ސާބާ 2021 ގައި ރާއްޖެ އާއި އިންޑިއާ މިއަދު ކުޅެނީ.
16 ނޮވެމްބަރ 2021 - 13:54
ބަންގްލަދޭޝްގައި އިއްޔެ ފެށި ސާބާ ޗެމްޕިއަންޝިޕުގައި ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ދެކުނު އޭޝިއާގެ ގަދަބާރު އިންޑިއާ އަތުން 88-31 ޕޮއިންޓުން މިއަދު ބަލިވެއްޖެ އެވެ.
އިންޑިއާގެ އިސްކޮޅުން ދިގު، ބިޔަ ކުޅުންތެރިންނާ ދެކޮޅަށް ކުޅުނު ހަތަރު ކުއާޓާގައި ވެސް ރާއްޖޭގެ މައްޗަށް ކުރި ހޯދިއިރު ރާއްޖޭގެ ކުޅުންތެރިންނަށް ސްކޯ ކުރުމުގައި ދަތިތަކާ ދިމާވި އެވެ. މިހާތަނަށް ބޭއްވި ހަތް ސާބާ ޗެމްޕިއަންޝިޕުގެ ތެރެއިން ފަސް މުބާރާތުގައި ވާދަކޮށް، ފަސް ފަހަރު ވެސް ކާމިޔާބުކުރި އިންޑިއާ، މިއަދުގެ މެޗުތަކުގެ ކުއާޓާތައް ގެންދިޔައީ 26-4، 28-7، 17-11 އަދި 17-6 އިންނެވެ.އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާ ވަނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝް 67-56 ޕޮއިންޓުން ބަލިކޮށްފަ އެވެ.
ރާއްޖޭގެ ދެވަނަ މެޗުގައި މާދަމާ ހެނދުނު ބައްދަލުކުރާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މުބާރާތުގައި ރާއްޖޭން އެންމެ ފަހުން ބަންގްލަދޭޝް ބަލިކުރީ 2016 ވަނަ އަހަރު އިންޑިއާގަ އެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު ވެސް މި މުބާރާތް ބަންގްލަދޭޝްގައި ބޭއްވިއިރު، ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، މުބާރާތް ކާމިޔާބުކުރީ ލަންކާ އެވެ. އިންޑިއާ ވާދަކުރީ ސީދާ ފީބާ އޭޝިއާ ކަޕް ކޮލިފައިން ބުރުގަ އެވެ. ޕްރީ ކޮލިފައިންގައި އެ އަހަރު ރާއްޖެއަށް ލިބުނީ ސާބާގެ ތިންވަނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހިބެ
16 November 2021
ބާސްކެޓް ގެ ވާހަކަ ނުޖަހަ ފާނަން ތޯ ، ރުޅިގަދަވަނީ ސުޕުން އައް ވިޔަފާރި ކޮއްދެނީ
މޮޑޭބެ
16 November 2021
އިންޑިއާގެ އިސްކޮޅުން ދިގު، ބިޔަ ކުޅުންތެރިންނާ ދެކޮޅަށް ކުޅުނު ، ދެން ކީއްވެ ތޯ ނޭޕާލް ، ލަންކާ އަދި ބޫޓާން އަތުން ބަލި ވަނީ ، ބަހަނާ ދެއްތޯ ތިޔަ ދައްކަނީ ،ލޮލް
ޙަަމައިނގޭ
16 November 2021
ޜާއްޖޭގެ ބާސްކެޓް ޓީމްތައް ދަނީ ކުޅޭކައް ނޫން ސޮޕިން ކޮއްލަން ، މިހާރުވެސް ސުޕުން ނާއި ބޯބުޅިހަސަނު މުޅި އެސޯސިއޭސަން އޮތީ ބަންގްލަދޭސް ގަ