ޚަބަރު / އެޗްއައިވީ

އެޗްއައިވީ ޖެހުނު 37 ދިވެހިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 22 މީހުން

އެޗްއައިވީ އަށް ހޭލުންތެރި ކުރުވަން ހިންގި ކެމްޕޭނެއްގެ ތެރެއިން. --ފޮޓޯ:ރޮއިޓާސް

އެއިޑްސް ޖައްސާ އެޗްއައިވީ ވައިރަސް ހުރިކަން މިހާތަނަށް އެނގިފައިވާ 37 ދިވެހިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 22 މީހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެޗްއައިވީގެ 487 ކޭސް ރާއްޖޭން ފެނިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 450 ބިދޭސީންނާއި 37 ދިވެހިންނެވެ. މިއީ 1991 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށެވެ.

ދިވެހީންގެ ތެރޭގައި ހިމެނެނީ 31 ފިރިހެނުންނާއި ހަ އަންހެނުންނެވެ. އަދި އޭގެ ތެރެއިން 15 މީހަކު ވަނީ މަރުވެފަ އެވެ. އެހެންވެ މިހާރު ތިބީ މި ބަލީގެ 22 މީހެކެވެ. އެ މީހުންނަށް އަންނަނީ ބަލީގައި ބޮޑުވަރު ވިޔަ ނުދޭން ބޭނުންކުރާ އޭއާރްވީ ފަރުވާ ދެމުންނެވެ.

އެޗްއައިވީ ޖެހުމުން ދޭ ފަރުވާއިން ވައިރަސް ބަލިކަށިކޮށްލައި އެއިޑްސް އަށް ބަދަލުވިޔަ ނުދީ ލަސްކޮށްލެވެ އެވެ. އެހެންވެ އާދައިގެ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިވެ އެވެ. އެޗްއައިވީ ޖެހުމަށް މަގުފަހިވާ ކަންތައްތައް ޒުވާނުންގެ ތެރޭގައި އަދި ވެސް ގިނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ބުނެފައި ވެ އެވެ. އޭގެ ތެރޭގައި، ޖިންސީ ގުޅުންތަކާއި އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖް ބޭނުން ކުރުން ފަދަ ކަންކަން ހިމެނެ އެވެ. އެހެންވެ އެޗްއައިވީ ޖެހި އެކަން ނޭނގި ތިބި އެތައް ބަޔަކު ދިވެހިންގެ ތެރޭގައި ތިބުމުގެ ފުރުސަތު ބޮޑެވެ.

އެޗްއައިވީ އަށް ރާއްޖޭގައި ފަސޭހަކަމާ އެކު ހިލޭ ޓެސްޓުކުރެވެ އެވެ.

3 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 67%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންފަނު

04 December 2021

ކޮންދުވަހަކު ހެދި ދިރާސާ އެއްބާ؟ ނޫނީ ހަމަ ބުނެލީބާ؟ ތިއަށްވުރެ ގިނަވާނެ ކަމަށް ލަފާކުރެވެނީ. ރާއްޖޭގެ މީހުންގެ ނަހަމަ ގުޅުންތަކަށްބަލާއިރު.

The name is already taken The name is available. Register?

2021

02 December 2021

މިއުޅޭ ގިނަ ބަންގާޅުންނަކީ ތިކަމުގެ އަރާތިބި ބައެއް ޓެސްޓެއް އެއްޗެއް ހަދާލަބަލަ.....

The name is already taken The name is available. Register?

ވިސްނާބަލަ

02 December 2021

ކައިވެނި ކުރުމުގެ ކުރިން ތެލެސީމިއާ ޓެސްޓު ހަދާހެން އެޗްއައިވީ އާއި ޖިންސީ ގުޅުމުން އަރާ އެހެން ބަލި ބައްޔަށް ޓެސްޓު ކުރުން މަޖުބޫރު ކުރަން ވެއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454