ޑިސެމްބަރު 3، 2021- ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާއަށްފަހު ދެ ޕާޓީގެ ވެރިން ގައުމީ ސަލާމަށް ދެތުވެލައިގެން -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
05 ޑިސެމްބަރ 2021 - 21:00
ކުރީގެެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވަންޖެހޭ މާލީ އިނާޔަތުގެ ގޮތުގައި ހޯދަން އެދިފައިވާނީ އޮފީސް ހިންގުމުގެ ހަރަދު ނުލައި، 24 މަސް ދުވަހަށް ޖުމްލަ 2.4 މިލިއަން ރުފިޔާ ކަމަށް ވަކީލުން މިރޭ ބުނެފި އެވެ.
ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019ގަ އެވެ. ހައި ކޯޓުން ދެމެހެއްޓި މި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމުން މިދިޔަ އަންގާރަ ދުވަހު އެ މަނިކުފާނު ވަނީ މިނިވަންވެފަ އެވެ.
އެއާއެކު، ކުރީގެ ރައީސުންނަށް ދޭންޖެހޭ ސެކިއުރިޓީއާ އިނާޔަތްތައް ޔާމީނަށް ވަނީ ދޭން ފަށައިފަ އެވެ. ނަމަވެސް އެ އިނާޔަތް ދޭން ނިންމީ ބަންދުގައި ހުންނެވި ދެ އަހަރު ނުހިމަނަ އެވެ.
އެހެންވެ، ޔާމީން ވަކީލުން މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގަތީ އެ މަނިކުފާނު ބަންދުގައި ހުންނެވި ދެ އަހަރުގެ އިނާޔަތްތައް ވެސް ދިނުމަށެވެ.
ވަކީލުން ނެރުނު ބަޔާނުގައި ބުނީ ކްރިމިނަލް ކޯޓުން ހުކުމް އިއްވުމާ ހަމައަށް ޔާމީނަށް މާލީ އިނާޔަތުގެ ގޮތުގައި 50،000ރ. އަދި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި 50،000ރ. އާއެކު ޖުމްލަ ލިބިވަޑައިގަންނަވަމުން ދިޔައީ މަހަކު 100،000ރ. އެވެ.
ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އޮފީހެއް ހިންގަވަމުން ނުދާތީ، އޮފީސް ހިންގެވުމުގެ ހަރަދުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ 175،000ރ. އެ މަނިކުފާނު މިހާތަނަށް ނަންގަވާފައިވާ ނުވާނެ ކަމަށް ބަޔާނުގައި ބުންޏެވެ. އެހެންވެ، އެ މަނިކުފާނުގެ ފަރާތްޕުޅުން ހޯދުމަށް އެދިވަޑައިގެންފައިވަނީ 24 މަސް ދުވަހަށް ލިބެންޖެހޭ 100،000ރ. ގެ އިނާޔަތެވެ. އެއީ ޖުމްލަ 2.4 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސްތާ
06 December 2021
ޔާމީން މަދުން ނަގާކަން އެނގުނީމަވެސް ބަޔަކު އަންނަނީ ރުޅި. ފުރިހަމަ އިނާޔަތް ނަގަންނުޖެހޭ މީހުންވެސް އެތިބީ ބަރާބަރަށް ނަގައިގެން. އެކަމު އެމީހުންގެ އެއްވެސް މައްސަލައެއް ނެތް. އެއްލޮލުން ފެންނަ މީހުން ހަމަ ގިނައީ.
ފަހެއް
06 December 2021
ކުރީގައި މުސާރައިންވެސް ނެގީ އެއްބައި. ރަނގަޅަށް ބަލާލިއިރު ތިޖޫރީ ހުރި ތާގައި ހުރީ ބޮޑު ވަޅުގަނޑެއް. އެހައިވެސް ތެދުވެރިވާނެ. އަމިއްލަ އެދުމެއް ނުހުންނާނެ. ފައިސާގެ ވަސްވެސް ބޭނުމެއް ނުވާނެ.
ބިންބި
06 December 2021
ޔާނު ދިޔައިރު ތިޖޫރީގަ 750 އެއްހާ މިލިޔަން ޑޮލަރާ 4 ބިލިޔަން ދިވެހި ރުފިޔާގެ އިތުރުން ޓަނެއްގެ ރަން ހުރި
ހޯރަބޭ
06 December 2021
ރައީސް ނަސީދަށް ވެސް ދޭށްޖެހޭ.
އެކީއްވެ
06 December 2021
ދައުރުގެ އެއްބައި ފުރިހަމަކުރި މީހުންނަށް ދޭންޖެހޭނީ އިނާޔަތުގެ އެއްބައި. ވަހީދާ ނަޝީދަށް އެއްކޮށް ލިބިގެންނުވާނެ.
ހައްޕ
06 December 2021
އާއްމު މުވައްޒަފުން ނޫނަސް ރައީސުންނާ ބޮޑެތި ބޮޑެތި މީސްމީހުންނަށް ނުކުޅަދާނަވާ ވަރަށް ރަނގަޅު އިނާޔަތް ދޭންވާނެ. އެކަމަކު ސިޔާސީވެ ފިތުނަފަސާދައާ ކޮރަޕްޝަން ނުވިއްޔާ ތާހިރޭވެސް ހިތަށްވަދޭ.
