނަމަވެސް އަލްއަމީރް މުހައްމަދު އަމީންގެ ވާހަކަ ދެއްކެވުން ނިންމާލެއްވީ، ކަން ދިމާވި އެތައް ގޮތަކުން، ރައްޔިތުންގެ އެދުމުގެ މަތިން، މިތަން ޖުމްހޫރިއްޔަތަކަށް އަނބުރާލުމަށް ޟަރޫރަތްތެރިކަން ނިޔާކޮށްފި ކަމުގައި ދެކެވަޑައިގަތުމަށް ފަހުގަ އެވެ."

ލިޔުންތަކުން ފެންނަން ހުރި ގޮތުގައި އަމީން ދީދީ އަށް ފަހު ދެން ވާހަކަ ދެއްކެވީ ސުމުއްވުލް އަމީރް އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ.

"އެ ކިލެގެފާނުންގެ ހިތްޕުޅުގައި ވެސް ރަސްކަމަށް ދެއްވާފައިވާ ގަދަރާއި އިއްޒަތް ބޮޑެވެ. ނަމަވެސް ދިވެހި ގައުމުގެ މަސްލަހަތަށް މި ހިނދަށް ނިޔާކުރި ކަމަށް، އެ ކިލެގެފާނު ވެސް ދެކެވަޑައިގަންނަވަނީ، މިތަން ޖުމްހޫރިއްޔަތަކަށް ފިރުމާލުމަށެވެ."

އުއްތަމަ ފަނޑިޔާރު ވާހަކަ ދައްކަވަން ފެއްޓެވި އިރު "ރަހްމަތުގެ ވާރޭ" ވެހެމުން ދިޔަ ކަމަށް ލިޔެފައިވެ އެވެ. އެ މަނިކުފާނު ވިދާޅުވީ ޖުމްހޫރީ ވެރިކަމަކަށް ލާޒިމްވެއްޖެ ކަމަށެވެ.

މަގްބޫލް ހެކިތައް ދައްކަމުން އޭނާ ވެސް ބުރަވެވަޑައިގަތީ ޖުމްހޫރިއްޔަތަކަށެވެ. އެންމެ މުހިންމު ސަބަބަކީ، ސުމުއްވުލް އަމީރް މުހައްމަދު އަމީނަށް މިތާގެ ރަސްކަން ގަބޫލުފުޅުކުރެއްވެން ނެތްކަމެވެ. ދިވެހި ރައްޔިތުންނަށް އެ ނޫން އިސް ވެރިޔަކު ގަބޫލުކުރެވެން ނެތްކަމެވެ.

އޭގެ ފަހުން ވާހަކަ ދެއްކެވީ އިބްރާހިމް މުހައްމަދު ދީދީ އެވެ.

"މަގްބޫލް ހެކިތައް ދައްކަމުން އޭނާ ވެސް ބުރަވެވަޑައިގަތީ ޖުމްހޫރިއްޔަތަކަށެވެ. އެންމެ މުހިންމު ސަބަބަކީ، ސުމުއްވުލް އަމީރް މުހައްމަދު އަމީނަށް މިތާގެ ރަސްކަން ގަބޫލުފުޅުކުރެއްވެން ނެތްކަމެވެ. ދިވެހި ރައްޔިތުންނަށް އެ ނޫން އިސް ވެރިޔަކު ގަބޫލުކުރެވެން ނެތްކަމެވެ." އިބްރާހިމް ދީދީއާ ހަވާލާދީ ލިޔެފައިވެ އެވެ.

މީގެ ފަހުން އިބްރާހިމް ޝިހާބް ތެދުވެވަޑައިގެން ކުރިން ވާހަކަ ދެއްކެވި ބޭފުޅުންނަށް ތާއީދުކުރެއްވި އެވެ.

އަނެއް ދުވަހު މާލޭ ހަތަރު އަވަށުގެ އަންހެނުން ހެންވޭރު ބޯޅަދަނޑަށް އެއްކުރައްވައި ހަމަ މި މޭރުމުން ވާހަކަ ދެއްކެވި އެވެ. އެ ރޭ ވާހަކަ ދެއްކެވީ މުހައްމަދު އަމީނާއި އައްނަބީލާ އައިމިނަތު ހުސައިން އެވެ.

