ވިޔަފާރި / ހުސައިން އަމްރު، އެމްޑީ/އެސްޓީއޯ

ތިން އަހަރުގެ މަސައްކަތް: އެސްޓީއޯ އާއި އަމްރުގެ އުފާވެރިކަން ބޮޑު!

އެސްޓީއޯގެ އެންމެ އިސް މަގާމާ ހަވާލުވެ ވަޑައިގަތްތާ މިއަދަށް ތިން އަހަރު ވީއިރު، އަމްރުގެ މޭސްތިރިކަމުގެ ދަށުން އެސްޓީއޯ ވަނީ އާ ވިޔަފާރިތަކެއް ތައާރަފުކޮށް ކާމިޔާބު ހޯދާފައި.

އެސްޓީއޯގެ އެމްޑީ އަމްރު "މިހާރު" އާ ވާހަކަ ދައްކަވަނީ: އޭނާގެ އަމާޒަކީ އެސްޓީއޯ އަށް އާ ކަންކަން ތައާރަފުކުރުން.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ކުންފުނި، އެސްޓީއޯގެ މުގުލުގައި ހުންނަވައިގެން ކުންފުނި ކުރިއަރުވަން ހުސެއިން އަމްރު ހުވަފެންތައް ވަރަށް ގިނަ އެވެ. މަގާމާ ހަވާލުވެ ވަޑައިގަތްތާ މިއަދަށް ތިން އަހަރުވީ އިރު އޭނާ އަށް ލިބިވަޑައިގަތް އެންމެ ބޮޑު އުފަލަކީ އާ ކަންތައްތަކެއް ކުންފުންޏަށް ގެނައުމެވެ. އޭނާ ވަނީ ކުރިން އެ ކުންފުނިން ނުކުރާ އެތައް ވިޔަފާރިއެއް ތައާރަފުކުރައްވައިފަ އެވެ.

އެހެންވެ ސަބްސިޑަރީތަކާ އެކު 4،500 އެއްހާ މުވައްޒަފުންނާ އެކު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމްރު ތިން އަހަރު ނިންމާލެއްވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެން ހުންނަވަ އެވެ. އަމްރަށް އެ ތިން އަހަރުން ލިބިވަޑައިގަތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެސްޓީއޯ އަށް ޝިޕިން ކުންފުންޏެއް އިތުރު ކުރެވި އޭގެ މަސައްކަތް ފަށައިގަނެވުމެވެ.

ސަރުކާރުގެ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ތައާރަފް ކުރީ މުޅި ދުނިޔެ ލޮކްޑައުން ހާލަތަކަށް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ. އެ ކުންފުނި މިދިޔަ އަހަރުގެ ތެރޭގައި ތައާރަފް ކުރުމުން، އެއީ ޝިޕިން ލައިނެއް ހުޅުވަން އެންމެ ރަނގަޅު ވަގުތުތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ. އެކަމަކު، އަމްރު އަށް ފެނިވަޑައިގަތީ އެންމެ ބޭނުންތެރި ދަނޑިވަޅު އެކަން ކުރުމުން މުޅި ގައުމަށް ލިބޭނެ މާ ގިނަ ފައިދާތަކެއް އޮތް ތަނެވެ.

އެހެން ގައުމުތަކުގައި ތަކެތީގެ އަގު އެތައް ގުނައަކަށް މައްޗަށް ދިޔަ ނަމަވެސް ރާއްޖޭގެ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވިފައި ވަނީ މި ޝިޕިން ލައިނާ ހެދި ކަމަށް އަމްރު ގަބޫލުކުރައްވަ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުގައި އަމްރު ވާހަކަ ދައްކަވަނީ: އޭނާގެ އަމާޒަކީ އެސްޓީއޯ އަށް އާ ކަންކަން ތައާރަފުކުރުން. --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެސްޓީއޯގެ އެންމެ ފައިދާވާ ކުންފުންޏަކަށް ދެން ވާނީ އެމްއެސްއެސް