ބަތްކައްކާ
06 December 2021
ޔާމީނު އެކަނި ވާހަކައެއްނޫން. ދިވެހިންނޭ ވިސްނާލަބަލަ. ސިޔާސީމީހުން މިގައުމުގެ ހަޒާނާކައި ހުސްކުރާގޮތަށް އަމިއްލައަށް ގާނޫނުހަދާ ސިއްކަޖަހައިގެން މިތިބީ. އާއްމު މީހާއަާށް ވާ އެއްވެސް ފައިދާއެއްނެތް. ސިޔާސީމީހުންނަށް މުސާރަ، އިނާޔަތް ބޯނަސް އިތުރުގަޑި މެޑިކަލް ޓްރެވަލް ލިވިން ފުޑް މިުރިހާ އެއްޗެއްމިދެނީ އަހަރުމެންނަށް ކޯޗެއް ދީފަތަ؟؟؟؟؟ ހެޔޮނުވާނެ. ގާނޫނު އަސާސީގެ މިބައިތައް އާކުރޭ!
މާކުންބޭ
06 December 2021
ހަމަ ލާރިއަށް ބޫތުކައިފަ ހުރި ކޮރަޕްޓް މީހެއް، ބާޒެއް ގެނެސްގެން ނަމަވެސް ޕޕއމ އަށް ރަގަޅު ލީޑަރެއް ބޭނުން، ޕޕއމ އަކީ މީނަގެ ހަރުކުދާގަނޑެއްހެން ހީވަނީތަ؟ ފެއިލްވާ މީހުން ވާނީ ދެންވެސް ފެއިލް، ނަޝީދުވެސް މައުމޫންވެސް، ޔާމީންވެސް، ނިކަން ޒުވާން ކެރޭ އާލީޑަރުން ހޯދަ ބަލަ. މީހެއްގެ ފަހަތުގައި އުޅޭ ޕާރޓީތަކަކީ ޞައްހަ ޕާރޓީއަކަށް ނުވާނެ.
ރައްދު
06 December 2021
ލާރިބޭނުން މީހުން މިހާރު ފެންނާނީ މިސަރުކާރުން..ބަޖަޓު ހުސްކޮއްލި އިރު ރައްޔަތަކައް ވީކަމެއް ނެތް.. ޔާމީނުގެ ފަރާތުން ރައްޔަތުންނައް ވީ ކޮންފަދަ ބޮޑެތި ފަސޭހަ އާ ފައިދާ...ލޯ ނުތިބޭ މަންމަން ބީރު މީހުނަކައް އެކައްޗެއް ވެސް ނުފެންނާނެ.. އިނާޔައް ތައް ވެސް ހަމަދޭން ޖެހޭނީ ....
ގެއްލުނު އެތި ބޮޑީ
06 December 2021
ޔާމީނު ބަޖެޓު ހުސްކޮށްލިއިރު ރައްޔިތަކަށް ލާރިއެއް ލިބުނުތަ؟ ތިބޭޅާއަށް ލިބިފަ އޮވެދާނެ. މަށަކަށް ނުލިބޭ.. މަ ދަންނަ މީހަކަށްވެސް ނުލިބޭ.. އަދި އެވަރަށް ކޮރަޕްޓް ނުވެވެނީ ތޯއްޗެއް.
ހަސަންކާރި
06 December 2021
ލާރި ލާރި ލާރި.. ދައުލަތުގެ ޚަޒާނާ ފެނިފަ މީނަ މިހާރު މިހުންނަނީ ބޫތު ކައިފަ. 100 މިލިއަން ދާވާލާފައި (މީ އަދި އެކައުންޓުގައި ފެންނަން ހުރި އަދަދު) 3 ބިލިއަން ރުފިޔާ ގެއްލުވާލާފައި، އަދި ނުވެގެން ކޮވިޑުގައި ގައުމު ބަނޑަށް ޖެހިގެން އުޅޭ އިރު އަދިވެސް ލާރި. ވެރި އެކޭ ކިޔާފައި ލަދު ހަޔާތުގެ ކަންފުޅެއްވެސް ނުހުރޭ. ކިހިނެތް ދެން މީނައަށް ވޯޓު ދޭނީ؟
ކާރިކާރީ
06 December 2021
އެކައުންޓްގައި އެ ފެންނަން ހުރީ ކީއްވެބާ؟ އަދީބާ ޒިޔަތާ އެސްއޯއެފްގެ އެކައުންޓް އަޅެ ބަލާލާހިތެއް ނުވޭތަ؟ އެ އުފާވެރިކަމުން މަހުރޫމުކޮށްފަ ރައްޔިތުން މިތިބީ. ވަގުން ވާނީ ވަގުންނަށް. ޔާމީނެއް އަދީބެއް ޒިޔަތެއް އެސްއޯއެފެއް ތަފާތުވެގެންނުވާނެ. އެކަމު ހުރިހާ ފޯކަސްއެއް ވަކި މީހަކަށް ކުރީމަ ބަޔަކަށް އެބަ ސިޔާސީ މަންފާ ލިބޭތާ،
ބޮޑުމީހާ
06 December 2021
ދިރިއުޅޭ ތަނުގެ ޚަރަދުގެ ގޮތުގަ ދޭ އިރު ބަލަން ނުޖެހޭ ބާ އުޅެނީ އަމިއްލަތަނެއްގަ ތޯ ނުވަތަ ކުއްޔަށްތޯ؟
ސަރޭ
06 December 2021
އިނާޔަތް ނުދިނަސް މިމީހުން އެލާރި ހޯދާނެ އެހެންގޮތްގޮތުންވެސް، ރޭގަ ސިޓީ ކައުންސިލުން ގުރުނެގީ ސްލިޕް ނަންބަރުންނޭ ކިޔާފަ. އެހެން ބުނިއިރު އެތަށް ބަޔަކަށްދިން ސްލިޕްގައި ނަންބަރުވެސްނެތް ހަމަ ސީދާ ކޮރަޕްޝަން