02 ޑިސެމްބަރ 2021 - 11:39
އެމެރިކާ އިން ހިފަހައްޓާފައި ހުރި އަފްގާނިސްތާނުގެ މުދަލާއި ފައިސާތައް ދޫކޮށްދިނުމަށް، އަފްގާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން އެމެރިކާ ސަރުކާރުގައި އާދޭސްކުރަން ފަށައިފި އެވެ.
އަފްގާނިސްތާނުގެ ފައިސާތައް ހިފަހައްޓާފައިވާ މައްސަލައިގައި މަޝްވަރާ ކުރުމަށް، އަފްގާނިސްތާނުގެ ވަގުތީ ސަރުކާރުގެ ހާރިޖީ ވަޒީރު އަމީރު ޚާން މުއްތަގީ އާއި އެމެރިކާގެ ހާއްސަ ވަފްދު އިއްޔެ ވަނީ، ގަތަރުގެ ވެރިރަށް ދޯހާގައި ބައްދަލު ކުރައްވައިފަ އެވެ. އެމެރިކާގެ ވަފްދުގައި އިސްވެ ހުންނެވީ، އެމެރިކާ އިން އަފްގާނިސްތާނުގެ ކަންކަމާ ގުޅޭ ގޮތުން ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ތޯމަސް ވެސްޓެވެ.
މި ބައްދަލުވުމުގައި އަފްގާނުގެ ހާރިޖީ ވަޒީރު ވިދާޅުވީ ސަރުކާރެއްގެ ގޮތުގައި ހިންގުމަށްޓަކައި، އެމެރިކާގައި ހުރި އަފްގާނުގެ ފައިސާ އާއި މުދާތައް އަފްގާނިސްތާނަށް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިހާރު އަފްގާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލު ކުރެވޭނީ ވެސް، އެމެރިކާ އިން ހިފަހައްޓާފައި ހުރި ފައިސާތައް ދޫކޮށްލައިގެން ކަމަށް، އެމެރިކާގެ މަންދޫބުގެ އަރިހުގައި ހާރިޖީ ވަޒީރު ވިދާޅުވި އެވެ.
މި މަޝްވަރާތަކާ ގުޅޭ ގޮތުން އެމެރިކާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ އަފްގާނިސްތާނަށް މިހާރު ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅޭ ގޮތުން، ދެ ފަރާތުން މަޝްވަރާ ކުރި ކަމަށެވެ. އަދި އަފްގާނިސްތާނުގެ މިހާރުގެ ހާލަތާ މެދު ބައިނަލްއަގުވާމީ މުޖްތަމައުގައި ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ.
އެމެރިކާ އިން ބުނާ ގޮތުގައި ތާލިބާނުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވިޔަސް، އަފްގާނިސްތާނުގެ އާންމު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ އިން އެއްވެސް ހުރަހެއް ނާޅާނެ އެވެ.
އޮގަސްޓް 15، 2021 ގައި ތާލިބާންގެ ހަނގުރާމަވެރިން އަފްގާނިސްތާނު ހިފުމާ ގުޅިގެން، އެމެރިކާ ސަރުކާރުން ވަނީ އެ ގައުމުގެ މަރުކަޒީ ބޭންކުގައި ހުރި އަފްގާނިސްތާނުގެ އެތައް ބިލިއަން ޑޮލަރެއް ހިފަހައްޓައިފަ އެވެ. ތާލިބާނުން އަފްގާނުގެ ވެރިކަން އަތުލިއިރު ވެސް، އެ ގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ދަށްވެފައިވަނިކޮށް، އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހާލަތު ވަނީ ވަކިން ބޮޑަށް ގޯސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަހުޔާ.
03 December 2021
މި ރާއްޖޭގައި ވެސް މިފަދަ ޓެރަރިސްޓު ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކަށް ތާއީދުކުރާ ގިނަޢަދަދެއްގެ ބަޔަކު އުޅޭކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ. ތާލިބާނުން ނުޖެހޭނެ އަފްގާނިސްތާނުގައި އޮތް ގާނޫނީ ސަރުކާރު ވައްޓާލާ ވެރިކަން ފޭރިގަންނާކަށް. އެއީ ދުނިޔޭގެ އެދުމުގާ އުޅޭ ބައެއް.
އަހުލު
02 December 2021
އެމެރިކާއިން ފައިސާތައް ފޭރިގަތީ. ތެރަރިޒަމަށް ނުވޭތަ.
ލޯލް
02 December 2021
ބަލަގަ އަފްޢާން ރައްޔިތުންނަށް އެމީހުންގެ ފައިސާ ހޯދައިދޭން އެއުޅެނީ... ތާލިބަނުންގެ ފައިސާއެއްނޫން
ޕީޓަރުޕޭން
02 December 2021
ތާލިބާނުން ނޫޅޭ ކާރިއާހެދި ހޭބަލިވެގެންނެއް.
ޕޭންޕެސިފިކް
02 December 2021
ދެން ކީއްވެބާ އާދޭސްކުރަނީ؟
ހިކުމްތު ޔާރު
02 December 2021
އަދި ތިޔައްވުރެވެސް ރީތިކޮއްލިނަމަ އެމެރިކާ ސަފީރުގެ ފައިބުޑައްވެއްޓި އާދޭސްކޮއް ރޮއި ދެފައިގަބޮސްދީ ހަދައިފިކަމަށް އަފްގާންގެ ސަފީރު އެމީހުން އާދޭހެއްނުކުރާނެ އެމެރިކާގެ ފައިސާދޯދާކައް ތާލިބާނުންނަކީ ވަކި އުސޫލުތަކާ ހަމަތަކެއްގެންގުޅޭ ބައެއް އެމީހުންނައް އެއްދުވަހު ކޮއްތައް ބޭނުންވަނީ ހިކި ރޮށިފަޅިއަކާ ފެންތައްޓެއް އެވަރުން ފުއްދާނެ