ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ނަޝީދު ހުންނެވުމަށް "މުރައިދޫގެ" އަށް ބޮޑު ބަދަލެއް ގެނެސް މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފި

މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގެ: އެތަނުގެ މަރާމާތުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާފައި: -- މިހާރު ފޮޓޯ/ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގޭގެ މަސައްކަތް ނިންމައި އެ ތަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ މުރައިދޫގޭގެ މަސައްކަތް އެއްކޮށް ނިންމައި މަޖިލީހާ ހަވާލުކުރީ އިއްޔެ ކަމަށެވެ.

މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ގެކޮޅު ހަމަޖައްސަން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހު ދިން ޓެރަރިސްޓު ހަމަލާއަށް ފަހު އެވެ. އޭރު އެ މަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ ގެކޮޅު ގ.ކެނަރީގޭގަ އެވެ. ނަމަވެސް އެ ސަހަރައްދުގައި ސެކިއުރިޓީ ދޭން އުނދަގޫކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މުރައިދޫގެ އަކީ މަޖިލީހުގެ ރައީސަށް ހާއްސަކުރާ ވަގުތީ ގެކޮޅު ކަމަށް ހަމަޖައްސައި އެތަނަށް ވަނީ ވަރަށް ބޮޑެތި ބަދަލުތައް ގެނެސްފަ އެވެ. ގެ ހުންނަ މަގުގެ ދެ ފަރާތުގައި ރަތް ރޮނގު ދަމައި ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި އެ ސަރަހައްދުގައި ޕާކު ކުރުމާއި މަޑުކޮށްގެން ތިބުން ވެސް ވަނީ މަނާކޮށްފަ އެވެ. މިގޮތަށް އެހެން މަގެއްގައި ރަތް ރޮނގު ދެމީ އަލަށް ނަމަވެސް ސަރަހައްދު ކަމުގައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހަކީ ވެސް ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެެވެ.

މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގޭގެ ކުރިމަތީ ރަތް ރޮނގު ދަމާފައި. އެ ސަރަހައްދަކީ މިހާރު ރެޑް ޒޯނެއް. -- މިހާރު ފޮޓޯ/ފަޔާޒު މޫސާ

މުރައިދޫގެ އަށް ގެނައި ބަދަލުތަކާ އެކު ހައި ކޯޓު ކުރިމަތީގައި އޮންނަ ޕާކިން ޒޯނުން އެއް ބައި ވަނީ ހުސްކޮށްފަ އެވެ. އަދި އެ މުރައިދޫގޭގެ ވަލު ދޮރާށިން ވެހިކަލް ވަދެ ނުކުމެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.

މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާ ވަގުތީ ގެކޮޅު، "މުރައިދޫ" ގެ. ހައިކޯޓު ކުރިމަތީ އޮންނަ ޕާކިން ޒޯނުން އެއްބައި ހުސްކޮށްފައި. -- މިހާރު ފޮޓޯ/ފަޔާޒު މޫސާ

ނަޝީދަށް ދިން ހަމަލާގައި ލިބުނު ބޮޑެތި ޒަހަމުތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ނަޝީދު މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ ވަޑައިގެންއިރު މުރައިދޫގޭގެ މަސައްކަތެއް ނުނިމެ އެވެ. އެހެންވެ އެ މަނިކުފާނު ހުންނެވީ ދައުލަތުގެ ހަރަދުގައި ޖެން ހޮޓެލްގަ އެވެ. އެތަނުގައި ހުންނެވުމަށް ދުވާލަކަށް 33،246ރ. ހޭދަވާކަން ހާމަވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.

ޖެންގައި 21 ދުވަހު ނަޝީދު ހުންނެވުމަށް 698،168ރ. ހޭދަވި ފަހުން ކޮޕް26 ސަމިޓަށް މިދިޔަ މަހުގެ 29 ގައި ސްކޮޓްލެންޑަށް ވަޑައިގެން ގޮތަށް އަދި އެ މަނިކުފާނު އެނބުރި ވަޑައެއް ނުގަންނަވަ އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅު ވެސް މާދަމާއަށް ނިންމާލާނެ

އަކްރަމް ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ވަގުތީ ގެކޮޅުގެ މަސައްކަތް ވެސް މާދަމާގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅުގެ ގޮތުގައި ހަމަޖައްސަނީ ރެހެންދި ފްލެޓްގެ އެޕާޓްމަންޓެކެވެ.

ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު ހަމަޖައްސައިދޭން ނިންމާފައި ވާއިރު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިހާރު ދިރިއުޅުއްވާ ގެކޮޅަށް މީހަކު ވަން މައްސަލައެއް މީގެ ދުވަސްކޮޅެއް ކުރިން ފެންމަތިވި އެވެ. އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗްވީ ގޮތް ބަލަން މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

މަޖިލީހުން މި މައްސަލަ ބެލި އިރު ސަރުކާރުން ކުރިން ބުނީ އޮކްޓޯބަރު މަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން (ކ) އެ މަނިކުފާނުގެ ބޮޑީގާޑަކާ އެކު. -- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ދެ ބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިދޭ އިރު، ދާއިމީ ގެކޮޅު އިމާރާތް ކުރުމުގެ އިދާރީ މަސައްކަތްތައް ވެސް ކުރިއަށް އެބަދެ އެވެ. އެކަމުގެ ހަރަދުގެ ގޮތުގައި 12 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. މަޖިލީހުގެ ރައީސްގެ ގެކޮޅު އަޅަނީ ސުޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގެ އެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅު އަޅަނީ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތުގަ އެވެ.

