ރިލްވާން: އޭނާ ވަގަށް ނެގީ ދިރިއުޅޭ އެޕާޓްމެންޓް ކައިރިން.
11 ޑިސެމްބަރ 2016 - 13:01
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން "ގެއްލުވާލި" މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިންސާފުވެރިކަމާ އެކު މަސައްކަތް ކޮށްފައި ނުވާ ކަމަށް އޭނާގެ އާއިލާ އިން އިއްޔެ ބުނެފި އެވެ.
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ކަންބޮޑުނުވާ ކަމަށް އެޗްއާރުސީއެމުން ބުނެފައިވާތީ އެކަން ކުށްވެރިކޮށް ރިލްވާންގެ އާއިލާ އިން ނެރުނު ބަޔާނުގައި ބުނީ ރިލްވާން ގެއްލުވާލިތާ 855 ދުވަސްވެފައިވާއިރު ސަރުކާރުން އެކަން ތަހުގީގުކޮށް ކަން ހިނގި ގޮތުގެ މައުލޫމާތު އާއިލާ އަށް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އަދި އެ މައްސަލާގައި އެއްވެސް ބައެއްގެ މައްޗަށް މިހާތަނަށް ދައުވާ ވެސް އުފުލާފައި ނުވާއިރު، އިންސާނީ ހައްގުތަކުގެ ހާލަތާ މެދު އެޗްއާރުސީއެމްގެ ކަންބޮޑުވުމެއް ނެތުމުން ހިތާމަކުރާ ކަމަށް އާއިލާ އިން ބުންޏެވެ.
"އަޅުގަނޑުމެންގެ ދަރިފުޅު ގެއްލުވާލުމާ ގުޅިގެން ދައުލަތުގެ ޒިންމާދާރުކުޑަކަމުން އެކަމުގައި ޝާމިލްވާކަމަށް ބުނާ އެންމެން މިއަދު ދިވެހިރާއްޖެ އިން ފުރައިގެން ގޮސްފައިވާއިރު، މިއަދު އަޅުގަނޑުމެން އިންސާފު ހޯދަން ދާނެ ތަނެއް ނެތްއިރު އަޅުގަނޑުމެންގެ ދަރިފުޅަށް ވީގޮތެއް އެއްވެސް ފަރާތަކުން ހާމަކޮށްދީފައެއް ނެތެވެ،" ބަޔާނުގައިވެ އެވެ.
ރިލްވާންގެ އާއިލާ އިން ބުނީ އޭނާގެ މައްސަލާގައި މިހާތަނަށް ހައްލު ހޯދައި ނުދިނުމަކީ އެހެން މީހުންނަށް ވެސް އޭގެ ބިރުވެރިކަން އޮތް ކަމެއް ކަމަށެވެ. މި ހާލަތު ގައުމުގައި އޮތްއިރު އެޗްއާރުސީއެމުގެ ކަންބޮޑުވުމެއް ނެތުމަކީ އިންތިހާއަށް ނުރައްކާ އޮތް ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މަރުގެ އިންޒާރުތަކަކަށް ފަހު، މިނިވަން ނޫހުގެ ނޫސްވެރިޔާ "ގެއްލުނީ" ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. އެ ހާދިސާ އަށް ދެ އަހަރު ފުރިފައި ވާއިރު ތަހުގީގު ދަނީ ކޮޅެއްގައި ނުޖެހި އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މި އަހަރުގެ ކުރީކޮޅު ބުނެފައި ވަނީ ރިލްވާން ގެއްލުމުގެ ކުރިން ބަޔަކު އޭނާއަށް ފާރަލި ކަމަށެވެ. އަދި އޭނައަށް ބަޔަކު ފާރަލަމުން ދިޔަ ވީޑިއޯއެއް ފުލުހުން އާއްމު ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީމު
12 December 2016
އެނގެން ޖެހޭ މީހުން އެ އުޅެނީއެއްނު ޕާޓީ ތަކުގެ މީހުން ހިފޭތޯ ވިއްޔާ! އެހެންވެ ކޮންމެވެސް މީހަކަށް ރޭކާލާވަރު ވާން ވެއްޖެތާ!
މިއޮތީނު
12 December 2016
މިޚަބަރުގައި އެބަ އޮތެއްންނޫންތޯ އާއިލާއިން ބުނެފަ "އެކަމުގައި ޝާމިލްވާކަމަށް ބުނާ އެންމެން މިއަދު ދިވެހިރާއްޖެ އިން ފުރައިގެން ގޮސްފައިވާ"ކަމަށް...މި ޖުމްލައިގައި މިބުނާ "އެންމެން"ނަކީ ކޮންބައެއްތަ؟ އަދި "ޝާމިލްވާކަމަށް ބުނާ" ކަމަށް އެބުނަނީ ކޮން ފަރާތަކުންތަ؟ އާއިލާއަށް މާބޮޑަށްވެސް އެބަ އެނގޭ..
ގިޔާސް
12 December 2016
އެޗް އާރު ސީ އެމް އަކީ ޕާރޓީ އެކްޓިވިސްޓުން ކޮޅެއް ތިބި ތަނެއް އެހެން މުވައްސަސާތަކެކޭ އެއްގޮތަށް އެތަންވެސް އެއޮތީ މުށުތެރެއަށް ލައިފައި ދެކޮޅަށް އެއްޗެކެ ބުނާއިރަށް މަޖްލހަށް ވައްދަާ ބޭރުކުރާނެ އމީހުންވެސް އެތިބީ މަގާމްގެ ބޭނުމަށް މުސާރަކޯލޫ ލިބެންޏާ ނިމުނީ ، މުއަދަތު ހަމަވަންދެން ތިބެވޭނީ މުބާ ގޮތަކަށް ސަރުކާރުން ކޮންމެ ފަދަ ކަމެއްކުރިޔަށް ސަނާ ކިޔައިގެން ގޭންގްތަކަށް އާންބަސް ބުނެގެން! ޝުކުރިއްޔާ ޔާމިން!