ރައީސް އޮފީހުގެ ޕޮލިސީ ޑިޕާޓްމެންޓުގައި، 2009 ގައި ހުންނަވައިގެން ވެސް ސަރުކާރުގެ ޝިޕިން ލައިނެއް ގެނައުމުގެ ޕްލޭންތައް އެނާ އެކުލަވާލެއްވި އެވެ. އޭގެ ގާތްގަނޑަކަށް 10 އަހަރު ފަހުން އެސްޓީއޯގެ އެމްޑީ ކަމާ ހަވާލުވެ އެންމެ އިސްކަމެއް ދެއްވީ ވެސް އެކަން ކުރެއްވުމަށެވެ. ސަބަބަކީ ޝިޕިން ލައިނަކާ އެކު އެ ކުންފުންޏަށް ފައިދާ ހޯދައި މުޅި އިގްތިސާދަށް ވެސް އޭގެ މަންފާ ލިބޭނެ ކަމުގެ ހިސާބުތައް އޭނާ ޖައްސަވާފައި ހުރުމެވެ.

"މި ވަގުތު ބޭނުން ވަނީ އޭޝިއާ ރީޖަންގެ އެންމެ ބޮޑު ކުންފުންޏަށް ހަދަން. މި ވަގުތު އެބަ ފެނޭ އެ ދިމާލަށް ދާތަން،" އަމްރު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި އެމްއެސްއެސްގެ އަމިއްލަ ބޯޓު "ގަލޭނާ" ވަނީ ރާއްޖެ އަށް ފުރަތަމަ ފަހަރަށް މުދާ ގެނެސްފަ އެވެ. އަންނަ ޖެނުއަރީ މަހު ވެސް އެމްއެސްއެސް އަށް އިތުރު ބޯޓެއް ގެންނާނެ އެވެ. އެއާ އެކު ކުއްޔަށް ގެންގުޅޭ އެއް ބޯޓާ އެކު އެމްއެސްއެސް އިން މުދާ އުފުލަން ތިން ބޯޓު ބޭނުން ކުރަން ފެށޭނެ އެވެ. އަމްރު ވިދާޅުވީ، މިހާރު ވެސް ކޮންމެ ފަސް ދުވަހަކުން މުދާ ލިބޭނެ ކަމަށެވެ. މިއީ ވިޔަފާރިވެރިންނަށް އަވަހަށް މުދާ ގެންނަން ލިބުނު ފުރުސަތެކެވެ.

"މިހާރު ފާޑުފާޑުގެ ނަންނަމުގައި ނަގާ ފީތަކެއް ނުނަގާނެ. އެމްއެސްއެސް އިން މިވަނީ އެކަންކަން ހުއްޓާލައިފައި،" އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން، ކާބޯތަކެއްޗާއި އަވަހަށް ހަލާކުވާ ސާމާނު ގެންނަނީ ޓަނެއް 85 ޑޮލަރަށެވެ. މިއީ މުޅި ދުނިޔޭގައި ވެސް ތަކެތީގެ އަގުތައް އުފުލި ކޮންޓެއިނާތަކުގެ އަގުތައް އިންތިހާ އަށް މަތީގައި ހުރި އިރު ރާއްޖޭގެ ވިޔަފާރިތަކަށް ވެސް ލިބޭ ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ ކުންފުނި މި ސްޕީޑުގައި ކުރިއަރާ ނަމަ އެސްޓީއޯ ގްރޫޕްގެ އެންމެ ބޮޑު، އަދި ފައިދާވާ ކުންފުންޏަށް އެތަން ހެދޭނެ ކަމަށެވެ.

"އެމްއެސްއެސް އަކީ ޑޮލަރު ވެސް ލިބޭ ކުންފުންޏެއް. މީގެ ސަބަބުން މުޅި އިގްތިސާދަށް ވެސް އޭގެ ފައިދާ ކުރާނެ. އަނެއްކޮޅުން ހެޔޮ އަގުގައި ކޮންޓެއިނަރު ގެނެސްދޭތީ ތަކެތި އަގު ހެޔޮކޮށް ވިއްކުމުގެ ފުރުސަތު ވެސް އެބައޮތް،" އޭނާ ވިދާޅުވި އެވެ.

އެމްއެސްއެސްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްޕީއެލްގެ އެމްޑީ (ވ) އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ (މ) އާއި އެމްއެސްއެސްގެ އެމްޑީ (ކ) އާ ހަނދާނީ ފިލާ ހަވާލު ކުރަނީ -- ފޮޓޯ: މިހާރު

ތެޔޮ ޓެސްޓް ކުރެވޭ ލެބެއް ޖެނުއަރީގައި ހުޅުވަނީ

އެސްޓީއޯއަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އެތެރެ ކުރާ ކުންފުންޏެވެ. ރާއްޖެ އަށް ގެންނަ ފެޓްރޯލާއި ޑީސަލް އަދި ޖެޓް ފިއުލް ވިއްކުމުގައި އެންމެ ފުރަތަމަ ޖެހެނީ އެ ޓެސްޓްކޮށް އޭގެ ކޮލިޓީ ދެނެގަންނާށެވެ. ހާއްސަކޮށް މަތިންދާ ބޯޓުތަކަށް ތެޔޮ އެޅުމުގައި ޖެޓް ފިއުލްގެ ކޮލިޓީ ބަލަން ޖެހެ އެވެ. މިހާރު އެކަން ކުރަނީ ތެލުގެ ސާމްޕަލް ބޭރަށް ފޮނުވައިގެންނެވެ.

މިކަން މިގޮތަށް ކުރަން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. އަދި ގިނަ ވަގުތު ވެސް ދެ އެވެ. އެހެން ނަމަވެސް މިކަން ހައްލު ކުރަން އެސްޓީއޯއިން މިހާރު އަންނަނީ ޔޫއޭއީގެ ކުންފުންޏަކާ އެކު މަޝްވަރާ ކުރަމުންނެވެ. އަމްރު ވިދާޅުވީ، އަންނަ ޖެނުއަރީ މަހު ތެޔޮ ލެބެއް ގާއިމް ކުރެވޭނެ އެވެ.

"އަޅުގަނޑުމެންނެއް ނޫން ސެޓިފިކޭޝަން ދޭނީ. އިންޓަނޭޝަނަލް ކުންފުންޏަކުން އެ މަސައްކަތް ކުރާނީ. ޖެނުއަރީގައި އެތަނުގެ ސެޓަޕް ހެދޭނެ ކަމަށް މިބަލަނީ،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، ރާއްޖޭގައި މިފަދަ ލެބެއް ހެދުމުން ތެޔޮ ޓެސްޓް ކުރަން މިހާރު ކުރަން ޖެހޭ ހަރަދު ކުޑަވާނެ ކަމަށެވެ.

ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ވާދަކުރެވޭ ވަރުގެ އާމްދަނީއަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެސްއެސް ބޯޓު މާލެ ޕޯޓަށް ބަނދަރު ކުރަނީ-- ފޮޓޯ:މިހާރު

މީގެ އިތުރުން ބަލްކުކޮށް މުދާ ގެނެސްގެން ރީޕެކް ކޮށްގެން ތަކެތި ވިއްކުމަކީ ވެސް އެސްޓީއޯ އަށް ކުރެވޭނެ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން އާންމު ވިޔަފާރިވެރިންނަށް އަގު ހެޔޮކޮށް މުދާ ހޯލްސޭލްކޮށް ލިބޭނެ ކަމަށް އަމްރު ވިދާޅުވި އެވެ.

ރާޅުން ކަރަންޓް އުފެއްދުމުގެ މަސައްކަތް ފަށަނީ

އިޔާދަކުރަނިވި ހަކަތައިގެ ވިޔަފާރީގެ ތެރެއަށް އެސްޓީއޯ ވަދެ، އެކަން ތަޖުރިބާކުރަން ތައްޔާރުވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

"އަންނަ އަހަރު ކުރީކޮޅު އެކަން [ވޭވް އެނާޖީ] ފެށޭނީ. އަޅުގަނޑުމެން އެބަ ބަލަން ސޯލާ ހަކަތަ ވެސް ގެންނަން،" އޭނާ ވިދާޅުވި އެވެ.

އަމްރުގެ އަމާޒަކީ ހަކަތަ އުފެއްދުމުގެ ދާއިރާއިން ވެސް އެސްޓީއޯގައި ވިޔަފާރިއެއް ފުޅާކޮށް އެއިން ފައިދާ ވާނެ ކަންކަން ތައާރަފު ކުރެއްވުމެވެ.

