ޑޮކްޓަރީ ބޭސްތަކެއް.---ފައިލް ފޮޓޯ: މިހާރު
16 ނޮވެމްބަރ 2021 - 13:52
ޑޮކްޓަރީ ބޭހުގެ އަގު ކޮންޓްރޯލްކޮށްފައި ވަނިކޮށް އެއާ ހިލާފަށް ބޭސް ވިއްކާނަމަ 100،000ރ. އާ ހަމައަށް އެ ބޭސްފިހާރައެއް ޖޫރިމަނާކުރެވޭ ގޮތަށް، އޭގެ ގަވައިދު އިއްޔެ އާއްމުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން އާއްމުކުރި ގަވައިދުގައި ވަނީ، އަތްފޯރާ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މެކްސިމަމް ރީޓެއިލްސް ޕްރައިސް (އެމްއާރުޕީ) ކަނޑައަޅާނެ ގޮތާއި އެއާ ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފަ އެވެ.
ބޭހަށް ކުރާ ބޭކާރު ހަރަދު ކުޑަކުރުމަށް ސަރުކާރުން ވަނީ، އަންނަ އަހަރުން ފެށިގެން ބޭސް ސިޓީގައި ޑޮކްޓަރީ ބޭސް ވިއްކާ ބްރޭންޑްތަކުގެ ނަން ލިއުން ހުއްޓާލަން ނިންމައިފަ އެވެ. އެ އަށް ފަހު ބޭސް ސިޓީގައި ލިޔާނީ ބޭހުގެ ޖެނެރިކް ނަމެވެ. މިގޮތަށް ހެދުމުން އެކި ބްރޭންޑްގެ ނަމުގައި ބޭސްތައް އަގު ބޮޑުކޮށް ވިއްކުން ހުއްޓުވޭނެ އެވެ.
އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ތަންފީޒުކުރަން ފަށާނެ އެވެ. އޭގައި ހިމެނެނީ ރާއްޖެ އަށް އިމްޕޯޓުކޮށް ވިއްކާ ހުރިހާ އަސާސީ ބޭހުގެ ބައެވެ.
ދެވަނަ ފިޔަވަހީގައި، ރާއްޖެ އަށް އިމްޕޯޓުކޮށް ވިއްކާ ހުރިހާ ބޭހަކަށް، މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރާނެ އެވެ. ދެވަނަ ފިޔަވަހި ތަންފީޒު ކުރާނީ ޖުލައި 1 2022 އިން ފެށިގެންނެވެ.
އެ ގަވައިދުގައިވާ ގޮތުން ޑޮކްޓަރީ ބޭސްތައް ވިއްކާއިރު، ފައިދާގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ނެގޭނީ 100 ޕަސެންޓެވެ.
އެއާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 10،000ރ. އިން އެ ތަނެއް ޖޫރިމަނާކުރާނެ އެވެ. ދެ ވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފިނަމަ 10،000-50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ އެވެ. ތިން ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 50،000-10،000ރ. އާ ދެމެދުގެ އަދަދަކުން އެ ބޭސްފިހާރައެއް ޖޫރިމަނާކުރާނެ ކަމަށް ގަވައިދުގައި ވެ އެވެ.
ރާއްޖެއިން ހުއްދަ ދީފައިވާ ބޭސްތަކުގެ އެމްއާރުޕީ ކަނޑައެޅުމަށްފަހު ބޭހުގެ އަގުތައް ހިމެނޭ ލިސްޓު ޖޫން 15، 2022 ގެ ކުރިން ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ އެވެ. އަދި އެ އަގުތައް ކޮންމެ ތިން އަހަރަކުން އެއް ފަހަރަކު ހެލްތު މިނިސްޓްރީން މުރާޖައާކުރަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.
ބޭސްފިހާރަތަކުގައި ބޭހުގެ އެމްއާރުޕީ އާއްމުންނަށް ފެންނަ ގޮތަށް ހަމަޖައްސާފައި ހުންނަންޖެހެ އެވެ. އެކަމާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 10،000ރ. އިން، ދެ ވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފިނަމަ 10،000-50،000ރ. އާ ދެމެދުގެ އަދަދެއްގައި އަދި އެކަމާ ހިލާފުވާ ތިން ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 50،000-10،000ރ. ދެމެދުގެ އަދަދަކުން އެ ތަނެއް ޖޫރިމަނާކުރާނެ އެވެ.
އެންމެ ފުރަތަމަ އަގު ކަނޑައަޅަން ނިންމާފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އެސެންޝަލް ލިސްޓުގައި ހިމެނޭ 357 ބޭހަކަށެވެ. އެ ބަދަލާ އެކު ބޭހަށް ކުރާ ހޭދައިން 205 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންޑެހެލް
16 November 2021
އައިޖީއެމްއެޗް ކުރިމަތީގަ އިންނާނެ ފިހާރައެއް ބޭސްއަގުހެޔޮ ކަމުން ސިއްސައިގެން ދާވަރުތަނެއް. އެމްއެފްޑީއޭއަށް ނުފެންނަ ތަނެއްކަންނޭނގެ.
ޗޮސްބެ
16 November 2021
ރާއްޖޭގަ ގަވައިދު ހަދަނީ އެހެންކަމަކު. އެއީ ޗެކްކުރަން ދާއިރު ގަވާއިދާ ޚިލާފަށް ހުރެއްޖެއްޔާ އެދާ މީހަކަށް "ޓިޕްސް" ލިބޭގޮތައް އޮންނަކަމެއް.
