ކޮންޓްރެކްޓަރު މިހާރު ވަނީ ލޯނު ހޯދަން އެހެން ބޭންކަކާ އެކު މަޝްވަރާ ފަށާފައި
1،700 ހައުސިން ޔުނިޓް އެޅުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިންގާ އަޅަނީ--
06 ޑިސެމްބަރ 2021 - 10:28
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން މާލޭ މީހުންނަށް ހާއްސަކޮށްގެން 1،700 ހައުސިން ޔުނިޓް އަޅަން ފެށި މަޝްރޫއަށް ބޭންކް އޮފް ޗައިނާ އިން ދޭން އެއްބަސްވި ލޯނު ނުދޭނެކަން އެ ބޭންކުން އަންގައިފި އެވެ.
މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ މި ފްލެޓުތައް އިމާރަތްކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. މި މަޝްރޫއަށް ބޭނުންވާ 308،177،181ރ. ގެ ތެރެއިން 85 ޕަސެންޓް ބޭންކް އޮފް ޗައިނާ އިން ދޭނެ ކަމަށް ކުރިން އެއްބަސްވެފައި އޮތަސް އެ ބޭންކުން މިހާރު ވަނީ ފައިނޭސިން އޮފަ ވިތުޑްރޯކޮށްފައި ކަމަށް، ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ހާމަކުރާ އައިލްސް ވެބްސައިޓްގައި ވަނީ ބުނެފަ އެވެ.
ސަވަރިން ގެރެންޓީ ދީގެން ލޯނު ނަގާ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރު މިހާރު ގެންދަނީ އެހެން ބޭންކަކާ މަޝްވަރާކުރަމުން ކަމަށް ވެސް ވެބްސައިޓްގައިވެ އެވެ.
މިއީ އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ފުރަތަމަ ބިންގާ އެޅި ތަނެވެ. އެއީ މިދިޔަ އަހަރުގެ މާޗް، 10 ގަ އެވެ. މި މަޝްރޫއުގެ ދަށުން 11 ޓަވަރު އެޅުމަށް ހަމަޖެހިފައިވާއިރު އެ ޓަވަރުތައް ހަދަނީ 15 އަދި 16 ފްލޯއަށެވެ.
އެޗްޑީސީއާ ހަވާލުކޮށްގެން ކުރީ ސަރުކާރުން އަޅަން ނިންމި 2،500 ފްލެޓްގެ ޑިޒައިނަށް ގެނައި ބަދަލާ އެކު މި ސަރުކާރުން ނިންމީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ދަށަށް މަޝްރޫއު ބަދަލުކޮށް 1،700 ފްލެޓް އަޅާށެވެ.
ފައިސާ ހަމަނުޖެހިގެން އުޅޭ މި މަޝްރޫއު ފެށޭނެ ކަމަށް ބުނެފައި ވަނީ އަންނަ އަހަރުގެ ޖޫން މަހު އެވެ. މަސައްކަތް ނިންމޭނެ ކަމަށް ލަފާކޮށްފައިވަނީ ދެ އަހަރު ތެރޭގަ އެވެ.
މި މަޝްރޫއުގައި ހިމެނޭނީ 900 އަކަ ފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 650 އަކަފޫޓުގެ 680 އެޕާޓްމަންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާފްސް އޮން ލައިން
07 December 2021
ބައްލަވަ ޗައިނާ ލޯނުތައް ގިނަވެގެން ނޫންތޯ މިސަރުކާރުން މިއުޅެނީ. އަނެއްކާ ޗައިނާއިން ލޯނު ނެގީމަ އަންނި ވިދާޅުވާ އެއްކަލަ ދަންތުރައަކަށް ނުފެތޭތޯ؟
މުޑަހަންޖާ
06 December 2021
މިދިޔަ 10 ވަރަކަށް އަހަރު މިދަނީ ސޮވެރިން ގެރެންޓީއެއްގަ، މަގުބައްތިއެއް ޖެހިއަސް ދަރަންޏަށް، އެހެންނޫނީ ކޮންޓްރެކްޓަރު އަމިއްލަ ހަރަދުގަ މަސައްކަތް ނިންމީމަ އެތައް އަަހަރެެއްފަހުން ކަމާނުވެސްބެހޭ ކޮންމެވެސް ބަޔަކު ފައިސާދައްކާގޮތަށް. މިކަހަލަ ކޮންމެ ސަކަރާތެއްޖަހާ ނިންްމާފަ ބުނަނީ ސިންގަޕޫރުގެ ބާނީ އަންސަންސޫކީފަދަ އިގުތިސޯދމާހިރެކޭ، ބުނާއިރު ސިންގަޕޫރަކީ ބަޖެޓުން ހަރަދުކޮށްކޮށް ބާކީވެގެން ރައްޔިތުންނަށް ފައިސާބަހާ ގައުމެއް.