އަމްރުގެ މެނޭޖްމަންޓްގައި އެސްޓީއޯ އިން ވަނީ ދަނޑުވެރިންނަށް ތަކެތި ވިއްކުމަށް އެގްރޯނެޓްގެ ނަމުގައި އާ ކުންފުންޏެއް ވެސް ހަދައިފަ އެވެ. އަދި ޑިޖިޓަލް ބޭންކެއް އުފެއްދުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެެވެ. އެ ކަންތައްތަކުގެ އިތުރަށް އިޔާދަކުރަނިވި ހަކަައިގެ ވިޔަފާރި ފުޅާ ކުރުމަކީ އަމްރުގެ އުންމީދެކެވެ.

ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެނެވިއްޖެ

އެސްޓީއޯއަކީ ރާއްޖޭގެ އެންމެ ބޮޑު ކުންފުންޏަށް ވާތީ، ކުންފުނީގެ ދަށުން އަބަދުވެސް ތަފާތު ޕްރޮޖެކްޓްތައް ހިންގަ އެވެ. އަދި ކުންފުންޏަށް ބޭނުންވާ ކަންކަން ކުރުމުގައި ވެސް ބިޑް ކުރަން ހުޅުވާލަ އެވެ. ރާއްޖޭގެ އެހެން ކުންފުނިތަކޭ އެއްގޮތަށް ކުރިން އޮންނަނީ ބިޑް ހުށަހަޅަން ވަކި ވަގުތެއް ކަނޑައަޅައިފަ އެވެ. އެހެންވެ، ޕްރޮޖެކްޓް ހުށަހަޅާ ފަރާތުން ޕްރޮޕޯސަލްތަކުގެ އަގުތައް ހޯދައިގެން އެއަށް ވުރެ ކުޑަ އަގެއް އެންމެ ފަހު ވަގުތު ހުށަހަޅަ އެވެ. މިއީ ކޮރަޕްޝަނަށް ހުޅުވޭ މަގެކެވެ.

ކޮވިޑުގެ ދުވަސްވަރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަމްރު: ކޮވިޑާ ގުޅިގެން ވެސް ހިންގުމަށް މުހިއްމު ގިނަ ބަދަލުތަކެއް ގެނައި-- ފައިލް ފޮޓޯ: މިހާރު

އެސްޓީއޯއިން މިހާރު ވަނީ މިކަން ބަދަލުކޮށްފަ އެވެ. އެ ކުންފުނިން މިހާރު ތައާރަފުކޮށްފައިވާ، އޮންލައިން އެ ޕްލެޓްފޯމް މެދުވެރިކޮށް ހުށަހަޅާ ޕްރޮޕޯސަލްތައް ބެލޭނީ ކަނޑައަޅާފައިވާ ސުން ގަޑި ހަމަވުމުންނެވެ.

"މިހާރަކު ނޯންނާނެ ކުރިން ބައެއް ފަރާތްތަކަށް އެ ލިބޭ އެޑްވާންޓޭޖް ހޯދޭކަށް. މިސާލަކަށް 2:00 އަށް ބިޑް ހަމަވަނީ. ބައެއް މީހުން ފޮނުވަނީ 1:59 ގަ އެވެ. އެ މީހާގެ އަގު ކުޑަވާނެ އެހެން މީހުންގެ އަގަށް ވުރެ. އަޅުގަނޑުމެން މިކަން އިމްޕްލިމެންޓް ކުރިން 2019 ވަނަ އަހަރު. އެ ހިސާބުން ލިބޭ އަގުތައް ވެސް ވަރަށް ރަނގަޅުވި،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން ބޭއްވި އަހަރީ އާއްމު ޖަލްސާއެއްގައި އަމްރު އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާލައްވަނީ-- ފައިލް ފޮޓޯ މިހާރު

