ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "ވިނަރެސް" ފްލެޓެއްގައި އެޗްޑީސީގެ އޮފިޝަލަކު ހަރަކާތްތެރިވަނީ. ފަހި ދިރިއުޅުމުން އަންނަނީ ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަމުން. ---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
23 ނޮވެމްބަރ 2021 - 13:15
މި ސަރުކާރުން އުފެއްދި ބޯހިޔާވަހިކަމުގެ ކުންފުނި، ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އިމާރާތް ކުރަމުން އަންނަ ފުރަތަމަ 4،000 ފްލެޓުގެ ބޮޑު ބައި ހާއްސަ ކުރާނީ މާލޭގެ ރައްޔިތުންނަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އެ ފްލެޓްތައް ދޫކުރާނީ މާލޭގެ ރައްޔިތުންނާއި ދަފްތަރުގައި 15 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ހައުސިން ޔުނިޓްތައް ދޫކުރާނެ ގޮތުގެ ތަފުސީލަށް މެމްބަރަކު އެދިވަޑައިގަތުމުންނެވެ.
އެސްއޯއީ ކޮމިޓީގައި އަސްލަމް އިއްޔެ ވިދާޅުވި ގޮތުގައި އެ ފްލެޓްތަކުގެ ބޮޑު ބައި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ގިނަ ދުވަސްވީ މީހުންނަށް ހާއްސަ ވަނީ އެއްވެސް ގޮތެއް ނެތިފައި މި ވަގުތު ވެސް މާލޭގެ 5،000 އާއިލާ ތިބުމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެ އާއިލާތަކަށް އިސްކަންދޭން ސަމާލުކަން ދެއްވާނެ ކަމަށެވެ.
"އެހެން އެއްވެސް ބަޔަކަށް އެއްޗެއް ނުދޭނެ ވާހަކައެއް ނޫން. އެހެން ވިޔަސް 5،000 މީހުންގެ ކަންތަކުގައި ސަރުކާރުން އިސްކަންދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، ރާއްޖޭގެ އާދަކާދަ ފެށުނީއްސުރެ ވެސް އަމަލުކުރާ ގޮތަކީ އެ ރަށަކަށް އުފަން މީހުންނަށް ބިން ދިނުން ކަމަށެވެ. މާލޭގެ މީހުންނަށް ވެސް އެ އުސޫލުން ބޯހިޔާވަހިކަން ބޭނުންވާ ކަމަށާއި އެކަމަކު މިހާ ޒަމާންވި އިރު ވެސް އެކަން އެގޮތަށް ނުވެ އޮތް ކަމަކީ މާލޭގެ ރައްޔިތުންގެ ޝަކުވާއެއް ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެފްޑީސީން ވަނީ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 1،700 ހައުސިން ޔުނިޓުގެ މަސައްކަތް ފަށައިފަ އެވެ. މިއީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓާއި 650 އަކަ ފޫޓުގެ ދެ ކޮޓަރީގެ 680 އެޕާޓްމެންޓެވެ. މިދިޔަ އަހަރު ފެށި މި މަޝްރޫއު ނިންމަން އޮތީ ދެ އަހަރުގެ ތެރޭގަ އެވެ.
މީގެ އިތުރުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 2،000 ހައުސިން ޔުނިޓް އިމާރާރް ކުރަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް އަދި 900 އަކަފޫޓުގެ ތިން ކޮޓަރީ ގެ 1،400 ޔުނިޓް އިމާރާތް ކުރަން ވަނީ ނިންމައިފަ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ އިންޖިނިއަރިން ޕްރޮކިއޯމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އާއި އަޝޯކާ ބިލްޑްކޮން ލިމިޓެޑާ ދެމެދު ވެސް މަޝްރޫއެއްގައި ސޮއިކޮށްފަ އެވެ. މިކޮންޓްރެކްޓުގެ ދަށުން 2،000 ހައުސިން ޔުނިޓް އިމާރާތް ކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮމް
15 March 2022
ދިވެހިރާއްޖޭގެ ހުރި އެކިއެކި އިޖުތިމާޢީ މައްސަލަތައް ޙައްލު ވާނީ އިޤްތިޞާދު ވަރަށް ރަނގަޅުވެގެން، އެކަންކަމަށް ބޭނުންވާ ފައިސާ ލިބިގެން. އެމްޑީޕީގެ ސަރުކާރުތަކަކީ އިޤްތިޞާދަށް ގެއްލުުންދެނިވި، މުއްސަނދިންނަށް މަންފާކުރުވާ، ޢާއްމުންނަށް ކުޑައިމީސްކޮށް ހިތާ ސަރުކާރުތަކެއް. ތަފާސް ހިސާބުތައް ހެކިދޭ. އެހެންކަމުން، އެންމެ ރައްޔިތުން ޕީޕީއެމަށް އަދި ފުރުސަތެއްދީ ވެއްޓިފައިވާ އަނދަވަޅުން ޤައުމު ސަލާމަތް ކުރައްވާ! ދަރިންނާ ދަރިންގެ ދަރިންނަށްޓަކާ!
