އެސްޓީއޯ ގިފްޓް ހެމްޕާގައި ހިމެނޭ ޕިއުރިޓީގެ އުފެއްދުންތައް--
28 ނޮވެމްބަރ 2021 - 14:40
އައިޖީއެމްއެޗްގައި އަލަށް އުފަންވާ ކުދިންނަށް ގިފްޓް ހެމްޕާއެއް ދޭ ކެމްޕޭނެއް އެސްޓީއޯއިން ފަށައިފި އެވެ.
މި ކެމްޕޭނުގެ ދަށުން ދޭ ގިފްޓް ހެމްޕާގައި ހިމެނޭނީ އެސްޓީއޯއިން ރާއްޖެ އެތެރެ ކުރާ ޕިއުރިޓީ ބްރޭންޑުގެ ރީތިވާ ސާމާނެވެ. މިއީ އެ ބްރޭންޑުން އަލަށް ތައާރަފު ކުރި އުފެއްދުންތަކެކެވެ.
ޕިޔުރިޓީ ބްރޭންޑްގެ އުފެއްދުންތަކަކީ ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް އަރާމު ލިއްބައިދޭ، ދުޅަހެޔޮ މާއްދާތައް އެކުލެވޭ އުފެއްދުމެކެވެ. މިއީ ދިވެހިންގެ މެދުގައި މިހާރު މަގުބޫލުވަމުން އަންނަ އިތުބާރުކުރެވޭ ބްރޭންޑެކެވެ.
މި ކެމްޕޭން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި އުފަންވާ ކުދިންގެ އާއިލާތަކަށް ލިބޭނެހެން ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޙްމަދ
29 November 2021
ނުވިކެނީ.. އަގުހެވީ..
ރިންޒީ
28 November 2021
މި ރަނގަޅު ކަމެއް. ދެމެހެއްޓެނިވި ގޮތަކަށް ގެންދަންވީ
ކޮރަލް
28 November 2021
ވިއްސަން ދާން ވީ އަންހެން ގައިނީ ހުންނަ ހޮސްޕިޓާ ތަކާއި ކްލިނިކް ތަކަށެވެ.
ޢަލީބެ
28 November 2021
ދައުލަތުގެ ކުންފުނިތަކަށް ހައުސިންގ ޕްރޮޖެކްޓް ނުހިންގެންޏާ މިކަހަލަ ޕްރޮގްރާމްވެސް ނުހިންގޭނެ. މިއީ ބޮޑު ކޮރަޕްޝަނެއް. ރައްޔިތުމީހާއަށް ކޮރަޕްޝަން ކާންދެނީ.
1828
28 November 2021
އެސްޓީއޯ އަކީ މާލޭ މީހުންގެ ކުންފުންޏެއްތަ؟