ދައުލަތުން މީގެ ކުރިން ރަސްމީ ގެކޮޅު ހަމަޖައްސައިދެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް އެކަންޏެވެ. ނަމަވެސް ނަޝީދަށް ދިން ހަމަލާއަށް ފަހު ދައުލަތުގެ އިސް ވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން، އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ނިންމައި ގާނޫނުތަކަށް އިސްލާހު ގެނައީ އެވެ. އެ އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ އެވެ. އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ސިފައިން ކަމަށާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން ސިފައިން ހަމަޖައްސައިދޭން ޖެހޭ ކަމަށް ގާނޫނުގައިވެ އެވެ.

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާ ދިރިއުޅުއްވުމަށް ކަނޑައަޅާ ރަސްމީ ގެކޮޅަށް ބޭނުންވާ މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ގެނައި އިސްލާހުގައި ވެ އެވެ.

36 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 3%
icon angry icon angry 74%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

88958

23 November 2021

މީ މައުމޫން ބޭފުޅު ހެދިގެން ރަން ފާހާނަތަށި ބޭނުން ކުރާ ވާހަކަ ގޮވި މީހާ. މިހާރު މުޅި ދައުލަތުގެ ޚަޒާނާ މީނައަށް ހުސްކޮށް މުޅި ގަމުގެ ދިފާޢީބާރު މީނަގެ ހަށިރައްކަލަކަށް ހަމަޖައްސާ، މީނަ ދަތުރުކުރާ ހުރިހާ މަގެއް ޢާއްމު ރައްޔިތުންނަށް ބަންދުކޮށް މީވާ ބޮޑުވަރު ދެން

The name is already taken The name is available. Register?

އިސް ސަރުދާރު

22 November 2021

މީ ހަމަ އެންމެ ހަރަދު ކުޑަ ސެކއިުރިޓީ އަށްވެސް ރަނގަޅު ގޮތްދޯ"? މަޖިލީހުގެ ރައީސް އަށް ސްޕްރީމް ކޯޓް ކައިރިން ގޯތި، އުއްތަމަ ފަޑިޔާރަށް މަޖިލީސް ކައިރިން ގޯތި ސެކިއުރިޓީ އެންމެ މަތީދަރަޖައިގައި

The name is already taken The name is available. Register?

ރިއްމަސް

22 November 2021

ކުރިމަތިލާ ގޮނޑި ހޯދަނީ ޒިންމާ ތަކެއް އަދާކުރުމަށެެވެ. ދެން ހަމަ ކިރިޔާ ކަމެއް ކޮށްލާއިރަށް ބާނީ އަކަށް އެބަ ވެއެވެ. އެވެސް ދެން މޮޅުކަމެއް ވިއްޔާ ބާނީގެ ބޮލަށެެވެ. ދެރަކަމެއް ވެއްޖއްޔާ ޙަވާލުވާނެ މީހަކު ނެތިގެން

The name is already taken The name is available. Register?

ތައުފީގު

22 November 2021

މުޅިގައުމު ހުސްކުރަނީ.ކޮންމެހެން ނުޖެހޭ ކޮންމެ މީހަކަށް ގެޔެއްދޭކަށް.ތިހެން އިންތިހާބުވާ ކޮންމެ މީހަކަށް ގެޔެއްދެންޏާ ނެތެންނުން ސަލާމަތެއް.އަދިވެސް ދައްކާނެ މައުމޫނުގެ ވާހަކަ.މައުމޫން 30 އަހަރު ވެރިކަން ކުރި.ކޮބާ ގެ؟ސަރުކާރުން އަޅާދިން..ރައްޔިތުން މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން.ހިޔާ ފުލެޓް ނިންމާލަ ދިންނަމަވެސްމާ ރަނގަޅެއްނުން.އަންނި އަށްވެސް މަހަކު ބައިމިޔަނަށްވުރެން ގިނަ ރުފިޔާ ޚަރަދު އެބަވޭ...2023 ގަ ރައްޔިތުން ވިސްނާފަ ވޯޓް ދޭތި.

The name is already taken The name is available. Register?