ހަމަ ދުވަހުން ދުވަހަށް، ވަޒީރުލް އައުޒަމް މުހައްމަދު އަމީންގެ އަމުރަށް، ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައި، ވެރިކަން ހިންގާނޭ އުސޫލެއް ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓެއް ނަގަން ފާސްކުރި އެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއްގައި އަންހެނުން ބައިވެރިވި ފުރަތަމަ ޖަލްސާ ވެސްމެ އެވެ. އެ ޝަރަފް ލިބިވަޑައިގަތީ އައްނަބީލާ އައިމިނަތު ހުސައިން އާއި ފާތިމަތު އިބްރާހިމް ދީދީއަށާއި ފާތިމަތު ސައީދަށެވެ.

ދެ ދުވަސް ފަހުން ވޯޓާއި ނަތީޖާ

ވެރިކަން ހިންގާ ގޮތް ބަދަލުކުރަން ވޯޓު ނަގަން ނިންމިކަން އިއުލާނުކުރިތާ ދެ ދުވަސް ފަހުން ރަޖަބް މަހުގެ 21 ވަނަ ދުވަހު ވޯޓް ނަގަން ހާއްސަ މަޖިލީހުން ނިންމީ އެވެ. އެއާ އެކު މުޅި މާލެތެރެއިން އިވެން ފެށީ އޭރު އޮތް ހަމައެކަނި ސިޔާސީ ޕާޓީ ކަމަށްވާ މުތަގައްދިމް ޕާޓީގެ ލަވަ އާއި އެހެން ބައެއް ލަވަތަކުގެ އަޑެވެ.

ކުލަކުލައިގެ ދިދަތައް ހިފައިގެން މާލެ ތެރޭ މީހުން ހިނގާލުންތަކާއި ބައިސްކަލް ބުރުތައް ޖަހަން ފެށީ އެވެ. މާލޭ ރައްޔިތުންނާއި ރަށްރަށުން މާލެ އައިސް ތިބި މީހުން ވެސް މިކަމުގައި ބައިވެރިވެ އެއްބައިވަންތަކަން ދައްކަމުން ދިޔައިރު ޖުމްހޫރީ ވެރިކަމެއް ބޭނުންވެ އެކަމުގެ ޖޯޝު، ރަށްރަށުން އައިސް ތިބި މީހުންގެ ފަރާތުން މާބޮޑަށް ފެނުނު ކަމަށް ވެސް ލިޔެފައި އެބަ އޮތެވެ.

ނާދީ ތަމައްދުންގައި މާލޭ މީހުންނާއި އެކި އަތޮޅުތަކުގެ މީހުންނަށް ވޯޓު ފޮށި ބަހައްޓާފައި ހުއްޓެވެ. މެންދުރު ކުރީގައި ވޯޓު ލައި ނިމިއްޖެ އެވެ.

ނަތީޖާ އިއުލާނުކުރުމުގެ ބޮޑު ރަސްމިއްޔާތު

މިއީ ރަޖަބް މަހުގެ 22 ވީ ހުކުރު ދުވަހެވެ. ހަވީރު ހަތަރެއް ޖެހި އިރު މާލޭ އެންމެންގެ މިސްރާބު ހުރީ ހެންވޭރު ބޯޅަކުޅޭ ވިނަގަނޑަށެވެ.

"ބޯޅަ ކުޅޭ ބިމޭތޯ އެވެ؟ އެތަން ތައްޔާރުކުރެވިފައި އޮތީ މީގެ ކުރީގައި ދުވަހަކު ވެސް ނުފެންނަ ގޮތެއްގެމަތިންނެވެ."

