"މި ފައިސާ އިންވެސްޓް ކުރުމަކީ ތަހުގީގީ އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގުތަކަށާއި ބަލާ ބެލުންތަކަށް ފަރުވާލެއް ނުބަހައްޓައި ކުރި ކަމެއް"
ޔާމީން އެމަނިކުފާނުގެ ވަކީލުންނާ އެކު: އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރާ މެދު ސުވާލު އުފެދޭތީ އެ ފައިސާ ހޯދުމުގެ ފުރުސަތު ދައުލަތަށް އެބައޮތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވޭ --- ފޮޓޯ/މިހާރު
30 ނޮވެމްބަރ 2021 - 15:05
ކުރީގެ ރަައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް ބާތިލް ކުރިޔަސް، އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތާ މެދު ސުވާލު އުފެދޭ ކަމަށާއި އެ ފައިސާ ޔާމީން ބޭނުންކުރެއްވީ އަމިއްލަ މަންފާ އިސްކުރައްވައިގެން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފި އެވެ.
މަަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފްގެ އެކައުންޓަކުން ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވީ ކޮޮން ގޮތަކުންކަން ހޯދިފައި ނެތް ކަމަށާއި އެސްއޯއެފުން އެ ފައިސާ ޖަމާކުރީ ކޮން ބޭނުމެއްގައިކަން ބެލުމަށް އެކަށީގެންވާ ތަހުގީގެއް ކޮށްފައި ނެތް ކަމަށެވެ. އެހެންވެ، އެ ފައިސާގެ ހަގީގަތް ބެލުމުގެ ފުރުސަތު ދައުލަތަށް އަދިވެސް އެބައޮތް ކަމަށާއި އަދި އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބެލެވޭ ނަމަ، އެ ފައިސާއެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ހުކުމުގައިވެ އެވެ.
"މި ބެލުންތަކުން އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނަމަ، އެ ފައިސާ އާއި އެ ފައިސާއިން އިންވެސްޓް ކުރުމުގެ ސަބަބުން ފައިދާއެއް ލިބިފަައިވާ ނަމަ، އެ ފައިދާއެއް ހިމެނޭހެން ދައުލަތަށް ހޯދުމުގެ ހައްގު ލިބިގެންވާ ކަމުގައި ވެސް އަހުރެން ދެކެމެވެ." ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުން ނުކުމެ ވަޑައިގެން ރައީސް ޔާމީން ސަޕޯޓަރުންނާއި ސަލާމް ކުރައްވަނީ-- މިހާރު ފޮޓޯ
ހުކުމުގައިވަނީ އެ ފައިސާ އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިން ފައިސާއެއް ކަމަށް ވިދާޅުވެ، އެ ފައިސާ ޔާމީން އިންވެސްޓް ކޮށްފައި ވިޔަސް، އޭގެ ހަގީގަތާ މެދު ސުވާލު އުފެދިފައި ވަނިކޮށް ފައިސާ އިންވެސްޓް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ފައިސާއާ މެދު ސުވާލު އުފެދިގެން ތަހުގީގު ކުރަމުން ދަނިކޮށް ފައިސާ އިންވެސްޓް ކުރުމަކީ ރައީސަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއް ނެތި އަމިއްލަ މަންފާއަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