އޭނާ ވިދާޅުވީ، ކުންފުނީގެ ތެރެއިން އަޑިން ހިނގާ ކަންކަން ހުއްޓުވާ ދެފުށްފެންނަ ނިޒާމެއް ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ހާލަތުގައި އެ ކުންފުނިން ހިންގި ހުރިހާ ޕްރޮޖެކްޓެއް އޮޑިޓްކޮށް އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ވެސް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ފާހަގަކޮށްފައި ނެތުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮޑިޓާ ޖެނެރަލް ވަރަށް ގިނަ ވަގުތު ނަގައިގެން ކުރެއްވި އޮޑިޓެއް. ނިންމާލި އިރު އެއްވެސް މައްސަލައެއް ނެތުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. އަދި ހާއްސަކޮށް ލޮކްޑައުންގެ ހާލަތުގައި އެ ކުރި މަސައްކަތްތައް ރަނގަޅަށް ކުރެވިފައި ހުރީ. އަޅުގަނޑަށް ޔަގީން މިތަނުގައި ކޮރަޕްޝަނެއް ނުހިނގާނެ ކަން. އެކަމަކު ބަޔަކު އެގޮތަށް ބަލާފައި ބުނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުންފުނީގެ އިދާރީ ހުރިހާ ކަމެއް ޑިޖިޓަލައިޒްކޮށްފައިވާ ކަމަށެވެ. ކޮންމެތާކު ހުރެގެން ވެސް އޭނާއަށް އޮފީހުގެ ކަންކަމަށް އެޓެންޑްވެވެ އެވެ. މިއީ ކޮވިޑް އައުމުގެ އެއް އަހަރު ކުރިން އެސްޓީއޯއިން ގެނައި ބަދަލެއް ކަމުން ކޮވިޑް ދުވަސްވަރު ކުންފުނީގެ ކަންކަން ހިންގަން އިތުރަށް ފަސޭހަވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ހިންގުމުގައި އޭނާއަށް އެއްވެސް ގޮންޖެހުމެއް ނެތެވެ. ކުރިމަތިވާ ދަތި އުނދަގޫ ހާލަތްތަކުން ވެސް ފެންނަނީ ވިޔަފާރި އިތުރަށް ފުޅާ ކުރާނެ އާ ފުރުސަތުތަކެވެ. އޭނާގެ އުންމީދަކީ މާދަމާ މަގާމުން ވަކިވާން ޖެހުނަސް، އާ ވިޔަފާރިތަކާ އެކު އެސްޓީއޯ ވަރުގަދަ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުމެވެ.

9 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަހުދު

05 December 2021

ކޮނަގޮތަކުން ހޯދި ގަޑިއެއްތޯ އަހާލާނެ މީހަކުވެސް އަނބިދަރިންގެ ތެރޭގައި ނެތީބާ؟ މިއޮތީ ވާ ގައުމެއް

The name is already taken The name is available. Register?

އައްބެ

01 December 2021

ޔަގީނުންވެސް މަގުފުޅާ ޓިނު އަގުބޮޑުވެއްޖެ. ޓިނުފޫޓަކުން 15-20 ރުފިޔާ ބޮޑުވެއްޖެ. އެއީ ކުރިއެރުމެއް ކަމަށް ވާނަމަ ކުރިއެރުމެއް. ސިމެންތި ހިލަވެލި އަގުބޮޑުވެއްޖެ. 65 ރުފިޔާއަށް ލިބުނު ހިލަވެލި ބަސްތާއެއް 75 ރުފިޔާއަށް ވެއްޖެ.

The name is already taken The name is available. Register?

އެބައިއަދިނާދޭ

30 November 2021

މިބޭފުޅާގެ ކޮރަޕްޝަންގެ މައްސަލަ ކަމާ ބެހޭ ފަރާތަށް ހުށެހެޅިފައިވިއަސް އެކަން އަދި އެހާ މަޝްހޫރުނުވޭތާ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

