އެމްޕީއެލްގެ އިސްވެރިން ރާއްޖޭގެ ކްރޫޒް ލައިނާ އަދި ޔޮޓު އޮޕަރޭޓަރުންނާ މަޝްވަރާ ކުރަނީ-- ފޮޓޯ: އެމްޕީއެލް
18 ނޮވެމްބަރ 2021 - 13:25
ކްރޫޒް ލައިނާތަކަށް ރާއްޖެ އައުމުގައި އެއްވެސް ދަތިކަމެއް އަދި ކަންބޮޑުވުމެއް އޮތް ކަމުގެ ޝަކުވާއެއް ލިބިފައި ނެތް ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނީ ފާއިތުވި ތިން އަހަރު ގެނައި އެންމެ މުހިންމު އެއް ބަދަލަކީ ޕައިލެޓޭޖް ޗާޖަށް ގެނައި ބަދަލު ކަމަށެވެ. މިކަމާ ގުޅޭގޮތުން އެ ދާއިރާގެ ފަރާތްތަކާ މަޝްވަރާ ކުރުމުން ވެސް މި ޗާޖު ބޮޑު ކަމުގެ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކްރޫޒް ލައިނާތަކާއި ޔޮޓު އޮޕަރޭޓަރުންނާ އެމްޕީއެލް އިން އަންނަނީ ބައްދަލުކޮށް މަޝްވަރާ ކުރަމުންނެވެ. މި މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވަނީ ބާއްވައިފަ އެވެ.
މި ބައްދަލުވުމަށް ފަހު އެމްޕީއެލް އިން ބުނީ ޕައިލެޓޭޖް ފީއާ ބެހޭ އެއްވެސް މައްސަލައެއް އޮތް ނަމަ އެކަމާ މަޝްވަރާކުރަން އެ ކުންފުނިން އޮތީ ތައްޔާރަށް ކަމަށާއި އެކަމަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ސަރުކާރު ބަދަލުވުމުގެ ކުރިން ޕައިލެޓޭޖް ޗާޖު ނަގަމުން އައީ ކުރިން ހަދާފައިވާ ޓެރިފް ގަވާއިދުތަކާ އެއްގޮތަށެވެ. ނަމަވެސް މަޝްވަރާތަކަށް ފަހު އެ ކުންފުނިން ވަނީ ބޯޓުފަހަރުގެ ޓަނޭޖު ސައިޒުތައް ކެޓަގަރީތަކަށް ބަހާލައި އެ ކެޓަގަރީއަކާ އެކަށީގެންވާ ޓެރިފެއް ހަމަޖައްސައިފަ އެވެ. މިހާރު ޕައިލެޓޭޖު ޗާޖު ނަގަނީ މި ޓެރިފާ އެއްގޮތަށެވެ.
މިހާރު ނަގާ ޕައިލެޓޭޖު ފީއަކީ ރާއްޖެއާ ކައިރި ގައުމުތަކުގެ ޕޯޓުތަކުން ނަގާ ފީއަށްވުރެ ކުޑަ އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
18 November 2021
ސަރުކާރުގެ ހުރިހާ މުވައްސަސާތަކަކީވެސް ކޯޓްތަކަކީބާ؟ ކުޜޫޒްލައިނާތައް ނާންނަކަން ނުވަތަ މަދުކަން ފާހަގަވެގެން އެމްޕީއެލްއިން އުޅެފިބާ؟
ސައިޚް
18 November 2021
އެމް.ޕީ.އެލް. އިން ސީދާ އެހަދަނީ ދޮގު، މަސްވަރާކުރިކަމަށް ބުނަނީ ކާކާބާ.؟ ކޮންމެވެސް ރައްޓެއްސަކާ މަސްވަރާކުރެވިފައޮތީބާ.؟ ޕައިލޮޓޭޖް ފީ ވަރަށް ބޮޑު، މިހިސާބުގެ އެއްވެސް ގައުމެއްގަ މިވަރުގެ ބޮޑު ފިއެއް ނުނަގާނެ، ޖީ.އާރ.ޓީ ޓަނަކަށް މަދުވެގެން ހާހެއް އެބަނަގާ، މީބޮޑުވަރު، މާލެ ބަނދަރުގަ އޮންނަބޯޓު މަގަތުފާލަމަށް ކައިރިކޮއްލަން 80 ހާސް ރުފިޔާ، މިތޯ އެބުނަ ކުޑައަގު،