ހިޔާ ފްލެޓްތަކުގެ ކައިރީ ހުރި ކުނިތަކުގައި ރޯވި އަލިފާން ނިއްވަނީ.
12 ނޮވެމްބަރ 2021 - 13:36
ހުޅުމާލޭގައި ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގެ ތިރީގައި ހުރި ކުނިތަކެއްގައި އަނެއްކާވެސް ރޯވެއްޖެ އެވެ.
ހުކުރު ވަގުތު އަލިފާން ރޯވީ ޓަވަރު 13 ގެ ތިރީގައި ހުރި ކުނިތަކެއްގަ އެވެ. އަލިފާން ރޯވެގެން އުޅޭ ކަމަށް ރިޕޯޓްކޮސްގެން އެތަނަށް އެމްއެންޑީއެފުގެ ފަޔަ އެންޑް ރެސްކިއު ޓީމުން ދިޔައިރު ފްލެޓްތަކުގައި އުޅޭ މީހުން ނުކުމެ ދިޔައީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
މިހާރު ވަނީ އަލިފާން ކޮންޓްރޯލް ކޮށްފަ އެވެ.
މިކަމާ ގުޅިގެން އަދި އެމްއެންޑީއެފްގެ ބަހެއް ނުލިބެ އެވެ. އަދި އަލިފާންގަނޑު ރޯވާން ދިމާވި ސަބަބެއް ވެސް ނޭނގެ އެވެ.
ފްލެޓްތަކުގައި މީހުން އުޅެން ފެށިތާ އަދި ތިން މަހެއްހާ ދުވަސް ވެފައި ވާއިރު މިހާތަނަށް ފަސް ވަރަކަށް ފަހަރު މިގޮތަށް ކުނިތަކުގައި ރޯވެފައިވެ އެވެ. މިފަހަރު ރޯވި ކުނިތަކުގެ ތެރޭގައި ހުރީ ކަރުދާސް ފޮއްޓާއި ގޯންޏާއި ކޮތަޅު ކަހަލަ ކުންޏެވެ.
ކުނިތަކުގައި އަލިފާން ރޯވުމުގެ މައްސަލަ ބޮޑުވެފައިވާއިރު އެތަނުގައި އުޅޭ މީހުން ބެލްކަނީގައި ސިނގިރޭޓް ބުއިމަށް ފަހު އެއްލާލައި ސިނގިރޭޓް ފިލްޓަރުތައް ކުނިތަކުގެ ތެރެއަށާއި އެހެން ފްލެޓްތަކުގެ ބެލްކަންޏަށް ވެއްޓި އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަލޭނޭހު....
13 November 2021
ޔަޤީނޭ ތިތަނުން ފްލެޓެއްގަ އުޅޭމީހަކު ފެގު ބޮއެފަ ފިލްޓަރ ނޫނީ އަޅިކެނޑީ ކަން. އަޅެ ކަލޭމެނައް ފެގު ނުބޮއެ ނޫޅެވެނީތަ/؟
ދެރަ
13 November 2021
ތިޔަތަނަށް ގެނެސް އަޅާލީ ރަށްފުށުގެ ދިރިއުޅުން އުޅެމުންއައިމީހުން. އެހެންވީމަ ސިޓީލައިފަށް އަހުލުވެރިވާން ވަގުތުނަގާނެ. ދެން ދިޔައީ ސިޓީލައިފް ލިބިފަތިބި ގޮތެއްފޮތެއް ނެތްބަޔަކު. އެމީހުން ހިތުހުރިތާކު ސިނގިރޭޓް ބޮއެނަގާނެ. އެއީ ތަރައްގީއޯ. މަށަކީމެ ފޭސް 1 ގެ ފްލެޓެއްގެ ތިރީއެޕާޓްމަންޓެއްގަ އުޅޭމީހުން. މަތިން ސީނެޕީ ކަންފަތް ސާފުކުރާ ކޮޓަންބަޑް ސިގިރޭޓް ފިލްޓަރ ކުޅު މިއީ އޮހޭއެއްޗެހި. ދިވެހިންގެ ތަރައްގީ. ފްލެޓަކަށް ނުފުދޭ.
