ކްލަބް މެޑް ފިނޮޅުގެ ވޯޓާ ވިލާތަކެއް: މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ އެ ރިސޯޓުން-- ފޮޓޯ: ކްލަބް މެޑް ފިނޮޅު
14 ނޮވެމްބަރ 2021 - 14:47
މިދިޔަ އޮކްޓޯބަރު މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކްލަބްމެޑް ފިނޮޅު ވިލާސް އިން ކޮންމެ މުވައްޒަފަކަށް 1،304 ޑޮލަރު (20،107ރ.) ބަހައިފި އެވެ.
ރިސޯޓް ވޯކާސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ތިން ރިސޯޓަކުން ވަނީ 1،000 ޑޮލަރަށް ވުރެ ބޮޑުކޮށް ސާވިސް ޗާޖު ބަހައިފަ އެވެ. މީގެ ތެރެއިން ކްލަބްމެޑް ފިނޮޅަކީ އެންމެ ބޮޑު ސާވިސް ޗާޖެއް ބެހި ރިސޯޓެވެ.
މި ލިސްޓުގައި ދެވަނައިގައި އޮތީ ވަލްޑޯފް އެސްޓޯރިއާ އެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 1،062 ޑޮލަރު (16،376ރ.) ބަހާފައިވާއިރު ތިންވަނައިގައި އޮތް އަޔާޑާ މޯލްޑިވްސް އިން ބެހީ މުވައްޒަފަކަށް 1،049.27 ޑޮލަރު (16،179ރ.) އެވެ.
ތާޖު އެގްޒޯޓިކާގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި ދިނީ 834 ޑޮލަރު (12،860ރ.) އެވެ. ފަސްވަނައިގައި އޮތް ހުރަވަޅި އައިލެންޑް ރިސޯޓާއި ކުޑަދޫ ރިސޯޓުން ދިނީ 817.91 ޑޮލަރު (12،612ރ.) އެވެ.
މިދިޔަ މަހުގެ 58 ރިސޯޓެއްގެ ސާވިސް ޗާޖުގެ މައުލޫމާތު ރިސޯޓް ވޯކާސް ޕޭޖަށް ވަނީ ހިއްސާ ކޮށްފަ އެވެ. މީގެ ތެރެއިން ގިނަ ރިސޯޓުތަކުން ވަނީ 500 ޑޮލަރު (7،710ރ.) އަށް ވުރެ ބޮޑު ސާވިސްޗާޖެއް ބަހައިފަ އެވެ.
ސާވިސް ޗާޖު ލިސްޓުގައި އެންމެ ފަހަތުގައި އޮތީ ޖޭއޭ މަނަފަރު ރިސޯޓެވެ. އެ ރިސޯޓުން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދިނީ 222 ޑޮލަރު (3،423ރ.) އެވެ.
ޓޫމިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ކޮވިޑް-19 އަށް ފަހު 160 ރިސޯޓެއްގެ އޮޕަރޭޝަންސް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާދޫ
15 November 2021
މިފަހަރު ތްރީއޭގެ ރިސޯޓުތަކުންވެސް ފައްސަތޭކަ ޑޮލަރަށް ވުރެ ބޮޑުކޮށް ސާެވިސްޗާޖު މުވައްޒަފުންނަށް ލިބުނު
އޮނަރަބްލް އަފީފު ދީދީ
14 November 2021
ކުރިން ދުވަހަކުވެސް 150 ޑޮލަރަށް ވުރެން ގިނައިން ސޭވިސް ޗާރޖް ނުލިބޭ ރިސޯޓް ތަކުން ދެން ފެންނާނީ މަޑުމަޑުން ގެސްޓްމީހާ އަތުން ޙަޤީގަތުގައި ނަގާ މިންވަރު ސޭވިސްޗާރޖްގެ ގޮތުގައި މުވައްޒަފުންނަށް ބަހާތަން. # މިހިރަ ބަދަލު ތަކަކީ "ޤާނޫނުގެ ސަބަބުން" އަންނަ ބަދަލުތައް ކަމުގައި ވިޔަސް މިކަމުގެ ޙަޤީގީ ބަތަލުން ނަކީ ތިޔަ މުވައްޒަފުންނާއި ކުރިން ރިސޯޓް ތަކުގައި ވަޒީފާ އަދާކުރި ފަރާތް ތަކުގެ މަސައްކަތްކަން އަހަރުމެނަށް އިގޭ.
ނޭނގުނޭ
16 November 2021
ކޮބައިތަ ސޭވިސްޗާރޖް އަކީ؟
98765
14 November 2021
ރަށަށް ހަފުތާއަކު އެއްފަހަރު ޗުއްޓީއަށް ނުދެވެޔޭ ކިޔާފަނަމަވެސް ބޮޑާހާކަބްފަށާ.
ގުލްޒާރު
14 November 2021
ކޮންމެރައްޔިތަކުވެސް ބަލާންވީ ކުލަބުމެޑު ފިނޮޅަށް ނުވަތަ ވެލަޔަަށް މަސައްކަތުދެވޭތޯ.
ހަސަނުު
14 November 2021
އަސްތާ ކިހިނެތްމިވީ.. ބޮޑު މަހުޖަނު ޗަމްޕާ އަފީފުގެ ރިސޯޓުން ދޯ މިފަހަރު އެންމެ ބޮޑު ސަވިސް ޗާޖް ދިނީ.