އަންހެނުންނާއި ފިރިހެނުންނަށް ހާއްސަކޮށް ބައިބަޔަށް ގޮނޑި ޖަހައި ތަނުގެ އިންތިޒާމްގައި ގާލް ގައިޑުން އުޅެ އެވެ. ސިފައިންގެ ބޭކަލުން ޖަހަމުން ދިޔަ ބޭނުގެ އަޑު ކެނޑި އަތްތިލަބަޑީގެ އަޑުން މުޅި ތަން ގުގުމައިގެން ދިޔައީ "ދިވެހި ގައުމުގެ ލޮބުވެތި ޒައީމް. ސުމުއްވުލް އަމީރް މުހައްމަދު އަމީން" ވަޑައިގަތުމާ އެކުގަ އެވެ. އެ މަނިކުފާނުގެ ވަޑައިގެން ސްޓޭޖުގައި ހާއްސަކޮށްފައިވާ ގޮނޑިކޮޅުގައި އިށީނދެވަޑައިގަތުމާ އެކު މުތަގައްދިމް ޕާޓީގެ ލަވަ ފެށި އެވެ.

ސްޓޭޖްގެ އެންމެ ކުރީގައި މުހައްމަދު އަމީނާ އެކު އަރިހުގައި އިންނެވީ ސުުމުއްވުލް އަމީރް އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި އައްޝައިޚް އަބްދުﷲ ޖަލާލުއްދީނާއި އިބްރާހިމް މުހައްމަދު ދީދީ އެވެ. ދެން ތިއްބެވީ ޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނާއި ކާންނާކަލޭގެފާނާއި އިބްރާހިމް ޝިހާބެވެ. އެއީ ރަސްމިއްޔާތުގެ އެކި ކަންކަމާ ހަވާލު ތިއްބެވި ބޭފުޅުންނެވެ.

ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ފުރަތަމަ ނެގި ވޯޓްގައި، މާލޭގެ އަންހެނުންނާއި ފިރިހެނުންގެ ވޯޓުގެ ނަތީޖާ

ދެން އުއްތަމަ ފަނޑިޔާރު ތެދުވެވަޑައިގެންފި އެވެ. ރައްޔިތުން އެއްކުރެވުނީ ވެރިކަން ބާއްވާނެ "އުސޫލެއް" ބަލަން ނެގި ރައްޔިތުންގެ އާންމު ވޯޓުގެ ނަތީޖާ އިއުލާނުކުރުމަށް ކަމަށް ވިދާޅުވެ ތައާރަފެއް ދެއްވި އެވެ. ފަނޑިޔާރު މަނިކުފާނުގެ އަމުރުފުޅަށް އިބްރާހިމް ޝިހާބް "އަޑު ބޮޑުކުރާ" ގެ ޒަރިއްޔާ އިން، ތާރީޚީ ވޯޓުގެ ތާރީޚީ ނަތީޖާ އިއުލާނުކުރެއްވި އެވެ. 99 ޕަސެންޓުގެ ތާއީދާ އެކު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރަން ފާސްވީ އެވެ.

ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ފުރަތަމަ ނެގި ވޯޓްގައި، މާލޭގައި ތިބި ރަށްރަށުގެ މީހުންގެ ވޯޓުގެ ނަތީޖާ

އަމީންގެ މި ތާރީހީ ވެރިކަން ފެށުނީ ޖެނުއަރީ 1، 1953 ގަ އެވެ. އެއީ ރާއްޖޭގައި ފުރަތަމަ ޖުމްހޫރީ ވެރިކަމުގެ ފެށުމެވެ. އެކަމަކު މި ވެރިކަމަށް އަހަރު ނުވަނީސް ވައްޓާލައި އަނެއްކާވެސް ރަސްކަމަކަށް މާޗް 7، 1954 ގައި ރާއްޖެ ބަދަލުވި އެވެ. ރަސްކަމަށް އިސްކުރެއްވީ މުހައްމަދު ފަރީދުލްއައްވަލް އެވެ.

މިހާރު މި ފާހަގަކުރާ ޖުމްހޫރީ ދުވަސް ގުނަން ފެށުނު ތާރީހަކީ މުހައްމަދު ފަރީދުގެ ރަސްކަމަށް ފަހު އެކުލަވާލި ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމަކީ ޖުމްހޫރިއްޔަތެއް ކަމަށް ކަނޑައަޅައި އޭގެ ދަށުން ރައީސްކަމަށް އިންތިހާބުކުރި އިބްރާހިމް ނާސިރު މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށި ދުވަހެވެ. އެއީ ނޮވެމްބަރު 11، 1968 އެވެ. މިއަދަށް އޭގެ ފަހުން 53 އަހަރެވެ. ފުރަތަމަ ޖުމްހޫރީ ވެރިކަމުން ގުނާ ނަމަ 68 އަހަރާއި 10 މަސް ވެއްޖެ އެވެ.