ކީކޭތިކިޔަނީ
07 December 2021
ސިންގަޕޫރުގެ ބާނީ އަންސަންސޫކީއޭ.. މިޔަންމާރގަ ޖަލަށްލާން އުޅޭ ސޫކީގެ ވާހަކަތަ ތި ދައްކަނީ.
ބަލިއަލީ
06 December 2021
ޗައިނާއިން ލޯނުދިނީ ރާއްޖޭގައި އެމީހުން ސަބްމެރިމްގެ މިލިޓަރީ މަސައަކަތްކުރަން ހުއްދަދިން ސަރުކާރެއް އޮތް އިރު. އެކަން ބަދަލުވީމާ މިހާރު ނުދޭނެ.
1234
07 December 2021
ދެން ހަމަ ދޮގެއް ހަދާލިއޭދޯ. ޗައިނާ މީހުންގެމިލިޓަރަި ބޭސްއެއް ހަދާފައޮތް ގައުމެއް ބުނެބަލ؟ އެމީހުން އަމިއްލަގައުމުގަ ތިބެފަ ފޮނުވާލި މިސައިލް ދަ ގްރޭޓް ޔޫއެސްގެ މަތީ ބުރުޖަހާފަ ބެކް ޓު ޗައިނާ. ޔޫއެސްއަށް އެޑިޓެކްޓްވެސް ނުކުރެވުނު. މިވަރުގެ ބަޔަކު ގައުމުތަކުގަ ބިންކޮޅެއްހޯދާ މިލިޓަރީ ބާއްވަންޖެހޭތަ؟ އެމީހުން ބޭނުމީ ފައިސާ. އެ ހޯދާފަ މިހާރު އެއީ ދުނިޔޭގެ ނަންބަރ 1 އިގްތިސާދާ ޓެކްނޮލޮޖީއާއި މިލިޓަރީ.
އަަލި
06 December 2021
ރަގަޅު ފިލާވަޅެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރަން. ޗައިނާއިން ނެގީމަ ވަނީ ދަރަންޏަށް. އިންޑިޔާ އިން ނެގީމަ ރަގަޅުވާނެ.
އަފްރާސިޔާބު
06 December 2021
ޗައިނާ އިން ކޮންމެހެން އަހަރެމެންގެ ބޮލުގައި ދަރަނި ބޮނޑިއެއް އެޅުވުމަށް ލޯން ދޭނެ ކަމެއްނެތް. ތިޔަ ގޮތަށް ފައިސާ ދިނީމާ އަހަރެމެންޖެހޭ އެ އަނބުރާ ދައްކަން. ތިއުޅެނީ އަހަރެމެން އަޅުވެތި ކުރަން. އިންޑިޔާ އިން އެތިބީ އަހަރެމެން ބޭނުން ވަރަކަށް ކްރެޑިޓް ފެސިލިޓީ ދޭން. އެމީހުން ނުނަގާ އިންޓަރެސްޓެއް. އެމީހުންގެ ތަކެތީގައި އެމީހުން އެތިބީ މަސައްކަތްކުރަން އެއްބަސްވެގެން. އަހަރެމެން އެމީހުން ބުނި މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކީމާ ނިމުނީ.
7656
07 December 2021
މޑޕ ކުދިން ލޯނު ދެކެ ބިރުގަންނާތީއާ ދަރަނި ބޮނޑި ނުނަގާ ބަޔަކަށްވާތީ އެނުދިނީ.