ދަންޑެހެލް
25 November 2021
މާލޭ މީހުންނަށްވެސް ރަށްރަށުގެ ގޯއްޗަށް ފޯމު ލެވޭ. ހަމައެގޮތަށް ރަށްރަށުގެ މީހުންނަށްވެސް މާލޭގެ ފުލެޓުތަކަށް ފޯމު ލެވެން ޖެހޭނެ. ޕޮއިންޓް ލިބޭނެ އުސޫލާ އެއްގޮތަށް ޕޮއިންޓް ލިބިގެން ލިބޭ މީހަކަށް ލިބުނީ. ހައްގު ހޯދުމުގެ ހަމަ ހަމަކަން އެންމެނަށް އެއްވަރަކަށް އޮންނަން ޖެހޭނެ.
ޕިސްޕިސް
16 September 2022
ރަނގަޅު. ރަށްރަށަށް ފޯމު ލެވޭ. އެކަމަކު އެރަށަކަށް ނިސްބަތްނުވާނަމަ ގިނަ ރަށްރަށަށް ހަދާފަ އޮންނަ އުސޫލުން 35 ޕޮއިންޓް ކަނޑާލާ. ދެންކިރިޔާވެސް ޕޮއިންޓެއް ލިބެންޏާ ލިބެނީ ދަރިންނަށްް. ޢެހެންވީމަ ހެސްކިޔާފަ ދަރިން ހޯދަންވީ އެކުދިންނަށް އަޅާނުލެވުނަސް.
ލަވް ބާރޑް
24 November 2021
ކޮންމެޔަކަސް ނޯގޯތި ނޯވޯޓު. # ކެހިވެރި ފަތިސް
ކަނބިލި
24 November 2021
މަ ހީކުރީ އެމްޑީޕީއަކީ ލިބަރަލް ފިކުރުގެ ޕާޓީއެއްކަމަށް. ރާއްޖޭގައި ޒަމާނުއްސުރެ އޮތް ތަފާތުކުރުންތައް ކުޑަކޮށް ، ހަމަހަމަގޮތުގައި ހައްގުތައް ހޯދައިދޭން މަސައްކަތްކުރާނެ ޕާޓީއެއްކަމަށް. ނަމަވެސް މިފެންނަނީ ރާއްޖޭގައި ރަސްކަމުގެ ދުވަސްވަރު އޮތް ތަފާތުކުރުމުގެ ބޯދާ ސަގާފަތް ދިރުވަތަން. ވަކި ބަޔަކު ރުއްސަން އުޅޭ މަންޒަރު. ރައްޔިތުންނަށް ގޮންޖަހާ ނިކަމެތިކުރަން އުޅޭ މަންޒަރު. އަސްލަމުގެ ވާހަކަވެސް ހުރީ ވަރަށް ދަށު ދަރަޖައިގާ
ﷲ މޮޅަށް ދެނެވޮޑިގެންވޭ
24 November 2021
5،000 ޢާއިލާ އަށް 4،000 މަދުވާނެ ނޫންތޯ
އޮނަރަބްލް އަފީފު ދީދީ
24 November 2021
ލިޔެފައިވާ ޤާނޫނުއަސާސީއާއި ދިމާ އިދިކޮޅަށް ދައުލަތުގެ މުއްސަނދިކަމާއި ވަސީލަތް ހަމައެކަނި "މުޤައްދަސް ރަށްކޮޅު" ކ.އަތޮޅު މާލޭ މީހުންނަށްޓަކައި ސަރުކާރުން ހޭދަކުރާއިރު އެއާއި ދެކޮޅު ނަހަދާނަމަ "އަހަރުމެންވެސް ތިބީ އެކަމަށް ރުހިގެން" ކަމުގައި ބެލުމުގެ ފުރުސަތު އޮންނާނެ. # އިންސާފު ޤާއިމްކުރުމުގައި މިގޮތަށް ކަންތައްކޮށް ރޭސިސްޓް އަމަލު ހިންގުމުގައި ހައްދުން ނެއްޓިއްޖެނަމަ "އަހަރުމެންގެ ކާބަފައިން ނިންމިގޮތަށް" އެމަގުން ހިގާންޖެހޭ.