ގްރޭންޑް ހޔޓ ސޯޝަލް ހައިސިންގް
13 November 2021
މުޅި ދިވެހި ގައުމުގެ ހުރިހާ މުއައްސަސާ ތަކެއްގައި ޙިޔާނާތާ، ރިޝަވަތާ، ވައްކަންކުރުމާ، ޑްރަގް ވިޔަފާރިޔާ، ހުއްދަނޫން ހުރިހާ ކަމެއް ފާޅުގަ ކުރާއިރު، އޯކޭ ވެގެން ތިބެ، ބައިވެރިވެގެން ތިބެ، ނޫނީ ދެނެހުރިކަމައް ނުހަދާ ތިބެފަ، ހަމަ އެ ބައިމީހުން ފްލެޓް ތަކައް ވަދެ މިހީކުރަނީ ފްލެޓް މެނޭޖް ކުރާނީ ސިންގަޕޫރ ގެ ޕްލެޓް ތައް ފެންވަރަށޭ!! ލޯކަނު އެކަންޏެއްނޫން، ސިކުޑީގެ ގަވެސް އުނިކަން އިންތިހާއައް!! ކކބކ އަނެއް ދިވެހި ގައުމު!
އައިޝ
13 November 2021
ކުޅުވެސް ޖަހާ ބެލްކަނީގައި ތިބެގެން. ބެލްކަނީގައި ހިއްކަން އަޅުވަަފަ ހުންނަ ހެދުންތަކުގައި ކުޅުޖެހިފައި ހުންނަނީ. މިދެންކިހާ ވިޔާނުދާ މުޑުދާރު އަމަލެއް. އަގުބޮޑު ޒަމާނީ ފަރުނީޗަރުން ގޭތެރެ ޒީނަތްތެރިކޮށްގެން ކުރަނީ މިކަހަލަ ވިޔާނުދާ ހަަޑުމުޑުދާރު ކަންތައް. އިމާރާތް ތެރޭގައިވެސް ބޮއެފަ ލިފްޓް ކައިރިއަށްވެސް ފިލްޓަރު އަޅަނީ. މިދެން ބޮޑު މުސީބާތަކަށް ވެއްޖެ. ޅަދަރިން ގޮވައިގެން ދާއިރު މިވެރިން މިބޯ އެއްޗަކާއި ހެދީ ހަމަނޭވާނުލެވޭ.
އަލިފުތު
12 November 2021
ތިޔައީ ސިޔާސީ ބޭފުޅަކާ ދެކޮޅަށް ކުރާ ކަމެއްނަމަ، މިހާރު މިހާރު ތިބޭނީ ތޭރިތަކުގެ ބިއްދޮށުގައެވެ. ޚާއްޞަކޮށް އެއްކޮޅު ބޭފުޅެއްނަމަ
މައިކަލް
12 November 2021
އެހެންނޭ ވާނީ ރައްރަށުން މީހުން ގެނެސް އަޅާލީމަ
ޢެޗްޑީސީފެއިލް
12 November 2021
ޢެ ޗްޑީސީ ވަނީ ފެއިލްވެފަ. ޙުޅުމާލޭ ފޭސް 1 މެނޭޖްނުކުރެވޭ އިރު އަދި އިތުރު ސަރަހައްދެއް ކިހިނެތް މެނޭޖުކުރެވޭނީ؟ ފޭސް 1 ގެ ކަންކަންވެސް ހުރީ ބޮއްސުންލާފަ. ފޭސް 1 މަގުތައް އަދިވެސް އަލި ނުކުރެވޭ. ސެކިއުރިޓީ ކެމެރާއެއް ހަރެއްނުކުުރެވޭ. ކޮމިއުނިޓީއަށް އެއްވެސް ސާވިސްއެއް ފުރިހަމައަށް ނުދެވޭ. ޥަރަށް ނާގާބިލް މެނޭޖްމަންޓެއް. ކުންފުނިތައްް ސިޔާސީ ވީމަ ވާނީ މިހެން.