އިމަނާ

22 November 2021

ގަނޑުވަރުހަދައިގެން މައުމޫނަށް ފިޔަލަޔާ ދިމާލަށްވެސް ނުގޮވާވަރަށް އެއްޗެތިގޮވި. ނަމަވެސް މިހާރު މަށަށް ގަނޑުވަރެއްހަދައިދޭށޭ ކިޔާ ކުރެވުނުވަރަކަށް ޕްރެޝަރުކުރަމުން އެދަނީ. ނުވިތާކަށް ރާއްޖެ އަންނަންވެސް ބޭނުން ނުވެފައެހެރީ. މަށަށްއެނގޭ ޔަގީންއެއްޗަކީ އެމީހަކަށް ދައްކަވަން ހުރިކަމެއް ދައްކަވާފައޭ ގެންދަވާނީ. ވީމާ، އެކަމާ ވިސްނަަންވީ. ގަނޑުވަރު ހަދާކަށްނޫން ވިސްނަންވީކީ. ތައުބާ. ތައުބާ.

The name is already taken The name is available. Register?

ޓެކުސް

22 November 2021

ދައުލަތުގެ ޚަރަދުތަކައްބަލާއިރު ވަކިމީހަކައް ކާންދޭންމިބުރަމަސައްކަތްކޮއްގެން ލިބޭލާރިކޮޅުން ނިކަމެތިރައްޔިތުންޓެކުސްދޭކައްނުފެނޭ ކަލޭމެނައް އެގޭތަތިއުޅޭ ޖާބެމެން މިރާއައްދައްކަންއޮތްފައިސާގެޢަދަދު 43މިލިއަނައްވުރެގިނަ ފައިސާހޯދަން ކާކުކޮންފިޔަވަޅެއްއެޅީ މިކަހަލައެތައް ޖާއެއް އަންނިވެސްއެދިޔަޢި ހޮޓެލް ޖެންއައްމިލިއަނުންޚަރަދުކޮއްލާފަ މިމީހުނައްކޮންކަމެއް ރައްޔިތުން ފެލީމަނިމުނީ....

The name is already taken The name is available. Register?

ޓްރެފިކް ސްޓިކާ

22 November 2021

މުރައިދޫގެ ކުރިމަތި، ހައިކޯޓް ކުރިމަތި، ތީމުގޭ ކުރިމަތީ އޮތް ޕާކިން، ދަރުމަވަންތަ ސްކޫލު ޕާކިން، ކެނެރީގެ ހުންނަ ގޯޅީގެ ޕާކިން. އަންނި އާ ހެދި މި ކުޑަ މާލެއިން ހާދަ ބޮޑު ޕާކިން އޭރިއާ އެކޭ ރައްޔިތުންނަށް މިގެއްލުވާލީ. އެކަމަކު ރައްޔިތުންނަށްޓަކައި ނުނިދިގެން އުޅޭ މީހެކޯ އަންނި އަކީ.. އަންނި އަށް މަޖިލިސް ތެރޭ އެޕާޓްމެންޓް ހަދާފަ ޗީފް ޖަސްޓިސް އަށް ތީމުގޭގަ އެޕާޓްމެންޓް ހެދީމަ ސެކިއުރިޓީ ވެސް މާރަނގަޅު ވެފަ ރައްޔިތުންނަށް މިވާ އުނދަގޫ ކުޑަ ވާނެ.

The name is already taken The name is available. Register?

ކެނެރީގެފާން

21 November 2021

މައުމޫނު ދުނިޔޭގައި ހުއްޓާ މިފެންނަނީ މައުމޫނު ގޯސްވެގެން އުޅުން މީހާގެ ހާލު. ތީމުގޭ މާބޮޑުއޮޑިޓްރިޕޯޓެއް ނެރިގެން އެންމެން ފަޔަށް ހިނިއަރައިގެން އުޅުނު ދުވަސްކޮޅެއްވެސްދިޔަ. އެމީހަކު ކުރިކަމެއް އެމީހަކު މިދުނިޔޭގައިވެސް ގިނަފަހަރު ދެކޭނެ. ކެނެރީގެފާނަށް ސާބަސް

The name is already taken The name is available. Register?

ނަން އެދެމޭ ހޯދާލަން، ނުހޯދުނު

21 November 2021

ސުވާލަކީ 2023 ގައި ވެރިކަން ބަދަލުވީމާ ތިޔަ ބައިގަނޑަށް ތިޔަ ވަރަށް (އުއްތަމަ ފަޑިޔާރަށް ގެއެއް، މަޖިލިހުގެ ރައިސަށް ގެއެއް) މިކަން ބަދަލުވާނެހޭ....؟ ރައްޔިތު މީހާ ވަންނާނޭ ތަންކޮޅެއް ނެތިފަ ސިޔާސީ ބާރުން އުޅޭ މީހުން ރައްޔިތު މީހާގެ ޓެކްސް ލާރިން ހަރަދު ކުރުން ވަރަށް ގޯސް. މިގޮތަށް ކަންކަން ދަންޔާ ދިވެހި ރައްޔިތުން ޓެކްސް ދައްކާނެ ކަމެއް ނެތް އަސްލު. ވާކަމެއް ހަރާން

The name is already taken The name is available. Register?

އިބްރ

21 November 2021

އިންޑިއާ އެމްބަސީތެރޭގައި ތިޔަތަން ހެއްދެވިނަމައޭ ހިތަށްއަރަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454