ބީއެމްއެލް އިން ދަނގެތީގައި ހުޅުވި ސެލްފް ސާވިސް ސެންޓަރު-- ފޮޓޯ: ބީއެމްއެލް
23 ނޮވެމްބަރ 2021 - 15:05
އދ. ދަނގެތީގައި ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.
މި ސެންޓަރު މެދުވެރިކޮށް މިހާރު ދަނގެއްޗާއި އެ ރަށާ ކައިރި ރަށްތަކުގެ މީހުންނަށް ވެސް 24 ގަޑިއިރު ފައިސާ ނެގުމާއި، ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ. މި އޭޓީއެމް ސެންޓަރުން ބިލުތަކަށް ފައިސާ ވެސް ދެއްކޭނެ އެވެ.
މިއީ ބޭންކުގެ ހިދުމަތް ފުޅާ ކުރުމަށް ކުރަމުން އަންނަ އިންވެސްޓްމަންޓުގެ ދަށުން ހުޅުވި ތަނެކެވެ.
ދަނގެތީގެ އިތުރުން އދ. ގެ ތިން ރަށެއްގައި މިހާރު ވެސް އޭޓީއެމްގެ ހިދުމަތް ވަނީ ތައާރަފުކޮށްފަ އެވެ. މީގެ ތެރޭގައި ދިގުރަށާއި މަހިބަދު އާއި މާމިގިލި ހިމެނެ އެވެ. މަހިބަދޫ ބްރާންޗުގެ ސެލްފް ސާވިސް ސެންޓަރު ވަނީ ދާދި ފަހުން އަޕްގްރޭޑު ވެސް ކޮށްފަ އެވެ.
ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ 20 އަތޮޅެއްގައި 35 ބްރާންޗާއި 74 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 135 އޭޓީއެމް އަދި 200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ބޭންކިންގެ ހިދުމަތް ދެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
23 November 2021
ދަނގެތީގައި އެކަންޏެއްނޫން އޭޓީއެމް ހދަންޖެހޭނީ. ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އޭޓީއެމް ބަހައްޓަންޖެހޭނެ. މިކަން ބޭންކް އޮފް މޯލްޑިވްސް އިން ކުރުމަށް ފިނޭންސް މިނިސްޓަރު އަންގަވަންވީ. ހުވަދޫ ކަނޑުން ދެކުނުގައި ފޯން ނުބެހެއްޓިގެން ދިޔަ ދުވަސްވަރެއްވިސް ދިޔަ. އެއިރުބުނީ ފޯނުގެ ސިގުނަލް ހުވަދޫ ކަނޑު ހުރަސްކޮށްފައި ނުދެޔޭ. ކަންކުރަންޏާ ސެޓެލައިޓުން ޖާގަ ހޯދާށޭ ޖެހެނީ. ޚަރަދުބޮޑޭ ނުވާނެޔޭ ބުނާއިރަށް މިނިސްޓަރަކު ވިދާޅުވީ މިކަންކުރާށޭ. ޓަސް ކުރެވިއްޖެ