"މި ފައިސާ އިންވެސްޓް ކުރުމަކީ ތަހުގީގީ އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގުތަކަށާއި ބަލާ ބެލުންތަކަށް ފަރުވާލެއް ނުބަހައްޓައި، ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއް ނެތި، ގާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައިި ތިިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ އަމަލެއް ކަމުގައި ބެލެވޭ އަމަލެކެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުުން ކުރެއްވި ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެސްއޯއެފްއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކުންފުނި ކަމަށް ދައުލަތުން ތަކުރާރުކޮށް ބުނާއިރު އެ ކުންފުނީގެ އިސްވެރިންނަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައިވާތީ ހައިރާންވާ ކަމަށް އެ ހުކުމުގަައިވެ އެވެ. އަދި އެ ކުންފުނީގެ ފަރާތުން ފައިސާ ޖަމާކުރުމުގައި އުޅުނު މީހުންގެ ހެކިބަސް ހޯދަން ދަށު ކޯޓުން މަސައްކަތް ކޮށްފައިނުވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހާނ
01 December 2021
އަމިއްލަ ނަމުގައި ކަމެއް ކުރިއަސް ނަފާގެ އަސްލު މަގްސަދު ނޭނގޭއިރު އެއީ އަމިއްލައަށް ނަފާ ހޯދުންކަމަކަށް ނުކިޔޭނެ. ޔާމީން އެވަރަށް އެއިން ނަފާ ހޯދަން އުޅެން ބޮޑު ބޭނުމެއް އެއިރު އޮންނާނެ. އެއީ ކުރިއަށް އޮތް ދައުރަށް ވަރަށް ވަރުގަދައަށް ޕާޓީ ކެމްޕޭންޖެއްސުން. އެއީ އަމިއްލަ ކަމެއް ނޫން. ޕާޓީގެ މަސައްކަތެއް. ޕާޓީއެއްގެ ކަންކަން ދުރާލާ ރާވާ ހިންގާ ހަދާ އެފަދަ މީހަކަށް ބަލާކަށް ނުހުރެވޭނެ ފިނިހަކަ ދުވެލީގަ މީހުން ތަހުގީގުތައް ނިންމާތަން ބަލާކަށް.
ސަރިއްޕޭ
01 December 2021
ހުރިހާ އެއްމެންވެސް ތިބެނީ ފިތިފައި. އެކަމަކު އެހެރީ ދޫކޮއްފައި. ތިމައްސަލަ އަލުން ބަލަން ޖެހޭ.
އަފްރާސިޔާބު
01 December 2021
ހުކުމް ވަރަށް ސަޅި. އޭނާ ބުނިނަމަ، އޭނާ އެއްބަސްވިނަމަ، ފަހުން ހެކިހުށަހަޅައިފިނަމަ، އެހެން ނުބުނިނަމަ، ކުރުކޮށް ލިއުން ހުރިނަމަ، ވަގުތު ނުދާނަމަ، ޝައްކު އުފެދުނީ ޗެކް ނަންބަރުގެ މައްސަލާގައި. މޮރިޝަޝް ކޮމާޝަލް ބޭންކް ގައި ހުޅުވާފައިވާ އެސްއޯއެފްގެ އެ އެކައުންޓް ނަންބަރުން 1 މިލިއަން ޑޮލަރުގެ ޗެކެއް ދޫކުރުމުގެ ކުރިން ދޫކުރި 900 ޗެކްގެ ތެރޭގައި ޔާމީނަށް 1 މިލިއަން ޑޮލަރުގެ ޗެކެއް އޮތްނަމަ ތިބުނާ ބުނުން ރަނގަޅުވާނެ ކަމުގައިފެނޭ.
ކަތްދައްތަ
30 November 2021
ސުޕްރީމް ކޯޓުގެ މިނުކުތާއިން އެކަނިވެސް ޔާމީނުގެ މައްޗަށް ކުރި ދައުވާ ސާބިތުވޭ. އުނުކުތާގަ ސާފުކޮށް އެބަބުނޭ އެމްއެމްޕީއާރުސީން ޔާމީން އެކަންޓަށް ޖަމާކުރި ފައިސާ އާމެދު ސުވާލު އުފެދޭ ހާލަތުގަ އެފައިސާ އިންވެސްޓްކުރި ވާހަކަ. ދެން ޙުކުމް މި އެބުރުނީ އެފައިސާގަ ރިހާކުރު ހޭކިފަ ނެތީމަ ކަމަށް މިބަލަނީ.