ނިއްވަން
12 November 2021
ތިތަން ނިއްވަން ދާ ޚަރަދު ތި ތަނުގެ ވެރިން ދައްކަންޖެހޭނެ! ރާއްޖޭގެ ތިބި އެންމެ ފީކަޅާ މީހުން އެއްތަނަށް ޖަމާވެ ކުނި ކޮތަޅު ޑަސްޓްބިނަށް ލާން ނޭންގުމުން ވާ ކަންތައް، ތިތަނަށް މަގޭ ޓެކްސް ފައިސާ ހަރަދުކޮށްގެން ނުވާނެ! ތިތަން ވަށާ ބޮޑު ފާރެއް ރާނަށް ސަރުކާރުން ޖެހޭނެ ރާނަށް
ޙަމަޖެހޭ
13 November 2021
ތިބޭފުޅާއަށް ފުލެޓު ނުލިބުނީމަ ހާދަ ވަރެއް ތިއަރަނީ؟ ފާގަ ދިޔަ ބޮޔެގެން ހަމަޖެހޭތޯ ބަލާބަލަ. ނަފްސާނީ ޑޮކްޓަރަކަށްވެސް ދައްކާގެން ބޭސްކާތި. ބޭބެގެ ބޭސް ހުސްވީތަ އަޅޭ؟
ސަރީފާ
12 November 2021
ތިތާދެން ކިހިނެއް އުޅޭނީ. ދުވާލަކު ދެފަހަރު އަލިފާން ރޯކުރާތަނެއް. އަހަރެންގެ ފުލެޓްގަޑު ކުއްޔަށް ހިފާނެ މީހަކު ނުވާނެ ތިވަރުންދަންޏާ.
ވެގެންދާނެ
12 November 2021
ތިޔަތަނުގަ އުޅޭ މީހުންގެ އަޚްލާގެއް އުޅުމެއް ނެތުމުގެ ސަބަބުން ތިޔަ ތަން ސްލަމަކަށްވެގެން ދާތަން ފެނިދާނެ. ތަނެއް ލިބުނީމަ އެކަމަށް ޝުކުރުކޮށް ތަން ރަގަޅު ހާލުގައި ބެހެއްޓުމަށްޓަކައި އެންމެންވެސް މަސައްކަތްކުރަންޖެހޭ. ވިޔާނުދާ އަމަލުތައް ކުރަނީ ތަނުގަ އުޅޭ މީހުންކަމަށް ނުވާނަމަ އެކަން ކުރާ މީހުން އެފަދަ ކަންކަން ކުރުން ހުއްޓާލަންޖެހެނީ ދެން ތިބި އެންމެންނަކީ ތިމާގެ އަޚުންކަމަށް ވާތީ. އެހެން މީހަކަށް ކުރާ އުނދަގޫ ފަހުން ތިމާއަށް ދިމާވާނެ.
ސައުކާން
12 November 2021
ބަލަ އަހަރެން އެތާއުޅެނީ ކުލިދައްކައިގެންނޭ. ނުޖެހެ މާ ރީއްޗަށް އުޅޭކަށް.
ޢައިޝ
13 November 2021
ސައުކާން ކަހަލަ މީހުންނަށް ހެޔޮވިސްނުން ދެއްވާށި. ދެންތިބެނީވެސް ކުލި ދައްކައިގެން ތިބޭމީހުން. ކުލި ދެއްކީމަ ނުޖެހޭ ދޯ ޖެހިގެން ހުރި އެޕާޓްމަންޓަށް ދުއްޕާންކުރާކަށް. ބޮޑާވެ ކިބުރުވެރިވުމުން ގެއްލުންވާނީ ހަމަ އަމިއްލައަށް.