ރާއްޖެ-ބަންގްލަދޭޝް
17 ނޮވެމްބަރ 2021 - 14:53
ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް އަތުން 86-65 ޕޮއިންޓުން ބަލި ވެއްޖެ އެވެ.
މިއަދު ހެނދުނު ކުޅުނު މެޗުގެ ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖެއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ތިންވަނަ ކުއާޓާރުގައި ރާއްޖޭން ކުޅުން ރަނގަޅު ކުރި އެވެ. ފުރަތަމަ ދެ ކުއާޓަރުގައި ބަންގްލަދޭޝް އިން 44 ޕޮއިންޓް ހަމަކުރިއިރު، ރާއްޖޭން ހަމަކުރެވުނީ 25 ޕޮއިންޓެވެ. ތިންވަނަ ކުއާޓަރުގައި ރާއްޖޭން ކުރި ހޯދީ 21-16 ޕޮއިންޓުންނެވެ.
ފަހު ކުއާޓަރުގެ ކުރީ ކޮޅު ވެސް ރާއްޖޭން ރަނގަޅަށް ކުޅެ، ނުވަ ޕޮއިންޓަށް ފަރަގު ކުޑަ ކުރިއިރު، ބާކީ އަށްވަރަކަށް މިނިޓަށްވެފައި ވަނިކޮށް ރާއްޖޭން ނެގި ޓައިމްއަައުޓަށް ފަހު، ބަންގްލަދޭޝްގެ އޮފެންސްތައް ފެނުނީ ކުރިޔަށް ވުރެ ނުރައްކާ ކޮށެވެ.
ރާއްޖޭން މި މުބާރާތަށް ނުކުތީ، ކުރިން ގައުމީ ކެޕްޓަންކަން ކުރި، އަދި އެސިސްޓެންޓް ކޯޗުގެ މަގާމު ވެސް ފުރި އިލްޔާސް އިބްރާހިމް (އިއްލެ) ގެ އިރުޝާދުގެ ދަށުންނެވެ. އޭނާގެ އެސިސްޓެންޓުންނަކީ 2019 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓައިލި މުހައްމަދު ޒިލާލް (ޒިލާ) އާއި އަލީ ފަޒްލީ އަދި ކޯޗު މުހައްމަދު ނަސީރު (މޮއްޑެ) އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް މެޗުގެ ކުރިން އިންޑިއާ ވަނީ މިއަދު ހެނދުނު 114-48 ޕޮއިންޓުން ސްރީ ލަންކާ ބަލިކޮށްފަ އެވެ.
މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެ، ރާއްޖެ އޮތީ ފުލުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމާ
18 November 2021
ސުޕުން އައުޓް ، އެސޯސިއޭސަން އައުޓް ، ހުރިހާ ވައިފުޅި ތައް އައުޓް
ޥިޒުއްޕެ
18 November 2021
އަދިވެސް އެއްފައިދަމަމުން ވެސް ފިރާމެން ޓީމް ގަ ގެންދެވޭ ދޯ ، ބަލަ ޒުވާން ކުޅުން ތެރިޔަކައް ފުރުސަތު ދީބަލަ ، ދެން ތިޔަ ބުނާ މޮއްޑެ އަކީ ކާކު ތޯ ؟
ބޯބޮޅޭ
18 November 2021
ޢަންޑިޔާ އަތުން ބަލިވީ ބިޔަ ބޮޑެތި ކުޅުން ތެރިން ތިބީމަ ، ބަންގްލަދޭސް އަތުން ބަލިވީ ކިހިނެއް ވެގެން ތޯ ،
އާދަނު އެޑަމް
17 November 2021
20 އަހަރު ވީއިރު ނުވި އެއްނު ތިޔަ ސުޕުން އެއްް ލާ ގެން މިގައުމުގެ ބާސްކެޓްއް ޖެހިފައޮތް ބޮޑު މުސީބާތެއް ތި ސުޕުން ތީ
ލޭމް
17 November 2021
މިހިސާބު އެހެން ގައުމު ކުރި އަރާއިރު ރާއްޖެ ދަނީ ފަހަތަ.
ޢަހުމަދު އިއްސޭ
17 November 2021
ސުޕުން ގެ މޮޅުކަން ތީ އޭބަލަ އެޑަމޫ ކަލޭ ލަދު ކޮބާ
ޝަރީފްބެ
17 November 2021
ރާއްޖޭގައި ހުރިހާ ކުޅިވަރަކަށްވެސް ވަރަށް މޮޅެތި އަދި މޮޅުކޮށްދެވޭނެ ކުރުންތެރިން އެބަތިބި. އެކަމަކު ފެންނަ މަންޒަރަކީ ސަރުކާރުން ކުޅިވަރެއްގެ ގޮތުގައި ދެކެނީ ހަމައެކަނި ފުޓުބޯޅަ ކަމަށް. ކޮންމެ ރަށަކަށް 2 ދަނޑު 3 ފުޓްސެލް ދަނޑުއަޅައިދެމުންދާއިރު ބާސްކެޓް ޕްރެކްޓިސް ކޮއްލަންވިޔަސް މުބާރާތެއް ކުޅެންވިޔަސް އޮންނަނީ އެންމެ 2 ކޯޓު. އެހެން ހުރިހާ ކުޅިވަރެއްގެވެސް ހާލަކީ ހަމަ މިއީ. ކުޅިވަރާބެހޭ ވަޒީރަށް ނުވަންޏާ އިސްތިއުފާދީ...
އަލިކޮ
18 November 2021
ކުޅިވަރެއްގެ ގޮތުގައި ދެކެނީ ހަމައެކަނި ފުޓުބޯޅަ ކަމަށް ވެގެން ފުޓުބޯޅަ އަށް ވަކި ކޮން ކުރިއެރުމެއްބާ ގެނައީ؟
53435ރ36534
17 November 2021
ރަށަށް އަންނަން އުޅޭ.
ރަދީފްއޮފިޝިއަލް
17 November 2021
ހެހެހެހެހެހެ.
ހާޖަރާ
17 November 2021
ވަރިހަމަ ތަނެއްގަ ބަޔަކު ބެރެއް ކޮށްޓާލިޔަސް ތިން ނާށި ތަޅާލިޔަސް ގޮއްސަ ކޮފި ގަންނާތި. އާދޭ އަވަހަށް ގައުމަށް. ވާވަރު ވެއްޖެއްނު
ާއުނިމާ
17 November 2021
ކުޅިވަރާ ބޭހޭ ގޮތުން އިވޭ އަޑުތަކުން ލަދުން ބޯހަލާކު