އަހްމަދު ަ
16 November 2021
އެއްވެސް ބޭސްފިހާރައކުން ވިއްކާ ބޭހުގައި އަގުޖަހާފައެއް ނުހުރޭ. ދެން އެވިއްކީ ބޮޑުއަގުގައިކަމެއް އެނގޭނީ ކިހިނެއް؟ ގާނޫނާ ގަވާއިދު ހަދަން ވަރަށްމޮޅުވާނެ. އެކަމަކު ތަންފީޒު ކުރަންޖެހުނީމާ ވަނީ ޅޮސްގަނޑަކަށް.
ނަސްރު45
16 November 2021
'100،000ރ. އާ ހަމައަށް އެ ބޭސްފިހާރައެއް ޖޫރިމަނާކުރެވޭ ގޮތަށް' މާނައަކީ ރައްޓެހި މީހާ 100 ރ ވެސް ޖޫރިމަނާ ކުރެވިދާނެ...ހުރިހާ ކަމެއްވެސް ފަހަތުޖީބަށް އެއްޗެއް ލެވޭ ގޮތަށް ތިޔަ ނިންމަނީ. އެންމެ މަދުވެގެން 100،000ރ ގެ ޖޫރިމަނާ އެކޭ ބުނަން ނުކެރީ މިހެން ހަދަން.
ބޮލްބީތާ
16 November 2021
ކަލޯ ހަބަރު ގެ ތަފްސީލު ރަނގަޅައް ކިޔާބަ
ރަސްގެ
16 November 2021
ރާއްޖޭގަ ހުރިކާ ގާނޫނަކާ، ގަވާއިދެއް ހުންނާނީ ރިޝްވަތު ނެގޭގޮތަށް. މީހުންވެސް ތިބީ އެކަމަށް ދެވިހިފާފަ.
އުމަރުބެ
16 November 2021
ތި ތަންތަނުން ބޭސް އަގުބޮޑުކޮށް ވިއްކާތޯ ބަލަންދާނީ އެމްއެފްޑީއޭ ގެ އިންސްޕެކްޓަރުންދޯ. އެހެންވެއްޖެއްޔާ ކުޑަ ސަޔަކުން ސަލާމަތްވާނެ. ބޭހަކީ ކަސްޓަމް ޑިއުޓީ އޮންނަ އެއްޗެއްނޫން. ދެން އިންވޮއިސް ބޮޑުކޮއްލީމަ ނިމުނީނު.
އަފްރާސިޔާބު
16 November 2021
އެހެންވާނީ. ބޭސް ކީއްކުރަންތޯ ހޮޓަލެއް ޗެކްކުރަން ދިޔަޔަސް ކުރިން އަންގާފައި ދަނީ. ގޮސް ބަލާއިރު ސާފުތާހިރުކަމުން ހީވާނީ ހުދު ކާފޫރުހެން. އައުތަށިތައް ނަގައި ބަހައްޓާފައި ކައިރިފަށް (ތުންފަތް) ތަޅައިގެން ގޮސްފައި ހުންނަ ތަށި ހުންނާނީ ފޮރުވާފައި. ބަލާފައި ނުކުތީމާ ކުރީގެ ބައުތަށިތައް ސައި ބުއިމަށާއި ކެއުމަށް ނެރޭނީ. ހެންވޭރު ކޮޅުގައި ހުންނަ ޞިއްޙީ ފަރުވާދޭ ތަނަކުން ހިންގާ ކެންޓީނުގައިވެސް ހުންނަނީ ކައިރިފަށް ތަޅައިގެން ގޮސްފައި ހުންނަ ތަށި.
ބައި
16 November 2021
ތިކަހަލަ ކިތައް ގަވައިދު އޮވޭ. ކޮންކަމެއް ތަންފީޒުކުރެވެނީ. އަނެއްކާ މިރާއްޖޭގައި މުއްސަންޖަކު ޖުރިމަނާކޮށްގެން އެޖުރިމަނާއެއް ދެއްކީކާކުތަ؟ ބޭސްނަމްބަރުތައް ހިންގަނީ މުއްސަނދިން. ކޮސްއަނގަ ތަޅާނެ ކަމެއްނެތް.
ކާސިންޖާ
16 November 2021
ރެގިއުލޭޓު ކުރާނޭ ބަޔަކު ނެތީވިއްޔާ ތީ ހަމަ ފޫނެތްފާޔަށް ފެންފުރުން.
ބޮޑުމީހާ
16 November 2021
ޖޫރިމަނާ ކިޔާފަ ކިތަންމެ ބޮޑު އަދަދެއް ކިޔަސް ތީ ވާނެކަމެއް ނޫންކަން ރައްޔިތުން ގަބޫލުކުރޭ. އިންޓަރގްރެޓީ ނެތްބަޔަކަށް ނުވާނެ އެއްކަމެއްވެސް
ޖޯޖް
16 November 2021
ތިކަންވެސް ވާނީ ޔާމިނަށޭ ދޯ ތިބުނަނީ
އުސްތާޒް އަބޫ ޖަހުލް.
16 November 2021
އެއްކަމެއްވެސް ނުކުރެވޭނެ. ސުޕް ކޯޓުގެ އަގެއްނެތް. ބޯޓުޔާޑް ތައް ޖެހޭނީ މަހައްދާން. ރެޑް ކޮން ފެނިފަ، އަތުލެވިގެން، ޑްރަގް ލޯޑުން ގެންގޮސް ކަމެއްނުވެގެން އުޅޭ ބަޔަަކައް ޕެރަސިޓަމޯލް ގުޅައެއް 43ޔ އައް ވިއްކައިގެން ވާނެ ކަމެއް ހަރާމުން ހަރާމް!!