ކަތްދާ
02 December 2021
ދައުލަތުން ފުރަތަމަ ސާބިތުކުރަންޖެހެނީ އެމްއެމްޕީއާރްސީއާ އެސްއޯއެފްގެ ފައިސާގެ މައްސަލަތައް. އެ ފައިސާތަކުގެ މައްސަލަތައް ނިންމައި އެތަނުން ކުށް އެކުލެވޭ ފައިސާ ވަކިކޮށް އެފައިސާ ދިއަ އެކައުންޓްތައް ވަކިކޮށް އެ މައްސަލަތައް ނިންމާ ފުރަތަމަ ސާފު ބިއްލޫރިކޮޅެއްހެން އެންމެންނަށް ދައްކަންވީ. އެކަމު އެކަން ކުރެވެން ނެތީ އެކަމުގެ މުގުލުގައި ތިބި މީހުން ހިމާޔަތްކުރަންވެގެން. އެއީކީ ޔާމީނެއް ނޫން. އެކަމު ބަޔަކު ބޭނުންވަނީ ޔާމިން އެކަމުގައި ބައްދަން
Shifu
30 November 2021
ޔާމީން ކުރި އަމަލު އެއޮތީ ކިޔައިދެއްވާފަ. ޢެއީ މަނީ ލޯންޑްރިންގް ގެ އަމަލެކޭ ނުބުނުުއްވާ!
ސްޕްރިމްމެން
30 November 2021
އިންސާފު އަދި އަރާ ހަމަކުރާނެ. ޔާމީނު މިނިވަންވީމަ ބައެއްމީހުން ބޮޑާވެ ކިބުރުވެރިވެގެން ދިޔަތަން އަހަރެންގެ ލޯމަތިން ފެނިގެން ދިޔަ.
ލަކުނު
30 November 2021
މަބުނީ، ލުތުފީ ދޫކޮށްލަނީ ކޮންދުވަހަކުތަ.
އެމްސް
30 November 2021
އެމްއެމްޕީއާރުސީން ގެއްލުނު ބިލިޔަންތައް ގެއްލުވާލީ ކޮން ޖާދޫގަރެއްބާ؟ ގައުމު ރޮލާ ކާމީހުން ނުހުއްޓި އެކަމުގަ!
ސާތީ
30 November 2021
ވަރިހަމަނު އެއޮތީ ސަލާމަތްވެފަ. ދެން ލަލާ.
ކޮކޮ
30 November 2021
ފޭކު ރައީސް އެއް ތިޔަހިންވީއިރު ދޯ ؟؟
އެމްސް
30 November 2021
ޔާމީންވެސް ބުނީ ހޯދުނު ގޮތަކަށް ހޯދާ ވާހަކަ!
ފާޝަނާ
30 November 2021
"މި ބެލުންތަކުން އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނަމަ، އެ ފައިސާ އާއި އެ ފައިސާއިން އިންވެސްޓް ކުރުމުގެ ސަބަބުން ފައިދާއެއް ލިބިފަައިވާ ނަމަ، އެ ފައިދާއެއް ހިމެނޭހެން ދައުލަތަށް ހޯދުމުގެ ހައްގު ލިބިގެންވާ ކަމުގައި ވެސް އަހުރެން ދެކެމެވެ." އެކަމެއް ކުރި މީހަކަށް އަދަބު ދޭންޖެހޭނެ ކަމަށް ނުދެކުނީ ކީއްވެބާ؟ ޤާނޫނީ ކުށަކަށް އެކަން ނުވަނީ ކީއްވެބާ؟ ނަމަ ނަމަ ކިޔާ ނަމަ ކުރި މީހަކާ މެދު ދެކޭ ގޮތް ބުނި "ނަމަ".!!!
އެމްސް
30 November 2021
ޤާނޫނު ހަދާ މަޖިލިހުގަ ގިނައިން ތިބީ ކަމަށް ކުފޫ ހަމަވާ ބަޔެއް ބާ؟ ފަނޑިޔާރުންނާއި ވަކީލުންނަށް ތިބީ ތަޢުލީމީ ރޮނގުން ފުންނާބު އުސް ބަޔެއް!
ކެމްސް
30 November 2021
ގާނޫނުހަދާ މަޖިލިހުގަ ތިބީ ވަރަށް ރަގަޅަށް ކުފޫ ހަމަވާ މީހުން. އެއީ ރައްޔިތުން އިންތިޚާބު ކޮއްފަ ތިބި ބައެއް. ކުފޫ ހަމަނުވަންޏާ ހަމަނުވަނީ ރައްޔިތުންގެ.
ޏޫނު
01 December 2021
ޑަބަލް ޖެޕަޑީ