30 November 2021

އެސްޓީއޯގައި ވަޒީފާއަދާކުރާ ދަށްފަންތީގެ މުވައްޒިފުންނަކީ މުޅިންވެސް ދިވެހިންނަށް ހެދުމަށް ކުންފުނީގެ ސިޔާސަތު ތަކަށް ބަދަލު ގެންނާން ޖެހޭ. # މިގޮތުން ކުންފުނީގެ ޕޭއީސްކޭލް މުރާޖާކޮށް ސެމީ ޕްރޮފެޝަނަލް އަދި ލޭބަރުން ފަދަ އާދައިގެ ވަޒީފާތަކުގައި އުޅޭ މީހުނަށް ދާމީސްގަނޑު ރަނގަޅުކޮށް އެފަދަ މަޤާމްތަކަށް ދިވެހިން ޝައުގުވެރިކޮށް ކުންފުނީގެ %95 އަކީ ދިވެހިންކަމަށް ހެދުން ވަރަށް މުހިންމު. މިއީ ކުންފުނި ދެމުއޮތުމަށްޓަކާވެސް ކޮންމެހެން ކުރާންޖެހޭ ކަމެއް.

The name is already taken The name is available. Register?

ޝޯމޭން

30 November 2021

އަމްރުގެ އެމްޑީ ކަމުގަ އެސްޓީއޯ އަށް ދުވަހަކު ނާންނަވަރަށް ތަރައްޤީ އައިސްފި. އާޒިމްގެ އެމްޑީ ކަމުގަ އެމްޓީސީސީ އަށް ރެކޯޑު މިންވަރަކަށް ތަރައްގީ އައިސްފި. ކަމަށް ގާބިލު ދިވެހިން ހޯދާފަ ދިވެހި ކުންފުނި ތަކަށްލީމަ މިމީހުން މާރަނގަޅަށް އެބަ ހިންގާނު. ދެން އެމްއޭސީއެލްގެ އެމްޑީއަށާ ކޮންމެ ޑިޕާރޓްމަންޓު ހެޑަކަށް ވަރުވަރުން ޔޫރަޕުމީހުން މިގެންނަނީ ކީއްކުރަންބާ؟ އަދިވެސް ހަމަ ބޭރުމީހުން ދަށުގަ އެއާޕޯޓުގަ ދިވެހިން މި މަސައްކަތްކުރަނީ ދެވަނަ ދަރަޖައިގަ.

The name is already taken The name is available. Register?

ޙިނި

30 November 2021

މިފްކޯ ފެލިވަރު މީ ސަރުކާރުން ގެންގުޅޭ ބަލި ކުއްޖާ، މަސް ވިއްކައިގެން އެއްބަޔަކު މިލިޔަނަރުންނައް ވެ ބިލިޔަނަރުނަްނައް ވާ އިރު ސަރުކާރު މަސް ކުންފުނި މިއުޅެނީ ދެކޮޅު ނުޖެހި ނާށިގަންޑު ހިފައިގެން

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

30 November 2021

ކަނޑާއި އެއްގަމު އުޅަނދަށް ބޭނުންވާ ތެލުގެ ސްޓޯރޭޖް ކ.އަތޮޅު ފޮނަދޫ ނޫން ތަނެއްގައި އެބަހުރިތޯ؟ ހަނިމާދުއާއި ގޭންއެއަރޕޯޓްގައި ރައްކާކުރެވިފައިވާ ފިއުލްގެ އަދަދަކީ ކޮބައިތޯ؟ ރަނުގެ އަގުހުރި ކ.އަތޮޅު މާލޭގައި ގުދަންހަދައި ރާއްޖެއަށް ގެންނަ ކާޑުގެ ހުރިހާ ބާވަތެއް އެރަށުގައި ގުދަންކޮށް ސެންޓްރަލައިޒް ކޮށްގެން ހިންގަނީ ވިއްސާރަ މޫސުމުގައި މަތިންދާބޯޓުގައި ކާޑު އުފުލޭނެތީތޯ! އަމިއްލަ މީހުންއަތުން އެސްޓީއޯއަށް ބޭސް ގަންނަނީ އެގޮތް ރަނގަޅުވީމަތޯ؟!

The name is already taken The name is available. Register?

ޖުން

30 November 2021

ބޮޑު ފެއިލް އެއް

The name is already taken The name is available. Register?

ހަސަން ފޭދޫ

30 November 2021

ޕެސްޓް ކޮންޓްރޯލް ކުންފުންޔެއްވެސް އުފައްދަންފެނޭ. ކާޑު ގުދަންތަކުގަ އޮންނަނީ އުކުނު އަޅާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454