29 ނޮވެމްބަރ 2021 - 21:24
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގައި 20 ބިލެއްގެ މަސައްކަތް އެއްކޮށް ނިންމައި، މެމްބަރުން މިއަދު ޗުއްޓީ އަށް ވަޑައިގެންފި އެވެ.
މިއަދު ބޭއްވި ތިން ވަނަ ދައުރުގެ ފަހު ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ހުލާސާގައި ވިދާޅުވީ، މި ދައުރުގައި 44 ޖަލްސާއަކާއި 320 ކޮމިޓީ ބައްދަލުވުން ބާއްވައިފައިވާ ކަމަށެވެ.
މި ދައުރަށް ހުށަހެޅި ނުވަ ބިލާއި ކުރީގެ ދައުރުގެ 32 ބިލާ އެކު، 41 ބިލުގެ ތެރެއިން 20 ބިލެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވާތީ މެމްބަރުންނަށް ނަޝީދު މަރުހަބާ ދެންނެވި އެވެ.
މަޖިލީހުގެ ފާސްކުރި ބިލުތަކުގެ ތެރެއިން މިއަދު މަސައްކަތް ނިންމައިލި މަދަނީ އިޖުރާތުގެ ބިލަކީ ވެސް ވަރަށް ފާހަގަކުރެވޭ، މެމްބަރުން ކުރެއްވި ބުރަ މަސައްކަތެއް ކަމަށާއި ހަމަ އެހެންމެ، ރާއްޖެ އާއި އިންޑިއާގެ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތައް ދިރާސާކުރުމަށް ފަހު ކޮމިޓީން ނިންމި ރިޕޯޓް ފާސްވުމަކީ ވެސް ކާމިޔާބީއެއް ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ މަސައްކަތްތަކުގެ ތަފުސީލު.
"އެ ރިޕޯޓުން ވަރަށް ސާފުކޮށް އެނގެނީ ސިޔާދަތަކަށް ވެސް އަދި މިނިވަން ކަމަކަށް ވެސް އެގްރީމެންޓްތަކުގެ ސަބަބުން ކުޑަ ވެސް އަސަރެއް ލޮޅުމެއް ނުކުރާކަން،" ނަޝީދު ވިދާޅުވި އެވެ.
- ޓެރަރިޒަމްގެ ތަހުގީގަށް އިތުރު ވަގުތު ލިބޭ ބިލު ފާސްކުރުން
- ދިވެހިންގެ ނިވަލުގައި ބިދޭސީން ވިޔަފާރިކުރުން ހުއްޓުވާ ބިލު ފާސްކުރުން
- ނަފުރަތުގެ ބިލު ފާސްކުރުން
- ގަރާޖު ސިޓީ އުވާލަން ނުފެންނަ ކަމަށް ނިންމުން
- ޓްރާސްޕޯޓް އޮތޯރިޓީ އުވާލަން ފާސްކުރުން
- ހުއްދަ ނެތި ގެދޮރު ކުއްޔަށް ނުދެވޭ ބިލު ފާސްކުރުން
- ހަކަތައިގެ ބިލު ފާސްކުރުން
މި ބިލުތަކުގެ އިތުރުން، ކުރީގެ ދައުރުގައި ނުނިމި ހުރި ގަރާރުތަކާ އެކު 12 ގަރާރެއްގެ ތެރެއިން ހަތަރު ގަރާރު މި ދައުރުގައި ނިންމި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި، މި ދައުރުގައި މަޖިލީހުން ކުރި ޖުމުލަ މަސައްކަތްތަކަށް ބަލާއިރު، 65.5 ޕަސަންޓް މަސައްކަތް ވަނީ ނިންމިފަ އެވެ.
މި ނިމުނު ދައުރުގެ މަސައްކަތްތައް ރަނގަޅު ވިޔަސް، ނުނިމި ހުރި މަސައްކަތްތައް އަވަސްކުރުމަށް ނަޝީދު މެމްބަރުންނަށް ދެންނެވި އެވެ.
ޗުއްޓީ އަށް ފަހު މަޖިލިސް ދެން ފަށާނީ އަންނަ އަހަރު ފެބްރުއަރީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންދެލި
01 December 2021
20 ބިލު ނިންމީ ބޮޑެތި މަސައްކަތްތައް ކުރުމަށް އިހު ޒަމާނުގަ (މާލެ ސަރަހައްދުގަ) ވެލިފުނި ޖަހާ އުޅުނު އުސޫލުން - "ނުނިދާ ހޭލާ" ތިބެގެން!
