މުނިފޫހިފިލުވުން / ހޮލީވުޑް

"ދަ ޑެނިޝް ގާލް" ކުޅުމަކީ ހެދުނު ގޯހެއް: އެޑީ

އެޑީ.

25 ނޮވެމްބަރ 2021 - 06:41

ޓްރާންސްޖެންޑާ ކެރެކްޓާއެއް ކުޅުނު ފިިލްމު "ދަ ޑެނިޝް ގާލް" ކުޅުމަކީ ކެރިއަރުގައި ހެދުނު ގޯހެއް ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެޑީ ރެޑްމޭން ބުނެފި އެވެ.

ޓޮމް ހޫޕާ ޑައިރެކްޓްކުރި ބައޮގްރަފިކަލް ރޮމޭންޓިކް ޑްރާމާގައި ކުޅުނު ރޯލުން އެންމެ މޮޅު އެކްޓަރުގެ މަގާމަށް ނޮމިނޭޓް ވެސް ވި 39 އަހަރުގެ އެކްޓަރު ބުނި ގޮތުގައި އޭގައި ކުޅުނު ކަހަލަ ރޯލެއް މިހާރު ހުށަހަޅައިފި ނަމަ ގަބޫލެއް ނުކުރާނެ އެވެ. ފިރިހެނަކުން އަންހެނަކަށް ބަދަލުވި މީހެއްގެ ރޯލު ކުޅުނު ފިލްމާ ބެހޭ ގޮތުން ސަންޑޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އެޑީ ބުނީ "ދަ ޑެނިޝް ގާލް" އަށް އެއްބަސްވީ ފިލްމުތަކަށް ކާސްޓުން ހަމަޖެއްސުމާ މެދު މިހާރު ބަހުސް ނުކުރެވޭ ވަރަށް ބަހުސް ނުކުރެވޭ ދުވަސްވަރެއްގައި ކަމަށެވެ.

"އަހަރެން އެ ފިލްމު ގަބޫލުކުރީ ހަމަ ވަރަށް ކުޅެން ބޭނުންވެގެން. އެކަމަކު ހަމަ ގައިމު ވެސް މިހާރު އެކަހަލަ ރޯލަކަށް އެއްބަހެއް ނުވާނަން،" 2015 ގެ "ދަ ތިއަރީ އޮފް އިވްރީތިން" ގައި ސައިންސްވެރިޔާ ސްޓީވެން ހޯކިންސްގެ ރޯލު ކުޅެގެން އޮސްކާ އެވޯޑް ހާސިލުކުރި އެޑީ ބުންޏެވެ. "ހަގީގަތުގައި ޑެނިޝް ގާލް ކުޅުމަކީ ކެރިއަރުގައި ހެދުނު ގޯހެއް ކަމަށް އަހަރެން ދެކެނީ."

އޭނާ ބުނި ގޮތުގައި ފިލްމުތަކަށް ކާސްޓުން ނެގުމުގައި މިހާރު ކުރިއަށް ވުރެ ބޮޑަށް ވިސްނަން ޖެހެ އެވެ. އެގޮތުން އެ ކެރެކްޓާއަކާ އެންމެ ގުޅޭ ކަހަލަ މީހުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް ބުންޏެވެ. އެޑީ ބުނީ ޓްރާންސްޖެންޑާ ކެރެކްޓާއެއް ކުޅުވާ ނަމަ އެފަދަ ރޯލެއް ދިނުން އެންމެ ހައްގުވާނީ ވެސް އެފަދަ މީހަކަށެވެ. އޭރުން އިންޑަސްޓްރީ ތެރޭގައި އޮންނަ ފުރުސަތުތައް ހަނިވުމުގެ ބައި ކުޑަވުމަށް މަގުފަހިވާނެ ކަމަށް ބުންޏެވެ.

"ދަ ޑެނިޝް ގާލް" ކުޅުމަކީ ހެދުނު ގޯހެއް ކަމަށް އެޑީ ބުނުމުން ވަރަށް ގިނަ ބަޔަކު ސޯޝަލް މިޑިއާގައި އޭނާ އަށް ފާޑު ވެސް ކިޔާފައިވެ އެވެ. ބައެއް މީހުން ބުނި ގޮތުގައި އެ ފިލްމުގައި ޓްރާންސްޖެންޑާ ކެރެކްޓާއެއް ކުޅުމަކީ އޭނާ ދެރަވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ ކޮންމެ ފިލްމެއްގައި ވެސް ފިލްމު ކުޅޭ މީހުން ދައްކުވައި ދެނީ ކެރެކްޓާތަކެއް ކަމަށްވާތީ، އެކްޓަރުންނަކީ ކޮންމެ ކަހަލަ ރޯލެއް ވެސް ކުޅެން ޖެހިލުންވާ ބަޔަކަށްވާން ނުޖެހުމެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ދަ ޑެނިޝް ގާލް" ގައި އެޑީ އަންހެނެއްގެ ރޯލު ކުޅުނު އިރު، އެ ފިލްމުގެ ކާސްޓްގައި އެލީޝިއާ ވިކެންޑާ، އެމްބާ ހާޑް، ބެން ވިޝޯ، ސެބަސްޓިއަން ކޯކް އަދި މެތިއަސް ސްކޮނާޓްސް ވެސް ހިމެނެ އެވެ.

ޖުމްލަ 15 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 64.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

"ފެންޓާސްޓިކް ބީސްޓް" ފްރެންޗައިޒްގެ މައިގަނޑު އެއް ކާސްޓް ކަމަށްވާ އެޑީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އެ ފިލްމުގެ ތިން ވަނަ ބައި "ފެންޓާސްޓިކް ބީސްޓް: ދަ ސީކްރެކްޓްސް އޮފް ޑަމްބްލްޑޯ" އަދި "ދަ ގުޑް ނާސް": ހިމެނެ އެވެ. އެޑީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ދަ ޓްރަޔަލް އޮފް ދަ ޝިކާގޯ 7" އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 40%
icon inlove icon inlove 20%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454