މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު ހަ މީހަކަށް އެއިޑްސް ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެ އެޖެންސީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2021 ވަނަ އަހަރު ދެ ފިރިހެނަކަށް ޖެހިގެން އައި 2022 ވަނަ އަހަރު އެކަކު އަދި މިދިޔަ އަހަރު ދެ ފިރިހެނުންނާއި އަންހެނަކަށް އެއިޑްސް ޖެހިފައިވެ އެވެ.
އެޗްޕީއޭ އިން ބުނީ ރާއްޖޭގައި މިހާތަނަށް އުމުރުން 32 އަހަރުގެ 43 މީހަކަށް އެއިޑްސް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން 16 މީހަކު މަރުވެ، މިހާރު 26 މީހަކު އެއިޑްސް ބަލީގައި އުޅެމުންދާ ކަމަށް ބުންޏެވެ.
މި ފަހުން އެންމެ ގިނަ މީހުންނަށް އެއިޑްސް ޖެހިގެން ރިޕޯޓުކުރީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ފަސް ފިރިހެނުންނާއި ދެ އަންހެނަކަށް އެއިޑްސް ޖެހިފައިވެ އެވެ.
އެއިޑްސް ޖެހިފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 15-24 އަހަރާ ދެމެދުގެ މީހުންނެވެ. އެ އުމުރުގެ 10 މީހުން އަދި 25-34 އަހަރާ ދެމެދުގެ ހަ މީހަކަށް އެ ބަލި ޖެހިފައިވެ އެވެ.
އެއިޑްސް އިން ރައްކާތެރިވާން ހެލްތު މިނިސްޓްރީން ދޭ އިރުޝާދު
- އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖު/ކަށި ފަދަ ތަކެތި އެހެން މީހަކު ބޭނުން ނުކުރުން.
- މާބަނޑު ދުވަސްވަރު ދުރާލައި އެޗްއައިވީ އަށް ޓެސްޓުކޮށް ޕޮޒިޓިވް ވެއްޖެ ނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަކުރުމުން ދަރިފުޅަށް އެޗްއައިވީ ޖެހުމުން ރައްކާތެރި ކުރެވޭ.