ވިޔަފާރި

އާއިލާފުއްޓާއި ލޯބިގިއްޔަށް މުވައްޒަފުން ހޯދަނީ

އޯބްލޫ އާއިލާފުއްޓާއި ލޯބިގިލި: ދެ ރިސޯޓު ގުޅާލާފައިވަނީ ވޯޓާ ވިލާތަކުން-- ފޮޓޯ: އެޓްމޮސްފިއާ

އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ކ. އަތޮޅުގައި ހުޅުވާ އޯބްލޫ ސެލެކްޓް ލޯބިގިލި އާއި އޯބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓުތަކަށް މުވައްޒަފުން ހޯދަން އިއުލާން ކޮށްފި އެވެ.

އެ ހުރިހާ ވަޒީފާއެއްގެ ފުރުސަތު ވެސް ހުޅުވާލާފައިވަނީ ދިވެހިންނަށް ކަމަށް ވާއިރު، މީގެ ތެރޭގައި އަންހެނުންނަށް ހާއްސަ ވަޒީފާތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ބާޓެންޑާ އާއި އިންޖިއަނިއަރިން ކޯޑިނޭޓަރާއި ސެކިއުރިޓީ ކޯޑިނޭޓަރު ހިމެނެ އެވެ.

އެ ރިސޯޓުތަކުން ނުވަ ދާއިރާއަކުން 39 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި އިންޖިނިއަރިން އާއި ހިއުމަން ރިސޯސަސް އާއި ބަދިގެ އާއި ރިސޯޓު ފިހާރަ އާައި ސްޓުވާޑިން އާއި ސެކިއުރިޓީ އާއި ފުޑް އެންޑް ބެވަރެޖަސް އާއި ހައސް ކީޕިން އާއި ފްރޮންޓް އޮފީސްގެ ދާއިރާ ހިމެނެ އެވެ.

އާއިލާފުއްޓާއި ލޯބިގިލީގެ ވޯޓާވިލާތަކެއް-- ފޮޓޯ: އެޓްމޮސްފިއަ

މި ވަޒީފާތަކަށް ކުރިމަތިލާން ބޭނުންވާ މީހުން [email protected] އަށް ސީވީ ފޮނުވުމަށް އެޓްމޮސްފިއާއިން އެދެ އެވެ.

އާއިލާފުއްޓާއި ލޯބިގިލި އަކީ ވޯޓާވިލާތަކުން ގުޅުވާލާފައިވާ ދެ ރިސޯޓެވެ. މީގެ ތެރެއިން ލޯބިގިލި ރިސޯޓު އަންނަ މަހު ހުޅުވަން ތާވަލު ކޮށްފައިވާއިރު، އާއިލާފުށި ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

ލޯބިގިލީގެ ބީޗް ވިލާތަކެއް-- ފޮޓޯ: އެޓްމޮސްފިއާ

ލޯބިގިލިއަކީ އެ ނަމާ އެއްގޮތަށް ލޯބިވެރިންނަށް ހާއްސަ ރިސޯޓެކެވެ. މި ރިސޯޓަށް ދެވޭނީ ހަމައެކަނި ލޯބިވެރިންނަށް ކަމަށް ވާއިރު، އެ ތަން ހަދާފައިވަނީ ރޮމޭންޓިކް އިހުސާސް ގެނައުވައިދޭ ގޮތަކަށެވެ.

އާއިލާފުއްޓަކީ ރާއްޖޭގެ ރަށެއްގެ ސްޓޭއެއްގެ އިހުސާސް އެންމެ ފުރިހަމަ ގޮތުގައި ގެނުވައިދޭ ގޮތަށް ހަދާފައިވާ ރިސޯޓެކެވެ. މި ރިސޯޓުގައި ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްފައިވާއިރު އާއިލާއާއެކު ނުވަތަ "ވޯކްކޭޝަން" އަށް ރާއްޖެ އަންނަ މީހުންނަށް މި ރިސޯޓު ކަމުދާނެ އެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 22%
icon angry icon angry 0%
icon wow icon wow 22%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަރިގިލިހުރާ

22 November 2021

ދެން ހުޅުވަންވީ ވަރިގިލި

The name is already taken The name is available. Register?

ބަނބޫ

22 November 2021

އެކްސްޕީރިންއަންސް ނެތީމާ އެޕުލިކޭސަން ފޯމު ދަނީ ޑަސްބިނަށް. މީ ހުރިހާރިސޯޓެއްގައިވެސް ކަންއޮތްގޮތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454