ޙަތަރުކަށި
24 November 2021
ޙަތަރުކަށި މާލެ މީހުން މާލެ ސިޓީންވެސް އެހެން ރަށަކުން އަކަފޫޓެއް ވެސް ނުލިބޭނެ. ބިންހިއްކަންވީމަ ދިވެހިރައްޔިތުންގެ ލާރި.
ތެދު ހަގީގަތް
24 November 2021
ނޫން ލިބޭނެ އިނގޭތޯ! އެކަމަކު ރާއްޖެތެރޭ މީހުންނަށް ބޮޑު އަގުގައި ގެދޮރު ކުއްޔަށް ދިނުމަށް މާލޭ މީހުން ބޭނުންވަނީ ރާއްޖޭގެ އެެހެން ސަރަޙައްދަކުން ބިން ނުހޯދައި މާލެއިން ހޯދަން. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. މާލެއަކީ ދިވެހި އެންމެހާ ރައްޔިތުންގެ ތަނެއް
ލާމުމީހާ
24 November 2021
ލާމު އަތޮޅުގައި އެކަނިވެސް މާލޭ ބޭފުޅުންނަށް ގޯތީގެ ގޮތުގައި 2 މިލިއަނަށް ވުރެ ގިނަ އަކަފޫޓުގެ ބިން ދީފައިވޭ.
ޕިސްޕިސްް
16 September 2022
ރާއްޖެތެރޭގަ ހުންނަ އަމިއްލަ ގޯތީގަ ގެސްޓްހައުސް. މަންމަ ގޯތީގަ ކެފޭ. ބައްޕަގޯތީގަ ސްޕާ. އަތޮޅު ދަތުރުއަޅަން އަމިއްލަ ލޯންޗް. މިވެސް ފެންނަ މަންޒަރު. އެންމެން އެހާ ނަސީބުވެރި ނުވަތަ މަކަރުވެރި އެއްނޫން އެކަމު މަކަރުވެރިން ކޮންމެވެސް މަކަރާއެއްޖަހައިގެން ފައިދާނަގާނެ. ދެރައީ ކޮންމެ މީހަކަށްވެސް އެމީހަކީ ބަދުނަސީބުވެރިއެއްގޮތަށް ފެންނާތީ އަދި ހައްގުވާ ބަޔަކު އަބަދުވެސް އެކަހެރިކޮށްލާތީ
ލޮލްޒ
24 November 2021
ރާއްޖެތެރޭ ރިސޯޓުތަކުން ލިބޭ ފައިސާގެ 80 ޕަސެންޓު އެ ރިސޯޓެއް ހުރި އަތޮޅަކަށް ހަރަދު ކުރޭ. އޭރުން ދެން ކުރާނެ ޝަކުވާއެއް ނެތް. 15 ޕަސެންޓު އެންމެ ރިސޯޓު މަދު އަތޮޅުތަކަށް ހަމަހަމަކޮށް ބަހާލާފަ، އިދާރީ ކަންކަން ހަމަޖައްސަން ބާކީ 5 ޕަސެންޓު ނެގިއަސް ހެޔޮ.
ކާށި ގޯނި
24 November 2021
ތިޔަ ދަފްތަރެއް ގަ ޖެހިހެން 15 އަހަރު އުލުނަސް އެމީހުން ނަކީ މާލެ މީހުން ނަކައް ނުބެލޭ ތީ ހުސް އައިލެންޑާރސް
ކުސޯ
24 November 2021
ސޯ؟ ކީއްވީ ދެން؟
ތ
24 November 2021
ދިއްލީ އެންސީއާރް އިން ވެސް މާ ފަސޭހަ ވާނެ ތަން ކޮޅެއް ހޯދަން .