19 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިބިރިންބެއްޔަަގެ ކުޑަސޮރު

11 November 2021

މިހާރު ދިވެހިންގެ އަރުތެރޭގާލަމުންދަނީ "ޖުމްހޫރޫމޭވާ"ގެ ހިތިރަހަ.

The name is already taken The name is available. Register?

ހަޤީޤަތުނާމާ

11 November 2021

ތާރީހަކީ ލިޔާ މީހާ އަށް ފެންނަ ގޮތަކަށް ލިޔާ އެއްޗެއް. ނޫހުގައި ކޮމެންޓްކޮށްފައި ހުންނަނީ ހަޤީޤަތުގެ މައްޗަކަށް ނޫން. އެއީ ކޮމެންޓް ކުރާ މީހެއްގެ ވިސްނުމާ ޖަޒްބާތުގެ މައްޗަށް ކުރާ ކޮމެންޓެއް. ހިޓްލަރ 6 މިލިއަން ޔަހޫދީން މަރާލި ކަމަށާއި ދުނިޔެއަކީ ސާލެއްގެ ގޮތުގައި ފެތުރިފައިވާ އެއްޗެއް ކަމަށް ޤަބޫލު ކުރާ މީހުން އެބަތިބި. އެހުންނަނީ މައްސަލައެއް ނޫން. ކޮންމެ މީހަކީ ވަކި ބުއްދިއެއްގެ ވެރިއެއް. ދަސްކުރަންވީ ޕީސްފުލް ކޮއެގްޒިޒްޓަންސް.

The name is already taken The name is available. Register?

ރިޔާޒު ރަށީދު

11 November 2021

މިއީ ތާރީހް ދުށް އަނިޔާވެރިޔެއް

The name is already taken The name is available. Register?

އަބޫބަކުރު ބަގުދާދީ.

11 November 2021

މިއަދުގެ ފުއާދުބޭމެންނަށް، ކުރިއަރާފައިވާ ޓެކްނޮލޮޖީއާއެކު ތިންދުވަހުން އިންތިޚާބެއްބޭއްވުމަށް ނިންމާ ތައްޔާރުވެ ވޯޓުލާ ނަތީޖާނެރުން 3 ދުވަހުން ނިންމާލެވިދާނެބާ؟

The name is already taken The name is available. Register?

ގަދަހަސަނު

11 November 2021

އަމީނު ފުރަތަމަ ބޭނުންވީ ރަސްކަލަކަށްވާން. މިއަދުވެސް ތަމްސީލުވަމުންދަނީ ހަމައެފަދަ މަންޒަރެއް. ފުރަތަމަ އެރީ ރައީސްކަމަށް. ދެންއެއަށްފަހު ރައްޔިތުންނުކުމެ ވެރިކަމުން ބޭލީ. މިހާރު އެހިފަނީ ބޮޑުވަޒީރުކަމާ. ބޮޑުވަޒީރުކަން ލިބިއްޖިއްޔާ ދެން ދައުވާކުރާނީ ރަސްކަމަށް.

The name is already taken The name is available. Register?

ސިމްޕަލް

11 November 2021

މިފަދަ ކޮންމެ ތާރީޚީ މައުލޫމާތު ގެނެސްދޭ ލިޔުމަކުން ހާމަވަނީ، މިގައުމުގެ ވެރިން ދެކޭގޮތުގައި "ދިވެހި ރައްޔަތުންނަކީ" މާލޭގައި ދިރިއުޅޭ ދިވެހިން އެކަނިކަން. ވެރިކަން ހިންގާނޭ އުސޫލެއް ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓެއް ނަގަން ފާސްކޮށް އެކަން މިނިންމާލީ 48 ގަޑިއިރު ތެރޭގައި. ކަންނިމިގެން ދިޔައިރު މާލޭ ނޫން އެހެން ރަށްތަކުގައި ދިރިއުޅޭ ދިވެހިންނަށް ހިލަމެއްވެސް ނުވާނެ.