އިންސާނާ
12 December 2016
އެޗް.އާރް.ސީ.އެމްގެ މަސްއޫލިއްޔަތަކީ ހަމައެކަނި ރިލުވާން އަށް ވީގޮތެއް ހޯދުމެއްނޫން. ރިލުވާން ގެއްލުމަކީ ހިތާމައިގެ ކޮޅެއްވެސް ނެތް ކަމެއް، އެކަމަކު ރިލުވާންގެ ހައްގު، އާއިލާގެ ހައްގު ހޯދައިދޭން މަސައްކަތް ކުރެވޭނީ ފުލުހުންނަށް. ރިލުވާންގެ އާއިލާއިން އެބުނާ "އެންމެން" ހޯދައި ތަހުގީގުކޮށް ހެދޭނީ ފުލުހުންނަށް، ދެން އިންސާފު ހޯދައިދެވޭނީ ޝަރީއަތުން، މިމަރުހަލާތަށް ލަސްވާތީ ގުޅުން ހުރި ފަރާތްތަކުގެ ހައްގުތަކާއި، ކަންބޮޑުވުންތަށް ކަމާއިބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސް އެކަންތަށް އަވަސް ކުރުމަށް ކޮމިޝަނުން މަސައްކަތް ކުރާކަމަށް އެބަބުނޭ އަދި އެކަން އާއިލާއަށް އެނގޭ. ދެން ކޮމިޝަނަށް ރިލުވާން ވީމިވެނި ތަނެއްގައި މިވެނި ކަމެއް ވެފައޭ ކިޔާފައި ގޮސް ގެނެސްދެވޭނެހެނެއް ހީނުވޭ.
ދެންހަމަ
11 December 2016
ސަރުކާރުން ތިބުނާރިލުވާނެށްގެ މައްސަލަ އިންސާފުވެރިކޮށް ނުބަލަންޔާމު ދެންވީނު ރިލުވާނުގެ އާއިލާއިން އެމައްސަލަ ބަލަން ސަރުކާރަށް އެކަންވީގޮތް ނޭންގެންޔާމު ކިހިނެއްތަ އެމައްސަލަ ބަލަނީ ދެން އެހެންނޫނީޔަ ރިލުވާނުގެ އާއިލާއިން ބުނަންވީނު އެކަންކުރި ބައެއް އޭރުންސަރުކާރުން އެމައްސަލަ ބަލާދޭނެ ރިލުވާނު އާއިލާއިން ވާހަކަ ދައްކާގޮތުން ހީވެ ރިލުވާނަށް ވީގޮތް މާރަގަނޅަށް އެއާއިލާޔަށް އެނގޭހެން ދެންކީވެތަ އެކަންސިއްރު ކުރަން ތިއުޅެނީ ވަކިބައެއްގެ ބޮލުގަ އެކަން އަޅުވަންތަ ނޫނިއްޔާ ސަރުކާރުގެ މަތީމަގާމު ތަކުގަ ތިބި ބޭފުޅުންބޮލުގަ އެކަން އަޅުވަން ބޭނުންވަނީތަ
އައިމިނާ
11 December 2016
ރިޟްވާން ގެއްލުމުން ހޯދުނީ މާލެ ފެރީޓާރމިނަލާހަމަޔަށް ކަންވެދިޔަގޮތް. އޭގެ މިކޮޅު ހޯދޭގޮތެއްނުވި. އަޖާއިބެއްނޫންތޯ؟ ހުޅުމާލޭގަވެސް ކެމެރާހުރޭބަހައްޓާފަ. އެކެމެރާތަކުން ފެންނަ އެއްޗެއް ނޭނގެނީ. ހަމަގަސްދުގަ މިހިސާބަށް މިކަންތައް ހުއްޓާލާފަމިއޮތީ. ހޯދާކަށް ނުވެސްއުޅޭ. ހޯދަން އެއްވެސް މަސައްކަތެއްވެސްނުކުރޭ.
ޢަލީ
11 December 2016
ވޯޓުކަރުދާސް ކޮޅު 500 ރުފިޔާއައް ވިއްކާނުލާތި ޔާމިނައް ގައުމު އޮތީ ވަރައްނާޒުކުހާލެއްގަ މާދަމާ ވަގުން ހިފާހައްޔަރުކޮއް ރިލުވާނުގެ ހަގީގަތް ހޯދުމައް އެހީވެދެއްވާ
ހެލޯ
11 December 2016
މީމިހާރު ސަރުކާރުގެ ބާރުގެ ދަށަށް ވެއްޓިފައޮތް ބޭކާރު ތަނެއް!
ހުސެން
11 December 2016
ރިޟުވާން ގެއްލުވާލި މީހުން ފުލުހުންނަށް ހޯދަން ނޭނގެންޏާ އެއީ އަރަތެއް.
ފަތޯ
11 December 2016
ނޭގެނީކީނޫން. ނުވާނީކީވެސްނޫން. ވަރިހަމައީ.