ފޯނު.
28 ނޮވެމްބަރ 2021 - 05:32
އައިފޯން ނެރޭ އެޕަލް ކުންފުންޏަކީ އަބަދު ވެސް އާ ކަންކަން ކުރަން މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނިން މިހާތަނަށް ގެނެސްދިން އައިފޯންގެ އެތައް މޮޑެލްއަކުން އެތައް ބަދަލެއް މިހާތަނަށް ގެނެސްދީފައިވެ އެވެ. އަދި އެފަދަ ކޮންމެ ބަދަލަކީ އެޕަލްގެ ކަސްޓަމަރުން ބަލައިގަންނަ ކަންކަން ވެސް މެ އެވެ.
އެހެންވެ ދެން އޮތީ އަނެއްކާ ވެސް އާ ކަމެއްގެ ވާހަކަ އެވެ. އެޕަލްގެ އެއް އަމާޒަކީ މާ ދުރު ނޫން މުސްގަތުބަލެއްގައި މުޅިން ބިއްލޫރިން ހަދާފައިވާ ފޯނު ނެރުމެވެ. މިކަމާ ބެހޭ ގޮތުން އެޕަލް ރަސްމީކޮށް މި ދަނޑިވަޅުގައި އެއްޗެއް ބުނާނެ ކަމަށް އުންމީދު ކުރުމަކީ ބޭކާރު ކަމެކެވެ. ސަބަބަކީ އުފެއްދުންތައް މާކެޓަށް ނެރުމާ ގާތްކޮށްފައި ނޫނީ ކުންފުނީގެ އާ އުފެއްދުންތަކާ ބެހޭ އެއްވެސް މައުލޫމާތު އެޕަލް އިން ހިއްސާނުކުރާތީ އެވެ.
Smashing.https://t.co/Ba4Ixsz7M1
— Creative Bloq (@CreativeBloq) November 23, 2021
އެކަމަކު ރިޕޯޓްތައް މިހާރު ބުނާ ގޮތުން މުޅިން ބިއްލޫރިން ހަދާ އައިފޯނުގެ މި ޑިޒައިން ރަޖިސްޓްރީ ކުރަން އެޕަލް އިން މިހާރު ވަނީ އެމެރިކާގެ ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީހަށް ވެސް ހުށަހަޅައިފަ އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ވަނީ އެޕަލް އިން ހުށަހެޅި ކަމަށް ބުނާ ޑިޒައިންގެ ކުރެހުންތަކެއް ވެސް އާންމުކޮށްފަ އެވެ. މި ފަރުމާ އަށް ބަލާ އިރު މިއީ ފޯނުގެ ހަ ފަރާތުގެ ބޭނުން ވެސް އެއްވެސް ތަންކޮޅެއް ބޭކާރު ނުވެ ބޭނުންކުރެވޭ ގޮތަކަށް އޮންނާނެ އެއްޗެކެވެ. އަދި މީގެ އެންމެ ހާއްސަ އެއް ސިފައަކަށް ވާނީ "ފޯނުގެ ޑިސްޕްލޭގެ ގޮތުގައި އޭގެ ކުރިމައްޗާއި ފަހަށް ވެސް ބޭނުންކުރެވޭ ކަހަލަ" އެއްޗަކަށް ވުމެވެ.
އެޕަލްގެ ސީއީއޯ ޓިމް ކުކް.
އެކަމަކު ސުވާލަކީ ބޮޑު ބަދަލަކަށް އެޕަލް އިން މުޅިން ބިއްލޫރި ފޯނެއް ގެނެސްދިނުމަކީ އައިފޯނަށް ލޯބިކުރާ މީހުން ބަލައިގަންނާނެ ކަމެއްތޯ އެވެ؟ ހަމަ ޔަގީނުން ވެސް ބިއްލޫރި ފޯނެއް ގެންގުޅުމަކީ ވަރަށް ފަރުވާތެރިކަމާ އެކު ކުރަން ޖެހޭނެ ކަމެކެވެ. ފޯނަށް ކުޑަކޮށް ވެސް ފަރުވާ ކުޑަކޮށްލައިފި ނަމަ ވެއްޓި ތަޅައިގެން ދިއުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ. އޭރުން އެ ގަންނަން ކުރި ބޮޑު ހޭދަ ވެސް ބޭކާރު އެއްޗަކަށްވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑައިޜީ
29 November 2021
ކަވަރެއްވެސް ހަދާތި ނޫނީ ތެޅިދާނެ
ރަންޖީބު
29 November 2021
މަޝްހޫރު ވަން ކުރާނެ ނުކުރާނެ ކަމެއް ނޯވޭ. ދެން ތި ފޯނު ވެއްޓުނީމަ ވަނީ ކޯއްޗަކަށް؟ މިހާރު މީހުން ވަރަށް މޮޅުވާނެ ފޯނު ގެންގުޅެން
ސެމްސަންގް
29 November 2021
ދެން އެފޯނުގެ މޭބިސް ކުރޮޑި ބައިވެސް ހުންނަނީ ބިއްލޫރިންތ؟ ތިގޮތަށް ޕްލާސްޓިކުން ހަދާފައޮތް ފޯނެއް އަހަރެމެންގޯތި ކުޑަސޮރަށް އިހައްދުވަހު ކުޅެން ގަނެދިނީ...!
ގެދާނޯމޮސް
28 November 2021
ކޮލިޓީ ބިއްލޫރީގެ ހަގީގަތް ނޭންގި ވާހަކަނުލިޔުން ރަނގަޅުވާނެވެ.
އަބޫބަކުރުބެ
28 November 2021
ތީތި ރާއްޖެއަށް ގެނައްސިއްޔާ ރައްޔިތުން މޮޔަވާނެ.
ހަސްނާ
28 November 2021
ތިކަހަލަ އައިފޯނެއް ނެރެވިދާނެ. އެކަމު އެއީ އެލްޖީ، ސަމްސުންގ ކަހަލަ އެހެން ކުންފުނިތައް ތިކަހަލަ ފޯނެއް ހަދާތާ 5 އަހަރު ފަހުން ތިކަން އެމީހުނަށް ވާނީ. މިހާރުވެސް އައިފޯންގެ ޑިސްޕްލޭއާ ގިނަ ކޮމްޕޯނެންޓްސް ހަދާދެނީ ސަމްސުންގއިން
ގުލްޒާރު
28 November 2021
ބޯހަލާކު.