މީހަލު ބީއެމްއެލް އިން ހިދުމަތް ހޯދަނީ-- ފޮޓޯ: ބީއެމްއެލް
24 ނޮވެމްބަރ 2021 - 21:09
މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބީއެމްއެލްގެ އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕޯޓްފޯލިއޯ އަށް ބަދަލު ގެެނެސްފި އެވެ.
ބީއެމްއެލް މި ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުގު އުސޫލުންނެވެ. މިއީ ގަނެފައިވާ މުދަލެއް (ކޮމޯޑިޓީ) ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެކެވެ.
މި ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ނަގުދު ފައިސާ ލިބޭނެ އެވެ. އަދި މި ފައިސާ އަނބުރާ ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއީ އިސްލާމިކް ފައިނޭންސިންގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދޭ ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތް ކަސްޓަމަރުންނަށް ތައާރަފު ކުރުމަކީ ބޭންކަށް ލިބޭ ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ސަރަހައްދުގެ އިސްލާމިކް ބޭންކުތަކާއި އެއްގޮތަށް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ގޮތްތަކެއް ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ހިދުމަތް މެދުވެރިކޮށް މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ބޭނުން ނަމަ ފައިސާ ނެގުމުގެ އިހްތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެ،" ޓިމް ވިދާޅުވި އެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަކީ މުސާރަ ލިބޭ ފަރާތްތަކާއި ރިޓަޔަމަންޓް ޕެންޝަން ލިބޭ ފަރާތްތަކަށް 300،000 ރުފިޔާއާ ހަމަޔަށް 15 ޕަސެންޓުގެ ފައިސާއަކާ އެކު ދޫކުރާ ފައިނޭންސިން ފެސިލިޓީއެކެވެ. މަހުން މަހަށް މުސާރަ ނުލިބޭ ފަރާތްތަކަށް ވެސް ބީއެމްއެލް އިސްލާމިކް ޕަސަނަލް ފައިނޭންސިން މައިކްރޯ މެދުވެރިކޮށް 25،000 ރުފިޔާއާ ހަމަޔަށް 12 ޕަސެންޓުގެ ފައިދާއަކާ އެކު ފައިނޭންސިން ދޫކުރާނެ އެވެ.
ބީއެމްއެލް ލުއި އެކްސްޕްރެސް އާއި ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށް ވެސް މި ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
25 November 2021
ކޮންވެންޝަނަލް ބޭންކުން ދޫކުރާ ލޯނާއި ތި ލޯނާއި ހުރި ތަފާތަކީކޮބާ؟ މިހާރުވެސް ދޭ ލުއިލޯނު ކުރިިއަށް އިސްލާމްލާފަ ތި އޮޅުވާލަނީ.
އައްބެ
25 November 2021
ކީއްވެތަ އަދިވެސް ދިވެހި ބޭންކުން ރިބާ ލޯނު ދޫކުރަނީ، ތިޔަ އިސްލާމިކް ފައިނޭންސް ފެށިވެސް އެހެން ބޭންކަކުން އެކަންފެށީމައި މަޖުބޫރުވެގެން. އެކަމަކު މިއީ 100 ޕަސެންޓް މުސްލިމު ޤައުމެކޭ. މިޤައުމުގައި އެއްވެސް ޤާނޫނެއް ނުހެދޭނޯ އިސްލާމީ ޝަރީއަތާއި ޚިލާފަކަށް ކިޔާފައި ޤާނޫނު އަސާސީގައި އޮވޭ ލިޔެފައި. އެކަމަކު އެއާއި ދިމާއިދިކޮޅު ސަރުކާރުތަކުން ފެންނަމުންދަނީ.
ބަހަބަރު
25 November 2021
މީ ހަމަ ރިބާއެއް ނޫންބާ..؟ނޭނގުނު މިވާގޮތެއް. ކޮންމެވެސް ފަރާތަކުން ބުނެލަދީބަލަ އިސްލާމިކް އުސޫލުން އެބުނާ ފައިސާއެއް އެދެވެނީ ކިހިނެތްކަން..
އިސްލާމްބެ
24 November 2021
ނަމުން އިސްލާމިކް ފައިނޭންސް ، ކަމުން ހަމަ އެކައްޗެއް، އިންޓަރެސްޓް ބަދަލުގަ މޮޅުނަމެއް ކިޔަނީ، ރާއްޖެ މީ ކޮންކަހަލަ ތަނެއްތަ؟ މުޅިން ހަމަ ބޭންކުން ދިވެހިން ފެލާލަނީ ، ވިސްނަބަލަ 15 ޕަސަންޓް އިންޓރެސްޓް!!،!އަޅޭ އަޖައިބެއްނުން ، ބޯހަމަ ނުޖެހޭމީހުން މިވެސް ނަގާނެ.
އަލީލު
24 November 2021
އިސްލާމްދީނުގައި ހަރާމީ ރިބާ.. ވިޔަފާރިއެއްނޫން. ވިއްކާމީހާ 100% ފައިދާލާފަ ވިއްކިޔަސް އެޔަކަށް ނުކިޔާނެ ރިބަޔެ. އެކަމަކު ފައިސާ ދަރަނިޔަށް ދީފަ އަނބުރާ ދައްކާއިރު އިތުރަށް ނެގުމަކީ ރިބާ
ބިރިޔާން
24 November 2021
ބީއެމްއެލްއަކީ އާދައިގެ މީހުނަށް ކަމެއް ކޮށްލެވޭވަރަށް ފައިސާ ދޫކުރާތަނެއް ނޫން..މުއްސަދިންގެ ބޭންކް..އާދައިގެ މީހުނަށް 15ހާސް ލުއިލޯން ދޭނީ...