އިއްޒަތްތެރި މެންބަރުންނަށް
30 November 2021
އަހަރުގެ ދެބައިކުޅަ އެއްބައި ޗުއްޓީގަ. މަސައްކަތަށް ނިކުތް ދުވަހެއް ވިއްޔާ ކޮންމެވެސް ކޮހެއް ގޮވާފަ ގެއަށް. ހަމަޔަށް ނާންނަ ބަޔަކުވެސް އުޅޭ. ބަރާބަރަށް މުސާރަލިބޭ. ނުވިތާކަށް މުސާރަ ބޮޑުވީ. ޢަޖައިބެއްނުމީ. މެންބަރުންނަށްވެސް އޮންނަން ވާނީ ހަމަ 8-6 ގަޑިއިރުގެ މަސައްކަތް. ލިބެންވާނީ 30 ދުވަހުގެ ޗުއްޓީ. ތީ މާ މާތް ބައެއް ނޫން. ވޯޓުލައިގެން ހޯވާފަ ތިބި މުވައްޒިފުން. ކޮބާ އިންސާފު؟
ރިޕޯރޓް
30 November 2021
ކޮންމެ ގޮތަކަށް ދައުރު ނިމުނަސް އިނާޔަތާ ބޭސްފަރުވާގެ އިނާޔަތަށް އުނިކަމެއް ތުނިކަމެއް ނާދޭ އަނެއްކޮޅުން މަޖީލީހުން ކަމެއް ނިންމިޔަސް ތަންފީޒީ އިދާރާތައް ނުހަނު ފަރުވާކުޑަވެ ވަރުބަލިވެ ހިއްސު ކަންނެތް ވެފަ
ނަން ނުގަތި
30 November 2021
ހާދަ ވަރަކަށް ޗުއްޓީ ލިބޭ ބެޔެކޭދޯ މިއީ.
ހުސޭނިކުބެ
30 November 2021
ބިލުތައްފާސްވެ ސީލްކުރެވޭ. އެކަމަކު ކުރިެރުން މިއޮތީ ކިހާހިސާބެއްގައިތޯ ކޮންމެމީހަކުވެސް އަމިއްލަޔަށް ފުންކޮށްވިސްނާ ފިކުރުކޮށްލީމަ ފެންނާނެ. އަމާންކަމެއްނެތް. މުޅިގައުމުގެ ކުދިވިޔަފާއި މެދުފަންތީގެ ވިޔަފާރި ބޭރުމީހުންގެ އަތްމަތީގަ. ޖެހިގެން ހުންނަމީހާ މަރާލިއަސް މައްސަލަނުބެލޭ. ސަރުކާރު އޮފީސްތަކުގެ ހިދުމަތް ފިނިހަކަ ސްޕީޑުގަ. ގެދޮރު ކުއްޔަދިނުން ރަންނަގާމައިން ނޫނީ ތެޔޮވަޅުތަކާއި އެއްވަރު. ކޮންކަމެއް ރައްޔިތުންނަށް ފައިދާއަކަށް ބެލެހެއްޓެނީ
ހުތްއާދަނު
30 November 2021
ކަލޭމެން ދެން އިންޑިޔާއަށް ދިރިއުޅުން ބަދަލުކުރޭ . ރާއްޖެއަންނާނެ ކަމެއް ނެތް.
ބަބުރަންޖީ ހާޖީ
29 November 2021
ރައްޔިތުންގެ ޖީބަށް އެއްޗެއް ވަންނާނެކަހަލަ ބިލެއް މިތާކުނެތެއްނު! ހައްތަހާވެސް ރައްޔިތުންގެއަތުން އެއްޗެހި ދާފާޑުގެބިލު މިހުރީ ފާސްކޮށްފާ.
ބިލް ކުލިންޓަން
29 November 2021
ދެން ތިތަން ހުޅުވަންހަދާނެކަމެއްނެތް.
ދޮންބެއަލީ
29 November 2021
1000 ބިލް ފާސްކުރިޔަސް ރައްޔިތަކަށް ފައިދާއެއް ވާނެ އެއްވެސް ބިލެއްނެތް..ހުރީ އިތުރު ތަކުލީފް ތަކެއް ނަތީޖާ 0..
ސަހަރޯހީވާނެ
29 November 2021
ސިވިލް ސާވަންޓުންނާއި ޓީޗަރުންނަށް ލުޔެއް ވެދާނެތީ ކަންބޮޑުވާބައެއް. ވެވެން އޮތްދައްޗެއްކުރާނެ. ބަލަ މިމީހުން މުޅިން ޗުއްޓީގައި. ގަނޑުކޮށް 2 މަސް. 44 ހަތަރު ޖަލްސާ ބޭއްވުނީ މުޅި 12 މަސްދުވަހުތެރޭގައި. ދެން އަތްޖަހާ.