މޯލްޑިވިއަން ޑަސްޓްބިން ޕާރޓީ
06 December 2021
ނުދޭނެ. އެވެރިންނަށް އެނގޭ ސަރުކާރުން މިރާއްޖެ އިންޑިއާގެ ޓައުނަކަށް ހަދައިފިކަން. އެމްޑީޕީއަކީ ވާހަކަމޮޅުބައެއް. މުޅިންވެސް އޮޅުވާލުން. އަސްލަންޓޭ އެހުރީ ބޮޑު ކޯރާޑި ހިފައިގެން ފްލެޓްތައް ތަޅަން ނިކުމެ. ޑްރަގް ބޮނީ ޕްލެޓްތައް އަޅާފަހުރިގޮތުންނޯ ކިޔާފަ. އައްޑޫ ހިތަދޫ ކުޑަވީމަތޯ ޑްރަގް ބޮއެގެން ބިތްޖެހިފަ އެތިބެނީ. 3 އަހަރުވީއިރު ގާބުރިއެއް ބަައިންދާ ނުލެވުނު ބަޔަކަށް ކޮން ލޯނެއް ހޯދޭނީ. ދެން ބުނާނީ މައުމޫނޭ، ޔާމީނޭ، ކޮވިޑޭ.
ބކރ ފާތުމަ
06 December 2021
ދަރަނީގެ ދަންތުރައިން ސަލާމަތްވިކަން ނަސީބެއް ގޮތެއް . ގޮތެއްއޮތް ނަމަ މިކޮތަރު ކޮއްޓަށް ނުވަނީސް ވައްކަންކުރުމާ ފޭރުމުގެ ހާއްޔެއް ލިފްޓުން އަރާ ކޮންމެ ފަހަރަކު ދަރިންނާ ދިމާލަށް ބަލަން ތިބެނީ ލަދެއްވެސް ނެތި
ހގފދ
07 December 2021
ހުސް ހިޔަޅުން. މޭބިސްކަދުރު ހަމަ ހިތީ.
ޔާނަށްވާނީ
06 December 2021
ތިވެސް ޔާނު ތިކަމާ އުޅުނުނަމަ މިހާރު ތިކަން އޮންނާނީ ކޮށްފަ. މިއީ އެއްވެސް އުރައްޕެތް ހުރި ސަރުކާރެއް ނޫން. އެމްޑީޕީ އަށް މިކަން ނުވި... ޔާނު ގެނޭ
ހާމިދު ޝާހިދު
06 December 2021
ޗައިނާއިން، ސައުދީ އަރަބިއްޔާ ފަދަ ޤައުމުތަކުން ދެން ރާއްޖެއަށް އެހީވެދޭނީ ވެރިކަމުގައި މިހާރު ތިބި ދެއުޅިއެއްނެތް މީހުން ފޭބުމަށްފަހު. ޗައިނާއާ ދިމާއަށް މަޖްލިސް ރައީސާއި، ޤައުމުގެ ރައީސް ސްލޯލިހު ބޭނުން އެއްޗެއްގޮވާ އެކި ޒާތްޒާތުގެ ތުހުމަތުތައް ކުރުމަށްދަހު، އަތް ދިއްކުރީމާ ވާނެ ހައެތި ތިހިރީ ވެފައި. ދެން ލަލަލާ!
ލުގުމާން
06 December 2021
“ޗައިނާ ދިވެހިން ދަރުވާލައިފި”މިސަރުކާރުން ކިޔަމުން އައި ލަވަ ހަނދާން ނެތުނީތޯ އެހާ އަވަހަ. ހަމަ ނާށި ގަނޑު ހިފައިގެން ދުވަނީ އިނޑިއާ އިން އެއްޗެއް ނުލިބިގެން މިހާރު ބަނގާޅުން އެއުޅެނީ ލޯން ނުލިބިގެން. ބަލަގަ ސަރުކާރު ހިންގަ ން ނޭގުނީމަ ފައިބާ. ތިޔަކަން ކުރެވޭ ވަރު މީހުން އެބަތިބި