The name is already taken The name is available. Register?

ޕިމްޕަލް

11 November 2021

އެއީ އިހުގައި ކަން ހިނގި ގޮތް. ފަހުން އެހެންނެއް ނޫން ކަން ހިނގާފައި ހުރީ. ކޮންމެ ކަމެއްވެސް ފެށިގެން އަންނައިރު އެހާ ފުރިހަމައެއްނުވާނެ.

The name is already taken The name is available. Register?

ކިނބޫ

13 November 2021

ރިޔާސީ ނިޒާމު ކަނޑައަޅަން ވޯޓުލާން އުމުރު ހަމަނުވި ޅަކުދިންނަށް ތިހެން ހީވެދާނެ.

The name is already taken The name is available. Register?

ސީޒަން ޖެކުހަން

11 November 2021

ޑިމޮކުރަސީއަކީ މިގައުމުގާ އަމީނު އެޅުވި ފަންޏެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 November 2021

ކިޔަވަން ބޮމްބޭގައި ބެހެއްޓުމުން ނުކިޔަވާ ޖެހީ ސަކަރާތްކަމަށް އޭނާ އަމިއްލަ އިއުތިރާފު ލިއުންތަކުގައިއެބަހުރި. # ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރައްޔިތުން ބަނޑަށް މަރުވަމުންދިޔައިރު ޙަޒާނާ ހުސްކުރީ ނާދީ ހެދުމަށް. އޭގެ ތެރެއިން ހިތްޕުޅާވެގެންއުޅުނު މާލޭ 3 އަންހެނެއްގެގެ ގަނޑުވަރުތަކެއް ފަދައިން ހަދާފައި އެބަހުރި. # ވެރިކަމުގައިހުރެ އަމިއްލައަށް ދައުވާކޮށް، ތަޙްޤީގުކޮށް، ޝަރީއަތްކޮށް ނިކަމެތި ބަޔަކު މަރަން ހުކުމްކޮށް ތަންފީޒު ކޮށްފައި ނުވޭތޯ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 November 2021

ލިޔެ ފެންނާންހުރި "ދިވެހިތާރީޙަކީ، ދޮގާއި، މަކަރާއި، ހީލަތުގެ ވާހަކަތަކަކުން ފުރިފައިވާ" އަސްލެއްނެތް ފުލޯކް ވާހަކަތަކެއް. # ތާރީޙީ ބައެއް ލިއުން ތަކުން ފެންނާންހުރީ 37 ހާސް ވޯޓް ނުވަތަ އެއާއި ގާތްކުރާ އަދަދަކަށް އެދުވަހު ވޯޓް ލާފައިވާ ކަމަށް؟! 36986 ނުވަތަ 37 މީހުންގެ އާބާދީ ހޯދީ އަދި އެއާބާދީގެ އެންމެންގެ ވޯޓް ހޯދަން ރަށްރަށަށް ދުއްވީ ކޮން ބޯޓެއްތޯ؟ ނުވަތަ ސިލޯނުގައިހުންނަ އިޤިރޭސި ވަޔަލެސް އޮފީސް މެދުވެރިކޮށް އެރަށްރަށަށް ނަތީޖާ ހޯދަން ގުޅީތޯ؟

The name is already taken The name is available. Register?

އަތިރީގޭ ބޮޑު ޑިކްޓޭޓަރު

11 November 2021

އަމީން މަރާލީ އޭނަ ދުންފަތް އެތެރެކުރުން ހުއްޓާލީމައޭ ކިޔައިގެން ދައްކަނީ އެއީ ބުހުތާނު ދޮގު. އޭނަ މިގައުމަށް ތައާރަފްކުރި ހަޑިމުޑުދާރު އަމަލެއްގެ ސަބަުބުން އެނާއަށް ވީ ކަމެއް ވީ.

The name is already taken The name is available. Register?

ދޮގެއްތަ؟

13 November 2021

ތިކުރި ދިރާސާ ހާމަކުރޭ. ހިތަށް އައިހާ ޝައިޠާނީ ގޮވެލި ގޮވިޔަކަސް ކަމަކުނުދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454